ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަފާތު ހަރަކާތްތަށް ކުރިއަށް ގެންދަން ޕާޓްނަރޝިޕްގެ އުސޫލުން މަސަކަތްކުރުމަަށް ޖެންޑަރ މިނިސްޓްރީ އާއި އެކު މޯލްޑިވިސް އޯޓިޒަމް އެސޯސިއޭޝަން އާއި ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ޖެންޑަރ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޒީޝާ މުހައްމަދެވެ. އަދި މޯލްޑިވިސް އޯޓިޒަމް އެސޯސިއޭޝަން ފަރާތުން އެ އެސޯސިއޭޝަންގެ މެނޭޖިން ޑައިރެކްޓަރ އިއްފާމް ހުސެއިން އާއި ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް ގެ ފަރާތުން މި އެބަސް ވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ޗެއާޕާސަން އައިޝަތު ޝިފާ އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އަމާޒުކޮށްގެން މާލޭ އާއި އަތޮޅުތަކުގައި ހަރަކާތް ހިންގުމާއި ނުކުޅެދުންތެރިކަމާއި ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާ އެކު އެ ދާއިރާއިން މީހުން ބިނާކުރުމެވެ.

ޖެންޑަރ މިނިސްޓިރީން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަފާތު ހަރަކާތްތަށް ކުރިއަށް ގެންދަން ޕާޓްނަރޝިޕްގެ އުސޫލުން މަސަކަތްކުރުމަަށް ދެ ޖަމިއްޔާއަކުން އެއްބަސްވެފައިވާތީ އެކަމަށ ޝުކުރު އަދާކޮށްފައެވެ.

ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އަކީ ޑައުން ސިންޑްރޯމް ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އަދި މޯލްޑިވިސް އޯޓިޒަމް އެސޯސިއޭޝަން އަކީ އޯޓިޒަމް ހުންނަ، އުމުރުން ދެ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ތެރަޕީތަކާއެކު އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމިއްލަ ޖަމިއްޔާއެއްގެ ގޮތުގައި 25 ޖަނަވަރީ 2010 ވަނަ އަހަރުނ ފެށިގެންގެން މައްސަކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު