މަޖިލިސް އިންތިހާބާއި އެކު ބާޣީ ސޭޓް ހަމަ ބިމަށް ތިރިކޮށްގެން ނޫނީ ރައްޔިތުންނަށް ލުޔެއްް ނުލިބޭނެ ކަމަށް އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލް ގަފޫރު ވިދާޅުވެއްޖެއެވެ.

އާންމުކޮށް މީސް މީޑިއާ މެދުވެރިކޮށް މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރ ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ހާމިދު ކުރެއްވި ޓުވީޓެއްގައި ވަނީ ބާޣީ ސޭޓުގެ ކަމަކީ އޭނާ ކޮށްފައިވާ ބަޣާވަތްތަށް ދެމެހެއްޓުން ކަމަށެވެ.

"ބާޣީ ސޭޓް ހަމަ ބިމަށް ތިރިކޮށްގެން ނޫނީ ލުޔެއް ނުލިބޭނެ" ހާމިދު ވިދާޅުވިއެވެ.

ހާމިދު މިހެން ވިދާޅުވެފައި މިވަނީ ހަތެއް ފެބްރުއަރީގައިވެސް ބަޣާވާތް ކުރެއްވީ ކުރީގެ ރައީސް ނަޝީދު ކަމަށާއި، ދެންވެސް، އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ވައްޓާލަން ބަޣާވާތް ކުރައްވާނީވެސް ނަޝީދު ކަމަށް ގާސިމު ވިދާޅުވެފައިވަނިކޮށެވެ.

ގާސިމް ވިދާޅުވީ މީގެ ކުރިންވެސް އެމަނިކުފާނު ބަޣާވާތް ނުކުރައްވާ ކަމަށާއި، ބަޣާވާތް ކުރެއްވީ ރައީސް ނަޝީދު އަމިއްލަފުޅަށް ކަމަށެވެ.

"ފަނޑުޔާރަކު ހައްޔަރުކުރީމާ އަމިއްލައަށް ކޮންފިޑެންސް ގެއްލިގެން ވާނުވާ ނޭނގިގެން. ޖޭއެސްސީގައި ތަޅު އަޅުވާ ފަނޑިޔާރަކު ހައްޔަރުކޮށް ވެރިކަން ކުރައްވަން ނޭނގިގެން ރައީސް ނަޝީދު ވެރިކަން ދޫކޮށް ވަޑައިގަތީ. އެ ހުރިހާ ކަމެއް ވެގެންދިޔައިރު، ވެރިކަން އަމިއްލައަށް ވައްޓާލެއްވީ ކުރަން ނޭނގިގެން. އެހެންވީމަ އެމަނިކުފާނު ބަޣާވާތް ކުރެއްވީ އަމިއްލައަށް. އޭރުވެސް ބަޣާވާތް ކުރީ އަމިއްލައަށް. ކޮށްފައި އަޅުގަނޑާއި ނާޒިމު އަދި ރިޔާޒުގެވެސް އަގު ވައްޓަން މަސައްކަތް ކުރައްވަނީ،" ގާސިމް ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރުންނަށް މިހާރު ގާސިމް ގޯސްވެފައި ވާއިރު އެމްޑީޕީ އަށް މިފަހަރު ވެރިކަން ލިބިފައި ވަނީ ވެސް ގާސިމްގެ ވަރަށް ބޮޑު ތާއީދަކާއި ބުރަ މަސައްކަތަކުންނެވެ.

މިފަހަރު ކޯލިޝަން ނުރޫޅޭނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވުމަށް ފަހު ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވިތާ 100 ދުވަސް (ސަރުކާރުން ގުނާގޮތައް) ހަމަ ނުވަނީސް ކޯލިޝަން ވަނީ ގާތްގަނޑަކަށް ރޫޅިފައި ކަމަށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ހާޑިމްހަމް

  ގަދަބަސް މީހުން ހަމަބިމައް ތިރިކުރާ މީހެކޯލަ

  47
  3
 2. ކޮރަކަލި

  ހާމިދޫ ކަލޭ ތީބޮޑު ވަގު ބާގީ
  ކަލޭ ގާސިމް އާ ނުބެހޭ ތި

  65
  1
  • ޙައްގުބަސް

   އެމްޑީޕީއެއްނު! ރަގަނޅެއްނުވާނެ! އޭރުވެސް ބުނީމޭ ކޮކްޓެއިލް ހަދަައިގެންވެސް އެމްޑީޕީ ކައިރި ނުކުރާށޭ! މިހާރު މިއޮތީ ބޮޑުތާ ޖެހިފަ! ދެން މިގައުމު ތަރައްގީގެ ސްޕީޑް 100% އިން 30% އަށް ދަށްވީ! ކަމެއްނުކުރެވެނެ! ހަޅޭލެވުމާ ފިތުނަ އުފެއްދުމާ ކަންކަން މެކުހުގަ އުޅނީ! ގައުމު ހަލަބޮލިކުރާނީ! މިހާރު ގޮވަގޮވާ އޮތްވާ މިއޮތީ ކޮކްޓެއިލް ހަދައިގެން ކޯލިޝަނޭ ކިޔާ އެމްޑީޕީ ވެރިކަމަށް ގެނަސްފަ! ދެންވެސް ކުރިއަށް މިއޮތް މަޖްލިސް އިންތިޚާބުން ޕީޕީއެމް ޕީއެންސީ ޖުމްހޫރީ ޕާޓީ އަދި އަމިއްލަ މެމްބަރުންގެ ގޮތުގައި ތިބި އެމްޑީޕީ ފިކުރުގެ މީހުން ނޫން މީހުން ހޮވާދީ! އޭރުން ގައުމާ ދީނާ މިނިވަންކަމާ ހަމަޖެހުން ލިބި އަނެއްކާވެސް ގައުމުގެ ތަރައްގީގެ ސްޕީޑް މެކުހަށްޖެހޭނީ! އެމްޑީޕީގެ ވިސްނުމަކީ ގައުމީ ވިސްނުމެއްނޫން! ގަައުމަށް ހެޔޮއެދޭ ވިސްނުމެއްނޫން! އެކަން ލޮލުން އެބަފެނޭ ދެއްތޯ؟

 3. ރުޒާނާ ޗޮއްޕަޓު

  މޫނުގަ ވެލި ހާކާފަ ހޮނޑައިދޫ ގޮނޑުދޮށުގަ ބައިންދަން ފެންނަނީ.

  70
 4. ނަފީސް

  ކަލޯ ހާމުންޑި ހާމިދޫ! ކަލޯ ތިޔަ ހީކުރަނީ ވަގުވެރިކަން ދެމި އޮންނާނޭކަމަށްހެއްޔެވެ؟ ދެއަހަރު ނުވަނީސް ވެއްޓޭނެއެވެ.

  60
 5. ހަޖަމް

  މިއަދު ސޭޓްއަންހެނުންގެ ފިރިމީހާ ހަމަބިމަށް ތިރިކުރަން ބުނާއިރު ތިމާމެންނަން ކޮއްޅަށް ބިންމަތީގެ މިތިބެވުނީ ސޭޓުގެ ސަބަބުން ހަނދާންވެސްނެތުނީތަ؟

  64
 6. ބާޣީ ސޭޓު

  އެހެންވެގެންދޯ 2012 ފެބުރުއަރީ 08ވަަނަ ދުވަހު އެމްޑީޕީ ބަޔަކުނުކުމެ ރައްޔިތުންގެ މުދަލުގައި ހުޅުޖެހީ. އެވެސް ބަޣާވާތް ދަމަހައްޓަން ވެގެން ސޭޓު ކުރިކަމެއްތަ؟ ހޮނޑައިދޫ ބީޗުގައި ސޭޓު ދޯއިނީ ރާބޮއިގެން މޫނުގައި ދޮންވެލި ލައިގެން ބަޣާވާތް ދަމަހައްޓަން. މަޖިލީހުގެ އިދާރާތެރޭގައި ފުލުހުންނަށް ހީސްފޮދެއް ނުދޭންވެގެން ފިލާ އޮތީވެސް ބަޣާވާތް ދަމަހައްޓަން ވެގެން ސޭޓުދޯ!
  ދެން ބަޣާވާތް ދަމަހައްޓާނެ ސޭޓުން ގިނަވޭ!!!

  53
 7. ބާގީ

  ކަލޯ ޖަލުން ސަލާމަތް ކުރީ ކޮންބައެއް ؟؟؟؟؟

  43
  5
 8. ހުސޭނުބޭ

  ނަމަނަމަ ކަލޭ ހަމަބިބަށް ނުތިރިވާތި! މިހާރުވެސް ޔޫރިންޓެސްޓްކުރާ މީހުން ކަލޭ އެބަ ހޯދާ! މިހާރު ދެން ކަލޭ ފިލަން ވަންނަ ތަނުގައި ޢަބްދުﷲ ޝާހިދުގެ ބަދަލުގައި ހުރީވެސް ޤާސިމްވިއްޔާ!

  53
 9. ޚުރު

  ވަކި ކޮޅަކަށް ނުޖެހޭ މީހުންގެ ވޯޓް މޑޕ އަށް ގެއްލޭނީ މިކަހަލަ ބޯ މީހުންނާއި ހެދި.

  46
 10. Anonymous

  މިކަލޭގެ ތެޔޮބޭނުންކުރަނީ ސައިކަލަށް އަޅަންކަމެއް، ކައްކަން ކަމެއް ނުވަތަ ބޯންކަމެއް އިނގޭ މީހަކު އެބަހުރިތަ ؟

  46
 11. ޗިއްލޫ

  ހާމިދުކަހަލުގެ ދަށުދަރަޖައިގެ ރާބޯ ގުންޑާއިން މިގައުމުން ނައްތާލައިގެންނޫނީ މިގައުމު ރަނގަޅެއްނުވާނެ!

  50
 12. ހަމަހަމަ

  ހާމިދު ބުނަން ރަގަޅު ވާހަކައެއް. ހާމިދަކީ ގާސިމްއާ އެއްވެސް ރޮގަކުން އަޅާ ކިޔޭނެ މީހެއްނޫން. އަސްލު ހާމިދަށް ސައިޒުވެސް މިހާރުވެސް އޮޅުނީ. މިދިޔަ ރިޔާސީ އިންތިހާބުގައި މިއައި ސަރުކާރުގެ މޭސްތިރިއަކީ ހާމިދުމެންގެ މީހެއްނޫން. އެސަރުކާރު ގެންނަން އެންމެ ބޮޑު ހަރަދެއްކުރެއްވީވެސް ގާސިމް. މިއަދު ތިޔަ އެމްޑީޕީ އެންމެ އޭނަގެ އަތުގައި ދަތްއަލަނީ. މިއަދު ގާސިމް ފެޔަށް ދިޔައަސް މިވެރިކަން ވެއްޓޭނެ. މިފަހުގެ ތާރީހަށް ބަލާއިރު، ގާސިމް ނުލާ އެއްވެސް ސަރުކާރެއް ވުޖޫދަށް އައިސްފައި ނުވޭ. ހާމިދަކީ ވޭތުވެ ދިޔަ ތަނުގައިވެސް މީހުންގެ މަގުބޫލުކަން ލިބިފައިވާ މީހެއްނޫން. ތިޔަށް ވުރެ މީހާގެ ބަސްމަގު ރަގަޅުކޮށް، ރަގަޅު އަޙުލާގު ދަސްކުރަންވީ. މިއަދި ތިޔަފަދަ މަގާމެއްގައި ތިޔަ ހުރެވެނީވެސް ފަރާތެއްގެ ބާރުވެރިކަމުގައި. ތިޔަ ބާރު ހިދުކޮޅަކުންވެސް ހިގައިދާނެކަމަށްޓަކައި ބިރުވެރިވޭ. ތިޔަ ހާމިދަކީ އެންމެން ދަންނަ މީހެއް. މީހުން ބަލައިގަންނަ މީހެއްނޫން. ވިސްނާ ފިކުރު ކުރޭ.

  46
  • ޝަފިއްޔާ

   މީ24ގަޑިއިރު ހަމަހޭގަ ހުންނަ މީހެއް ނުނޭ ދެއްކޭ ވާހަކަ އެއްވެސް ގިނަފަހަރު ނޭގޭނެ އިސްކޮޅަށްވުރެ ބިސް ދޮށި ވެގެން ނޫޅޭތި އަބަދުވެސް އުޅޭނީ ތިމާހާ މީހަކު ނެތިގެން އެންމެ މޮޅު އެންމެ ތަންދޮރު ދަންނަ މީހާ ކަމަށް ހެދިގެން ޔާﷲ ދީނަށް ފުރައްސާރަ ކޮށް ހޭވެރިކަން ފިލާ ތަކެތި ބޭނުން ކުރާ މިފަދަ މިއާލާތުންގ މައި ތިރި ކުރައްވާށި

 13. އަލްޖިބްރާ

  ބަލަ ތިޔަބުނާ ޤާސިމަށް ހުކުމް ކޮށްފަ ޖަލަށް ލީ ނަޝީދުތަ ؟ ޖަލުގައި ކެތްނުކުރެވިގެން މީހުނަށް ލާރިދީގެން ދުނިޔޭގެ އެކި ތަންތަނުގައި ހުރެވޭނެ ގޮތް ވީމަ އަދިވެސް ގޯސްވީ އެމް.ޑީ.ޕީ އުތަ ؟ ނަޝީދުމެން ރާއްޖޭން ބޭރުގައި ތިބެގެން ޤާސިމު މެން ޒާތުގެ މީހުނަށް ސަލާމަތް ވާނެ މަގުތަށް ތަނަވަސް ކޮށްދިނީމަ ދެފައިމައްޗައް ތެދުވެވޭ ވަރު ކޮށްދިނީ ހަމަ ތިޔަ ނަޝީދުގެ އެހީގަ ! ޤާސިމަކީ ވަރަށް ލަދުހަޔާތް ކުޑަ އަމިއްލައެދުން ބޮޑު މީހެއް ! އަނެއްކާވެސް އެއުޅެނީ ބަޣާވާތް ކުރަން ! ބާޣީން ވާނީ ބާޣިން ނަށް !

  1
  5
 14. ޙސެން

  މީކާކުތަ؟؟؟؟؟ ތީ އިސްލާމް ކުރަން ޖެހިފަ ހުރި އެއްޗެއް..ހޮޑައިދޫ ގަ ދަންޖައްސާ މަރާލަން ވެފަހުރި އެއްޗެއްތީ.....

 15. ސަން

  ހާމިދާ.. އަދިވެސް ހޮޑައިދޫ އަށް ޕިކްނިކް ދެވޭތޯ ބަލާ
  ކާކުތޯ ތީ އެފް ޢެ އެމް ހިންގަން.. އިންސާފޭ ކިޔައިގެން ހަމަ ޖަރީމާ ހިންގަން ތިއުޅުއްވަނީ..
  މިކަލޭގެ ތެޔޮބޭނުންކުރަނީ ސައިކަލަށް އަޅަންކަމެއް، ކައްކަން ކަމެއް ނުވަތަ ބޯންކަމެއް އިނގޭ މީހަކު އެބަހުރިތަ ؟

  ހާމިދު ގެ އަންހެނުން ސައިޒް ކުރަމާ ހިނގާ.. ހާމިދު ގެ ޖޯރެއް ނުހުރެޔޯ... ެހެހެހެހ

 16. އަޙްމަދު

  އަންބަރާ ކަލޭ ވެސް މިގައުމުން ފައްސާލައިގެން ނުނީ ވާކަށްނެތް. ބޮވެ ތަނެއްގައި މަދުކޮށްލަންވީ އެއްނޫން!

 17. ބުރުމާ

  މިހާމިދު ސޭޓު ވީ ހޮނޑާފުއްޓަށް ވެލިކާން ފޮނުވާލަން. މިގައުމައް ޖެހިފަވާ ބޮޑުބަލާެއެ ހަކުރޭ ހާމިދު ކަލޭ އަލިފާނާ ކުޅުނަސް ގާސިމާ ނުކުޅޭތި

 18. އަހުމަދު

  ގާސިމްބުނި ކިޔާ އެއްޗެއް ކިޔާށޭ ކަހާތަން ހިރުވާވެސް ނުލާނެއޭ. ކިޔަ ކިޔާ ތިބޭށޭ ޖެހޭނީ ޑަރުވެސް ހީނުވެއޭ....... މިއީ ރޭވިގެން ފުރަތަމަ ދުވަހުންސުރެ ހިނގާ ކަމެއް ... ހާމިދަށް ޓްރާންސް ޕޯޓް މިނިސްޓަރ ކަން ދޭން އަންނި ހުށަހެޅީ އެބޫ އަޅާނުލީ އެކަމާއި ޖެލަސް ވެގެން ފުރަތަމަ ގާސިމާ އަދި އޭނާގެ އަންހުނުންނާއި ބެހި ގަތީ ދެން ހާމިދު އެދައްކަނީ އަންނި ބުނާ ވާހަކަ އަންނި އަށް ކާތަށި މަތިން ފޭޑް ކޮށްދެނީ އިބޫ ... މަޖިލީހުގައި ބޮލުގައި ވަށި ގަނޑު އަޅައިގެން ނެށީ ވެސް އަންނިއާއި އިބޫގެ ރޭވުމުގެ މަތިން އެކަން ރޭވީ އެދުވަހު މެންދުރު މުލިއާގޭގައި އޮތް ކެއުމަށް ފަހު އެކަން ދަންނާނެ މީހުން މަޖްލީހުގައި މީހާރުވެސް ތިބޭނެ. އެދުވަހު މަޖިލީހަށް ގެންދިޔަ ފެންފުޅިތައް ގެންދިޔައި މުލިއާގޭ ތެރެއިން ފެންފުޅީގައި ހުރި އެއްޗެހި ރަނގަޅަށް އިނގޭނެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މިހާރުގެ މެންބަރު ގަފޫރަށް .... މިއީ ވަރަށް ވާހަކަ

 19. ާަާމަ

  ކޮންބާޣީއެކޭ މިކިޔަނީ ހޮނޑައިދޫގަ ގަތްގަނޑު އަހަރުމެން އަދިހަނދާނެއްނުނެތެޔޭ މީހުން ހަމަބިނމަށް ތިރިނުކުރެވިގެން އުޅޭއިރު ތިމާމީހާގެ ހާލު ވިސްނާލުން ރަނގަޅު . ތިޔައީ ފުލުހުންނަށް ކުޑަކަމުދާއެއްޗެހިނުދޭން މަޖިލސް ތެރޭފިލާއޮތް ހާމިދު.

 20. މަސްވެރިޔާ

  ހޮޑާދޫ ކަތީބް .. މިވެރިކަން ސޭޓް އެމްޑީޕީ އާއެކު ނެތްނަމަ ވެރިކަމުގައި އަދިވެސް ހުންނާނީ ރޮކެޓް ސްޕީޑްގައި ރާއްޖެ ތަރައްގީ ކުރި ރ. ޔާމިން. ޤާސިމް އަކީވެސް އިގުތިސާދީ ފަންނީ ވަރުގަދަ މާހިރެއް. އެމްޑީޕީގެ މެންބަރުން ހޮޑާދޫ ކަތީބު ބަލައެއްނުގަންނާނެ. އަހަރަމެންގެ ފޮނި އުއްމީދަކީ ތިބާ ތިޔަ މަލާމަތްކުރާ ވަތަނީ ސޭޓް ރާއްޖޭގެ ރައީސްކަމުގެ ހުވާ ޤާނޫނީ ހަމަތަކުން ކުރާނެކަމަށް. ދިވެހިރާއްޖެ އޮޔާ ދުއްވާލާކަށް ޤާސިމް ބޭނުމެއްނުވާނެ. މިއީ ލައްކަވާހަކަ. ސާފް ވެއްޖެތަ.

 21. ބަރަކާތު / މާލެ.

  އެމްޑީޕީއެއީ 2013 އިންތިޚާބުގަވެސް ލައްކައަށްވުރެ ގިނަ ވޯޓު ހޯދިބައެއް އެއީ އޭރުއޮތް ބަޣާވާތުގެ ސަރުކާރުގެ ހީލަތްތެރި ނުފޫޒާ ޙައްޤުނޫން ބާރު ބޭނުންކުރުން އިންތިހާއަށް އޮއްވާ އޭގެފަހު އެމްޑީޕީއަށް ނުޙައްޤު އެތަށްއަނިޔާއެއް ބާޣީން ދިނުމުން ރައްޔިތުން އެކަންކަމާނުރުހި އެމްޑީޕީއަށް އެތައްހާސް ސަޕޯޓަރުންނެއް ލިބުނު ވީމާ ކޯލިޝަނުން 2018 ގަ ވެރިކަން ކާމިޔާނުކުރީއޭ ބުނާބުނުމަކީ ޞާލިޙަށްލިބުނު ވޯޓުގެ ޢަދަދަށް ބަލާއިރު އެއީ އޭއީ ހަމައެކަނި އެމްޑީޕީން ދިންވޯޓުކަމަށް ބެލޭ މީގެ މާނައަކީ ވަރަށްމަދުބަޔަކު އެހެން ޕާޓީއަކުން ވޯޓު ނުދެއެކޭއެއްނޫން، ކިދެއްވާހަކައިގެ ތެދުކަން އޭޕްރީލް 06ގައި ރައްޔިތުން ދައްކާނެ +އިންޝާﷲ

  2
  3
 22. އާދަނު

  ކޭތަށްޓަށް ނަޖިސް ކުރަން ކަލޭ ނޫޅޭ! ހާމިދޫ.

 23. ނަންނަަ

  ޙާމިދު ރަނގަޅު ވާނީ ޖާބިރު އާއެކު ހޮނޑައިދޫ ދޮންވެލި ގަނޑު މަތީގައި ވެރި ކަން ކުރަން

 24. ޔާމިން

  ޢޭނުފެލިހުރޭ ތަޒލާލެވިދާނެ

 25. މާވަޑި ފަލާހް

  ސޭޓަށް މިހާތަނަށް ރާއްޖޭގަ އުފެދުނު އެއްވެސް ސަރުކާރެއް ކަމަކުނުދިޔަ. މީރައްޔިތުން ވިސްނަންވީ ކަމެއް. މިހާރުމީނަގެ މަޤްސަދަކީ ކޮންމެގޮތަކުންވެސް ވެރިކަމަށް އާދެވޭނެ މަގެއް ހޯދުން. ވައްކަންކުރިމީހުންނާ މީހުންމަރާ ގެއްލުވާލިމީހުން ހޯދުމަށް ކޮމިޝަންހެދުމުން އެތަންތަނަށް ޤާނޫނީ ބާރުނުދޭން ސޭޓް ވާހަކަމިދައްކަނީ އެހުރިހާކްމެއްގައިވެސް ސޭޓްގެ ބައިވެރިވުމެއް ވާތީތޯ؟

  1
  1
 26. ވެރިން

  މީނަ ހޮޑާދޫ އަށް ޖާބިރު އާއެއްކޮށް ފޮނުވަން ފެނެޭ

 27. މަޑޭ

  ޤާސިމް ގެ ތަނަވަސް ކަމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރޭ

 28. عبدالله

  2005 ގައި އެމްޑީޕީ ވުޖޫދުވެފައިވަނީ، ބޮޑުސޭޓްދެއްވި -/300000 (ތިންލައްކަ) އެމެރިކާ ޑޮލަރުން ދޮއްތޯ

 29. عبدالله

  އެމްޑީޕީއަށް މަޖިލީހުގެ ގޮނޑިތައް ގިނަވުމަކީ، މިރާއްޖޭގައި ތަޅާފޮޅުންތަކާއި ލޭއޮހުރުވުމުގެ ޙާދިސާތައް އިތުރުވާނެ ކަންކަން

 30. ހަމަބިން

  ހާމިދުވެސް ނަޝީދުވެސް ދޮން މީހުނާ ކިތައްމެ ގާތަސް އެހެން އިންސާނުންނެކޭ އެއްފަދައިން ހަމަ ބިމުތެރެއަށް ތިރިވާންޖެހޭނެ. ޙޮޑާފުށީގަވެސް ތިރިވީމެއްނު. ﷲ ނިންވަގޮތަކުން ސޭޓަށްވުރެކުރިންވެސް ބިމައްތިރިވާން ޖެހިދާނެ.