ފުލުހުން ތަޙްޤީޤު ކުރަމުން ގެންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު ވިދާޅުވީ ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ދ.މީދޫ / ނޫރާނީވިލާ، ޢަލީ އިސްމާޢީލް (51އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

ވީމާ ޢަލީ އިސްމާޢީލްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ޑިއުޓީ ނަމްބަރު 9792052 އަށް ގުޅުއްވައި މައުލޫމާތު ޙިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

ޢަލީ އިސްމާޢީލްއާ ގުޅުން އޮތީ ކޮން މައްސަލައަކާއި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.