ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން އޮފަރކުރާ ސްކިލްޝޯޓޭޖް ލިސްޓްގައި ހިމެނިފައިވާ ދާއިރާތަކުގެ ތެރެއިން 04 ބެޗްލާސް ޑިގްރީ އާއި 02 މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީ ސްކޮޕަލިޝަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕްގެ ދަށުން އޮފަރކުރާ ދާއިރާތައް އެނގޭނެ ލިޔުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ. މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުންނާއި، ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ސްކޮލަޝިޕަށް ކުރިމަތިލާން ޖެހޭނީ 2019 މާރިޗު 28 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިންނެވެ. ސްކޮލަޝިޕަށް ކުރިމަތިިލާން ޖެހޭނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.

މިނިސްޓްރީން ކެންޑިޑޭޓުން ކިޔަވަންދާން ޖެހޭނެ ޔުނިވަރސިޓީއެއް އެނގޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން ޕްލޭސްމަންޓް ހަމަޖެހުމުންނެވެ. މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލްގެ ފަރާތުންނެވެ.

އިއުލާނުގައި ވިދާޅުވެފައިވާ ގޮތުގައި ބެޗްލަރސް ޑިގްރީގެ ކޯސްތައް ކުރިއަށް ގެންދަން ޖެހޭނީ ޗައިނާ ބަހުންނެވެ. އެގޮތުން 1 ނުވަތަ 2 އަހަރު ދުވަހުގެ ޗައިނީސް ލެންގްއޭޖް ކޯހެއް ފުރިހަމަ ކުރަންޖެހޭނެއެވެ. މާސްޓަރސް / ޕީއެޗްޑީއަށް ކުރިމަތިލާ ކެންޑިޑޭޓުން ކިޔަވަންޖެހޭ ބަހެއް އެނގޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލްއިން ޕްލޭސްމަންޓް ފޮނުވުމުންނެވެ. ޕްލޭސްމަންޓް ލިބޭ ޔުނިވަރސިޓީގެ ގޮތުން ބައެއް ފަހަރު މުޅި ކޯސް ޗައިނީޒް ބަހުންވެސް ކުރިއަށް ގެންދަން ޖެހިދާނެއެވެ. ޗައިނީޒް ބަހުން ކޯސް ހަދަން ޖެހޭކަމުގައިވަނީނަމަ 1 ނުވަތަ 2 އަހަރު ދުވަހުގެ ޗައިނީސް ލެންގްއޭޖް ކޯހެއް ފުރިހަމަ ކުރަންޖެހޭނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން (ޓިއުޝަން ފީ، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް) ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. ލިބޭ އެލަވަންސްތަކާއި، އެކޮމޮޑޭޝަންގެ ތަފްސީލް ވެބްސައިޓްގައި އަޕްލޯޑުކުރެވިފައިވާ ކޯހާއިބެހޭ އިތުރު މަޢުލޫމާތު ޝީޓްގައި ހިމަނާފައި ވެއެވެ.

ސްކޮލަޝިޕްގެ ދަށުން ލިބޭ ކޯސްތަކުގެ ޝަރުތަކުގެ އިތުރުން ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު ސަރުކާރަށް ޚިދުމަތް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތައް ޚިދުމަތް ނުކޮށް ހުރި ފަރާތަކަށް ސްކޮލަޝިޕެއް ނުލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެއްސެއް

    މުޅިދުނިޔެ ޗައިނާ ބާރުގެ ދަށަށް ގެނައުން. މިދިޔަ ސަރުކާރުން ރާއްޖޭގެ ބޮޑުބައި އަޅުވެތި ކޮށްފި... މިސަރުކާރުން އިންޑިޔާ!! ބޮއެހަލާކުވާވަރަށް ބަންގާޅުން...