މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ފައިސާ ބޭނުން ކުރިކަން ބޭޒާރުވުމާއި ގުޅިގެން ގޭގައި މަޑުކުރަން އެންގެވި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފާއި މިނިސްޓްރީ އޮފް ޕްލޭނިންގގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ މައްސަލަ ބެލުމަށް ފަހު އެމައްސަލަ އިން ފާހަގަ ކުރެވުނު ކަންތައްތައް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީން) ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އަންގަވައިފިއެވެ.
އޭސީސީއިން ޚާއްސަ މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރި އެ ރިޕޯޓުގައި ފާހަގަވި ކަންކަން ރައީސްގެ ސަމާލު ކަމަށް މިހާރު ވަނީ ގެންނަވާފައެވެ.
އޭސީސީގެ ތަހުގީގަށް މަހުލޫފާއި އަކްރަމް ވެސް ވަނީ އޭސީސީއަށް ހާޒިރު ކުރައްވައި މީގެ ކުރިން ބަޔާން ނަގާފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން ވަނީ މަހުލޫފުގެ އެކައުންޓަށް 33000 ޑޮލަރު އަދި އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ވަނީ 30000 ޑޮލަރު ޖަމާކޮށްފައެވެ.
ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު އަހްމަދު މައުސޫމްގެ މައްސަލަ ވެސް އޭސީސީއިން ޚާއްސަ މައްސަލައެއްގެ ގޮތުގައި ބެލިއެވެ. މައުސޫމްގެ ރިޕޯޓް ވެސް ރައީސް އޮފީހަށް އޭސީސީން ވަނީ ފޮނުވާފައެވެ.
އެހެން ނަމަވެސް ސަސްޕެންޑް ކުރި ބޭފުޅުންގެ ތެރެއިން އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމްގެ މައްސަލަ ރައީސް އޮފީހަށް ފޮނުވާފައި ނުވާކަމަށް ވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް 155 މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. އޭގެތެރޭގައި އެމްޑީޕީގެ ސީނިއާ ބޭފުޅުންގެ ހިއްސާ އޮންނަ ކުންފުނިތައް ވެސް ގިނަ އަދަދަކަށް އެބަހުއްޓެވެ.
ހުދު ފޮށައަކަށް ވާނެ. އެއްވެސް މައްސަލައެއް ނޫޅޭނެ. ބަލަންތިބޭ
77 މިލިއަން ޑްލަރުގެ ތެރެއިން ނެގި 76 މިލިއަން ޑޮލަރަކީ ޙަލާލު އެއްޗެއް. ޙަލާލުނޫން އެއްޗަކީ ޔާމީނު އެކައުންޓަށް ގަސްދުގައި ގެއްލުންދިނުމަށް ބަޔަކު ޖަމާކުރުމުން އަބުރާ ދަޢުލަތާއި ޙަވާލުކުރި އެއްމިލިއަން ޑޮލަރ. ދެން ތިއްބެވި ޢިއްޒަތްތެރިން ހަމަ ނާޒުކު ނަޒާހަތްތެރި ގޮތުހައި އެފައިސާ ދިރުވާލީ..
ކޮންމެ ކަމެއް ރައީސް އަކަށް އަންގާކަށް ނުޖެހޭ '' ވެރިކަމަކީ ރައްޔިތުންގެ އެއްޗެކޭ '' ކިޔާފަ ރައްޔިތުން ގުނބޯ ހައްދާފަ ވެި މީހާއާއި ހިއްސާކޮށްފީމޭ ބުނީމަ އެނިމުނީ ދެން އެ ހިސާބުން ކޮންމެ ކަމެއް '' ޕޮލިހުން މި މައްސަލަ ދަނީ އިތުރަށް ތަޙްޤީޤް ކުރަމުން '' އެ ނިމުނީ ރައްޔިތުންނާއި ޙިއްޞާ ކުރުމެއް ނޯވޭ ، ދެން އޭގެ ވާހަކައެއް ފެން މަތިވިޔަސް ފެންމަތި ވާނީ ކޮންމެވެސް އިންތިޚާބަކަށް
މިހާރު ތިބޭނީ ކަރުދާސް އޯމޯ ޖަހާ ދޮވެ ސާފްވެފަ. ކުށްވެރިވާނީ ތިފައިސާ އކ ލީމީހުން.
ޑޮލަރ ވިއްކުމުގެ ހުއްދަ ނެތް ކުންފުންޏެއްކަން އިނގޭހާލް އެކަންކުރީ ކީއްކުރަން. މާދަމާ އޮފީހަށް ނެރޭނެ. އެސްއޯ އެފް. ކުންފުނިން ޑިޕޮސިޓް ކުރި ފައިސާ އަކީ ސައްހަ އެއްޗަކަށްނުވެ 155 މީހުންގެ ލިސްޓަކުން މިޖައްބާރު ސަރުކާރުގެ ޕޮލިހުންނަށް ޕިކް ކުރަން ކެރުނީ ކުރީގެ.ރައީސް ޔާމިން. ބަލާއިގެންތިބޭ ވާނުވާ ނޭގޭގޮތަށް ވަނީ ކީއްތޯ.
ތިޔައީ ބޮޑު 2 ވަގުން މަތިޖަހަންވެގެން ކިނބޫ ދުވަސްކޮޅަކަށް ގޭގަ މަޑުކުރަންބުނީ %100 ތިމީހުން ދޫކޮށްލާ ވަޒީފާދޭނެކަން އެހެން ނޫންނަމަ މަށެއް ލޮނުލައިގެން ބަތެއް ނުކާނަން ތިއީ ކިނބޫގެ ޔަހޫދީކަން
ޔާމީނަށް.ދަޢުވާކުރިގޮތަށް މި ދެމީހުންގެ މައްޗަށްވެސް ދަޢުވާކުރެވެންޖެހޭނެ
މަހޭޔަކީ ފެށުނީއްސުރެން މިގޮތަށް ފައިސާހޯދައިގެން އުޅޭމީހެއްކަން އެންމެން ދަނޭ މަޖިލިހުގަ ހުރިއިރު އެތައްފަހަރަކު ރީލޯޑް ކުރަން ލަންކާއަށްދިޔަކަން މިއީ އެންމެންދަންނަ ބޮޑުސިއްރެއް ދެން އަކުރަމުގެ ވާހަކަ ނުދެއްކިއްޔާ ރަގަޅުވާނީ އެއްވަރުގެ ބޮޑެތިވަގުން ލަދެއްބިރެއް ނެތޭ މީގެން އެކަކުގެސް އުތަ ހެހެހޭ
އެއިއޮޅިގެން ޖަމާކުރެވުނު 6 އެއްކަޑޮލަރު އެއީއެހާކަމެއްނޫން އޯކޭނުން މިހާރުވެސް ބަރާބަރައް މުސާރަހިނގައްޏާ ކޮންކަމަކާ ހާސްވާކަ އަމޞިކަނބަލުން އަރިހުގަ ހުންނެވިޔަސް ބަރާބަރައް މުސާރަފުޅުހިނގާ އޯކޭނުން