މިދިޔަ މަސް ތެރޭގައި ލ. މާމެންދުއަށް ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިފައިވާ އެރަށު ޝިމާ ނާފިޒްގެ ކޮއްކޮ ގޮވައިގެން އިއްޔެ ފިލަން އުޅުނު އިބްރާހީމް ފަޒީލާއި އޭނާގެ ގްރޫޕްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނެފައި ވަނީ އިއްޔެ ހަވީރު 4:00 މާމެންދޫއިން 16 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ތިން މީހަކު ޑިންގީއެއްގައި ދަނިކޮށް ސިކްސް ސެންސް ރިސޯޓް ކައިރިން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 22 އަހަރުގެ ފިރިހެން މީހާއާ 24 އަހަރުގެ ފިރިހެން މީހާ އާއި 26 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.
ޝިމާގެ ޑިންގީ ބަންޑުން ޖަހާލައިގެން ހޯދަމުންދާތާ ތިން ހަފްތާ ވެފައިވާ އިރު، އެ ޑިންގީގައި ޝިމާއާއެކު ދަތުރުކުރި މީހަކީ ފަޒީލެވެ. އެ ހާދިސާފައި ފަޒީލް ވަނީ ސަލާމަތުން، ފަތާފައި ކައިރީ އޮތް ރިސޯޓަށް އަރާފައެވެ. އެއްގަމަށް އަރާ ފަޒީލް ބުނެފައި ވަނީ އޭނާ ފަތާފައި ދިޔައީ ޝިމާ އަތަށް ފޯނަކާ ފްލޯޓް ކުރާނެ ހަމެއް ދީފައި ކަމަށެވެ. އެހެން ނަމަވެސް، އެތައް ބަޔަކު ވަނީ އޭނާގެ ވާހަތަކާ ގުޅިގެން ސުވާލު އުފައްދާފައެވެ.
ޝިމާ ކޮއްކޮ ގޮވައިގެން އިއްޔެ ފިލަން އުޅެފައި ވަނީ ފަޒީލު އަދި އިތުރު ދެ މީހެއް ވެގެންނެވެ. ފުލުހުން އެމީހުން ހިފަަހައްޓާފައި ވަނީ ކަނޑުމަތިން، ސިކްސް ސެންސް ރިސޯޓު ކައިރިންނެވެ. އެ މީހުން ހިފެހެއްޓި އިރު، ތިބީ މޫނު ނިވާކޮށްގެން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ޕޮލިސް އިން އެމީހުން ގެ މަންޒިލާ ހަމަޔަށް ގެންދަން ދެން ފާރަލިނަމަ. ޙީވަނީ ޝިމާޔަށް ހެދި ގޮތް ހެން ކޮއްކޮ އަށް ވެސް ހަދަން އުޅުނީ. އަޅެ ދިވެހި ޕޮލިހުންނަށް ތިކަން ނުވަންޔާ ބޭރު ބަޔަކު ގެނެސް އަނިޔާ ކޮށްގެންވެސް އެމީހުންގެ އަނގައިން ޝިމާޔަށް ހެދި ގޮތް ނެރެން ވެއްޖެ އެންނު. ޝޭމް އޮން ޕޮލިސް
ޕޮލިހުން މިކަމުގެ ހުނަރުނެތީމަ ވީގޮތްމީ.. ބިސްމަޅި ދުއްވިނަމަ ތިކަމުގެ ހުރިހާ ހެއްކަކާ މައުލޫމާތެއް ލިބުނީސް.. މިކަހަލަ އިންވެސްޓިގޭޝަންތަކުގަ ވަރަށްމުހިންމު އެއްޗެއް ތިގެއްލުވާލީ.. ޕޮލިހުން ޕްރޮފެޝަނަލްވާންއެބަޖެހޭ..
ދިވެހި ސިފައިންނަށް އެކަން ނުކުރެވިގެއްނޫޅޭ ގާބިލް ކަންވެސް އެބަހުރި މައްސަލަޔަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ . އެމްޑީޕީ ން މުޒާހަރާ ކޮށްގެން އެމީހުން ބޭނުންވާގޮތަށް ފާސްކުރި ގާނޫނުއަސާސީ ، ފުލުހުންގެ ބާރެއްނެތް ކޯޓް ބާރެއްނެތް ތަހުގީގު ގާ ކުރެވޭނެކަމެއްނެތް އަދަބެއްނެތް އިއުތިރާފް ކުރުވާފަ ނަގާަބަޔާން ކޯޓަށް ދިޔައީމަ މިބުނަނީ މަށް ށް އަނިޔާކޮށްގެން ނެގި ބަޔާނެކޯ މަ ނުވެސް ދެނެހުރިކަމެކޯ ކޯޓުން އެވީ ދޫކޮށްލަން . ރާއްޖޭގަ ޖަރީމާ އުފެދުމުގެ ހަގީގީ ސަބަބަކީ މިއީ ގައުމުން ޖަރީމާ ތައް ހުއްޓުވަންބޭނުންނަމަ ގާނޫނުއަސާސީ އިސްލާހު ކޮށް ފުލުހުންނަށް ބާރު ދިނުމަށް މުޒާހަރާކުރަންވީ
ސިމާގެއްލުނު ހާދިސާއާސއި ތިކަމާއި ގުޅުމެއް ވުމަކީ ޔަގީންކަމެއް ރަނގަޅަށް ތަހުގީގު ކުރޭ
މިފަހަރު ދިޔައީ ކޮން ޑިންގީއެއްގައި؟ ކޮންތާކުންތަ ހިތަށް އަރާހާއިރަކަށް މިކަލޭގެ ޑިންގީ މި ހޯދަނީ؟
ދެން މޑޕ ބައިގަނޑު މުޒާހަރާ ކުރާނެ "ސިޔާސީ ހައްޔަރީން" ދޫކޮށްލާށޭ ކިޔާފަ.
ތީ ދެން ބޮޑުވަރު. މި ހަބަރާ އެމްޑީޕީ އާ ކޮން ގުޅުމެއް އޮތީ؟
ދެން އެ މީހުން ދޫކޮއްލައިފިނަމަ ތި ކުއްޖާ އަށް ވެސް ޝިމާ އަށް ހެދި ގޮތް ހަދާލާނަމަ. މިހާރު އެކުއްޖާ އުޅޭނީ ނަފްސާނީ ގޮތުން ވަރަށް ނިކަމެތިކޮށް.
މިގައުމުގާ އިންސާނުން ހަދާފައިވާ ގާނޫނު ތަކުގެ އެހީތެރި ކަމުގެ ތެރެއިން ފުލުހުންނަށް މަޖްބޫރު ވާނެ 15 ދުވަސް ފަހުން އިއްޔެ ފިލަން އުޅުނު އިބްރާހީމް ފަޒީލާއި އޭނާގެ ލަޝްކަރު ދޫކޮއްލަން، ދެން އެމީހުން، އެމީހުންގެ ނުލަފާ ވާހަކަ ދައްކާ ކޮންމެ މީހަކު މަރާލާކަށް ފަހަކަށް ނުޖެހޭނެ.
ކުކުޅު ކާންދޭ 15 ދުވަސް ހަމަވުމުންރަށުތެރޭގެ ވެރިންނަށް ވާނީ އިބްރާހީމް ފަޒީލާއި އޭނާގެ ލަޝްކަރު