ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިޔާގެ މަގާމުގައި ހުއްޓާ ހައްޔަރުކުރި ހަސަން ސައީދުގެ ޝަރީޢަތް ކެންސަލްކޮށްފިއެވެ.

ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

މިމައްސަލައިގެ ޝަރީޢަތް މިއަދު 13:00 ގައި ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކުރިއިރު، އެ ޝަރީއަތް ކެންސަލް ކުރީ ކީއްވެގެންކަމެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުން 01 ފެބްރުއަރީ ގައި ނެރުނު އަމުރުގެ ފަހުން ހަސަން ސައީދު ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށް ހަސަން ސައީދު ދިފާޢު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ.

ހަސަން ސައީދުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ފަނޑިޔާރުންގެ މަސައްކަތްތައް ނުފޫޒު ފޯރުވުމާއި، ރިޝްވަތުގެ ފައިސާ ދިނުމާއި ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދުމެވެ. އަދި މިހާތަނަށް އޭނާގެ މައްޗަށް އުފުލާފައި ވަނީ އެންމެ ދައުވާއެއް ކަމަށް ވީނަމަވެސް ކުރިއަށް އޮތްތަނުގައި އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު