އީޔޫގެ ޤައުމުތަކަށާއި ރާއްޖެއަށް ފައިދާ ވާނެ ސިޔާސަތުތަކެއް ކަނޑައަޅައި އެސިޔާސަތު ތަކަށް އަމަލުކުރުމުގެ ޝައުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފާޅުކުރައްވައިފިއެވެ.

ރައީސް ޞާލިހް މިޝައުގުވެރިކަން ފާޅުކުރެއްވީ ހަތަރު ވަނަ މޯލްޑިވްސް-ޔޫރަޕިއަން ޔޫނިއަން ޕޮލިސީ ޑައިލޮގްގައި ބައިވެރިވެވަޑައިގަންނަވާ ޔޫރަޕް ޤައުމުތަކުގެ ސަފީރުން ހިމެނިވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، އެމަނިކުފާނުގެ އަރިހަށް އިއްޔެ އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުން އެބޭފުޅުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާއި، މިއަންނަ މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިޚާބާ ބެހޭގޮތުން ރައީސް އީ.ޔޫގެ ވަފުދާއެކު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް ޞާލިހްގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ މިނިވަން އިންސާފުވެރި އަދި ވާދަވެރި އިންތިޚާބަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ވަފުދުގެ ބޭފުޅުންނަށް އެރުވިއެވެ. އެމަނިކުފާނު ވަނީ މި ސަރުކާރުން ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ގަދައަޅައި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންވެސް ވަފުދުގެ ބޭފުޅުންނަށް ދެއްވައިފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ސަފީރުންވެސް ވަނީ ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާ މެދު މަޝްވަރާ ކުރައްވައި އިޤްތިޞާދީ ގޮތުން ރާއްޖެއާއި އީޔޫގެ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރެއްވުމާއިމެދު މަޝްވަރާ ކުރައްވައިފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ވަފުދުގެ ބޭފުޅުން ވަނީ މި ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާއަށް ތަޢުރީފު ކުރައްވައި މިހިނގާ ވެރިކަމުގެ ދައުރުގައި މަޤާމުގެ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ކުޑައަލީ

    100 ދުވަހު ކުރިކަމެއް އަމަލަކުން ނުފެނުނު އަނެއްކާ ބުދުފައްޅި އެޅުމށް ހުއްދަ ދެނީ ބާ

    37
    1
  2. ެޔޫރޮޕްޕާޓީ

    ވިއްކާނިންމާލައިފި ޤައުމުގެ ސިޔާދަތާ އިސްތިޤްލާލް...ޓްރެއިޓަރ އިބޫ.

    37
    1
  3. ޖިންނި

    ޖެޒުއިޓް އެލެކްސް ގެ ޕެޓް ޕަޕެޓް ރައީސް މުސްލިމުންނަކަށް ހެވެއް ނޭދޭނެ

    35
    1
  4. ޖަހާންގީރު

    އާނ ހަދަންވާނެ ޔޫރަޕުން ވިއްޔަ އަހުރެމެނަށް ރިޒްޤް ދެއްވަނީ ސާބަސް

    33
    1
  5. ލަބީބު

    އާދެ. ރާއްޖޭގެ މަހުން އީޔޫގައި ނަގާ ޑިއުޓީ ކުޑަކޮށް ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނެވޭނެ ގޮތް ކަޑައެޅުން ވަރަށް މުހިއްމު.

    5
    22
  6. ދުރުރާސްތާ

    ބަލަ މިސަރުކާރު ގެނައީ ކުރީގެ ސަރުކާރު އަނިޔާވެރިވީމާ މިހާރުމިސަރުކާރުން ބިރުވެރި ކަމަކީ ދިނައްފުރައްސާރަކުރާމީހުންވަނީގިނަ އަދި އެންމެ އަރިސްވަނީ ލާދީނީ މީހުން ވަޒީފައިގާއުލެމީނުންނައް ވަނީބޮޑު ބިރަކައްވެފައި ގައުމިވަނީ ހުއްޓިފައި ހިޔާނާތްވަނީ އާމުވެފައި ބޭރުގެ ނުފޫޒުވަނީ އިތުރުވެފައި މިގައުމުވަނީ ހަލާކުގެ ތެރެޔައް ވެއްޓިފައި ރައްޔަތުން ވޯޓާމެދު ފުންކޮއްވިސްނާ؟؟ރީދޫ ކުލަހިޔާލްނުކުރޭ؟؟

    41
    1
    • ކް

      ހާދަ ބިރެކޭދޯ ތިގަންނަނީ ދީންވެރިން.

  7. އާދިލް ސަލީމް

    ސައުދީވީމަގޯސް ޔޫރަޕްވީމަ އޯކޭ........

    38
  8. Anonymous

    ދިވެހިން ހަނާވިޔަސް ކަލެއަށް އޯކޭ؟

    18
  9. މުނީރާ

    ބަލަ ކަލެއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތަކީ، މިގައުމުގެ ރައްޔިތުންނަށް ފައިދާ ހުރިކަންކަން ކުރުމޭ. ކަލޭ ތިއީ ޔޫރަޕުގެ އެޖެންޓެއްގެ ގޮތުގައި އައްޔަންކޮށްފަ ހުރިމީހެކޭ ޅިޔަންސޮރު، ގަންޖާ ބޯ ބުންޏަސް އެއީ ބަލަ ދޮގެކޭ. ކަލެއަކީ، ތައުލީމެއް ނެތްނަމަވެސް ލިޔަން ކިޔަންއެނގޭ މީހެއްނު. ޤާނޫނު އަސާސީގަ އޮންނާނެ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި މަސްއޫލިއްޔަތު. އެފޮތް ގަނެގެން އެކިޔާބަލަ. ކޮން ޔޫރަޕެއް ކިޔާކަށް. ހާއިނު ކަލޭގެ.

    18
  10. ޙސހސހ

    ނުބުންޏަސް އަހަރުންނަށް އިންގޭ ކަލޭމެންނަކީ ޔަހޫދީންނަށް ވެރިކަން ކޮށްދޭން އައި އެމީހުންގެ ގުންޑާއިން ކަން. ޢެކަމު ކީއްކުރާނީ. މައުމޫނާ އޭނާގެ ސަރުކާރުގަ ދައުލަތުގެ ހިޔަލުން މުއްސަނދިކަން ހޯދި ސޭޓުއަށް މިވަރެއްނެތް ވިއްޔާ. ދެން މިދިވެހިންނަކީ އެއްވެސް ވަރަކަށް ކަމަކާމެދު ވިސްނާ ބަޔެއްނޫން. ޢެމީހުންނަކީ މިހާރު ޕާޓީ ތަކުގެ ވެރިން އެއީ އެމީހުންގެ ކަލާނގެއާއި އެފަދަކުރާ ދަރަޖާގެ ބަޔެއް.

    17
  11. އަލި

    ޔޫރަޕް މީހުން އެހީ ވާނެ ކަމަށް ބުނެގެން ލަންކާ ވެސް ޗައިނާ އާއި ފެޔަށް ޖެހުނީ އެންމެ ފަހުން މަސްރޫއު ތައް ހުއްޓި ގައުމުގެ ފައިސާގެ އަގު ވެއްޓި ގައުމު ދަރަނިވެރި ވާއިރުވެސް އެބުނާ ޔޫރަޕް އޮތީ ބަލަހައްޓައިގެން ތަކެތީގެ އަގުދަނީ އެގަުމުގައި އުފުލެމުން މައިތިރި ޕާލާ ކިޔާ މީހާގެ ބާރު ކެނޑި ޔޫރަޕްގެ ޕަޕެޓް ރަނިލް ގެ ބާރު ގަދައީ އެކަމު އިންތިހާބުގައި ރަނިލް ގެ ކަންތަން ނިމޭނެ. ޔޫރަޕުން ދައްކާނީ މޮޅު ވާހަކަ ދޭހީ އަބަދުވެސް އޮްންނާނީ ދިރާސާ ކުރުމަށް ގޮސް ހުސްވެފަ އެކަން ކުރަން އަންނާނީ ދޮން ފަރަންޖީއެއް ފަސް އަހަރުން ކިރިޔާ ރިޕޯޓެއް ހެދޭނީ އަބަދު ދިރާސާ ކުރާނީ... ދެން އެމީހުން ބުނާ ގޮތަށް އދ ގައި ވޯޓް ދޭން ޖެހެނީ

    16
  12. ރަސީދު

    100 ދުވަހު އަޗާތެލުން ދަތުރު ކުރުން ހަރޤނަ ފަދަ ކުރިކަމެއް

    13
  13. ާއަހްމަދު އަލީ

    ބޭރުގެ ނުފޫޒުން ސަލާމަތް ވުމަށް ބޭނުންތޯ؟
    އެމްޑީޕީ ފިކުރަށް ވޯޓް ނުދެއްވުން އެދެން.

    25
    1
  14. ހުސޭނުބޭ

    އެއްޖިންސުން ގުޅުންހިންގުމަށް ހުއްދަދިނުމާއި އެއްޖިންސުން ކާވެނިކުރުން، ކްރިސްޓިއަން ދީން ފާޅުގައި ފެތުރުމާއި މީހުން އިސްލާމް ދީނާ ދުރުހެލިކުރާ ހުރިހައި ކަމެއް ކުރުން. މިއީ އެމީހުން ބޭނުންވާ ކަންކަމަކީ! އިބޫ ކަލެއަށް ހަލާކުހުރި! ނުބައި މީހެއް ތިއީ!

    23
  15. އަލީ އަހުމަދު

    ކޮންމެ ވެރިކަމެއްވެސް ހަލާކުގެ ތެރެއަށް ދަނީ ވެރިމީހާގެ ކައިރީގާ އުޅޭ ހާއިނުންގެ ސަބަބުން ..
    އަންނީ މިގައުމު ކާފަރު ކުރާކަށް ޖެހިލުމެއް ނުވާނެ ސޯލީހޫ......................

  16. ނަސީދު

    ޔާމިންވައްޓާލީ ރައްއިތުން ބޭނުންނުވީމާ އެެއީ އެވެރިންބުނާގޮތްނުހާދާތީ އެހެންވީމާ މިފަހަރު ރައްއިތުންބޭނުންވާ ގޮތައް އިބޫސޯލިހު ކަންތައް އެކުރައްވަނީ ފައްޅިއެޅިޔަސް ދެން މަގޭގައުމޭ ގޮހޮރޭ ކިޔާނެކަމެއްނެތް

  17. ނަޝީދު

    ޔޫރަޕުން ކުރިންވެސް އެދުނީ އެއްޖިންސުން ގުޅުންހިންގުމާ ކްރިސްޓިއަން ދީންފެތުރުމަށް ހިތްވަރު ދިނުން.. އެކަންތަކައް އޯކޭ ނުވީމަ މަހުގެ ޑިއުޓީބޮޑުކޮށް ޖެއްސުން ކުރަން ފެށީ.....އިބޫމެންނަށް ހެޔޮ ދީނައް ކޮންމެ ގޮތެއް ވިޔަސް

  18. ކިނބޫ

    ކަލޭ ތިވާހަކަ ވިދާޅުވާކަށް ނުޖެހޭ ކަލޭ ވިދާޅު ނުވިޔަސް ކަލޭމެން ތީ ދިވެހިންނަށް ވެރިކަން ކޮށްދޭން އައި ބައެއް ނޫން ކަމާއި ބޭރުގެ ޣައިރު މުސްލިމުންނަށް ފައިދާ ހޯދުމަށާއި އެމީހުންގެ އެޖެންޑާ ތަންފީޒު ކުރަން ތިބި ގޮނޑިކޮއްކޮ ތަކެއްކަން އެންމެން ދަނޭ.