ޢިމާރާތްތަކުން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި މިކަމާގުޅުންހުރި ސިޔާސަތުތަކާއި އަދި މިންގަނޑުތައް އެކުލަވާލުމަށް މަޝްރޫޢުއެއް ހިންގަން ސަރުކާރުން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔޫ.އެން އެންވަޔަރަންމަންޓް) ގުޅިގެން ހިންގާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫއަށް ޓެކްނިކަލް އެކްސްޕާޓެއް އައްޔަނު ކުރުމަށް މިހާރު އެންވާރްމަންޓް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.

ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) އިން ފަންޑުކޮށްގެން ހިންގަމުންދާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫޢުގުގައި މަސައްކަތް ކުރާނެ ޓެކްނިކަލް އެކްސްޕާޓްގެ މިސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" އާއްމުކޮށް އެމަސައްކަތައް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

މި މަސައްކަތައް ބީލަން ހުށަހަޅުއްވާނީ 27 މާރިޗު 2019 ވާ (ބުދަ) ދުވަހުގެ 11:00 ގެ ކުރިން ނެވެ.

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 27 މާރިޗު 2019 ވާ (ބުދަ) ދުވަހުގެ 11:15 ގައި މިނިސްޓްރީ އޮފް އެންވާރްމަންޓްގައެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަހެވެ.