ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރު ކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ހައިކޯޓުގައި ނިންމާލައިފި އެވެ.

މިއަދު ބޭއްވީ އެމައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. އާންމު ގޮތެއްގައި އިސްތިއުނާފު އަޑުއެހުންތައް އެއް އަޑުއެހެމަކުން ނިންމާލަ އެވެ. މިއަދު އެމައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާކަން ކޯޓުން ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް މައްސަލައިގެ ޙުކުމް އިއްވާނެ ދުވަހެއް ކޯޓުން ވިދާޅެއް ނުވެއެވެ.

ޔާމީންގެ މައްސަލަ މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސިއްރުންނެވެ. ޔާމީންގެ އަޑުއެހުން ސިއްރު ކުރީ ބަންދުގެ މުއްދަތު ޖެހުމުގެ އަމުރުތައް އިސްތިއުނާފް ކުރުމުން ކުރިއަށް ގެންދާ ޝަރީޢަތްތައް ސިއްރު ކުރަން ހައިކޯޓުން ގެންގުޅޭ އާއްމު އުސޫލުގެ ދަށުން ކަމަށް ވެއެވެ.

މިއަދުގެ ޝަރީޢަތް ކުރިއަށް ގެންދިޔައީ ސިއްރުން ކަމަށް ވާތީ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް ނުލިބެއެވެ.

ޔާމީން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ޝަރީޢަތް ނިމެންދެނެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލީ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ. ޝަރީޢަތް ނިމެންދެން ޔާމީން ހައްޔަރުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ފެބްރުއަރީ 18 ގައެވެ.

ޔާމީންގެ މައްޗަށް ދައުވާ އުފުލިތާ މަހެއްހާ ދުވަސް ވާން ކައިރިވެފައި ވާއިރު އެމައްސަލައިގެ ޝަރީޢަތް ކުރިމިނަލް ކޯޓުގައި ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.

މަނީ ލޯންޑްރިން ކުރުމުގެ ތުހުމަތު ޔާމީންގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ އެމްއެމްއެޕީއާރްސީގެ ފައިސާ އެންމެ ގިނައިން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރު އޭސީސީ އާއި ހަވާލު ނުކުރިކަމަށް ބުނެއެވެ. އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ބަދަލުގައި ޔާމީން އޭސީސީ އާއި އެކު ހުޅުވި އެކައުންޓަށް ޖަމާކޮށްފައި ވަނީ ކުރީގެ ޓްއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އަތުން ނެންގެވި ފައިސާއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލާގެ ތަހުގީގަށް ފުލުހުން ހޯދި މައުލޫމާތުތަކާއި، ހެއްކާއި ގަރީނާ އިން ފާހަގަކުރެވުނުގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާތަކުގެ ތެރެއިން އެއް މިލިއަން ޑޮލަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ފައިސާ އިން އެމަނިކުފާނު ވަނީ މާލީ މަންފާތަކެއް ލިބޭ މުއާމަލާތްތަކެއް ހިންގަވާފައެވެ.

ޔާމީން ވެސް ވަނީ އެސްއޯއެފް އިން ޖަމާކުރި ފައިސާ އިން މާލީ މުއާމަލާތްތައް ހިންގެވި ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެސްއޯއެފްގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރިއިރު އެއީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅުން ހުރި ކުންފުންޏެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޔާމީންގެ އެކައުންޓަށް އެއް މިލިއަން އެމެރިކާ ޑޮލަރު އެސްއޯއެފް އިން ޖަމާކުރި މައްސަލައިގައި އެމަނިކުފާނު ފުލުހަށް ފުރަތަމަ ހާޒިރު ކުރީ މިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހު އެވެ. މައްސަލައިގައި ޔާމީންގެ ބަޔާންތައް ނިންމާ ބަޔާންތަކުގައި ސޮއި ކުރުވާފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ 08 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަސްވެރިޔާ

    މަތީ 2 ކޯޓްގެ ފަނޑިޔާރުންނަކީ ވަރަށް ރަގަޅަށް ދިރާސާ ކުރައްވާ އިލްމީ ފަނޑިޔާރުން. މިފަދަ ލާއިންސާނީ އަދަބްތަކަކީ މިހާރު ދުނިޔޭގައި ދޭ އަދަބެއްނޫން. މިގޮތަށް ޖަލުގައިވާ 100 މީހުންގެ ހައްގު ލިބެންޖެހޭ. މިއީ ލާއިންސާނީ އަދަބް، ވަކީލުން އެބަޖެހޭ މިފަދަ ނުލަފާ ޕޮރޮސިކިއުޓަރުންގެ މަށްސަލަ ބައިނަލް އަގްވާމީ ކޯޓްތަކަށް ހުށަހަޅަން. ރ. ޔާމިނަށް ދެވެނީ ސިޔާސީ އަދަބް.. ހީ މަސްޓް ބީ ފުރީ.

  2. އަވައްޓެރިޔާ

    ޔާމީން މިނިވަންކުރޭ

  3. މިއަދު

    ރައިސްޔާމީން މީލްޑިވްސް އިސްލާމިކު ބޭންކުގައި ހުޅުވާފައިވާ ފައިސާގެތެރެއިން އެމްއެމްޕީއާރސީއިންޖަމާކުރިފައިސާއާއި އެއިރުގެ ޓޫރިޒަމް މިނިސްޓްރޖަމާކުރިފައިސާގެ ތެރެއިން ރައިސްޔާމީން އާއި އޭސީސީއާއި އެކުހުޅުވި އެކައުންޓަށް ޖާމަކުރީ އެއިރުގެ ޓޫރިޒަމް މިނިސްޓްރ މޫސަ ޒަމީރު ޖަމާކުރި ފައިސާ ކަމަށްތިވިދާޅުވީ އެއީ ފައިސާގެ ނޫޓް ނަމްބަރުން ތޯ އެދެފައިސާ ވަކިކުރެއްވީ ފުލުން އެބުނަނީ އެސްއޯއެފުން ޖަމާކުރި ފައިސާއިން ރައިސްޔާމީން މަނީލޯންޑްރިން ކުރެއްވިކަމަށް އެކަމު މިލިއުން ލިއުއްވިބޭފުޅަ ތިވިދާޅުވަނީ ރައިސްޔާމީން ޖަމަކުރެއްވީ މޫސަ ޒަމީރު އަތުންނެންގެވި ފައިސާކަމުގައި ސުވަލަކީ މިދެފައިސާގެ މުއާމަލާތް މިހިސާބުގައި ހިންގެވީ ފައިސާގެ ޢަދަދަށްވުރެ ބޮޑަށް ނޫޓްގެ ނަމްބަރަށް ބައްލަވައިގެންތޯ؟

  4. އަސްރަފް

    އަވަހަށް ދޫކޮށްލާނެ ކަމަށް އުއްމީދު ކުރަން

  5. އަބޯ

    ފުލުހުން ހެކި ހޯދުމުގާ ބޭނުންކޮށްފާވަނީ އެމްޑީޕީގެ ބަޔަކު ވަގަށް ނަގާފަ ހުރި މައުލޫމާތު ތަކަކަށް ވެއްޖެނަމަ އެ ވާނީ ގާނޫނާ ހިލާފަށް ހޯދާފަ ހުރި ހެއްކެއް ކަމުގާ ސަބަބަކީ ބޭންކް ތެރޭން ހިންގާފަ ހުރި މުއާމަލާތްތަކެއް ކޯޓް އަމުރަކާނުލާ ހޯދައިފިނަމަ އެއީ ގާނޫނާ ހިލާފަށް ކުރެވިފާ އޮތް ކަމަކަށް ވާނެތީ އިގިރޭސި ވިލާތުގެ ލޯފާމަކަށް ފޮނުވިޔަސް އެއީ ގާނޫނާ ހިލާފު ހެކި

  6. ޓެނިސްކޯޓް

    ހުކުމް އިއްވުން އޮންނާނީ ވޯޓްނިމުމަށްފަހު.

    1
    5
  7. ޢަފްލާ

    ވަގައްގޮވާ މީހުންނަކީ ވަގައް ވެރިކަން ޖޯފިމީހުން ވޯޓް އޮޅުވާލި މީހުން ކޮރަޕްޝަނުން ވެެިކަމައް އައި މީހުން ކޮރަޕްޝަނުން ވެރިކަމައް އަްިސްސިްްޔާ ވާނެ 4އެތި ވެ ނިމެނީ ރޯނު އެނދުރުން ގިނަވަނީ

  8. ޑައެލޯގް

    އަނިޔާވެރި ސަރުކާރު މެޓާނިޓީދެނީ ބަދަލުގައި މުވައްޒަފެއް ނުލައި ދެން ހުރިހައި ބުރައެއް ތިބި މުވައްޒަފުންނަށް ވީމާ މެޓާނިޓީ އެދެނީ ސަރުކާރަކުންނޫން އެތަނުގައި ތިބޭ މުވައްޒަފުން ގޭނިގެން

  9. 3ވަނަވިސްނުން

    ދިވެހިރާއްޖޭގަ ވެރިކަން ކޮށްފަ ނެތް އަމިއްލަ އެދުމާއި، ވައްކަމާ، ހިޔާނަތާ، ފަސާދައިގެ ތެރެއިން ނޫނީ! ކޯޓްތައް ގޯސްވެގެން ވާކަމެއްނޫން މީ އިންސާނުންގެ ސިފައިގައި ތިބެ ބުޅަލު އުސޫލު ދަންނަ ބައެއް ކުރާކަމެއް