ކޮންމެ ރައްޔިތަކީވެސް ފަތަން ދަންނަ މީހަކަށް ވުން ލާޒިމު ކަމަށް އެކްޓިން ޔޫތް މިނިސްޓަރ އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ފެށުނު "ދިޔަރެސް ވޯޓާ ސްޕޯޓްސް ކޮންވެންޝަން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި ކުޅިވަރު ކުޅުމަށް އޮތް އެންމެ ބޮޑު ޕްލެޓްފޯމަކީ ވަށައިގެންވާ ހިތްގައިމު މޫދު ކަމަށާއި ރާއްޖޭގައި ފަހަކަށް އައިސް މޫދުގައި ވަރަށް ހިތާމަވެރި ހާދިސާތައް ހިނގަމުން އަންނަ އިރު ކޮންމެ ރައްޔިތަކީވެސް ފަތަން ދަންނަ މީހަކަށް ވުން ލާޒިމު ކަމަށެޗެ.

ވަނީ ދިވެހި ރާއްޖޭގައި މޫދު ކުޅިވަރުތަކައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރެއްވުމުގެ އިތުރުން ފަތަން ދަސްކުރުމުގެ މުހިއްމުކަމަށް އަލި އަޅުވާލައިފަ އެވެ.

" ދިވެހި ކޮންމެ ރައްޔިތަކީ ވެސް ފަތަން ދަންނަ މީހަކަށް ވާންޖެހޭ, އަޅުގަނޑުމެންގެ ކޮންމެ ރައްޔިތަކީވެސް އެއްގޮތް ނެތިއްޔާ އެނެއް ގޮތުން ވެސް މޫދާއި ގުޅި ލާމެހިފައި ވާ ބައެއް އަޅުގަނޑަށް ފުރަތަމަ ފަތަން ދަސްވީ ގެނބުނީމަ. ކުޑަ އިރު ހައެއްކަ ގަޑި އިރު މޫދުގައި އުޅެލާކަށް ވެސް އަޅުގަނޑު ފޫއްސެއް ނުވޭ،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ސަލާމަތް ވެވޭނީ އެކަމަށް މީހުން ހޭލުންތެރިކޮށް، ފަތަން ދަންނަ ބަޔަކަށް ދިވެހިން ވެގެން ކަމަށެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ މޫދު ކުޅިވަރަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރި އެރުވުމަށާއި ރާއްޖޭގެ ރީތިކަން އެހެން ގައުމުތަކުގެ ފަތުރުވެރިންނަށް ފޯރުވުމަށް އެންމެ މުހިއްމު އެއް ވަސީލަތް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވޭ މޫދު ކުޅިވަރު ކޮންވެންޝަން މިއަދު ފެށި އިރު މި ކޮންވެންޝަންގައި މޫދު ކުޅިވަރާއި ގުޅޭ ދާއިރާގެ ބޭފުޅުން އެބޭފުޅުންގެ ހުރި ކަންބޮޑުވުންތަށް ސަރުކާރައި އެއް މޭޒެއްގައި މަޝްވަރާ ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާދު

    ޢަލީ ވަހީދުގެ މޮޓޯއަކީ ކޮންމެ މީހަކުވެސް ރިސްވަތުގެ ފައިސާއިން ގޯތި ގަންނަންޖެހޭ!

  2. އަފީ

    ކޮންމެ ރައްޔިތަކުވެސް މާލެއިން ގެއެއް ހޯދަން ޖެހޭ! އެކަމު ހޯދަންވާނީ މަންމަ ކިއްލި ތެޅި ރފ އިންނެއް ނޫން!