ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް އެއްބާރުލުން ދެއްވައި ކޯލިޝަނާ އެކީ ދެމިހުންނަވާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަރިހު ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ރައީސް ޞާލިހާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްވަމުންނެވެ.
ރައީސް އޮފީހުން ވިދާޅުވީ މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ރައީސް ޞާލިޙުގެ ސަރުކާރަށް، މޯލްޑިވްސް ރިފޯމް މޫވްމަންޓާއި މައުމޫންގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު އަބަދުވެސް އޮންނާނެ ކަމުގައި މައުމޫން ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ އެކި ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ނަމަވެސް ބައްދަލުވުމުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ރައީސް ޞާލިހާއި ބައްދަލުކޮށް ކޯލިޝަން ދަމަހައްޓާނެ ކަމުގެ ޔަގީންކަން މައުމޫން ދެއްވިއިރު އެމްޑީޕީ ފިޔަވައި ކޯލިޝަންގައި ދެން ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖޭޕީ އާއި ސަރުކާރުގެ ގުޅުން ވަނީ ގޯސްވެފައެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެމްޑީޕީ އަށާއި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ.
މިއަދު މައުމޫން ރައީސް ޞާލިހާއި ބައްދަލު ކުރެއްވި އިރު މަހަކު އެއް ފަހަރު ކޯލިޝަންގެ ލީޑަރުން އެއް މޭޒެއްގެ ދޮށުގައި ބާއްވަން ވައުދުވި ބައްދަލުވުން ނުބާއްވާތާ މިހާރު ދެމަސް ދުވަސް ވެއްޖެއެވެ.
މައުމޫން އެކަނިތަ މިހާރު ހުރީ ކޯޅިސަނުގާ ކޯޅިސަން ދަމަހައްޓަން
މައުމޫނުގެ ތާއިދު އޮތިއްޔާ ތިޔައޮތީ ހުރިހާ ކަމެއް ހަމަޖެހިފައި ދެންއެއްވެސް ކަމަކަށް ވިސްނާނެ ކަމެއްނެތް!
ރ. ސޯލިހު ހައްދައިގެން މަކަރުވެރި ފަނާކުރެވިނި ވާހަކަ ދެއްކޭނީ 6 އެޕްރީލް އާއި ހަމައަށް. ރ. ނަޝީދުގެ ސަޕޯޓަރުންނާއި 7 އަހަރު މަގުމަތީތިބި އެމްޑީޕީގެ ސީނިއަރ އެކްޓިވިސްޓުންތިބީ ވަޒީފާއެއްނެތިފަ. މައުމޫނު އެއްވެސް ސިޔާސީމަސައްކަތެއްނުކޮށް 20% ދިރުވާލާ ކޮއްކޮއާއި ދަރިންނަށް މިނިސްޓަރ ކަންދީގެން ތިހުންނެވީ ހޫނުފެނަށް ނުވެއްޓޭނެކަމަށްތޯއެވެ. ހޫނު ފެނަށްވެއްޓި އެމަގާމްތައް ގެއްލޭނެ. ރ.މައުމޫނުގެ އަނިޔާވެރި 30 އަހަރު އެމްޑީޕީ މީހުން އަބަދުވެސް ހަދާންކުރޭ.
މީނަ މީ ކާކު . ޚޯލިޝަން ހިފެހެއް ޓޭނެ ވަރު އެގުނީ ދަރުބާރުގޭގަ ބޭއްވި ކެމްފެއިން ޖަލްސާއިން . ޅަދުން މައިންނަން ޖެހުނީ ދެފައި ކައިރިކޮއްގެން .
މައުމޫނަކީ ބާކީވެފައިހުރި މީހެއްކަން ސަރުކާރަށް އެގޭފަދައިން ޚުދު މައުމޫނަށްވެސް އެގޭނެއެވެ. އެހެންވީމާ ފޮޅާލިޔަނުދީ ރުހުން ހޯދުމަށް އަންނިއަށާ އިބޫއަށް ތަޢުރީފްކޮށް ގަދަބުނުން ނޫންގޮތެއް މައުމޫނަކަށް ނެތެވެ. ކޯލިސަންއޮތީ ރޫޅިފައެވެ. ކިތަންމެ ފޫކެހިޔަސް ވަގުސަރުކާރުފަޅިގައިތިބި މައުމޫނުގެ ދަރިއަކަށް މިހާރު އެތިބަ ފެންވަރުން މައްޗަކަށް ނޭރޭނެއެވެ. މައުމޫނުގެ ބޭނުނަމީ ކޮބައިކަން އެންމެނަށްވެސް އެގެއެވެ. އަދި މައުމޫނުވެސް ބޭރުވާތަން ފެންނާނެއެވެ.
ލާދީނީ ސެކިއުލަރ ކޮންމެ އެއްބަސް ވުމެއް ދަމަހައްޓަން ވަކި ތިވަރެއް ނެތް ކަން އަހުންނަށް އެނގޭ
މައުމޫނުގެ ތިންދަރިންގެ މަޤާމު ދަމަހައްޓާނަމޭ ބުނިނަމަ މަބޮޑަށް ތާހިރުވީސް!
ކާތަކެއްޗަށް ވިހަލައިގެން އާލާސްކަންފުޅާއުޅުއްވިޔަސް އެވަރު އަދި މައުމޫނަށް ނުފުދޭތީ ކޮންމެގޮތެއްހަދައިގެންވިޔަސް ރައީސް ޔާމީން މާރާލަދިނުމަށް އެދި ބައްދަލުކުރީ! އޮޅުވާލަން ނޫޅޭ މައުމޫނޫ!
ކޯލިސަނޭ މިކިޔާގުރޫޕްގައި މިހިމެނޭ އަދާލަތާއި މައުމޫން އަދި ގާސިމު ދެންއެމްޑީޕީ މީގެތެރެއިން ގޯލިސަނެއްއޮތްކަމަށް މައުމޫނު މިބުނަނީ ކޮންހައިސިއްޔަތަކުންބާ ހަމައެކަނި މައުމޫނުގެ ފޮޓަޖެހި މިނިސްޓަރުން ހިފެހެއްޓުން ކޮންކަމެއްވާތީބާ އަމިއްލައަށް މަތިންބައިންޖެހިގެން އަދިވެސް އުޅެވޭތޯބަލާ މައުމޫނުގެ ލަދުހަޔަތް ކުޑަކަން މިހުރީ ދިވެހި ގައުމު ކަންބޮޑުވާ ދަރަޖައިގަ
މައުމޫނު އަކީ ވެރިކަން އެއްބަފާ ކޮށްކޮ އަށް ދީފަ ހަޖަމް ނުވި މީހެއް.އެއްބަފާ ކޮށްކޮ އަށް ވެރިކަން ދީފަވެސް ވެރިކަން ކުރަންޖެހެނީ މީނާ ބޭނުންގޮތަށް.ކުރީ ޒަމާނުވެސް ވެރިކަން ކުރި ގޮތަށް.
މައުމޫނު ކަލޭތީމިހާރު މިގައުމަށް ބޭނުން މީހެއްނޫންކަން މިމަޖިލިސް އިންތިހާނުގާ އިރާދަކުރެއްވީޔާ ރައްތިތުން ދައްކާލާނެ.
މަޖިލިސްއިން އެއްމެ ގޮނޑިޔެއްވެސް ނުލިބިއްޖެއްޔާ އާމީން.
ކޯލީޝަން ދަމަހައްޓަން މައުމޫނު އަތުގަ ކޮން ބާރެއްބާ އޮތީ؟ ކުޑަމިނުން ޕާޓީގަނޑެއް ވެސް ނެތް. ހަފުތާގެ ޖޯކު
ކޮން ކޯލިޝަނެއް ދަމަހައްޓާނެ ޔަގީންކަމެއް 30އަހަރުގެ ޑިކްޓޭޓަރ މައުމޫނުގޮޅާއަށް ދެވޭނީ؟؟ މިކަލޭގެއަށް ނެއެގެނީތަ މިހާރު ކޯލިޝަނެއް ނެތްކަން، ކޯލިޝަނެއް އޮތްނަމަ ރައީސު ކިނބޫ އާއި އަންނީ މުޅިގައުމުގަ އިޢުލާންކުރަމުން ދުވާނެތަ ހަމައެކަނި އެމްޑީޕީއަށް މަޖިލިސް ގޮނޑި ދޭށޭ؟؟ހުރިހާ ރައްޔިތުންވެސް އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދޭށޭ؟؟މައުމޫނުގޮޅާ ކިތައްމެވަރަކަށް ރައީސް ޔާމީނަށް އަނިޔާދޭން އުޅުނަސް އެމަނިކުފާނަށް ރައްޔިތުންގެފަރާތުން ލިބިފައިވާ ތާއީދު ތިޔައިން އެއްވެސް ރައީސަކަށް ކިނބުލަކަށްވިޔަސް ނުލިބޭނެ!!!
ކާކުގެ ސަމާލު ކަމެއް ހޯދަންބާ މައު މޫނު މިބުނަނީ ކޯލިޝަން އާއި އެކު ވާނަމޭ. މި މައު މޫނުގެ ފަހަތުގައި ތިބީ 4 ބަބުރާއި 3 ގަބުރު 2 ބުދު އޭގެތެރޭގައިވެސް ގިނައީ މައުމޫނުގެ ދަރިންނާއި ދަނބިދަރިން ދެންތިބީ އޭނާގެ 30 އަހަރުގެ ދިފާއުގަ ތިބި ހައެއްކަ އުމުރުންދުވަސްވީ މުސްކުޅި ނުވާ ސަރުބަތު ބޮއިގެން އުޅޭ މީސްކޮޅެއް.
ޔާމީނު ވެރިކަމުން ފައިބަންޖެހުނީ މައުމޫނުގެ ތާއީދުނެތިގެނެއްނޫން! ނަޝީދުގެ އެދުމަކަށް އިންޑިޔާގެ ސީއައިޑިން އިލެކްޝަނުގެ ޖަހޯބަރޯ ގަނެގެން ވޯޓްކަރުދާހުން ބަލިކުރީ!
މިކަލޭގެ ވަރަށް އެބަ ލަދުގެން ބިރުގަނޭ ޔާމީން ވިދާޅުވިގޮތަށް މިކަލޭގެ ބޭރުވެދާނެތީ!!!! އެހެންވެ ފޫކޮޅުގައި ތަޅާއިރުވެސް ތަދުނުވާކަމަށް ހަދައިގެން އެ ހުންނަނީ!