ސަރުކާރުގެ ބޭނުމަކަށް 15 ކާރު ހޯދުމަށް އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްލައްކަ ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރުގެ ޔޫއެސް ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ ކާރުތައް ސަޕްލައިކުރުމުގެ ބިޑްގައި ބައިވެރިވެވޭނީ ނޮން ރިފަންޑަބަލް ބީލަމުގެ ގޮތުގައި 1500 ރުފިޔާގެ ފީއެއް ދައްކައިގެން ކަމަށާއި ކާރުބިޑް ސެކިއުރީޓީގެ މުއްދަތަކީ ހުޅުވާ ދުވަހުން ފެށިގެން 148 ދުވަސް ކަމަށް އެއިއުލާނުގައި ވެއެވެ.

މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކުގެ ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ނެޝަނަލް ޓެންޑާގެ ޖަލްސާ ކުރާ މާލަމުގަ އެވެ.

މީގެ އިތުރުން ބީލަމުގެ ފައިސާ ބަލައިގަންނަނީ މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓޮޔޯޓާ

    ދުއްވާނެ ތަންނެތަސްގަނެފަ ބަހައްޓާ، TOYOTA I-ROAD ރަނގަޅުވާނެ.

  2. ކިނބޫ

    ނުކުޅެދޭ ސަރުކާރުގެ ފުރަތަމަ މެގަޕްރޮޖެކްޓުންވެސް ރަތްޔިތުން އާޝޯހް ކޮށްލައިފި.

    1
    1