މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަަސައްކަތުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އިން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލެގެ ގެއެއް ބަލައިފާސްކޮށް 13 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައި ވަނީ އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކާއި 37 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 26 އަހަރުގެ ދެ މީހުންނާއި 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ. އެ ނުވަ މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. އަދި މި މައްސަލަ އާއި ގުޅިގެން 36 އަހަރުގެ ބަންގްލަދޭޝް މީހަކާއި 33 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި އަންހެނެއް ހައްޔަރުކޮށްފައިވެއެވެ.

މި އޮޕަރޭޝަނުގައި ގަލޮޅުގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތާއި ގުޅިގެން ކޯޓުއަމުރެއްގެ ދަށުން އެގެ ބަލައިފާސްކޮށްފައިވާއިރު، އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓް ފެނިފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އިން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމީރު

    ލާފަ ހުރިކުލައިގެ ސަބަބުން ތިމީހުން ނުވެސް ހިފޭއްތޭނެ. އަދި ބަންދެއްވެސް ނުކުރެވޭނެ.

  2. ސޯކާބެ

    ތިކަމާ ކޮމެންޓް ނުކުރުން ރަގަޅީ މީކުށުގެ ރިކޯޑް ހަދާބަޔެއް އުޅޭތަނެއް ތިޔަތަނުގަވެސް ނޯންނާނީ ވޯލްޑް ރިކޯޑް އެކަނި އެހެން ހުރިހާރެކޯޑެއް ތިޔަމީހުންގެ އޯންނާނޭ މިހާރުވެސް ވަނަވަރު ކިޔާލަ ބަލަ ކިވާވަރެއްގެ ރިކޯޑް އޮއްބަޔެއްތޯ ހިތާމަ ހުރިކަމެއް ކީއްތޯކުރާނީ މިޔޮއްގައުމެއްވާދޯ