ދިމާވި ޓެކްނިކަލް މައްސަލައެއްގައި މޯލްޑިވިއަންގެ ފްލައިޓެއް އެމަޖެންސީގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި އެ ފްލައިޓް އެމަޖެންސީގައި ޖެއްސީ ނޯސް ލޭންޑިން ގިއަރުގައި މައްސަލައެއް ޖެހިގެންނެވެ. ފްލައިޓަށް ޓެކްނިކަލް މައްސަލަ ދިމާވެގެން އެމަޖެންސީ ޕްރޮސީޖާތައް ފުރިހަމަ ކުރުމަށްފަހު ފްލައިޓް ޖައްސާފައި ވަނީ ގިނަ އިރުތަކެއް ފަހުންނެވެ.

ފްލައިޓް އެމަޖެންސީގައި ކާމިޔާބު ކަމާއެކު ޖެއްސި އިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މޯލްޑިވިއަންއިން މައުލޫމާތު ދީފައިވާ ގޮތުގައި މާލެއިން ގަމަށް ދަތުރުކުރި ފްލައިޓް Q2-118 އަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އެއް ގަޑިއިރާ 20 މިނެޓް ފްލައިޓް ނުޖެއްސި ހޭދަވި ކަމަށެވެ. އަދި ފްލައިޓް އެމަޖެންސީގައި ކާމިޔާބު ކަމާއެކު ޖެއްސީ 1:37ގައި ކަމަށްވެސް މޯލްޑިވިއަންއިން ބުނެފައިވެއެވެ. އެ ފްލައިޓް ޖައްސަން ޝެޑިއުލް ކޮށްފައި އޮތީ 12:21 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުޙައްމަދު ޢަރީފް

    މާތްﷲގެ ކިބަފުޅަށް ޝުރުކުރަން

    11
  2. ހަމްދު

    ﷲ އަށް ޙަމްދު ކުރަން ހަނދާން ހުރިތަ. ޝުކުރުގެ ސަޖިދަ ޖެހިންތަ. ސުބުޙާނައްﷲ. މަރަކުން އެ ސަލާމަތް ކޮއްދެއްވީ. ދަތުރަށް އަރާއިރު ޒިކުރާއި ދަތުރު ދުޢާ ކިޔަން ހަނދާން ބަހައްޓާތި. އަލްޙަމްދުލިއްﷲ

    38
    3
  3. ލަބީބު

    ޕައިލޮޓަށް ސަނާކިޔާ މާފަތިތައް އަމުނާއިރު ތިޔަކަމުން ސަލާމަތްކޮށްދެއްވި ﷲ ތަޢާލާއަށް ޙަމްދުކޮށްލާއަޑެއް ނުއިވެއެވެ.

  4. މުހައްމަދު ވިއާމް އިބްރާހިމް

    މޯލްޑިވިއަން ފްލައިޓު ކާމިޔާބު ކަމާ އެކުޖެއްސުމަކީ އަޅުގަނޑު ފަހްރުވެރި ވާކަމެކެވެ...

  5. މުހައްމަދު ވިއާމް އިބްރާހިމް

    މާތްﷲގެ ކިބަފުޅަށް ޝުރުކުރަން