އަލް ޢަސްރުގެ "ކޮފީ ވިތް ޝެއިޙް" ޕްރޮގްރާމް އަކީ ޝެއިހް އަކާއި އެކު އެކުވެރި މާހައުލެއްގައި ބައްދަލުވެލައި ، އެއްވެސް ހަރަދަކާއި ނުލާ ކޮފީ އެއް ބޯލުމުގެ ފަރުސަތާއި އެކު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދާ ދިނުމަށްޓަކައި ރޭވިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމްއެކެވެ. އެގޮތުން ތަފާތު އެކި ޝެއިހުންނާއި ވަކިން ބައްދަލުވެ ސުވާލުކުރުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ޒަރިއްޔާއިން ލިބިގެންދެއެވެ.

އެގޮތުން މިދިޔަ ހަފްތާގައި ވެސް 3 ޕްރޮގްރާމް ކުރިއަށް ގެންދެވުނު ކަމަށް އަލް ޢަސްރުގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ. އަދި އިތުރަށް ވިދާޅުވީ މި ބައްދަލުވުން ތަކަކީ ޕްރައިވެޓްކޮށް ގެންދެވޭ ބައްދަލުވުން ތަކެއް ކަމަށާއި މި ބައްދަލުވުން ނުވަތަ ކޮފީތަކުގެ އެއްވެސް ފޮޓޯ އެއް އަދި ވީޑިއޯއެއް ބައިވެރިވަޑައިގަންނަވާ ފަރާތުގެ އިޒްނަ އާއި އެކު މެނުވީ މީސް މީޑިއާއަށް ލެވިގެން ނުދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބޭފުޅުން ދެއްވާ ކަމަށެވެ.

އަދި މިޕްރޮގްރާމްގައި ބައިވެރިވުމަށް ވަކި އުމުރުފުރައެއް ނެތް ކަމަށް އެފަރާތުން މަޢުލޫމާތު ދެއްވިއެވެ. ދެމަފިރިން އެކުގައިވެސް މިސެޝަންތަކުގައި ބައިވެރި ވެވޭނެ ކަމަށާއި ކޮންމެ ގްރޫޕް ސެޝަންތައްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ސެޝަނެއްގައި 4 ބޭފުޅުންގެ ކޮފީގެ ޙަރަދު ލެސޫކް ކެފޭ އިން ސްޕޮންސަރ ކޮށްދީފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

" "ކޮފީ ވިތް ޝެއިޙް" އަކީ ﷲގެ ރަޙްމަތުން ވަރަށް ކާމިޔާބު ކަމާއި އެކު އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ކުރިޔަށްދާ ސެޝަންތަކެއް. އަސްލު ގިނަ ބޭފުޅުންނަށް ހީވެފައި އޮންނަނީ މިޕްރޮގްރާމްގެ ސެޝަންތަކަކީ ރެކޯޑްކުރާ ނުވަތަ ސޯސަލް މީޑިޔާގައި ޝެއަރ ކުރާ ސެޝަންތަކެއްކަމަށް. ނަމަވެސް މީހަމަ ޕްރައިވެސީ ވަރަށް ހައިކޮށް ކުރިއަށްދާ ސެޝަންތަކެއް. ފޮޓޯ އެއްވެސް ނަގާނީ ބައިވެރިވާ ފަރާތުގެ ހުއްދަ ލިބިއްޖެނަމަ. 4 ބޭފުޅުންގެ ގްރޫޕަކުންވެސް ބައިވެރިވާންވީ ހަމަ" އަލްޢަސްރުގެ ސެކްރެޓަރީ އަލީ ޝަމީމް ވިދާޅުވިއެވެ.

އަލް ޢަސްރުގެ "ކޮފީ ވިތު ޝެއިޙް" ގައި ބައިވެރިވުމަށް އަބަދުވެސް ފުރުސަތު ހުޅުވާލާފައި ވާކަމަށް އަލް ޢަސްރުގެ މީޑިއާ އޮފިސަރ މަޢުލޫމާތު ދެއްވި އެވެ. އެގޮތުން އެބޭފުޅުންގެ ހޮޓްލައިން 7925277 ވައިބަރ،މެސެޖު ނުވަތަ ގުޅާލައްވައިގެން އަދި ފޭސްބުކް ޕޭޖަށް މެސެޖް ކޮށްލެއްވުމުންވެސް ބައިވެރިވެލެއްވޭނެ ގޮތް އެބޭފުޅުން ވަނީ ހަމަޖައްސަވާފައެވެ.

އަލް ޢަސްރުގެ ފަރާތުން 2015 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގްރާމް ކަމަށްވާ "ކޮފީ ވިތު ޝެއިޙް" މި ޕްރޮގްރާމްގެ ހުރިހާ ބައްދަލުވުން ތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލެސޫކް ކެފޭ (LeSouq Café) ގައި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުދުބޯ

    މިއަށް ކޮމެންޓު ކުރަން ހުޅުވާލަ ބަލަ

  2. ބަލޫން

    ކޮފީ ވިތު ޝޭޚު ނުބާއްވާ ފާޅުގައި ދީނައް ފުރައްސާރަކުރާ މީހުންތައް ހައްޔަރު ކޮއްބަލަ.

    2
    1
  3. ޒިދުނާ

    ތި ޝެއިޚް ވަރަށް ރީތި