ފްލައިޓް އެމަޖެންސީގައި ޖެއްސީ ނޯސް ލޭންޑިން ގިއަރުގައި މައްސަލައެއް ޖެހިގެން މިއަދު މާލެއިން ގަމަށް ދަތުރުކުރި ފްލައިޓް Q2-118 ގެ ކެޕްޓަން ކެޕްޓަން އަބްދުލް ބާސިތް އިބްރާހިމް (ބާއްކޮ) އަށް ގިނަ ބައެއްގެ ތަޢުރީފް އޮހިގެން ގޮސްފިއެވެ.

ކެޕްޓަން ބާސިތު އަކީ އައްޑޫ ފްލައިން ސްކޫލުން ތަމްރީނުތައް ފުރިހަމަކޮށް އޭވިއޭޝަންގެ ދާއިރާ އަށް ނިކުތް ފަރާތްކަން ފާހަގަކޮށްލެވެއެވެ.

އައްޑޫ ފްލައިން ސްކޫލްގެ ޕޭޖުންކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބާސިތް އާއި ކްރޫންގެ މަސައްކަތާމެދު ފަޚްރުވެރިވާ ކަމަށެވެ.

https://www.facebook.com/AsianAcademyOfAeronautics/photos/a.606420042805479/2019747184806084/?type=3&theater

މޯލްޑިވިއަންއިން މައުލޫމާތު ދީފައިވާ ގޮތުގައި މާލެއިން ގަމަށް ދަތުރުކުރި ފްލައިޓް Q2-118 އަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އެއް ގަޑިއިރާ 20 މިނެޓް ފްލައިޓް ނުޖެއްސި ހޭދަވި ކަމަށެވެ. އަދި ފްލައިޓް އެމަޖެންސީގައި ކާމިޔާބު ކަމާއެކު ޖެއްސީ 1:37ގައި ކަމަށްވެސް މޯލްޑިވިއަންއިން ބުނެފައިވެއެވެ. އެ ފްލައިޓް ޖައްސަން ޝެޑިއުލް ކޮށްފައި އޮތީ 12:21 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޕުޑެންޑާ އައްޑޯ

    ބުރޯ ތިޔޯ ހަމަ އެއްވަނަ......

    7
    3
  2. Anonymous

    ޢެއްމެ ފުރަތަމައަށް ހަމްދާއި ޝުކުރު ހުރީ ﷲސުބްޙާނަހޫ ވަ ތަޢާލާ އަށް. އެއީ އެ ޕައިލަޓުންނަށް ސަލާމަތްވުމުގެ ހިކުމަތާއި ގޮތްތައް ވިސްނަވައިދެއްވި ހަމައެކަނި ފަރާތް، އެއަށްފަހު އެ ޕައިލަޓުން ކުރެއްވި ހުނަރުވެރި ރިސްކީ މަސައްކަތް ކާމިޔާ ކުރެވުނީމަ އެފަރާތްތަކަށްވެސް ޝުކުރު ހައްޤުކަމަށް ގަބޫލުކުރަން، މިފަދަ ކާމިޔާބެއް ލިބުނީ ފްލައިޓްގައިތިބި މީހުންގެ އުމުރުގައިވެސް އަދި ތަންހުރީމަ، ﷲއީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަނލާގެ އެވެ.

    55
    1
  3. ޕައިލެޓް

    ތިޔައީ އާދައިގެ ކަމެެެއް. ޜިސްކީ ކަމަކަށް ވިއަސް ފޭޓަލް ހާދިސާއެއް ދިމާވުމުގެ ޗާންސް ކުޑަވާނެ. ޕއިލެޓަކަށް އެވަރުގެ ސިޗްއޭޝަނެއް ހޭންޑުލް ނުކުރޭވޭނެނަމަ ޕއަލެޓް ކަމުގެ ސަނަދު ލިބިގެން ނުވާނެ

    14
    10
  4. ޙަސީނާ

    ޢާންމުކޮށްވެސް ލަހުން ފުރާ ޖައްސާ އެއްޗެއް ތީ މޯލްޑިވިއަން އަކީ. ދުވަހަކު ބުނާގަޑިއަށް ފުރާފައެއް ނެތް. 12:21 ޖައްސަން "ޝެޑިއުލްކޮށްފަ" އޭ ބުނީމަ ހަމަ ބުނެލީ މި ލަހުން ފުރަންޏާވެސް ލަހުން ދޯ ޖެއްސޭނީ.

    10
    5
  5. ނާފިއު

    ޟމީ އަޅެ އާކަމެއްތަ ބުޅިކެނޑޭނީ ކެޔޮޅު އަތުންނޭ

    4
    7
  6. ن فا

    الحمدلله

    10
  7. ޑެމޯ

    ވަރަށް ދަށު ދަރަޖައިގެ ކޮމެންޓް ވެސް ކޮށްފަ އެބަހުރި.މިއަދު މިދިމާވި ކަންތައް ބައެއް ކޮމެންޓް ކޮއްފަ ހުރި ފަރާތަކަށް ނުވަތަ އާއިލާ މީހަކަށް ދިމާވި ނަމަ އިނގޭނީ މީ ކިހާ ހިތާމަ ކުރަން ޖެހުނު ވަގުތު ކޮޅެއް ކަން.

    14
    2
  8. ނައު

    ކިތަންމެ މޮޅު ޕައިލެޓަކަށް ވިޔަސް ﷲ އިރާދަކުރެއްވީ ވެއްޓެން ކަމުގައި ވި ނަމަ އެކަން މެދުވެރިވީސް. ޢެކަމް އެބޯޓުތެރޭ ތިބި މުސްލިމުންނާއި އެކަންތަޢް އިނގުނު އެންމެހާ ދިވެހިން ﷲ އަށް ވަކީލު ކޮށްގެން ތިބެ ހުއްޓުމެއްނެތި އުއްމީދު ކަނޑާނުލާ ދުއާ ކުރަން ދެމިތިބުމުގެ ސަބަބުން އެކަލާންގެ ވަނީ ފަހު މިނިޓުގައި ގިޔަރު ރަނގަޅު ކުުރެވޭނެ ގޮަތް މިންވަރު ކޮށްދެއްވައި އަދި އެކެޕްޓަން އަށް އެކަމުގެ އިލްމު ދެއްވައި ހިއްވަރާއި ކެތްތެރިކަމާއި ސާބިތުކަންދެއްވައި އެންމެންގެ ދުޢާ އިޖާބަކުރައްވާފައި.ބޮޑު މުސީބާތަކުން ސަލާމަތް ކޮށްދެއްވީތީ، މިއީ ﷲއަށް ސަޖިދަކުރަން ޖެހޭ ހާލަތެއް. ޢަދި އެކެޕްޓަން ކުރި މިންނަތް މަސައްކަތާއި ކުރި ހިތްވަރަށް ޝުކުރާއި ސާބަސް ރައްދުކުރަން. މާތްﷲ އެ ދެ ކެޕްޓަނުންނާއި މުޅި ކްރޫ ޓީމަށް ދިގު އުމުރެއް ދެއްވައި އިތުރު ކުރި އެރުން ދެއްވައި އެބޭފުޅުންނާއި އެބޭފުޅުންގެ އާއިލާތަކަށް ބަރަކާތް ލައްވައި ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި.އާމީން!!

    28
  9. ޝަހެނޝާހް

    އަވަހަށް މިއަށް ބިނާކޮށް ނަހުލާގެ ފިލްމެއް ނެރެންވީ. "އެ ފްލައިޓް"

    6
    3
  10. ޟީތަލަ ހަންނާން

    ސޭފްޓީ ފަސްޓް، ފުލައިޓުން ދަތުރުކުރާ ހުރިހާމީހުންވެސް ހެލްމެޓް އަޅަން ގަވައިދެއް ހަދަން ފެނޭ، ނަހުލާއްތަ މިކަމާ އުޅޭނެ ނަމަދޯ،

    1
    2
  11. ހަސީނާ

    އެެންމެ ފަހުން ޓެކްނިކަލް ޔަޤީންކަން ދިން ފަރާތް ތަހުޤީޤުކުރަން ޖެހޭ، މިހާރު މޯލްޑިވިއަންގެ މައްސަލަ ވަރަށް ގިނަ ،