ރާއްޖޭގެ ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ނ. ވެލިދޫ އާއި، ޅ. ހިންނަވަރުން ދެވޭ ޚިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އެތަންތަން ހޮސްޕިޓަލް ލެވަލްއަށް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އެ ޕްރޮޖެކްޓްތަކުގެ މަސައްކަތް ފެއްޓުމައްޓަކައި ހަދަން ޖެހޭ ޢިމާރާތް ޑިޒައިން ކޮށް ކުރެހުން ތަކާއި، ބިލް އޮފް ކުއަންޓީޓީ އާއި، ޓެންޑަރ ޑޮކިޔުމެންޓް ހަދާނެ ފަރާތްތަށް ހޯދުމަށް 5 މާރޗްގައި ވަނީ އިޢްލާން ކޮށްފައެވެ.

އޭގެ އިތުރުން ޖާގައިގެ ދަތިކަން ޙައްލު ކުރުމުގެ ގޮތުން ނ. މަނަދޫ އަތޮޅު ހޮސްޕިޓަލާއި، ބ. އޭދަފުށީ އަތޮޅު ހޮސްޕިޓަލާއި، ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލުގައި އަޅާ އާޢިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި، ބިލް އޮފް ކުއަންޓީޓީ އާއި، ޓެންޑަރ ޑޮކިޔުމެންޓް ހަދާނެ ފަރާތްތަށް ހޯދުމަށްވެސް ވަނީ އިއުލާން ކޮށްފައެވެ.

އަލަށް އަޅާ ހޮސްޕިޓަލް ތަކާއި އިތުރަށް ތަރައްޤީ ކުރާ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި އެތަންތަނާއި އެކަށީގެންވާ ވަރަށް ޕްރައިވެޓް ރޫމްތައް އެޅުމަށް ވަނީ ނިންމާފައެވެ. މި ގޮތުން ނ. ވެލިދޫ، ޅ. ހިންނަވަރު، ދ. ކުޑަހުވަދޫ، ނ. މަނަދޫ އަދި ބ.އޭދަފުށީގައި ޕްރއިވެޓް ރޫމް އެޅިގެން ދާނެ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަބީބު

    ނަންބޯޑު ބަދަލުކުރެވިދާނެ! ވޭތުވެދިޔަ ތިންމަސްދުވަހުގެތެރޭގައި ޞިއްޙީނިޒާމު ދިޔައީ ފެއިލްވަމުން! ދަތުގެ ޑޮކްޓަރުން ، އޮޕްރޭޝަން ޑޮކްޓަރުން ، ކުޑަކުދިންގެ ޑޮކްޓަރުން ، އެތެރެހަށިގެ ޑޮކްޓަރުން މީގެކުރިން ތިބި ގިނަ ތަންތަނުގައި މިހާރު ހުރީ ގޮނޑިޔަކާ މޭޒެއް! މެޝިނެރީތައް ހޯދޭނެފެންވަރުވެސް ނެތިގެން ، ތަންތަނަށް ޔާމީން ސަރުކާރުން ފޮނުވާފަހުރި އެއްޗެތި ތިޔަ ގެންދަނީ މިހާރު! ލަލަލާ

  2. އިބްރާ

    ސާބަހޭ ސަރުކާރު. ތިޔަދެތަނުގެ ނަންބޯޑު އެޅުވުމުގެ ކުރިން އަދި އެއްފަހަރު ވިސްނަވާފައި ހޮސްޕިޓަލްގެ ކުރިއަށް ކޮލެޖްވެސް ލެއްވުން އެދެމެވެ. އޭރުންވެސް ގިނަކުދިން އަތްޖަހާނެއެވެ.

  3. ާއަލީމް

    އުއްމީދަކީ އަވަސް މުސްތަގްބަލެއްގައި ތ.ގުރައިދޫ ސިއްހީމަރުކަޒު ވެސް ހޮސްޕިޓަލަކަށް ބަދަލުވެގެން ދިއުން މިއީ އަތޮޅުން އެންމެގިނަ މީހުން ސިއްހީހިދުމަތް ހޯދަމުން އަންނަ ރަށްކަން ފާހަގަ ކުރަން