ޖަނަރޭޓަރ ތައް އަޕްގްރޭޑް ކުރާތީ ހުޅުމާލޭން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޅުމާލޭގައި އަލަށް ޤާއިމް ކުރާ ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން ބެހެއްޓޭ ޖަނަރޭޓަރ ތައް ކަމިޝަން ކުރުމާއި، ރިލެއެބިލިޓީ ޓެސްޓްތައް މިހާރު ކުރެވެމުންދާތީ، މިމަސައްކަތް ކުރެވެމުންދާއިރު ކަރަންޓްގެ ޚިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިންވަނީ ބުނެފައެވެ.

އަދި މި ޕްރެޖެކްޓް ނިންމުމާއެކު ހުޅުމާލެއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ޙައްލު ވެގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ހާމަކުރެއެވެ.