ކޯލިޝަންގެ ބައިވެރިންނާއި އެމްޑީޕީގެ ފިކުރު އެއްގޮތައް ނޫންކަމަށާއި ކޯލިޝަންގެ ބައިވެރިންނާއި އެކު އެއް ޚިޔާލެއް އަދި އެއް ފިކުރަކަށް ނާދެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިރޭ ތޮއްޑޫގައި އޮތް އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ކޯލިޝަންގެ ބައިވެރިންނާއި އެމްޑީޕީއަށް އެއްބަސްވުވީ ޔާމީން ވެރިކަމުން ދުރުކުރުމަށާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއިދު ކުރުމަށާއި ކޯލިޝަންގެ ބައިވެރިންގެ މެދުގައި ސަރުކާރު ބަހަން އެކަނި ކަމަށެވެ.

"އެ އިއްތިހާދު އެކުލަވާލާލުމުގައި ފިކުރީ އެއްބަސްވުމެއް ނެތް. އެއް ހިޔާލަކަށް، އެއް މަސްލަހަތަކަށް، އެއް ފިކުރަކަށް އަޅުގަނޑުމެންނަކަށް ނާދެވޭ. އަޅުގަނޑުމެންނަށް އާދެވުނު ފިކުރަކީ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށް ހުރިހާ ޕާޓީތައް އެއްބަސްވާ ކަމާއި، އަދި އެ އިންތިޚާބުގައި ހުރިހާ ޕާޓީތަކުން ރައީސް ޔާމީނާ އިދިކޮޅަށް ނެރޭނެ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓް ކަމަށް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިޚާބާ ޚިލާފަށް މަޖިލިސް އިންތިޚާބަކީ ސީދާ ރައްޔިތުން ގޮތް ނިންމާ އިންތިޚާބެއް ކަމަށެވެ.

"އެ އެއްބަސްވުމާ އެކުގައި އަޅުގަނޑުމެން ވެތިބި އެއްބަސްވުމަކީ ސަރުކާރު އެކުލަވާލުމުގައި ޕާޓީތަކުގެ ހިއްސާ ބޭއްވުމަށް އަޅުގަނޑުމެން ވީ އެއްބަސްވުން. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަކީ ވަކިވަކި ދާއިރާގައި ސީދާ އެރައްޔިތުންގެ ނިންމުންތަކެއް ވަރަށް ޚާއްޞަގޮތެއްގައި ނިންމާ އިންތިޚާބެއް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ކޯލިޝަންގެ ބައިވެރިންގެ މެދުގައި ގޮނޑިތައް ބަހައިފިނަމަ ރައްޔިތުންގެ ފިކުރު ދޫކޮށްލައި، ތާއީދުކުރާ ކެންޑިޑޭޓް ނޫން ކެންޑިޑޭޓަކަށް ވޯޓް ދޭން ރައްޔިތުންނަށް މަޖުބޫރު ކުރަންޖެހޭ ކަމަށެވެ. އެއީ ޑިމޮކްރަޓިކް އުޞޫލެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބަށް ކޯލިޝަންގެ އެއްބަސްވުމެއް ނެތް ކަމަށް އެމްޑީޕީން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް ކޯލިޝަންގެ އެހެން ބައިވެރިން އެމްޑީޕީގެ ވާހަކަތައް ދޮގު ކުރެއެވެ. ކޯލިޝަންގެ ބައިވެރިން ބުނާ ގޮތުގައި ރައީސް ޞާލިހް ވެރިކަމަށް ގެންނަންވި އެއްބަސްވުމުގައި މަޖިލިސް އިންތިޚާބުގައި ވެސް ގުޅިގެން ވާދަކުރަން އެމްޑީޕީން އޮތީ އެއްބަސްވެފައެވެ.

ކޯލިޝަން އެއްބަސްވުމާއި ހިލާފަށް އެމްޑީޕީން މަޖިލިސް އިންތިޚާބުގައި ވާދަކުރާތީ ކޯލިޝަންގެ ބައިވެރިންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރައްޔިތު

    ދައްޖާލުގެ ހަގީގީ ސިފަ

    19
  2. އެލެކްސް

    އޭ މައުމޫނޫ
    އޭ އިމުރާނޫ
    މިނަޝީދު އެދައްކަނީ ކަލޭމެންގެ ވާހަކަ ކަން ހަމަ ކަލޭމެންނަށް ނޭގެނީތަ؟ ކަލޭމެންގެ ވިސްނުމާއި އެމްޑީޕީގެ ވިސްނުން އެއްގޮތެއްނޫނޯ ޤާސިމު އެހެރީ އެއްފަރާތަށް ޖެހިފައި. ރުހުމުގަ ބޭރުވާށޯ އެބުނަނީ ނޫނީ މަޖިލިސް އިންތިހާބަށް ފަހު ބޭރު ކުރާނަމޭ ރީތި ސާފު ބަހުން އެހެރަ ބުނެ ނިންމީ.

    26
  3. ތިޔަބުނީ.

    ތިޔަވިދާޅުވީ ރައީސް ހޮވީ ރައްޔިތުންގެ ވޯޓަކުން ނޫނޭތަ؟ ރައްޔަތުން ވޯޓުން ހޮވާނީ ހަމައެކަނި މެމްބަރުންނޭތަ؟
    މަޖްލިސް އަދި ކައުންސިލް މެމްބަރުންނާބެހޭގޮތުން ކޯލީޝަން އެއްބަސްވުމެއްނެތޭތަ؟ ސުބުޙާނަﷲ. މިފަދަ ދޮގުވާހަކަދައްކާ މީހުންގެ ބަސް ޤަބޫލުކުރާ މީހުން ގިނަވެއްޖެ ތަނެއް ސުއްޕާވެ ނޭދެވޭ ކަންތައްތަކާކުރިމަތިލާން ޖެހުމަކީ ވަރައްކާރި ކަންތައް. އިންސާނުންނަކީ މުއްސަދިވާންވެސްބޭނުންވާނެ ބައެއް ބައެއްފަހަރަށް މުއްސަދިވުމަކީ އެމީހަކަށްވާރަގަޅަކަށްނުވެދާނެ. ރަލުގެވިޔަފާރި ނުކުރިޔަސް ފައިސާހޯދޭނެ ރަގަޅުމަސައްކަތް ރާއްޖޭގައި އެބަހުރި.

    22
    1
  4. އަހުމަދު އީސާ

    ޤަބޫލު ކުރިޔަސް ނުކުރިޔަސް އެމް ޑީ ޕީ ގެ އެންމެންގެ ފިކުރެއްވެސް އެއްގޮތެއް ނުވާނެ. ދިވެހިންނަކީ ކޮންމެ ކަމެއް ވަރި ހަމަ ބަޔެއް ނޫން. ވަރަށް އަވަހަށް އަތަށް ގޮވާތަން ފެންނާނެ.

    24
    1
  5. މުޙައްމަދު

    އަޅެ ފަހެ މީ ދެން ކިހާބޮޑު ބަލާވެރިކަމެއް މިޤައުމަށް ކުރިމަތި ކުރުވަން ކެނޑި ނޭޅި މިމަސައްކަތް ކުރަނީ ފެންނަ ގޮތުގައި އެދި އެގޭ ގޮތުގައި މިޤައުމަކީ މުސްލިމުން ދިރިއުލޭ އުއްމަތެއް ކީއްކުރަންބާ މިއުޅޭނީ އެއްމެން އެކުގައި މަސައްކަތް ކޮށް ޤައުމާއި ދީނާއި އުއްމަތް ޙިމާޔަތް ކުރަންޖެހޭނެ ނޫންތޯ ..

    24
  6. ހީރޯ

    ތިކަލޭގެ ތީ ހަމަ ދައްޖާލު..؟

    14
  7. ޜާޒީ

    ތިޔައީކަލޯ ނުބުންޏަސް އެންމެނަށް ވެސް އެނގޭ ކަމެކޭ ތިޔަޕާޜޓީގެ އިސްސަފުގަ ތިބީ ލާދީނީ ފިކުރުގެ މީހުންކަން ފުރަތަމަ ތިމާމީހާ

    13
  8. ފަލަކު

    ދެން ހަދާނީ ހަދާނެ އެއްޗެއް ޕާޓީ ތައް ހާއްސަކޮށް ރައްޔަތުން ތިބެންޖެހޭނީ، ނަސީދު ހެދިގޮތެއް ހެދިގެން

    8
    2
  9. ލަބީބު

    މިކަލޭގެޔަކީ ކާކުކަމާ ވައްތަރާ ، ޙީލަތްތެރިކަން ތަޖްރިބާކޮށްތިބެމެ މިކަލޭގެޔާ ތަބާވީމީހުންގެ ދައްޖާލުކަން މާ ބޮޑެވެ. މައުމޫނަށްގަންނަ މީހާ ފޮޅާލާދުވަހަކީ އިންޝާއަﷲ އަހުރެމެންގެ ޢީދުދުވަހަކަށް ހަދާނަމެވެ. އެކަލޭގެ އެބަ ވަރަށް ހިފަހައްޓާ އެހެންވެދާނެތީ!

  10. ދިވެހިން

    ދައްޖާލުންގެ ފިކުރާ ކޯލިޝަން ހަދައިގެން އުޅޭ އެހެން މީހުންގެ ފިކުރާ އެއްގޮތެއް ނުވާނެ.

  11. ދަރި

    ކޯލީޝަންގެ ބައިވެރިންނާ އެމް.ޑީ.ޕީގެ ފިކުރުއެގޮތްނޫންކަމަށް ކުރިންވިދާޅުނުވެ މިހާރުވިދާޅުވަނީމަޤްސަދުހާސިލްވެއްޖެކަމަށް ބައްލަވާފައިތޯ ކޯލީޝަން އެހެންޕާރޓީތަކުން ނަޝީދުގެ މިބަސްފުޅަށްރަށްދުނުދެއްވާނަމަ ބެލެވެނީ ކުރިންވެސް ނަޝީދުގެންގުޅުއްވާ ލާދީނީފިކުރުތަކާ ބާރުލިބުމުން މިގައުމުގައި ކުރެއްވުމަށް ނަޝީދުނިންމަވާފައިވާ ކަންތަކަށް ކޯލީޝަނުގައި ހިމެނިލައްވާޕާރޓީތަކުގެބޭފުޅުން ތާއީދުކުރައްވާކަމަށް ( އެހެންދީންތަަކަށް މިގައުމުގައި ފުރުސަތުދިނުމާ، ޒިނޭކުރުމަށްހިތްވަރުލިބޭގޮތަށް ވާހަކަދެއްކުމާ އެއްޖިންސުން ކައިވެނިކުރުމާ އިސްލާމްދީން މިގައުމުންފުހެލުމާއިންޑިއާގެ އަޅުވެތިވުން )ދީނީޝޭޚުންގެނަމުގަތިބެ ﷲއަށް އުރެދިނުލައްވާ ހުރިހާކަމެއްބައްލަވާނެ
    ދުވަހެއްވާނެކަން ވިސްނަވާ ވަގުތީފައިދާހޯއްދަވަންނޫޅުއްވާ ދާއިމީފައިދާހޯއްދަވަންއުޅުއްވާ ތިބޭފުޅުންނަށް މިކަންހަދުމަކޮށްދިނުމަށްމިހެންބުނަން ނިކަމެތިއަޅުގަނޑު ލަދުވެސްގަނޭ ނަމަވެސް ކަންތައްވާގޮތުން ހިމޭނުން ނުހުރެވެނީ ( ދިވެހި މުސްލިމަކަށްވާތީވެ)

  12. އެދުރުބެ

    މިސޮރު ވެރިކަމާހެދި ބޫތަގަނެފަ! ހުވަފެނުގަވެސް ފެންނަނީ އިބޫސޯލިހު ވެރިކަންކުރާތަން

  13. ނުބުނެ

    ހަމައެކަނި ނުބުނެވިގެން ތިޔަ އުޅޭ ވާހަކައަކީ ވެރިކަން ހޯދުމަށޭ އެއްބަސްވީ. ކޯލިޝަންގެ ބޭނުން ކެނޑުނީމަ ދެން އޮންނާނީ އަމިއްލަ ބާރޭ. ބަޔަކަށް އޮޅުވާލި އޮޅުވާލުން ނުފެނިގެން ގަބޫލުނުކުރެވިގެން ވޯޓްދީގެން ހޮވީ. ދެން އޭގެ ހިތި ރަހަ އަބަދަށް ލާނެ.

  14. ޖުމާ

    ފަނާކުރުމާ ބިނާކުރުމުގެ ފިކުރު ދުވަހަުވެސް އެއްގަލަކަށް ނައަރާނެ. އެމްޑީޕީ އާ ނަޝީދުގެ ޙަޤީގަތް އަދި ދިވެހި ރައްޔިތުންނަށް ފެނިގެން ރޯނެ ދުވަސް އައްނާނެ.

  15. ބުއްދި

    ބުއްދި ސަލާމަތުންހުރި މީހަކު އެމް.ޑީ.ޕީ. ފިކުރަކަށް ތާއީދެއް ނުކުރާނެ!