ބަނގުރަލުގެ ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާ ބޮޑުވެ މުއްސަނދި ވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ތޮއްޑޫގައި މިރޭ އޮތް އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެކަށްޗަކީ ބަނގުރާ ކަމަށާއި އެހެންކަމުން ބަނގުރަލުގެ ވިޔަފާރި ކުރުމަކީ އިންތިހާއަށް ފައިދާ ބޮޑު ކަމެއް ކަމަށެވެ.

"ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިޑާޅުވީ ގެސްޓްހައުސްގެ ވިޔަފާރި ތަރައްޤީވަމުން މިއަންނަނީ އަނެއްްކާޥެސް އެއްވެސް އިރެއްގައި އެމަނިކުފާނު ދުށްގޮތަކަށެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ޔަޤީން ކަށަވަރު 2009 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިސްޓް ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް އަޅުގަނޑުމެންގެ ސަރުކާރުން ނިންމިއިރުގައި ހިތަކަށް ނާރާނެ އެއީ އެތައް މިލިއަން، އެތައް ބިލިއަން ރުފިޔާއެއްގެ ވިޔަފާރިއެއް އަޅުގަނޑުމެން ހުޅުވާލަނިއްޔެކޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގެސްޓްހައުސްގެ ވިޔަފާރިއަކީ ދިވެހިރާއްޖޭގައި މާރަނގަޅަށް ހިންގޭނެ ވިޔަފާރިއެއް ކަމަށާއި އެވިޔަފާރިން ފައިދާ ނެގޭނެ ކަން އެއީ ކިރިޔާވެސް މި މައްސަލައާ ގުޅޭގޮތުން ވިސްނާލައިފިނަމަ އަބަދުވެސް އެނގެން އޮތް ހަޤީގަތެއް ކަމަށެވެ.

މިއަދު އެމްޑީޕީއަށް އެންމެ އުފާވެރިކަން ލިބޭ އެއްސަބަބަކީ ދުނިޔޭގެ ބޭންކުން މިސާލެއްގެ ގޮތުގައި މާފުށި ދެއްކުން ކަމަށް ވެސް މިރޭ ނަޝީދު ވިދާޅުވިއެވެ.

ރަލުގެ ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާ ބޮޑުވެ މުއްސަނދި ވާނެ ކަމަށް ނަޝީދު މިރޭ ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި، އާއްމުންގެ ގިނަ ބައެއްގެ ދެކޮޅު ހެދުންތަކުގެ ސަބަބުން ސަރުކާރުން ބޭނުންވި ގޮތައް އެހުއްދައެއް ނުދެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

104 ކޮމެންޓް

  1. ސަރީން

    ބަނގު ރަލައް ނޫނެކޭ ބުނެފިން.. އެހެންވީމާ ދެން އެމްޑީޕީއަކައް ވޯޓެއް ނެތް ދެވޭކައް.. ރާ ވިއްކަން ހިއްވަރުދޭން ކަލޭ ދޭބަލަ ނަރަކައައް.. ލާދީނީ ޝޭޚު..

    144
    6
    • ބަޑިތަކުރު

      މާނަ އޮޅުވާނުލާ. އެންމެން ބޭނުންވެގެން މިމަސައްކަތްކުރަނީ ޓޫރިސްޓުން ގެންނަން. އެއްއަހަރަށްވުރެގިނައިން އަނެއްއަހަރު ގެނެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރޭ. ރަލަކީ ގެސްޓުންނަށް ވިއްކާއެއްޗެއް. އެމީހުންގިނަވާވަރަކަށް ރާ އެތެރެކުރުން ގިނަކުރަންޖެހޭ. ނަޝީދު އެބުނީ އެވާހަކަ. ޓޫރިޒަމުން ގިނަ ފައިދާ ލިބޭވާހަކަ.

      21
      200
      • ތުއްދޮންބެ

        ރާ ވިއްކައިގެން ހޯދާ ލާރި އެއީ ހަރާން އެއްޗެއް

        127
        7
      • Anonymous

        ނަޝީދުގެ ހިތްތަ ތިއީ؟ ނަޝީދު އެބުނީ، ނަޝީދުއޭ މީހުން ދިރިއުޅޭ ރަށްރަށުގަ ގެސްޓް ހައުސް ހެދީ. އެކަމުން ލައްކަ ފައިދާ އެބަ ލިބޭ ނޫންހޭ. ރަލަކީވެސް ވަރަށް ފައިދާ ބޮޑު އަދި ވިޔަފާރި ރަނގަޅު އެއްޗެކޭ. ގައުމުގެ ދަރިންނަށް ނުބައި މަގުތައް ދެއްކުމަށް ގެސްޓް ހައުސް ހެދިގޮތަށް، އެކުދިން އިސްލާމް ދީނުން ނެރުމަށް މީހުން ތިދިއުޅޭ ތަންތަނުގައި ރާވިއްކޭނެ ގޮތް ހަދަންވެގެން، އޭގެ ސްޓްޑީ މިހާރު އެހަދަނީ. މަޖްލިސް ލިބިއްޖެތަ، މުޅި ގައުމުގެ ހުރިހާ ރަށެއްގައި ރާ ވިއްކާނެ. ފުރަތަމަ ބުނާނެ ދިވެހިންނަށް ނުވިއްކަން، އެކަމަކު ދުވަސް ކޮޅަކުން އަންގާނެ ބޯ މީހަކު ބޯން ދިނުމަށް. ދީން ހަލާކުކޮށްލުމަކީ މިމީހުންގެ ބޭނުން.

        110
        4
        • އެނޮނިމް

          ދެފުށް ކެހެރި އުސޫލުން ރަލާ ދޭތެރޭ ނުވިސްނުން ރަނގަށުވާނެ. ރިސޯޓުތަކުގައި ދިވެހިން ވަޒީފާ އަދާކުރަން އޯކޭ. ރާވިއްކައިގެން ލިބޭ ޓެކްސް ލާރި ބޭނުންކުރަން އޯކޭ. ތިމާ ސަޕޯޓުނުކުރާ މީހަކު ރަލުގެ ވާހަކަ ދައްކައިފިއްޔާ އެއަށްވުރެ ގޯސްކަމެއްނެތް.

          5
          12
      • ބަޑިބަޑި ތަކުރު

        ކަލޭ އަށް އެންމެންގެ ފުށުން ވާހަކަ ދައްކަން ހަމަޖެއްސީކާކު

        50
        10
    • ޢެމްޑީޕީ

      ޢެމްޑީޕީއެއްނޫން. ކޮންމެމީހަކަސް ރަލުގެވިޔަފާރި ހުއްޓާލާ. ޜާވިއްކާމީހާއާ ރާ ހަދާމީހާއާ އެތަށް ރަލާގުޅުންހުރިބަޔަކަށް ލަޢުނަތްވަނީ ލައްވާފަެި

      78
      2
    • ރާދޮންބެ

      ރާދޮންބެ. ބަނގުދޮންބެ. ހަކުރު ދޮންބެ

      13
  2. އަލިތަކުރު

    އަޅުގަނޑަށް މީނައަށް ވުރެން ޤަމާރީ މީނައަށް ތާއިދުކޮށް މީނަޔާގެން ހޭބަލިވާ މީހުން.. ކިހިނެއްބާ މީނަ މިދެއްކި ވާހަކަ އެވެރިން ދިފާޢު ކުރާނީ.. ސިޔާސީ ގޮތުން ހޭކެނޑުނަސް މީފުކެއް ބޮޑުވަރު.

    190
    7
    • ރާފުޅި

      އާއެކޭ! މޑޕ މީހުންްނަށް މީނަ ކޮންމެފަދަ އެއްޗެއްކިޔަކަސް ހެޔޮވާނެ. ރާވެސް ބޯންވީ، އެއްޖިންސުން ގުޅުންވެސް ހިންގަންވީ. ބޯހަލާކު!

      64
      3
  3. ނިޟާން

    މާތް ރަސްކަލާކޯ މިފަދަ ބަސްތައް ބުނާ މީހުންގެ ކިބައިން ގައުމު ސަލާމަތް ކުރައްވާށި

    160
    4
  4. ގަންޖޭ

    ބައެއް ހަގީގަތް ހުރޭ މީހުން ގަބޫލު ނުކުރިޔަސް...އޭގެ ތެރޭގައި ތިމާގެ ބޮލަށް ބޭސްކުރަން ޖެހޭ ވެރިންވެސް ދުނިޔޭގަ ތިބޭކަންވެސް އެއީ ތެދެއް...ވާވާ ކަލޭގެ އެޖެންޑާ ހިފައިގެން ޔޫކޭއަށްދޭ...މިތާކު ނޫޅޭ ތިކަން ނުދަންނަ ބައެއް. މާދަމާ ހެނދުނު ބުނާނެ އެއީ މައެހެން ބުނިއެއްޗެއް ނޫނޭ...މިއީ ހަމަ ކަލޭމެން ދެއިރު ދެގޮތަށް ތިބޭތީ ވާގޮތް

    129
    4
  5. ޢިލިޔާސް

    ރާއްޖޭގަ ރާ ވިއްކާ ވާހަކަ އެއްނުބުނެ. ޢޭނާ ދެއްކީ ދުނިޔޭގެ އެންމެ ވިކޭ އެއްޗިހީގެ ވާހަކަ. ފިތުނަ އުފެއްދުމަކީ ކިހާވަރެއްގެ ކަމެއްބާ؟؟

    18
    136
    • Anonymous

      ފިތުނަ އުފައްދާ ކަމަށް ވާނީ މިމީހުން ނުރުހޭ އެއްޗެއް ބުނެފިއްޔާ. ލާދީނިއްޔަތަކީ ކިހާ ވަރެއްގެ ކަމެއްބާ

      74
      6
    • ޗިއްލޫ

      ތިކަހަލުގެ ގަމާރުން އޭނަގެވާހަކަ ތަރުޖަމާކުރާނެކަމީ އަހަރަމެންނަށް އޮޅިފަވާކަމެއްނޫން، ބޮލަށްބޭސްކުރަން އެބަޖެހޭ!

      80
      4
    • ރާއްޖެ

      ރާ ވިކޭއެއްޗެކޭ ކިޔާފަ ކޮންމެހެން އެވާހަކަ ދައްކަންޖެހޭތަ؟ ދައްކާނެ ވާހަކަ ހުސްވީތަ ރަލުގެ ވާހަކަ ނޫން . އޭނާ މިތަނުގައި ރާ ޕްރޮމޯޓް ކުރުމުގެ ބޭނުމަކީ ކޮބައިތަ.؟ ރާ ވިކޭކަން ދިވެހިންނަށް އެންގުމުގެ ބޭނުމެއް އެބައޮތްތަ؟ އިސްލާމީ ޤައުމެއްގައި މުސްލިމުން ތަކެއް އެއްކޮށްގެން ރަލުގެ މޮޅުވާހަކަ ނޫނީ ބަޔަކު ރާގެންގުޅޭ އަދި އޭގެން ވިޔަފާރިކުރާ މޮޅުވާހަކަ ދެއްކުމުގެ ބޭނުމެއް ނޭގުނު؟

      96
      3
    • ރާފުޅި

      އޭ މިހިރަ އިލިޔާސް! އަހަރެން ރާފުޅިއަކަށްވެހުރެވެސް ނަޝީދު ދެއްކި ވަހަކަ ބަލައެއްނުގަންނާނަން! ކަލޭމެން ނަޝީދުގެ ވަހަކަތަށް ހެއްލިތިދަނީ، އޭނަ ޖަހާ ބެރަކަށް ނަށަމުންތިދަނީ، ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީތަ؟! ކަލޭމެން ދެން ކުރަން ބާކީއޮތްކަމަކީ އޭނައަށް ސަޖިދަޖެހުން. އަދި އެކަންވެސް ކުރާނެ!

      10
      1
  6. އެދުރު

    މި ކަލޭގެ މީ ވަރަށް ނުލަފާ މީހެއް ، ކަލޭ އޮވެ ބަލާ ރާފުޅި އަނގަ ޖަހައިގެން ހޭބުއްދި ފިލާފަ . އަސްލު އެޖެންޑާ ނަވާރައިގެ ގެސްޓުހައުސް ބައިގަ މިކަން ހިމެނޭ ،ދިވެހި ރައްޔިތުން ވިސްނާ

    103
    4
  7. ......

    މުއްސަނދި ނުވާނެތީ އެއް ނޫނޭ އަހަރެމެން ރާ ވިއްކުމާ ދެކޮޅު ހަދަނީކީ.....
    ﷲ ތަޢާލާ އެކަން ކުރުން މަނާ ކުރައްވަވާފަވާ ބޮޑު ފާފަ އަކަށް އެކަންވާތީވެ އަހަރެމެން ދެކޮޅު ހަދަނީ....
    ގޮޓް އިޓް ނަޝީދު....

    283
    7
  8. ބުރާންތި

    ޢާން ކަލޭ ބޭނުން ވާ ގޮތައް ގެސްޓުހައުސް ވިޔަފާރި ތަރައްގީ ވަމުން އެދަނީ..ބުރާންތި މި ގައުމުގެ ދިވެހި ދަރިން މުއްސަނދި ކުރަން ކަލޭ އުޅޭނެ ކަމެއް ނެއް..ކަލޭ ދޭ އެހެން ތަނެއް މުއްސަނދި ކުރަން..ބޯ ބުރާންތި...މި ކަލޭގެ އަށް ހީވަނީތަ މީނަ ދައްކާ ހުރިހާ ވާހަކަ އެއް އެއްމެން ގަބޫލުކޮށްފަ އެއަށް އަމަލު ކުރަންވީއޭ..މި ކަލޭގެ ކައިރިން ސަލާމަތް ވާން މި ލޮބުވެތި ވަތަނުގެ ދިވެހި ދަރިން ހަމަ ބޭނުން ނުވަނީތަ.......؟؟؟؟

    218
    6
  9. އެކަނބުލޯ

    މިހާރުވެސް ތި ވިޔަފާރި ރާއްޖޭގަ ކުރޭ.. ރިސޯޓާ ޓޫރިސްޓު ހޮޓަލުގެ ލޭބަލްގަ.. ތެދެއް ނަގާ މީހުން ހެސް ކިޔާފަ ފައިދާ ނަގާ.. ނަޝީދު ނުބުނެއެއްނު ދިވެހިން ރާ ބޯށެކޭ އަދި ރަށް ރަށުގަ ވިއްކާށެކޭވެސް... އެންމެ ގިނައިން ދުނިޔޭގަ ވިއްކާތަކެތީގެ ލިސްޓު އެ ކިޔާލީ

    48
    372
    • ކުޑައަލީ

      މިކަލޭގެ ކޮންމެ ވާހަކައެއް ދެއްކިއަސް ރީދޫ ހުންޖެހިފަ ތިބޭމީހުން އޯކޭ ވާނެ މީދެން ބޮޑު ބަލާ ވެރިކަމެއް މިރާއްޖެއަށް ޖެހިފައިވާ ކީއްވެ ނުބުނީ ހަކުރު ވިއްކަން މާ ފައިދާ ބޮޑުވެފައި މާގިނަ ލާރި ލިބޭނެ

      80
      4
    • ބޯބުރި

      ލާދީނިއްޔަތަށް ސަޕޯރޓް ކުރާނީވެސް ލާދީނީމީހުން

      88
      3
    • ޚަލީލް

      ނަޝީދު އުޅެނީ މިރާއްޖެ ބައިބައިކޮށް ދީނީ މިނިވަންކަން ދޭން. އެވަރުންވެސް ސިކުނޑީގަ އުނިކަން ހުރީމަ ދިވެހިންނަށް އެކަން ނުވިސްނެނީ. ނުވަތަ ވިސްނަން ބޭނުން ވެސް ނުވަނީ. ނަގާކިޔާ ގިނަމީހުންވަނީ ރަލުގެ އަވައިގަ ޖެހިފަ. ތާއީދުކުރުމުގައި ހައްދުފަހަނައަޅާ ނުދޭ. އަންނި އަކީ ހަމަ މުސީބާތެއް. އެމުސީބާތުން ސަލާމަތް ކުރައްވާތޯ ދުއާ ކުރަން. އަންނި ބުނެފިއްޔާ ގޯހެއް ނުވާނެ ސަޕޯޓަރުންނަކަށް.....

      81
      4
    • ބުޅިބޯ

      އެއީ މީހުންގެ ރެސްޕޮންޑް ބަލާލަންވެގެން އެހެން އެއްޗިއްސާއެކު ރާވެސް ހިމެނީ، އެދިނީ ހިންޓެއް ބުޅިބޯ! މަޖިލިސްލިބުނީމަ ރާ ހުއްދަކުރަން ދެކޮޅެއްނެހެދޭނެ!

      61
      3
    • ދޮންކަބުލޮ

      މި ކަލޭގެޔަށް ސަޕޯޓް ކުރަންޏާ މީނަ ދައްކާ ހުރިހާ ވާހަކަޔަކަށް ސަޕޯޓް ކުރުމަކީ ލާޒިމް ކަމެއްތަ؟ ކަޑައެޅިގެން ރާވިއްކައިގެން ހޯދާ ފައިސާއަކީ ހަރާމް އެއްޗެއްކަން އަންގަވައިފާ ވާއިރު، އިސްލާމީޤައުމެއްގައި ފާސާ ހޯދަން ހުއްދަ އެއްޗަކުން ހުއްދަ ވިޔަފާރިއެއްކުރަން މި ދަންނަ ކަލޭގެ ފަތުވާ ދިނުން ކިހިނެއްވާނެބާ؟ ބަލަގަ ރާ ނޫނަސް އެބަހުއްޓޭ ބޮޑު މުއްސަދިވާނެ ގޮތްތައް އިމުގައިވެސް. ވާނީވެސް އެހެންތާ. އެސޮރު ބޮޑަށް ދަންނަ އެއްޗެއްގެ ވާހަކަތާ ދެއްކޭނީ

      35
      2
    • ފައިދާ

      ފައިދާ ނެގިއްޔާ ހުއްދަވީތަ؟ ނޫނީ އެކަމެއް ކުރަންވީތަ؟ނަސީދު ބުނެފާނެ މިހެންވެސް "ކަނބުލޯ ހަށިވިއްކަބަލަ." ފައިދާ ވާނެ ބޮޑުތަނުން ހަމަ

      32
      1
  10. ކާފަރ

    ގަންޖާ ކިޔަނީ ކިޔަންވެގެން

    61
    3
  11. މެސީ

    އެބުނާ އެޖެންޑާ 19 ގެ ބޮޑު ވައުދަކަށް ތިޔަ ރާވިއްކުން ވާނީ. ދެން އަތްޖަހާ ފޫދަންދެން.

    68
    3
  12. ދުވާފަރު މީހާ

    ދިވެހިންގެ މޮޔަ ކަމާއެވެ. މިކަހަލަ ވާހަކަ ދައްކަމުންދާއިރުވެސް ހެވިފަ އަތްޖަހަން..

    65
    5
  13. ޑޮންޑޮން

    މިނުލަފާ ކަލޭގެ ހަމަ މިހާރުން މިހާރައް ބޭރު ކުރަން ގޮވާލަން އެއްވެސް މީހަކު މީނަ އަށް ވޯޓްނުދޭތި ތިއީ އިސްލާމްދީން ނައްތާލަން އުޅޭ ނުލަފާ މީހެއް

    63
    4
  14. ޕްރައިވެޓް

    ﷲ މި މުސްލިމް އުއްމަތް މި ޝައިތާނާ ގެ ކިބައިން ސަލާމަތް ކުރައްވާދޭވެ!
    އާމީން

    75
    3
  15. މަރީ

    ބަލަ މޮޔަ ނަސީދު ކަލޭ ދެންމާކުގައި ރާ ވިލާފައި ރާ ބޮއެގެން ހުރެބަލަ މީ ދިވެހި ރާއްޖެ އަހަރުމެން ގެ ރާއްޖެ..... ހަދާންކުރާތި....

    61
    3
  16. ޅަރާ

    ދެރަކަމަކީ މީނަ މިކަހަލަވާހަކަދައްކާއިރު އަތްޖަހަން ބަޔަކު ތިބޭކަން.

    59
    4
  17. ާލޯ

    ތަ ކޮއެ ކިހިނެއް އުޅޭނަމެ ހިތާ ތިޔަ އުޅެނީ ތި ވިއްކާގެން މުސްސަދި ކަމެއް ބޭނު މެއްނޫން..

    49
    1
  18. ގައުމުދެކެ ލޯބިވާ ދަރިއެއް

    އެޖެންޑާ 19 ގައިވަނީ މީޙުން ޢުޅޭ ގޭގަޢި ބަގުރާ ހުއްދަކުރުން މިޢިސްލާމީ ގައުމުމިވަނީ މިކަލޭގެދައްކާވާހަކަތަށް ގިނަަބަޔަކު ގަބޫލުކުރުމުގެ ސަބަބުން މާއިﷲ މިގައުމަ ކޯފާއެއް ފުނުންވަފާނެއެވެ

    44
    2
  19. އެލެކްސް

    އަޅެ މީނަދެން ބޮއިގެން ހުރީމަ ނިމުނީނުން އެހެން މީހުންނަށް ބޯންދޭން ކޮން ޑުރާމާއެއްތަ މިކުޅެނީ މައުމޫނު ހުންނާނެ ބާރަށް އަތްޖަހާ އަންނިގެ ކިބައިން ވާގިހޯދަން. މި އަންނި ކަލްޓު މިހާރު ވެއްޖެ މިގައުމަށް ވަބަޔަކަށް

    44
    3
  20. ޢާލިމް

    ރަންގަޅު ވާހަކައެއް. ރާއްޖޭގެ ރިސޯޓް ތަކުގައި ރަލާ އޫރު މަސް ވއްކައިގެން އެ ލިބޭ އާމްދަނީއިން ޢެކަނިވެސް އެކަން އެންގެއެވެ.
    އަޅުގަންޑަށް ގަބޫލުކުރެވޭގޮތުގައި ރާއްޖޭގެ ރަށްރަށުގައި އެ ވިއްކަން އުޅެއްޖެނަމަ އެ ވިއްކުމާ ދެކޮޅަށް ގިނަ ބަޔަކު ތެދު ވާނެއެވެ.
    ބެލެވޭ ގޮތުގައި ދީނަށްޓަކާ އެންމެ ކުރީގައި ހުންނާނީ ރާއްޖޭގެ ރިސޯޓް ތަކުން ރަލާ އޫރުމަސް ވިއްކާ އެއިން އެންމެ ބޮޑު ފއިދާއެއް ލިބިހުރި ރިބާގެ ބޮޑެތި މުއާމަލާތް ވެސް ކުރައްވާ އުޅުއްވާ އޮނޮރަބަލް ގާސިމް އިބްރާހީމެވެ.
    ގާސިމް ލާދީނީ އަންނި ކިބައިން ގައުމު ސަލާމަތް ކުރައްވާނެއެވެ.

    32
    3
  21. ފަހާ ސަމީރު

    ތިހިރީ ރަނގޅައް ބޮޑުވަޒީރުކަން ކުރެވިފަ ބޯޑުވަޒީރުކަން އައްޑޫގައި ކުރޭ އެވެރިން ބޮލައް އަންނިއައް ޗިޕްޖެހޭނީ ކޮން ބޮޑުވަޒީރެއް މިފަހަރުވެސް ތިޔަ ގޮލައައްލިބޭނީ ލަނޑު ބަލާތި އިރާދަ ކުރެއްވިއްޔާ

    44
    2
  22. ސޯކާބެ

    އަޅުގަނޑަށް ޔަޤީން ކަށަވަރު 2009 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިސްޓް ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް އަޅުގަނޑުމެންގެ ސަރުކާރުން ނިންމިއިރުގައޭ ވިދާޅުވާއިރު އެއީ ޙުދު މާފުޑީގެރަށްޔަތުން ގުރުބާންވެގެން ގަދަކަމުންހޯދިއެއްޗެއް މިކަން ދަންނާނެ މާފުށީގެ ރަށްޔަތުން ހުއްދިލިބުނީކިހިނެއްތޯ އައްސަވާ ހުއްދަހޯދަން މަސައްކަތްކުރާތާ ކިހާދުވަހަކުންތޯ މިހާރް މެޑެލްޖައްސަވަން ތިޔަދައްކާ ވާހަކަފުޅެއް މިކަން އެނގޭބަޔަކު ނުބުނާނެ ރަށްޔަތުންނަށް ހެވެއް އެދޭނަމަ ސަރުކާރުން ރިސޯޓް ހިންގެވީސް އަދި މުޅި ރާއްޖޭގައި ފުލެޓްގެ ނަމުގައި ގެސްޓް ހައުސް އަޅުއްވައިގެން ރަށްޔތުންނަކަށް ނުވިއްކީސް

    27
    2
  23. ބޯހަލާކު

    ދެން ނެތްތަ މުއްސަނދިނވާނެ އެހެން އެއްޗެއް. މި ނަސީފުގެ ނުބައިކަމުން މި ދިވެހި ޤައުމު ސަލާމަތް ކުރައްވާށި. ޢާމީން

    39
    1
  24. ހަމަސާބަސް

    ވިއްކެއޭ އެންމެ ފައިދާވަނީ ރާ ވިއްކައިގެނޭ އަމިއްލަ ގޭގައި ގެސްޓހައުސް ވިޔަފާރި ކުރާ ވާހަކަދެއްކުމުން މި ތިލަކުރެވެނީ ކިހާ ނުބައިކަމެއްކަން ހަމަ ނޭގެނީތަ. މާތްﷲ ހަރާމްކުރައްވާފައިވާ ތަކެތީގެ ވާހަކަ ނުދައްކާ މިބައިގަނޑަށް ނުތިބެވެނީތަ. އެއްޖިންސުން ގުޅުން ހިންގުން ކައިވެނިންބޭރުން ގުޅުން ހިންގުން ރަޖަމްކުރުން ނޯންނަަވާހަކަ. ކޮބާތަ އިސްލާމިކް މިނިސްޓްރީ އާ މިނިސްޓަރު ނަމަކަށް ތިބި ބައެއްތަ އެއީ؟

    41
    2
  25. ވީހާލު

    ބަލަގަ ދުނިޔޭގެ ބޭނުކުންނޭ ދިވެހީންގެ އެއާޕޯޓުވެސް ޖީއެމްއާރު ކިޔާ އިންޑިއާ ބަޔަކަށްވެސް ދެއްކީ. ހަމަ އެމީހުންނޭ ޑޮލަރު 12.85ގަ ހުއްޓާ އޮޔާވަޔަށް 15.42ކަށް ހަދާ ދޫކޮށްލީމާ ވާނެގޮތްވެސް ދެއްކީ. ނަތިޖާ ދެނުނީމު ނޫންތޯ؟

    29
    3
  26. ތަރަސޯޓު

    ކާފަރެއްގެ ސިފަތަކުން ޖަރީވެފަ
    ބޯންޖެހޭނެ !ބޮވެންޖެހޭނެ !
    މިހެންވެސް ގޮވިސޮރެއްނު ތީ

    36
    2
  27. މަސްވެރިޔާ

    ރ.ނަޝީދަކީ ދިވެހިރާއްޖެއަށް ފޮނުވިފައިވާ އެޖެންޓެއް... އިސްރާއީލާއި އިގިރޭސި ޗާޗް ތަކުގެ ދުރު ރާސްތާ ޕުލޭނެއްގެ ދަށުން ރާއްޖެއިން އިސްލާމްދީން ފޮހެލުމަށް. ތިޔަބުނާ މާފުށި 20އަހަރު ފަހުން ފެންނާނީ ވ ގޯސް ތަނެއްގޮތުގަ.މާއްދިއްޔަތަށް ހެއްލި ރާބޮއެ އޫރުމަސް ކާ ޖުވާކުޅެ އެއްޖިންސުން ގުޅުން ހިންގުންފަދަ ކަމަކީ މިބޮޑް ޖަރީމާގެ ތެރެއިން ހިންގާނެ ކަންތައް. މިފަދަ ކަންތަކަށް ބީރުކަންދަތްދީ ތިބެއްޖެނަމަ މިޤައުމު ފަނާވާނެ. އިސްލާމްދީން ދެކެ ލޯބިވާ ބަޔަކު ތިބިނަމަ ތެދުވެ ހައްގުބަސްބުނެ މިފަދަ އިސްމީހުން ފައްސާލަންވީ.މިފަހަރު މިކަމުގެ ޒިންމާ ، މައުމޫނާއި، އިމްރާން ވެސް ނަގާ މީގެ އަގު ޤައުމަށް ދައްކަންޖެހޭނެ. އަހަރަމެން ބޭނުމީ އިސްލާމް ދީން.. ތިޔަ ބުނާ މުއްސަދިކަމާއި، އެފާޑުގެ ޑިމޮކްރެސީއެއްނޫން.

    36
    2
  28. ރާ

    ދުނިޔޭގައެއްމެ ފައިދާވާ ވިޔަފާރި އަކީ މަނީ ލޯންޑްރިން އަދި ޑްރަގުވިޔަފާރި. ރަލުގެ ވިޔަފާރި ދުނިޔޭގަ ކުރަނީ ނިސްބަތުން މަދުބަޔަކު. ތަހުޒީބު މީހުން ޤަބޫލުކުރާގޮތުގަ ދިވެހިރާއްޖެ ފަދަ ހޫނު ތަންތަނުގަ ރާބުއިން ރަގަޅެއްނޫން. އެޖެންޑާ 19 ގަ އޮތްކަމަށްވޭ ދެމަފިރިންދޭތެރޭގަ ޓްއަރިސްޓުން ނިދަން ހުއްދަދޭން. ދެން ރާބުއިން ހުއްދަކުރީމަވާނެ ގޮތަކީ ޓުއަރިސްޓްމީހާ ރާބޮއެ ރަންބުއްދިވެގެން ދެމަފިރިންގެ މައުސޫމް ތުއްތު ކުއްޖާގެ ދުވަސްފުއްވާލާނީ. އެއީ ރަލުންލިބޭނެ އެއްމެބޮޑު ފައިދާ. ބުދުދީން ފެށުމުގެ ސަބަބުތަކަށް އިންސާނުން ޚާއްސަކޮށް ދިވެހީން ރުޖޫޢަވާތީ ހިތާމަކުރަން. ބުދުދީން އަންނަންޖެހުނު މައިގަޑު ސަބަބަކީ ރަސްގެފާނުގެ ގަޑުވަރުތެރޭގަ ރާބޮއެ މައެެއް ބަފައެއް ޖިންސެއް ބެލުމެއްނެތި ބިރަކާނުލައި މަޖާކުރާތީ ބުއްދާއަށް އެކަން ކަމުނުގޮސްގެން. 21 ވަނަޤަރުނުގަ އަނެއްކާ އެކަން އެއައްވުރެ ފުޅާކޮށްކުރުމަށް ހުއްދަކުރެވެމުންދަނީ. މި ކަންކަމަކީ އެއްވެސްދީނެއްގަ ހުއްދަކަންކަމެއްނޫން.

    26
    3
  29. ރޭސް

    ދުވަހަކުވެސް މި ނުލަފާ މީހާ ބުނިތަ ޤުރްއާން ކިޔެވީމަ ލިބޭ ފައިދާގެ ވާހަކަ.

    40
    1
  30. ާަާމަ

    މިވަރު މީހަކަށް ވިދާޅުވިޔޭ މަނިކުފާނޭ ތިލިޔަނީ

    37
    1
  31. މަ

    މިއީ މިގައުމުގެ ހަލާކު

    41
    2
  32. ާަާމަ

    ފައިދާއަކީ ކޮބައިކަން މީނައަށް އެނގޭބާ..ﷲ އަށް ގޮންޖަހަނީތަ..؟ ﷲ ހަރާމް ކުރެއް ވީ ފައިދާއެއް ނެތް ގެއްލުން ހުރި ތަކެތި... މުސްލިމުންގެ އަޤީދާ އަކީ އެއީ...

    33
    2
  33. އަޅާލާ

    ރަލުގެ ވިޔަފާރި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ކުރެވޭނެ އުސޫލު ތަކެއް ހުންނާނެ ގެސްޓް ހައުސް ވިޔަފާރި ކުރާނަމަ އެކަން ކުރަން ޖެހޭނެ އެކަން ކުރެވިދާނެ ފުލުހުންގެ ބެލުމުގެ ދަށުގައި ރަށުގައި ބާރ އެއް ރަށުގައި މީހުން ދިރިއުޅޭ ތަނާއި ދުރުގައި ހަދައިގެން ނަމަވެސް އެކަން ކުރަންވީ މާލެ އަތޮޅުގައި ފުރަތަމަ އަށް އެއަށް ފަހުގައި އެކަން ޓެސްޓް ކޮށް ނަތީޖާ ނެރުމުން އެކަން ކުރަންވީ ދަ ރާއްޖެތެރޭގައި އެކަމަކު އައްޑޫ ފުވައްމުލަކުގައި ކުރުން ރަނގަޅެއް ނޫން އެއީ ގާނޫނެއް އަދި ގަވާއިދެއް ހިނގާ ތަންތަނަށް ނުވާތީއޭ އެ ދެ އަތޮޅުން ޖެހޭނީ މީހުން މާލޭ ސަަރަހައްދަށް އެ ދެއަތޮޅު އެންމެން އަޅާލަން...

    8
    32
  34. މުގުރާން

    މިއީ އެމްޑީޕީގެ ފިކުރު މިމީހުނަށް ތާއީދުކުރާ އެންމެންގެ ވެސް ފިކުރު މުޅިރާޖެއަށް ރާ އާންމުކޮށް ކަންމަތީ ފިހާރަ ތަކުން ފަސޭހައިން ލިބޭގޮތް ހެދުން އަދި މިވެރިންނަށް ފަން ޑު ކުރާ ފަރާތްތަކުގެ ޑިމާންޑަކީވެސް މިއީ ރީތި ފުޅިތަކުން ރާއްޖެތެރެ ފުރާލުން މިވެރިންނަށް މަޖިލިސް ދީފިނަމަ ބުނާ ނެ އާންމު ރައްޔިތުން ބޭނުންވާގޮތޭ މިއީ އެހެންވެއޭ ވޯޓު ދިނީ..... ރައްޔިތުންނޭ ވިސްނަވާ ވިސްނަވާ މުޅިރާއްޖެ ހަލާކެއްގެ ތެރެއަށް މިދަނީ ވިސްނަވާ.......

    36
    2
  35. Anonymous

    ހަތްފެނުލާ ރާހުތުގަ ކެއްކިއަސް މިވާނީ މިއަށް. މިއީ އިސްލާމް ދީނާ މިގައުމަށް ހުރި ބިރެއް.

    29
    2
  36. ސަލާމް

    އަޅެ ހުރިތަނަށް ނުގަންބަވާތަ އި ލާދީނި ކާފަރު، ޔާﷲ މި ނުލަފާ ހަޔާތްކުޑަ ކާފަރު އަންނި ގެ ކިބައިން މި ޤައުމު ސަލާމަތް ކުރަށްވާށި، އާމީން

    27
    1
  37. ދިވެހިން

    ޑޮކްޓަރ އިޔާޒް އާއި އިލިޔާސް ގާތު އަހާބަލަ ނަޝީދު މިބުނި އެއްޗެއް ތަރުޖަމާ ކޮށްދޭން.

    25
    1
  38. ހާމިދު

    މީނައަކީ، އާޚިރަތެއް އޮންނަކަން ދަނެގެން ﷲ އަަށް ބިރުވެތިވާ މީހެއްނޫން. އަމުދުން، މިގައުމުގައި މިއޮތް އިސްލާމީ ރިވެތި ސުލޫކު ނައްތާލުމަކީ، މީނަގެ ޕްރޮއޮރިޓީ. އެހެން ވެރިން ނުދަންނަކަންކަމެއްނޫން، ބަނގުރަލާ، ބްރޯތަލްތައް ހެދުމަކީ، ފައިސާ ލިބޭގޮތްތަށްކަން. އެކަމަކު، ބަނގުރާ ވިއްކާ، މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓު ހައުސް ހެދުމަކީ، އަހަރެމެންގެ ޘަގާފަތް ނެތިގޮތް، ނުބައިކަންކަަށް މަގުފަހިވާނެކަމެއްކަން އެނގޭތީ، މިގައުމުގައި ވެރިކަން ކުރެއްވި ވެރިން އެކަންކަން ނުކުރީ.

    20
  39. އަތޮޅޭ

    ހެންވޭރު ދާއިރާގެ ރައްޔިތުން މިކަމާ ވިސްނަންޖެހޭ

    24
    2
  40. ނައިބުތުއްތު

    މިފެންނަނީ އެޖެންޑާ19. މިކަމަށް ރައްޔިތުން ވިސްނާނެކަމަށް އުންމީދުކުރަން. އަނިޔާވެރިކަމާއި ދެކޮޅަށްކަމަށްބުނެ އަޑުއުފުލަމުން ގެންދިޔަ ޝެއިޚުންނާއި ކުރަންބޭނުންވާ ސުވާލަކީ މުސްލިމަކަށް އެމީހެއްގެ ދީނާއި ކުޅުމަށްވުރެ ބޮޑު އަނިޔާއެއް އޮންނާނެތޯއެވެ.؟ އެހެން ކަމުން ތިބޭފުޅުން ނަޝީދު ކުރަންމިއުޅޭ ކަންކަމާމެދު ރުހިގެން ތިއްބަވާނީތޯއެވެ.؟

    25
    1
  41. ދދދދދދ

    ނުބައި ހިއްޕެވުމަކުން މިކަލޭގެ ހިއްޕަވާފާދޭވެ.

    33
    3
  42. އައިޝް

    ދުވާލަކު ކަމެއް މިހިރަ އަންނަނީ،! މީހުންގެ ބޮލަށް ތިޔަ ވައްދަނީ ރަނގަޅު ކަމެއް ނޫން،. ރާ ބޯ މީހާ އާއި، ރާ ވިއްކާ މީހާ އަށް ﷲ ލަޢުލަތް ލެއްވި. ކަނޑައެޅިފައިވާ ޙައްދެއް ވޭ އެކަމުގައި

    21
    1
  43. މަހޭޝް

    ބައެއް އިލްމުވެރިންވެސް ތިބެނީ އަތްޖަހަންތާ

    20
  44. އައިޝާ

    "ރަލުގެ ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާ ބޮޑުވެ މުއްސަނދި ވާނެ" މިފަދަ ވާހަކަތައް ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ދެއްކުމަކީ ދިވެހިރައްޔިތުން ލަދުވެތި ވާންޖެހޭ ކަމެއްކަމަށް ދެކެން ،މިހުރިހާ ކަމެއްގެ ޒިންމާ މިބައިމީހުން ވެރިކަމަށް ގެންނަން މަސައްކަތްކުރި ހުރިހާއެންމެން ނަގަންޖެހޭ

    18
    1
  45. ޢަލިތަކުރު

    ވަގުތު ޕްލީސް ބްރޭކް ކޮށްބަލަ. ނަޝީދު ދެއްކެވި ވާހަކަ އެތައް ބަޔަކު ކުއްވެރި ކުރަމުން ދާއިރު ދިވެހި ރާއްޖޭގެ ދާޚިލީ ވަޒީރު އަދި އިސްލާމިކް މިނިސްޓަރު އެކަމާ ދެކޮޅަށް އެއްވެސް ބަހެއް ނުބުނެ ތިބުމަކީ އެކަމަށް ނުސީދާކޮށް ތާއިދު ކުރުން.

    16
    1
  46. ހެޔޮބަސް

    ލާދީނީކަމަށްދެކެނީ ނަޝީދު ދައްކަވާ ވާހަކަފުޅާ ކުރައްވާކަންތަކުން ނަޝީދުތިކުރައްވަނީރަލުގެ އިޝްތިހާރެއްތޯ މިހެންމިދަންނަވާލީ މިރާއްޖޭގައި ބަގުރަލުގެބޭނުންކުރައްވާ ފަޅާއަރާފައިވާ ފަރާތްތަކެއްވެސްވާތީ ތިބޭފުޅާވެސް ބަގުރާހިތްޕަވާކަމަށްޝައްކުކޮށްއަޑުފެތުރިފައިވާއިރު ﷲ ހަރާމް
    ކުރައްވާފައިވާ ރާވިއްކުމުން އިންތިހާއަށް ފައިދާބޮޑުވެމުއްސަދިވާނެކަމަށްވިދާޅުވުމުން ޝައްކުމިހާރު
    ޔަގީންވެއްޖެ ﷲހަރާމްކުރައްވާފައިވާ އެއްޗެއްބޭނުންކުރެއްވިއަސް އެހެންފަރާތްތައް އޭގެއަވާގައި
    ޖެއްސެވުމަށް މަސައްކަތްނުކުރެއްވުމަށް މުސްލިމެއްގެ ހައިސިއްޔަތުން އާދޭސްދަންނަވަން
    ފައިދާބޮޑުވެ މައްސަދިވާކަންތައްހުރޭ ރާނުވިއްކައިވެސް އޭގެތެރޭގައި ޑުރަގުވިއްކުމާ ހަށިވިއްކުމާ ވައްކަންކުރުމާ ފޭރުންފަދަކަންކަން ފައިދާބޮޑުވެ މުއްސަދިވާނެކަންތައްއެއީ ވަރަށް
    ގިނަފަރާތްތަކަށް އިގޭކަންތައް ނަމަވެސްﷲ ހުއްދަނުކުރައްވާކަމެއްކުރެއްވުމުން ލިބޭނެއަޒާބަށް
    ބައްލަވާ ފުރިހަމަ މުސްލިމުންނެތް ﷲނަހީކުރައްވާފައިވާކަމެއްނުކުރައްވާނެ ދިވެހި މުސްލިމް
    ނަމުގައި ނަޝީދަށް ތާއީދުކުރައްވާ ފަރާއްތަކުން ތާއީދުކުރުން ހުއްޓަވާލައްވާ ނަޝީދުބޭނުންވެ
    ލައްވާގޮތަށް މަޖިލީހުގެ މެޖޯރިޓީވެސް ނެންގެވިޔަނުދެއްނުމަށް ދިވެހިރަށްޔިތުން މަސްއްކަތް
    ކުރައްވާ ލާދީނީކަންތަކާ ﷲހަރާމްކުރެއްވި ތަކެތިންދުރުވުމަށް ދިވެހި އެންމެހާރަށްޔިުތން
    އަޒުމްކަނޑައަޅުއްވާ ހެއްލުމަކީގޯހެއް ހުރިހާކަމެއްބައްލަވާމޮޅަށްދެނެވޮޑިގެންވާފަރާތެއްވޭ އެންމެހާ
    ކަންކަން ފުރިހަމައަށްއިންސާފުކުރައްވާނެދުވަހެއް އަންނާނެކަން އެންމެހާލޮބުވެތި ދިވެހިއަޚުންނާ
    އުޚުތުންވިސްނަވާ

    15
    2
  47. Anonymous

    ނަޝީދު އެހެދީ ދޮގެއްތަ އަޅެފަހެ؟! ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެއްޗެހީގެ ތެރޭގައި ހިމެނޭނެ ސެންޓާއި ޗޮކްލެޓާއި ރަލާއި ސިގިރޭޓު. އެންމެ ގިނައިން ވިކޭ އެއްޗެހި ވިއްކީމަ ލިބޭފައިދާ ބޮޑުވާނެޔޭބުނުމަކީ ލާދީނީވެ ދީނުންބޭރުވެ ގައުމު ކުފުރު ކުރުންތަ؟ އެހެންނޫނަސް އެބުނީ ދުނިޔޭގެ ވާހަކަ. ރާއްޖޭގެ ވާހަކައެއް މިތާގައި ދެއްކިތަ؟ ހަސަދަވެރިވިޔަސް ފުކެއް ބޮޑުވަރު. ވައްކަމާއި ޚިޔާނާތާއި ދޮގާއި މަކަރާއި އޮޅުވާލުމަކީ ދެން ދީނުގައި އެއްވެސް މައްސަލައެއް ނޫން؟! ވަގުތު މީހުން ސުރުހީ ޖަހާފަ ނޫސް ލިޔަނީވެސް ހަމަ މީހުންނަށް އޮޅުވާލަން. ނޫސް ކިޔާމީހުން ގިނަވާނެ އެއްނު؟!

    5
    25
  48. ތެދެއް

    މި ގައުމުގައި ހުރި ހުރިހާ ރިސޯޓެއްގައި ރަލު ވިޔަފާރި ކުރޭ. އަދި ދިވެހިން ދިރިއުޅެނީ އޭގެ ނަފާއިން ދައުލަތަށް ލިބޭ ޓެކްސް ފައިސާއިން.

    5
    14
    • ޒޒޒޒ

      ދިވެހިން ދިރިއުޅެނީ، އޭގެ ނަފާއަކުން ނޫން. އޭގެން ލިބޭ ޓްކްސްއަކީ ވަކިން ހިސާބު ބަލަހައްޓާ އެއްޗެއް. ދިވެހިންގެ މުސާރައާއި، ސިއްހީ ޚިދްމަތާ ތައުލީމު ފަދަ ކަންކަމަކަށް އެފައިސާއިން ޚަރަދެއް ނުކުރާނެ. ރާއްޖޭގެ ޓޫރިޒަމް ފެށުގައި އެބައި ހިމެނިފައިވުމުންނާއި، ރާ ކޮމްޕޯނަންޓް ރާއްޖޭގެ ޓޫރިޒަމުން އެލިމިނޭޓް ކޮށްލަން އަދި ނުކެރިގެން އުޅޭތީ އެވިއްކަނީ. ނަމަވެސް، އެއީ މުސްލިމުން ކުރަން ހެޔޮވާނެ ކަމެއްނޫން. މީހަކު ކުރިއޭ ކިޔާފަ އަބަދުވެސް އަހަރެމެން ކޮންމެ ނުބައިކަމަކަށް މިމަގުދައްކަނީ. އަދި އެކަން ޕްރޮމޯޓް ކުރަނީ. އަހަރެމެންނަކީ ނުބައި ބައެއްގެ ގޮތުގައި މުޅިދުނިޔޭގައި ނަން މަޝްހޫރުވަމުން މިދަނީ، ކޮންމެ ނުބައިކަމެއްވެސް އެކަކު ކުރާއިރަށް އެއީ ހުއްދަ ކަމެއކަމަށް ވަކާލާތު ކުރެވޭތީ.

      16
      1
    • ތެދަކަސް

      ރާ ލިބޭނެ ގޮތް ގޮތް އިތުރަށް ފުޅާކުރާކަށްނުޖެހޭ. މިހާރުވެސް ރަށްރަށުގައި ގެންގުޅެން ހުއްދަ ނެތް އިރުވެސް ދިމަދިމާލުން ލީކްވެގެން ރާތައް ލިބިގެން އެތިބަ އުޅޭލެއް މަދީތަ؟ ބަހަނާއެއް ދައްކައިގެން ލާދީނީ ކަންކަން އާއްމުކުރަން އުޅޭ ފިކުރު އެއީ ކޮން ފިކުރެއްކަން އެންމެންނަށްވެސް އެނގޭ.

  49. ލަދު ހަޔާތް

    ދިވެހިން ރާ ބޯ ވާހަކައެއް މީހަކު ނުދައްކާ. ދެއްކީ ޓޫރިސްޓުންގެ ވާހަމަ.

    4
    15
  50. މުހައްމަދު

    ރާބޯން ތަންތަން ނުލިބިގެން ދުނިޔޭގައި ބުރުޖަހާ މީހުނަށް ކިޔާނަމެއް ގެސްޓުން ދޯ!

    15
  51. ޢެދުރުބެ

    މުސީބާތެކޭމިލައިގަންނަނީ. ޙުރިހާޒުވާނުން ތަށް އެދަނީ ހަލާކުވަމުންނޭ ރަލާ މަސްތުވާތަކެތި އާއްމުކުރަނީއޭ.މިކަމަށް ކިޔެވިއްޔެއްކިޔަވަންވެސް ވެއްްޖެޔޭ

    11
    1
  52. ޖާހިލު

    ރާވިއްކައިގެން ހަށިވިއްކައިގެން ހޯދާ ލާރި ނޫންތަ ކަލޭމެން ކައިބޮއި ދަރީންނަށް ޗޮކްލެޓް އައިސްކްރިމް ކާންދީ ޖީބަށް ފޯނު ޖަހައި ނެޓަށް ވަދެ ކަރަންޓު އަލީގައި ކޮޓަރި ފިނިކޮށްގެން ތިޔަ ތިބެނީ. ވިހޭ އަމާ ހައްޖަށް ފޮނުވަނީ ކޮން ލާރިޔަކުންތަ؟

    6
    13
  53. ސައިމަރާ

    ދުނިޔޭގައި އެންމެ ފައިދާ ބޮޑެތި ވިޔަފާރި ތަކަކީ ޗޮކުލެޓާ ސެންޓާ ރަލާ ސިގެރޭޓާއޭ ބުނީމާ އެއީ ތެދު ހަގީގަތެއް. މިއީ އެއްވެސް މައްސަލައެއް އޮތް ވާހަކައެއް ނޫން. އެއްވެސް ފަހަރަކު ދިވެހިން ރާ ބޯށޭ ނުބުނޭ. ދެއްކީ މުޅީންވެސް ޓޫރިސްޓުންގެ ވާހަކަ.

    5
    15
    • Anonymous

      ރާބޯން ނުބުނެ ކުދި ދަރިން ކުރިމަތީގައި ތިބެ ކޮންމެ ދުވަހަކު އެބުއީމަ އެކުދިންނަށްވާ ގޮތް ބަލަންދޯ ބޭނުމީ. ބަލަ، ޝައިޠާނާ ކަންކަން ކުރާ ގޮތަށޭ އަންނި ކަންކަން ކުރަނީ. ފުރަތަމަ ހިތް ޖައްސުވަނީ. މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ހެދީމަ ވާގޮތް މާފުށިން ފެންނާނެ. އިސްލާމީ މުޖުތަމައެއްނޫން އެތާ އެއޮތީ. ދެން މީހުން ރާވިއްކާ ތަންތަން މީހުން ދިރިއުޅޭ ރަށްރަށުގައި ހަދަންވީ. އޭރަށް ރާބޯމީހުން ގިނަވާނީ. އިސްލާމްދީނުގައި އަމުރު ކުރައްވާފައިވަނީ، ނުބައިކަންކަމާ ކައިރިވެވިދާނެ ހުރިހާ ކަމަކުން ދުރުވެ ތިބުމަށް. ދުނިޔެމަތީގައި ލިބޭ ފައިސާ ކޮޅަކަށް، އާޚިރަތްދުވަހު އަލިފާނުގައި އޮންނަން ބޭނުންވާނީ، ބުއްދި ފަސްވެފައިތިބި ބައެއް. އެކަމަކު ތެދުމަގަކީ ﷲ ތަޢާލާ ރުއްސަވާ އަޅުންނަށް ދައްކަވާ މަގެއް.

      15
      1
    • މުހައްމާ

      ބަލަ ރާ ވިއްކައިގެން މުއްސަދިވާނެ ކަމީ އެންމެން ދަންނަ ކަންކަމޭ. ވައްކަން ކޮށްގެން ބޭންކުތައް ފަޅައިގެން ފައިސާ ނެގީމަވެސް ނިކަން އަވަހަށް މުއްސަނދިވާނެ. އަދި ޑްރަގް ވިއްކައިގެން ފައިސާ ހޯދިމަވެސް ނިކަން މުއްސަނދިވާނެ. އެކަން ނޭނގިގެންތަ މީހުން އެވާހަކަ ނުގޮވަނީ. ބަލަ އެއީ، ފާސިދު، އިންސާނީ މުޖުތަމަޢުތައް ހަލާކު ކުރާ ޝައިޠާނީ ވަސްވާހަށްވާތީއޭ އެކަމާ ދުރުގަ އެތިބެނީ. ނަޝީދުގެ ގަމާރު ކަމުން އޭނައަށް އެކަން އަދު އެނގުނީ. އެހެންވެ އަވަހަށް އެތެޅިގަތީ ރާ ވިއްކަން.

      14
      1
  54. ްއައިންތު

    ވަގުތު މީހުން ސުރުޙީ ވިއްކަނީ ފިތުނަ އުފައްދަން ނަޝީދު ބުނެފަ އެއޮތީ ޗޮކުލެޓުގެ ވާހަކަވެސް...އަޖައިބުހަމަ
    "ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން" ނަޝީދު ވިދާޅުވިއެވެ. މިއީ ވިދާޅުވި ގޮތް..
    ވަގުތު ނޫސް އިހަށް ފިތުނަފަސާދައިން ދުރުހެލިވާންވެއްޖެނު..

    5
    10
    • ހަމްޒާ

      ނުބައިކަންކަން މިގައުމުގައި ފެތުރުން ހުއްޓުވުމަށް "ވަގުތު" މީހުން އެކުރަނީ، ދީނީ ޖިހާދެއް. ފިތުނައަކީ، އިސްލާމް ދީނުގައި ކަންކަން އޮތްގޮތްތަށް އޮޅުވާލާ ދީނުން ފިތުނަވެރިކުރުން. ނަޝީދުގެ މަކަރުވެރި ހީލަތްތެރި ރޭވުމުގެ ދަށުން ދިވެހިން ދުނިޔޭގެ ކުޑަދުވަސްކޮޅުގެ އުފަލަށްޓަކައި ފައިސާ ހޯދާނެ ގޮތް އެކިޔައިދެނީ. ޝައިޠާނާގެ އަޅުން ނޫނީ މިފަދަ ނުބައިކަންކަމަށް މަގުފަހިކުރާނެތަ؟

      11
      4
  55. އަހުމަދު

    ހަރާމް ކަންތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ނުދައްކާނެ މޮޔައެއް ނޫނީ ... ޑްރަގް ވިޔަފާރިންވެސް ފައިދަ ވާކަމަށް ވޭ ދެން ނުކުމެ ދަންކަން ވީތަ އެއީ އޭ ކުރަންވީ ކަމަކީ އެންމެ ފައިދާ ހުރި ކަމަކީ ...ގައުމުގައި ވެރިކަން ކޮށްފައި ތިބޭ މީހުން ކޮންމެ ކޮންމެ ވާހަކައެެއް ނުދައްކާނެ އަދި ދީން އެކަމެއް ކުރުން މަނާ ކުރައްވާފައި ވާ ކަންކަން ކަމުގެ ވާހަކައެއް ނުދައްކާނެ ... ތަކުރާރު ކޮށް މީނާ މިފާޑުގެ ވާހަކަ އެބަދައްކާ ކުރިން ބުނި ދޯ ބޯންޖެހޭނޭ ބޮވެން ޖެހޭނޭ .... އެފަހަރުވެސް ތަރުޖަމާނު ތަރުޖަމާ ކޮށްދެއްވި މިފަހަރުވެސް ބަޔަކު އެބައުޅޭ ތަރުޖަމާ ކޮށްދޭން ކިހާ ދެރަ ކަމެއް ވައްކަން ކުރީމައޭ އެންމެ ފައިދާ ވާނީ ވެސް ގޮވަން ވީ ނޫންތޯ

    15
    1
  56. ޏ

    މިކަލޭގެ ދައްކާވާހަކަ އަޑު އަހަންދާބަޔަކު ހަތްފެނުގަ ކައްކާ ރާހުތައް ލާންވީ.ތެދުވޭތޯ ސަންފާ އޮނަކަށްލައިގެން ވިއަސް މިކަލޭގެ ކިބަޔަކުން ސަލާމަތްވާން .އެކަނިމާ އެކަނި ތަޅުވާނެ އަގައެއް ތަޅުވަން ކީއްވެތަ ނުބަހައްޓަނީ އަދި އަޑު އަހަން ވެސް ބަޔަކު އެބަ ދެޔޭ މިދެން ކިހާ ބޮޑު ވެއްޖެ ކަމެއް

    14
  57. ިނަފާ

    ބަނގުގެވިޔަފާރިއަކިއިންތިހާއައް ގެއްލުމާހަލާކުހުރިއެއްޗެއް ަާ ވަގުތިމާލިފައިދާއެއްލިބުނަސް

    12
  58. ޞައީދު

    މީނާގެސަބަބުން ރާއްގޭގައި ޓެރަރިޒަމްއައް މަގުފަހިވާނެ.

    16
    1
  59. އެދުރުބެ

    މި ކަލޭގެ އަބަދުވެސް ދައްކާނީ ރަލުގެ ވާހަކަ ހަކުރުގެ ވާހަކަ ޤުރުއާނާއި ދީނުގެ ވާހަކައެއް ނުދައްކާނެ! މިބަރު މީހަކު އެއުޅެނީ ބޮޑުވަޒީރަކަށްވާން! ކޮބާބާ އެއުޅޭ ޝޭހުންތައް!

    10
  60. އެދުރުބެ

    ރައީސް ކަމުގަ ހުރި އިރު ކީ އަބަދަކު އެންމެން ހަމައިގައި ތިބޭކަށް ނުވާނޭ! ހިނދުކޮޅުވެސް އަންނަންޖެހޭނޭ! މިހާރު އެކިޔަނީ ރާވިއްކީމާ މުއްސަނދިވާނޭ!

    10
  61. މާރިޔާ އަޙްމަދު

    ޖަޒީރާ ރާއްޖޭގެ ކަންކަން އެ ފެންނަނީ ކިހާ ޖަޒީރާވަންތަދޯ މިސްމިސް

    12
  62. އެދުރުބެ

    ނަސީދު ހަމައިން ނެއްޓިހުރެގެން ދެއްކިވާހަކައެއްބާ؟

    10
  63. ޝީން

    މަނިކުފާނު މޮޔަފުޅުވީތޯ؟ ރަލަކީ އަހަރުމެން މުސްލިމުންނަށް ހަރާމް ކުރެއްވި އެއްޗެއްކަން ނުދެނަ ހުރީތޯ؟ ރާ ވިއްކަން ހުއްދަ ކުރުމަކީ ވަރަށް ބޮޑު ފާފައެއް. ދިވެހީންނޭ! ހޭއަރާ! އެޖެންޑާ 19 ގެ ނަމުގަ އިސްލާމްދީނުގަ ހަރާމް ކުރައްވާފައިވާ ކަންތައްތައް ކުރުމަށް އެބަ ބާރު އަޅާ. ވިސްނާ ފިކުރުކުރޭ. އަހަރުމެން މުސްލިމުން އެކަހަލަ ކަންކަމުން ދުރުވާންޖެހޭ. އެކަހަލަ ކަންކަމުގަ ތިއްބާ ކިތަންމެ ފަދަ ޢަޒާބެއްވެސް އަހަރުމެންނަށް ދެއްވަފާނެ. ޔާ ﷲ! އަހަރުމެން އެންމެނަށް ހެޔޮ މަގު ދައްކަވާ އެފަދަ ނުބައި ކަންކަން ރާވާ މީހުންގެ ކިބައިން އަހަރުމެން ސަލާމަތް ކުރައްވާންދޭވެ. އާމީން..

    11
  64. މިއަދު

    ބަނގުރާ ބޯމީހުން ގިނަވީމާ ވާނެގޮތް ބުނެދޭން ނަޝީދުއަށް ނުއެގުނީތަ ހަމައެކަނި ގިނައިންވިއްކީމަ ވާގޮތްތޯ ނަޝީދުއަށް ބުނެދޭން އެގުނީ އެމާހައުލެއްގައި ބަނގުރާ ގިވާނެގޮތްވެސް ބުނެދޭންމާނެނޫންތޯ
    މިހިރަދެބޯބުރަންތި މީހާގެ ފިކުރަކީ ހަމަ އެމްޑީޕީ މީހުން އަދިވެސް އަތްޖަހާނެ ފިކުރެއްދޯ

    12
  65. ރާފުޅި

    ރަލުގެ ވިޔަފާރިކުރަން ދޭބަލަ އެމެރިކާގެ ބުދު ފައްޅިއަކަށް ރާއްޖެ އައިސް ރަލާއި އޫރުމަސް ނުކެވިގެންދޯ ތިޔައުޅެނީ!ވެރިކަން ދޫކޮަށްލާފަ މުލިޔާގެއިން ނިކުތް ދުވަހުވެސް އެތަނުންވެސް ފެނުނީ އެސޮރުބޯން ގެންގުޅުނު ރާފުޅިތައް!

  66. އެދުރުބެ

    އެމެރިކާ ދޫކޮށް ދައްޖާލު ރާއްޖެ އަރަފި! މީސްތަކުންނަށް ބިރުބޮޑު

  67. ބޯގޯސް

    އެއީ އެބުނާ ޖަޒީރާ ރާއްޖެ! ކުއްލިކުއްލިއަށް ޖަޒީރާ ރާއްޖޭގައި ކުރަންބޭނުންވާކަންތައްތައް ހާމަކުރާނެ!

  68. ފުރަތަމަ

    ނަޝީދު ހަނދާން އެބަހުރިތަ ވެރިކަމުގައި ރަށަކަށްގޮސް ކުޑަކުއްޖެއްގެ ފައިން މަދިރިއެއް މަރާލާފަ މޫދުން އަތްދޮވުނު ހަނދާން

  69. މާރިޔާ އަޙްމަދު

    ދީނީ އިލްމްވެރިން ބަސްހުއްޓިފަ! މިސޮރު ދެކެ ބިރުން ބުނާނެ އެއްވެސް އެއްޗެއް ނޭގިފައި! މާތްކަލާކޯ މީ ދީންކިޔަވައިގެން އަޔަކަސް ދީން އޮބަހައްޓަން އިނގޭ ބައެއްނޫން

  70. ސިތާރާ

    އޭގެ ފަހުން ހަމަ އެއްވެސް އެއްޗެއް ނުބުނޭބާ .. ވާހަކަ އެހިސާބުން ނަޝީދު ނިންމާލީބަ.. އެވިދާޅުވި ،، ޖުނުބު ވެރިހާލުގައި ނަމާދާ ކައިރި ނުވާށޭ. އޮތް ބަސްފުޅުން ވެސް ބައެއް މީހުންނަށް އިވުނީ "ނަމާދާ ކައިރިނުވާށޭ" އެބައި އެކަނި .. ވީމާ ދެއްކިވާހަކަ އެނގިގެން އެއްޗެއް ބުނަންއެނގޭނީ..

    2
    1
  71. މީހާ

    ކަލޭ ރާބޮއެގެންއޮވްބަލަ ނަސިދު ލާދީނަ ނަސީދު

  72. ދޮންރަހާ

    ރަށުގަ ވިޔަފާރި ރަނގާޅުވީމަދޯ އަތޮޅުތަކުގެ މީހުން އަނގާ އަތާދިމާނުވަނީ ނަށީދު ހޮޅިވާހަނުދަށްކާ އިބޫގެ ވެރިކަމަށް 2 އަހަރަށް ދާއިރު ނަށީދުގެ ސަޕޯޓެށް ނޯންނާނެ' ރައީސް ނަށީދު' ރައީސް ސޯލިހު މިދިޔަ ހަފުތާބަންދުގަ އައްޑުއަށް ވަޑާގެންނެވިއިރު މަރުހަބާކިޔަން 100 މީހުން ހަމަނުވޭ ލަދުން ބޯހަލާކު

  73. ވެރިން

    މީނަޔަށް މިހާ އޯޕެންކޮށް މިކަހަލަ ވާހަކަ ދައްކަން ކެރެނީ އަމިއްލަ އެދުމާއިގެން މީނަފަހަތުން އެބުރޭ މަދު މީސް ކޮޅެއްގެ ސަބަބުން. އަހަރުމެންު ގިނަ ދިވެިން ނަކީ ވަރަށް ކެތެރި ބައެއް އެކަމަކު މިދާ ވަރުން ދަންޔާ ކެއްތެރިކަން ކޮޅުން ވެސް ލާނެ.

  74. ވެރިން

    އިންތިޙާބު ތަކުން ނަށީދުއާ އޭނަޔައް ތާއިދުކުރާ މީހުންނަށް ނޫނެކޭ ބުނަމާ. ނޯ ފޯ ނަށީދު

  75. ކަޅުކޮއި

    އަސްލުވެސް ނަޝީދަށް ނޭގޭތަ ގެސްޓް ހައުސް ވިޔަފާރި ފުޅާވެގެން ދެން ވާން އޮންނަ ކަންކަން؟ ދިވެހިން އެމީހުން އުޅޭ ގޮތަށް ހޭނުވުމާ ރާ ވިއްކައިގެން މާ ގިނަ ފައިސާ ލިބޭނެތީ ރަށްރަށުގަ އެވިއްކަން ހުއްދަ ކުރުމާ ދޮން މީހުން އުޅޭ ހުރިހާ ގޮތެއް ދިވެހިންނަށް ގާތުން ބަލަން ފުރުސަތުދީ އެކަންކަަމަށް ދިވެހިން ހިތްޖެއްސުވުން އެއީ ހަމަ އެޖެންޑާގައި މުޅިންވެސް ނެތް ކަންކަންތަ؟

    5
    1
  76. ހަށިކެއޮޅު

    ދުނިޔޭގެ އެންމެ އާމްދަނީ ލިބޭ އެއްކަމުގެ ތެރޭގައި ހަށިވިއްކުން ވެސް ހިމެނޭ، އެހެންވީމާ ރާއްޖޭގައި ހަށިވިއްކޭނެގޮތް ހަދައިދެއްވަންވެސް ފެނޭނޫންތޯ.

  77. ޫދާލު

    ތިމީހާގަނޑު މިފަހަރު ނުހޮވާތި

  78. މުޙައްމަދު ތަކުރު ފާނުގެ ޙައްގުގައި

    މުޙައްމަދު ތަކުރުފާނު ޕޯރޗްގީޒުންގެ އަތްދަށުން މިރާއްޖެ މިނިވަންކުރަން ކުރި ބުރަ މަސައްކަތްތަކުގެ ވާހަކަ ކިތައްމެ ވަރަކަށް ކިޔަސް އެދުވަސްތަކުގައި އުޅުނު ޙާލު އިޙުސާސް ނުވާފަދަ. އެއިން ބޭފުޅަކާ އަހަރެމެން މިއަދު ބައްދަލުވެއްޖެނަމަ އަހަރެމެން އެއްމެންވެސް ދައްކާނީ ކޮންމޫނެއް؟؟؟؟ ދައްކަން ހުރި މޫނަކީ މައުމޫނު. ޖަވާބު ވަރަށް ސާފް.. މި ހުރިހައި ނުބައިކަމެއްގެ ފިކުރު އަލުން މިރާއްޖޭގައި ނަގާ ކޮޅަށްޖެހީ މައުމޫނު. ހަމަ އެކަނި އޭނާގެ ފާރިސް މައުމޫނަށް ޔާމީން ވެރިކަމުގައި ނައިބު ރަޢީސްކަން ނުދިން ހިސާބަކީ މި ކުޅިގަނޑު ފެށުން ހިސާބު. މި ސަރުކާރު ގެނައުމަށް ވޯޓް އެޅި އެންމެން މި ދައުރުގެ އެއްމެހާ ކަމަކަށް ޒިންމާވާންޖެހޭނެ. ސަލާމް

  79. ހަކީމް

    ތިއީ ތެދެއް ކަމަށް ވާތީތާ ރާއްޖޭގެ އެންމެ ބޮޑެތި މުއްސަދިންނަކީ ރިސޯޓުތަކުގައި ރާ ވިއްކާ ބަޔަކަށް ވެފައި އެތިބީ. އެހެންވީމާ ބުނެވޭނީ ތިއީ ވަރަށް ބޮޑު ތެދެކޭ.

  80. ޖުމާ

    ރަލަކީ އިސްލާމް ދީނުގައި ކަނަޑައެޅިގެން ޙަރަމް އެއްޗަކަށް ވީއިރު ސަރުކާރު ގެ އިސްފަރާތް އަދި ޚާއްޞަސަކޮށް އައްނި ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ރައްޔިތުންގެ ކުރިމަތީގައި ހުއްޓި ހުރެ ދެއްކި ވާހަކަ އަކީ ދައްކަން ހެޔޮވާވަރުގެ ވާހަކއެއްނޫނެވެ. ކޮންމެ ފަދަ ވާހަކައެއްވެސް ކަނޑަ އެޅިގެން ދައްކާފްަވާހަކަ އޮޅުވާލައެވެ. ތަރަޖަމާން އެރީތި އެބަކުރެއެވެ.

  81. އައްލެއިކަލޯ

    އޭ މިތިއްބެވި ބޭކަލުން. އެމްޑީޕީގެ ލަނޑުދަނޑިއަކީ ހުރިހާ ދީނަކަށްވެސް އަޅުކަން ކުރެވޭނެ ޖަޒީރާ ރާއްޖެއެއް. އެކަމަށް ކުރެވޭ މަސައްކަތްތަކަށް މިހާރު އެބަ ކާމިޔާބު ލިބޭ. ބައެއް ރައްޔިތުން އެކަންކަމަށް ތަރހީބުވެސް އެބަ ދޭ. އެއީ ގޯސް ވާހަކަތަކެއް ކަމަށްވިޔަސް ގޯސް އަމަލުތަކެއް ކަމަށްވިޔަސް ފިޔަވަޅެއް ނާޅުއްވާ. ވިދާޅުވަނީ އިސްލާން ދީނަކީ މެދުމިނުގެ ދީނެއްކަމަށް. އެމީހަކު ކުރި ކަމެއްގެ ޖަޒާ އެމީހަކަށް އޮންނާނެކަމަށް. އެއީ ހަގީގަތެއް. އެކަމަކު ދީނާޚިލާފު ވާހަކަތަކަށް، ކަންކަމަށް މި ދިވެހި ރާއްޖޭގައި އހަރެމެން ޖާގައެއް ނުދޭނަން. އެމްޑީޕީއަށް ނޫނުކޭ ބުނޭ.