ތިނަދޫ އަށް އެތެރެ ކުރަން އުޅުނު ބަނގުރާ ފުޅިތަކަކާއި ބިޔަރު ދަޅު ތަކެއް ފަޅު ތެރެއަށް އުކާލައިފި އެވެ.
"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިތަކެތި އުކާލާފައިވަނީ އެރަށު ހޮސްޕިޓަލް ކުރިމަތިން ޖެޓީ ސަރަހައްދުން ފަޅުތެރެއަށް މިރޭ 11:15 ހާއިރުއެވެ. އެރަށަށް އެތެރެ ކުރަން އުޅުނު ބަނގުރާގެ އަދަދު އަދި ސާފެއް ނުވެއެވެ.
ތިނަދޫ އިން "ވަގުތު" އާ ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ ބަނގުރާ ފުޅިތައް އުކާލާފައިވަނީ، ރަށަށް ބަނގުރާ އެތެރެ ކުރަން އުޅެނިކޮށް ފުލުހުންނަށް ފެނިގެން ކަމަށާއި ބައެއް ބަނގުރާ ފުޅިތައް ތެޅިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުން މިމައްސަލައިގައި މިހާރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިހާތަނަށް މިކަމުގައި ފުލުހުންގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެެވެ. ބަނގުރާ ފުޅިތައް ފެނުނު ސަރަހައްދު މިހާރު އޮތީ ބަންދުކޮށްފައެވެ.
ދުރާލާ ސްޓޮކެއް އެތެރެކޮށްލަނީ ދޯ
ބަލަގަ މިރާއްޖޭގެ ސަރުކާރުގެ އެއް ރައީސް އެބަ ބުނޭ ރަލަކީ ވަރަށް ފައިދާ ބޮޑު ވިޔަފާރިއެއްކަމަށް ދެން ތިނަދޫ އިން ރާ ހޯދަނީ ކީއްކުރަން؟ ރައީސް ވިދާޅުވާ ގޮތައް ނުވަތަ އެމަނިކުފާނުގެ އިރުޝާދާއި އެއްގޮތަށް މަސައްކަތް ކުރުމުން ކުއްވެތި ވެގެން ނުވާނެއްނު، ދެން ބުނާނީ ބާރު ދެރަ މަސްތުވާ ތަކެތި ހުއްދަ ވާން ޖެހެއޭ؟ މިހާރު ފުލުހުން މިއުޅެނީ ގޯސްކޮށް.
މީދޯ ރޭގަ ބަނގުރާވިއްކާށޭ އޭރުން މުއްސަނދިވާނެޔޭ ނަޝީދު އެބުނިކަމަކީ ތިނަދޫ ބައެއް މީހުންނަކީ ނަޝިދުގެ ކޮންމެ ލާދީނީ ހަރަކާތެއްގެ ކުރީސަފުގައި އުޅެމުންގެންދާ އެއްބައިކަން އެންމެންދަނޭ މިކަން ބޮޑުކަމަކަށް ވިޔަނުދޭން އިމުރާނު ޖަހާލާނެ މައްޗަކީ ފުލުހުން ފޮނުވައި އެކަން ކުރި ނުވަތަ ޝާމިލްވާމީހުން ރަމްޒީ ގޮތުން ފިލުވުންކަން މިހާރު އެންމެންދަނޭ ނަމަވެސް އިމުރާނަށްވެސް މިކަމުން ސަލާމަތް ނުވެވޭނެ ދުވަހެއް އެބައޮތް އެދުވަހަކުން ހަނެއްނުހުރެވޭނެ ޖެހޭނީ ޖަވާބުދާރީވާން އިންޝާﷲ
އިންތިހާއަށް ފައިދާހުރި ވިޔަފާރި ނުކޮށްކަމަކުނުދާނެ. އެކަން ފުލުހުންވެސް ހުއްޓުވައިގެންނުވާނެ. ހޯމްމިނިސްޓަރު ހަނުހުންނައިރު ފުލުހުން މިއުޅެނީ ކިހިނެއްވެގަނެގެން.
ހޯމްމިނިސްޓަރުގެ ތުން ފަހާފައ ހުރިކަން "ބެއްޔާ" އަކަށް ނޭގޭތަ؟ މަޤާމާއެކު މުސާރަ ދިފާޢުކުރުން އޭނަޔަށް މާ މުހިއްމުވާނެނު؟
ތީ ބަންގާޅީންގެ ކަމެއް. މާތްވެގެންވާ މުސްލިމު 100 މީހުން ކުރާނެ ކަމެއް ނޫން
ނަސީދު ދާން ތައްޔާރު ވާކަމުގެ ނިސާން .ނަސިދު ދިއުމުގެ ކުރިން ހުރިހާރަށަކަށް ބަގުރާ ފޮނުވާނެ.