ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފަތުރާ ފިކުރުތަކުން ސަލާމަތްވާން މަސައްކަތް ކުރަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ބަނގުރަލުގެ ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާ ބޮޑުވެ މުއްސަނދި ވާނެ ކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެން އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ފަތުރަމުން ގެންދާ ފިކުރުތަކަކީ އިންތިހާއަށް ނުރައްކާތެރި ފިކުރުތަކެއް ކަމަށެވެ.
"މި ނުރައްކަލުން ސަލާމަތްވުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ, ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަން ޖެހޭ" އިޔާޒު ކުރެއްވި ޓުވީޓުގައި ވެއެވެ.
@MohamedNasheed fathuramun gendhaa fikuru thakaky inthihaa ah nurakkaatheri fikuru thakeh. Mi nurakkalun salaamaiy vumah enmen ekugai masakkaiy kuran jehey. Konme meehaku ves emeeheh ge fardhee zimmaa adhaa kuran jehey.
— Dr.Mohamed Iyaz (@dr_iyaz) March 13, 2019
ރޭ ތޮއްޑޫގައި އޮތް އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެކަށްޗަކީ ބަނގުރާ ކަމަށާއި އެހެންކަމުން ބަނގުރަލުގެ ވިޔަފާރި ކުރުމަކީ އިންތިހާއަށް ފައިދާ ބޮޑު ކަމެއް ކަމަށެވެ.
"ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިޑާޅުވީ ގެސްޓްހައުސްގެ ވިޔަފާރި ތަރައްޤީވަމުން މިއަންނަނީ އަނެއްްކާޥެސް އެއްވެސް އިރެއްގައި އެމަނިކުފާނު ދުށްގޮތަކަށެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް ޔަޤީން ކަށަވަރު 2009 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިސްޓް ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް އަޅުގަނޑުމެންގެ ސަރުކާރުން ނިންމިއިރުގައި ހިތަކަށް ނާރާނެ އެއީ އެތައް މިލިއަން، އެތައް ބިލިއަން ރުފިޔާއެއްގެ ވިޔަފާރިއެއް އަޅުގަނޑުމެން ހުޅުވާލަނިއްޔެކޭ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ގެސްޓްހައުސްގެ ވިޔަފާރިއަކީ ދިވެހިރާއްޖޭގައި މާރަނގަޅަށް ހިންގޭނެ ވިޔަފާރިއެއް ކަމަށާއި އެވިޔަފާރިން ފައިދާ ނެގޭނެ ކަން އެއީ ކިރިޔާވެސް މި މައްސަލައާ ގުޅޭގޮތުން ވިސްނާލައިފިނަމަ އަބަދުވެސް އެނގެން އޮތް ހަޤީގަތެއް ކަމަށެވެ.
ރަލުގެ ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާ ބޮޑުވެ މުއްސަނދި ވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި، އާއްމުންގެ ގިނަ ބައެއްގެ ދެކޮޅު ހެދުންތަކުގެ ސަބަބުން ސަރުކާރުން ބޭނުންވި ގޮތައް އެހުއްދައެއް ނުދެވުނެވެ.
ކަލޭ ދޯ ގަދަ އަޑު ނަގާފަ އަންނި ގެ އައުވާނުންނަށް ތާޢީދުކޮށް މި ޤައުމަށް މި ނުރައްކާތެރި ލާދީނީ ބައިގަނޑު ގެނައީ، މުންޖޭ ނުވީދާ ކަލޭ އަންނި އާ ތީ އެއްވަރުގެ ބޮޑު ދެ ކާފަރުން،
ދެންކޮންވާހަކައެއް. ހަސަދައިގެ ސަބަބުން ކިޔޭ ނުކިޔޭ ނޭގި މިމީހުން ވެރިކަމަށް ގެނައި ބަޔަކު ތިކަމުގެ ޒިންމާ ނަގަން ޖެހޭނީ. ކޮބާތަ ޝޭޚު އިމްރާން. ޗުއްޕުވެސް ނުނެނުލާދޯ. ﷲ ގެ ހަޟްރަތުގެ ތިހެނ ްތިބެވޭނެބާ؟ އިސްލާން ދީން ހިމާޔަތްކުރަން 23 ޑިސެންބަރުގަ ވަޢުދުނުވޭތަ؟
ކަލޭގެ އަނގަމަތީ ޖަހަންވީތަ ބޮޑު ކުނި ޝޭޚުގަނޑާ. ނަޝީދު ދެކެ ރުޅި އަންނަ ވަރަށް ކަލޭގަނޑު ދެކެވެސް އަހަރުމެން ރުޅި އާދޭ. ނަފްރަތު ކުރަން. ދާން އުޅޭ.
ނަޝީދު އެދެއްކީ ހަމަ ހެޔޮވާހަކައެއް. އެއަކުދޮގެއްނެތް.
މައްސަލައަކަށްވަނީ އެވާހަކަ ދޮގު ތެދު ނުވެގެންނެއްނޫން. މައްސަލައަކަށްވަނީ އެކަމުން އޭނާ ހާސިލް ކުރަން އުޅޭ މަގްސަދު. ގެސްޓްހައުސް ވިޔަފާރި ފެށީވެސް ރަށުގައި ތިބެ އަތަށް ޑޮލަރު އަރާނެ ކަމުގެ އަވައިގައި ޖައްސައިގެން. ދެންވީ އެއަށްވުރެ ލާރި ގިނައިން ލިބޭ ކަމެއް އޮތީމަ އެކަންވެސް ކުރަން ހުއްދަދޭން އުޅެން. މިއީ ކަން ހިނގަމުންގެންދާ ގޮތަކީ. ކުރިންވެސް ރަށްރަށުގަ ރާ އާއްމުކުރަން އުޅުނު މީހަކު އެބުނާ ވާހަކައެއް އެބުނީ ކީއްވެކަން ވިސްނާލުމެއް ނޯވޭތަ؟
ކަލެޔާ ސޭކު އިލްޔާސާ ތިޔަތިބީ އައްނި ކުޑަކަމުދާ ތަކެތިވެސް ބޯހާލުގައި ދެންކޯއްޗެއް ކިޔާކަށް މިކޮމެއްޓް ޖަހާލަދޭއްޗެވެ. އެދެ ކުއްތާއައްވިސްނައިދިނުމަށް
މިގައުމުގަ ތިބި ދީނީ އިލްމުވެރިން މީނަޔާދެކޮޅަށް ނުނިކުމެވިގެން އުޅެނީ މީނަގެ މުށުތެރެއަށް ލެވުނީބާ؟؟؟؟ކޮބާ އިލްޔާސް އާއީ އިމްރާންފަދަ މީސްމީހުން؟؟؟؟
މިގޮތަށް މިވާހަކަ ދެއްކެވުމުން މިކަމާއި ނިކުންނެވި އަދި ބަހެއްވިދާޅުވާން ކެރުނީ ހަމަ އެކަނި އިޔާޒް އަށް އެކަންޏެވެ ދެން އެއްވެސް މީހަކަށް ޗުއްޕުވެސް ބުނާކަށް ނުކެރުނުދޯއެވެ
ޑރ.މުހައްމަދު އިޔާޒު ވިދާޅުވި ވާހަކަފުޅުން އަޅުގަނޑު ހިއްވަރު ލިބިގަންނަން.
ދީނީ ޢިލްމެވެރިންނަށް އެއްޗިހި ކިޔުމަކީ އަހަރެން މާކުރާހިތްވާކަމެއްނޫނެވެ. އެކަމަކު "ނަރުކެނޑި" ން ދުލުގަހިފާ ދަމަންޏާ ކޮންމެސް އެއްޗެއް ބުނަންވެސް ޖެހެއެވެ. ޝައިޚް ދަންނަވަމެވެ. ކުރިއަށް ވާންހުރިކަންކަން ނޭނގުނަސް ވެފައިވާ ކަންކަމަކީ އެންމެންނަށްވެސް އެނގޭ ކަންކަމެވެ. ތިޔަބުނާ މީހަކު ދައްކާފައި ހުރި ދީނާ ދެކޮޅުވާހަކަތައްވެސް އެހުރިގޮތުގައި އެހުރީއެވެ. އެކަންކަން އެހެންއޮއްވާ އެކަން އެނގިހުރެ އެބައިގަނޑު އިސްވެއޮވެހެދި ކޯލިސަން "ހުޅުގަނޑަށް" "ތެޔޮ" އެޅުއްވީމުއެވެ. ދެންމިހާރު ފެންޖެހުމުގެ ބަދަލުގައި އަދިވެސް ތެޔޮއަޅާށެވެ. އޭރުން މާ "އުފާ" ވާނެއެވެ.......
ސޫރަތުއް ރަޢުދުގެ 11 ވަނައާޔަތުގެމާނަ، މިދެރަސޮރަށްވުރެ ރަނގަޅަށް ތިޔަ ޝައިޚް ދެނެވަޑައިގަންނަވާނެއެވެ. ޥަﷲ އަޢްލަމް
ބަލަ ފެށުނީއްސުރެ އހުރެން އޭނަޔާއި ވައި ނޭޅެނީ އިސްލާމް ދީނަށްޓަކާ ( 3 ސޭކުން އޭނަގެ ޕާޓީ ވެރިކަމަށް ގެންނަން ވަގެކޭ ވަގެކޭ ކިޔާ ކުރީގރ ރައީސް އަށް ހަޖޫޖެހީ ) އޭރުވެސް އަހުން ބުނަމުން ދިޔައީ އިބޫ އަކީ ޕަޕެޓެކޭ ނަމަކަށް ހުރި މީހެކޭ ، މުސްލިމް ވަގަކަށްވެރެ ( އަދި ވަގަކަށް ވިޔަސް ) މުނާފިޤަކު ޕްރޮމޯޓް ކުރި ބައެއް ކަލޭމެންނަކީ
ޝޭޚަށް ހެޔޮވިސްނުންދެއްވާށި! ރާއްޖޭގެގިނަބަޔަކު ދައްކަމުންދިޔަވާހަކަޔާދެކޮޅަށް ގިނަޝޭޚުންތަކެއް ނުކުމެފެތުރިވާހަކަތަކުގެސަބަބުން(ޚާއްސަކޮށް މައުމޫން)ދިވެހިންގެބަޔަކުވޯޓުދިނީ ވަގުވޯޓުގެވާހަކަ ދައްކާކަށްބޭނުމެއްނޫން ވީމާ ޤައުމަށްލިބޭގެއްލުމުގެ ޒިންމާ މައުމޫނާއެކު އެވަކާލާތުކުރެއްވި ޝޭޚުން އުފުލަންޖެހޭނެ ލިބޭވަގުތީމަންފާއަށް ޤައުމުވިއްކާ ނުލަށްވާ ވަގުތުފާއިތުނުވަނީސް ޙައްޤުބަސްއިއްވާ
އެއީ އެންމެގެ ރައީސް. ރަސޫލާގެ ދުޢާގައި ވާފަދަ މީހެއް އެއީ . އެހެންވެ އޭނާ އާ ނުބެހޭ . ވީ ލަވް ހިމް
ޑޮކްޓަރު އޭ ދީނީ ޢިލްމުވެރިޔޭ ކިޔާފަ ތާކިހާބޮލުގަ އަޅައިގެން ތިހުރިހާކަމަކަށް ހިތްވަރުދީފަ
އެކަމަށް އޮތްހުރިހާމަގެއްކޮށާދީ ފައްކާކޮށްދީ ނިންމާފަ ދެންކޮންވާހަކައެއްތޯ ދީންވިއްކާ އިޔާޒު މެންފަދަ މީހުން މިދައްކަވަނީ މުޅިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާރަށެެއްގަ ރަލުގެވިޔަފާރިކުރަން އައިބައެއްކަން އަންގަން ބުނެދޭން މަސައްކަތްކުރި މީސްމީހުންނަށް އެފަދަ ސޭޚުންނަށް މަލާމާތް ކޮށް ފުރައްސާރަކޮށް އިންޒާރުދީ ހެދިމީހުންގެ ދުލުން ގަަދަމަޖުބޫރުން ތިގޮތަށް ވިދާޅުވީމާ އަންނަނީ ހަމަ ހިނި އިޔާޒު މެންފަދަ ދީނީތާކިހާ ބޮލުގައަޅުއްވައިގެން ތިއްބެވި ދެފުއްދެގޮތް ސޭކުންނާއި ހުރެ މިޤައުމު ހަލާކުމިވަނީ އަންނިއެކޭ އިޔާޒު އެކޭ އެއްވެސް ތަފާތެއްނެތް ހަމަ އެކައްޗެއް
ވަރަށް ސާފުކޮށް މިބުނަނީ މިސަރުކާރުން ކުރާ ކޮންމެ ކަމަކަށް ތިޔަ ޝޭހަށްވެސް ބައެއް އެޅޭނެ.. ރެކެން ނޫޅޭ.. އަހަރެމެން އޭރުވެސް ކިހާވަރަކަށް ކީން..
ތިޔަ ޝޭޚުންތަކާ އަންނިއާ އެއްފުޅިއަކުން ބުއީމާ ހުންނާނީ ރަނގަޅަށް. އޭރުން އަހަރެމެން ވަރަށް އުފާވާނެ. ތިޔަ ޝޭޚުންގެ އަމަލާ ބަހުން، މިހާރު އަހަރެމެންނަށް ދޭހަވާ ކަހަލަ އެންމެންވެސް އޮރިޔާމުން އުޅޭށޭ. ނަމަވެސް އެކަކުވެސް އަނެކަކަށް ނުބަލާށޭ. މިހާރު ތިޝޭޚުން ނަށް އަހަރެމެނަކަށް އިތުބާރު ނުކުރެވޭ. ލާދީނީ ޝޭޚުން. ޝުކުރިއްޔާ ޝޭޚުންތަކަށް.
ސޭހު މިސުވާލަށް ޖަވާބު ދީބަލަ. ނަސީދު ފިކުރު ފަތުރަން ފުރުޞަތު ދިނުމުގައި ކަލޭގެ އެއްވެސް ހިއްސާއެއް ނޫނީ ހިންޓެއްވެސް އަދި ބާރެއް އެޅުނުތޯ؟ އާއެކޭ ނަމަ އޭނަ އެދައްކާ ވާހަކައިގެ ޒިންމާ ކަލޭ އުފުލަންޖެހޭނެ. އެގޭނެހެން ހީވަނީ މިކަން.
ހަލޯ ބުރޯ އިޔާޒޫ
މޭން ނިދިން ހޭލެވުނީތަ؟ ބަލަގަ މިމީހުންގެ އެޖެންޑާ19 އަކަށް ވާނީ ރާ ވިއްކުމާއި އެމީހަކު ބޭނުން ދީނަކަށް އުޅުމާއި ބަރުލަމާނީގެ އިތުރުން މަސާޖް ޕާލަރ ތަކާއި ކުލަބުތައް ހުރެގެން
މިހާރު ކަލޯ ތަންކޮޅެއް ލަސްވެއްޖެ ތިޔަހެން ބުނަން އިމުރާނަށާއި މައުމޫނަށްވެސް އެޖެންޑާ19 ވަރެއް ނެތް
ދަންނަ ބޭކަލުން ޑިމޮކްރެސީއަށް އިޖުމާއުވުމަކީ ސުވާލް ެެ އުފެދޭކަމެއް، ވ.ރަގަޅަށް ރ.ނަޝީދަކީ ކޮންފަދަ ބޭފުޅެއްކަން އެގިތިބެ 2 ވަނަ ފުރުސަތު އޭނަޔަށް ހޯދައިދިނުމަށް މަގުކޮށަންތިބީ ޑރ.އިޔާޒް އަދި ޝެއިޚް އިއްލިޔާސް ..ވަރަށް ޒުވާން 2 ޝެއިޚުން،، ވ.ގިނަ ޝެއިޚުން ސީދާ އޭނަގެ ފިކުރުތަކާ ދުރުވެ ތިއްބެވި. މިއަދު 2 ޝެއިޚުން ތިވަނީ ދީނަށް ފުރައްސާރަކުރާ ވެރިއެއްގެ މޮހިރުގަ ތާށިވެފަ. ނަމަވެސް ބުނެލަންއޮތީ ރާއްޖޭގައި ތިބި ހިތްވަރުގަދަ ޒުވާން އަދި ދުވަސްވީ ޝެއިޚުން ތެދުވެ ހައްގުބަސްބުނެ ދީން ދިފާއުކުރާނެކަން. ތިޔަ2 ޝެއިޚުންވެސް ޤައުމާއި ދީނީ ހައްގުގައި ކެރިގެން މިޝައިތާނީ ފިކުރުއްޔާތުން ދުރުވެ މަސައްކަތްކުރަންވީ. ޝެއިޚް އިމްރާން ވަނީ މާއްދިއްޔަތަށް ހެއްލި ހަލާކުވެފަ.
އިޔާޒު ބޭނުންވެގެންނޫންތަ މިބައިގަނޑު އަލުން ވެރިކަމަށް ގެނައީ... ދެން ކޮން ވާހަކައެއް?
ނަޝީދުގެ ފިކުރުތަކުން ސަލާމަތްވާން ޖެހޭކަން ދޯ އެނގެނީ . ސަލާމަތްވާން ހަދާނެ ކަމެއް ނޭގޭދޯ
އަހަރަމެން ސަލާމަތްވާން އުޅުނަސް ތިކަހަލަ އިޔާޒުމެންގެ ސަބަބުން އެމީހުންނަށް ހިތްވަރުލިބޭކަމެއް ނޭގޭ ދޯ
ހަމައިގަހުރިހެނެއްހިޔެއްނުވޭ
އަމިއްލަޔައް ކަރައް މަހާލި މަލިއެއް ކަލެމެން ތިބޭ ޕަޕެޓު އިބޫއައް ސަނާކިޔާލަ ކިޔާލާ
އަމިއްލައަށް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް!
ވާހަކަ އެއީ ވިޔާފާރި ކުރާވާހަ އަދިކުރާ ކަމެއްނޫން
ދިވެހިން ރުޅިއަރުވައިގެން ގައުމު ހަލަބޮލިކޮށް އިބޫގެ ވެރިކަން ވައްޓާލުމަށް ކުރެވޭ ކަމެއްކަމަށް ފެންނަނީ. މިބޭފުޅާ އަނގަ މައިތިރި ކުރަން ދިވެހިން އުޅެންވެއްޖެ
ގެރިބޯނަޝީދު
ނަޝީދު ފަތުރާ ފިކުރުތަކުން ސަލާމަތްވާން މަސައްކަތް ކުރަން ޖެހޭކަމަށް އިޔާޒް ވިދާޅުވުމުން ވަރަށް ހިނިއާދޭ! އަޅެ، ނަޝީދު ކުރީގެވެސް ދެއްކެވިކަހަލަ ވާހަކަ މިހާރުވެސް އެދައްކަވަނީ ހަމަ އެކަން އެނގިތިބެ ރާއްޖޭގެ ގިނަ ޢިލްމުވެރިންގެ މަސައްކަތާއެކު މިސަރުކާރު ގެނައީ ،އެހެންވީމަ އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އިސްދީނާއި ޚިލާފަށް ފަތުރާ ހުރިހާކަމެއްގެ ޒިންމާ މިސަރުކާރު ގެންނަން މަސައްކަތްކުރި ހުރިހާ ދީނީ ޢިލްމުވެރިން ނަގަންޖެނޭނެކަމަށް ފެނޭ އަދި މިސަރުކާރަށް ތާއިދު ކުރާ އިލްމުވެރިން ބައެއްކަހަލަ ކަންތަކުގައި މިހާރުގެ ރައީސް ނިންމަވާ ކަންތަކަށް ގަޓުރި ރައީސަކޭ ކިޔާފައި ޓުވިޓާވެސް ކުރައްވާ އެކަމަކު އެބުނާ ގަޓުހުރި ރައީސަށް މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އިހާނާތްތެރި ބަސްތައް ބުނަމުން ދާއިރު ހަނު ހުންނަތަން މިފެންނަނީ އެހެންވީމަ އިޔާޒްމެން ދައްކަވާ ވާހަ ދެކޮޅު ނުޖެހޭ މިއީ އަޅުގަނޑުގެ ޚިޔާލު
އިއާޒް ބުނަން ރަނގަޅުވާހައެއް ދެން ކަލޭމެން މުންޖޭނުކިޔައި މަޑުން ތިބެބަލަ. ތިވެސް ލާދީނީ
އައްނިޔަށް ތާޢީދު ކުރި ޟޭޚުން ޒިއްމާ ނަގަން ޖެހޭނެ. ޚާއްޞަ ކޮސް އިލްޔާސް އިޔާޒް ފަދަ ޞޭޚުން ޒިންމާވަން ޖެހޭނެ.
ޙަސަން
ދީނީ މީހުން ސިޔާސީ ނުވޭ.
މިހާރުވެސް ދީނީ އިލްމުވެރިންނޭ ކިޔާގެން މިއުޅޭ ގުރޫޕު މިއުޅެނީ އެކަލޭގެ ފަހަތުގައޭ.
ކަލޭމެން ފަތުރާ ފިކުރު މާ ނުރައްކާތެރި. ކަލޭމެން ވެރިވެގަތް ގައުމެއް ދުވަހަކުވެސް ކުރިއަރާފައެއް ނުވޭ. މިސާލަކަށް ސައުދީ ދައްކާނެ ކަމެއްނެތް. އެވެސް ތެޔޮވަޅެއް އޮތީމަ.
ޓުވަރިޒަމުން ދިރި އުޅޭ ތަނެއް ކުރިއެއް ނާރާނެ ކަލޭމެންގެ ދުއްޕާނާހެދި.
ތިއެއްޗަކުވީ މުޤައުމުން ފައްސާލަން ތިއީ މިޤައުމަށް ޖެހިފައޮތް ބޮޑުމުޞީބަތެއް އަބަދު ދައްކާނީ ދީނާ އިދިކޮޅު ވާހަކަ ފައިސާހޯދައިގެން ތާއަބަދު ދުނިޔ؛ ގަހުންނަންތަ ތިއުޅެނީ
ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން" 13 އަހަރަށް ހުކުމް ކޮއްފަ ހުރިމީހެއްގެ ޚިޔާލު މިގޮތަށް ހުރުމުން ހާހެއް ނުވޭ.
މިކަންތަކާމެދު ، ކީރިތިރަސޫލާ ދުއާ ދެއްވިފަދަ ސޯލިހު ބަހެއް ނުކިޔާ ހަނުހުންނަވަނީ ދުއާގެ ސަބަބުންބާ؟
ފައިނަލީ
ކަލޭ ދެން ހަޅޭނުލަވާ. ކަލޭތީ މިގައުމު ޖަށްބާރުންނާ ހަވާލުކުރަން އެއްމެބޮޑަށް ބާރުއެޅިމީހާނުން.
ގިނަފަހަރުގޯސްކަންތައްކުރަނީ ނޭގިއެއްނޫން މިހެންމިބުނީ ނަޝީދުގެފިކުރުތަކާ ފަތުރަންއުޅުއްވާ
ކަންތައް ތިބޭފުޅާއަށްވެސް އެގިލައްވާއިރު މީގެކުރިން ތިބޭފުޅާވެސް ގަދައަޑުނަގާފަ ނަޝީދުގެ
އައުވާނުންނަށްތާއީދުކުރައްވާފައިވޭ މިއަދު މިގައުމު މިނުރައްކާތެރި ދަރަޖައަށްހިގައިދާނެކަމަށް
ކުރިން ނުވިސްނަވަންތޯ އެހެންކަމަށްވާނަމަ މިހާރުތިހެން ވިދާޅުވެލެއްވުމުގެ ބޭނުމަކީކޮބައިތޯ
ހަރުބަހެއްގަބުނޭ ރަށްކާވެތިބިއްޔާ ދަތުރޭ މީގެމާނައަށް ތިބޭފުޅާވިސްނަވާނެކަމަށްހީކުރަން
ނަޝީދު އެންމެ ފަހަށް ބުނި ތަންކޮޅު ނަގައިގެން ގެނެސް ނުދީ ސެންޓް ވިއްކައިގެން ނާއި ޗޮކުލޮޓް ވިއްކައިގެން މާ ފައިދާ ބޮޑުވާނެއޭ ބުނި ނަމަ މާ ރަނގަޅުވީސް،
ނަޝީދުގެ މަގްސަދު ނޭގިގެން ތިއުޅެނީ އޭނާ އަދި ބޭނުންވާ ކަންކަން ސާފުބަހުން ނުބުނާތީ. މިހާރު އޭނާ ދިފާއުކުރެވިދާނެ ތިޔަހެން ކިޔައިގެން. އެކަމު ފަހުން އެހެން ދީންތައް ގެނެސް ރާ އާއްމުވެ ހުރިހާ ފާހިޝް ކަމަކަށް މަގުފަހިވެ އެކަންކަން ހަރުލީމަ ދެން މާ ލަސްވާނެ.
ކަލޭ ދޯ ގޮވީ، ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ދީނަށް އެއްވެސް ކަމެއް ނުވާނެ އޭ، ދެން ކަލޭ ނުފެލި މަންޒަރު ބަލަން ހުރެބަލަ މިވާގޮތް، ކަލޭމެން ވަރުދައްކާފަ ގެނައި ވެރިކަމެ ނޮން މީ، މިބައިގަނޑު ވެރިކަމަށް ގެނައުމަށް ކަލޭއަށް ދެއްކުނު ވާހަކަތައް ހަދާން ކޮށްބަލަ.
އިޔާޒުއަށް ...މެދުތެރެއިންތަ ކިޔަން ފަށަނީ... މިއީ އަސްލު ވިދާޅުވި ގޮތް ސުރުޙީ އަޅަނީ ފިތުނަ އުފައްދަން
ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން" ނަޝީދު ވިދާޅުވިއެވެ.
އިޔާޒު ބޭނުންވެގެންނޫންތަ މިބައިގަނޑު އަލުން ވެރިކަމަށް ގެނައީ... ދެން ކޮން ވާހަކައެ ތި އިޔާޒް މެންތި މުނާފިގުން އުޅެނި ހިތުން ދީނީތާކިހާ އަޅައިގެން އެއްކަލަ 30 އަހަރު ވެރިކަންކުރި ޒުވާނާވެސް އުޅެނި ވީހާލެއްވެގެން ވެރިކަން ހިމާޔަތްކުރަން ކީކުރާނިދޯ ????
އިޔާޒު ވާހަކަ ނުދައްކާ.. ތިހުރިހާ ކަމެއް އެނގި ހުރެ އަންނި އަށް ތާޢީދު ކުރީވެސް.. ދެން މީހުންގެ ރުހުން ހޯދަން އަނގަ ނުތަޅާ ހިމޭނުން ތިބޭ..
އިސްލާމިކް މިނިސްޓަރ ،، ހޯމްމިނިސްޓަރަށް ވެސް ހަމައޯކޭ ........
الحجرات ސޫރަތުގެ 12 ވަނަ އާޔަތް
މި އާޔަތުގެ މާނާ ކިޔަލާ...
ކޮމެންޓް ކުރުމުގެ ކުރިން
ކަލޭ މާނަ ކިޔައިދީބަލަ. އަހަރެމެން ނަކަށް ތިޔަ މާނަތަކެއް ނުހޯދޭނެ
އޭ ޙުުުުުުުސައިން ސާމީ! ހަމަތިސޫރަތުގެ ހަވަނަ އާޔަތް ތިބާ އާއި އިލްޔާސާއި އިޔާޟް އާއި ތިންބޭފުޅުން ކިޔައި ލައްވާ! އެ ދެޢިލްމުވެރިން މިއާޔަތްް ހަނދުމަފުޅު ހުރިނަމަ އެބައިމީހުންދެއްކި ވާހަކަތައް ޤަބޫލު ކޮށް އެފަދަ ބަޔަކު ވެރިކަމަށް ގެންނަށް ފަތުވާއެއް ނުދިނީހެވެ. އެހެނީ މީގެކުރިންވެސް އެމީހުންވަނީ އެގޮވެލިފަތި ގޮވައިގެން ވެރިކަމުން ދުރުކުރެވިފައެވެ.
ޑރ އަށް ވަރަށް އިޙްތިރާމް ކުރާޙާލު ބުނެލަން އޮތީ ކުރިން ބުނި ވާހަކަ އޭނާ ( ނަޝީދު ) ހަމަ ރަގަޅެއް ނޫވާނެޔޭ އޭނަ ލާދީ ފިކުރު ފަތުރާނެޔޭ
ޢަންނި އަކީ ޔަހޫދީއެއްކަން ކާފަރުންދެކެ ވަރައް ލޯބިވާ މީހެއްކަން ނޭގޭ އެކަކުވެސް ނެޔް
ދެން ؟ ؟ ؟ . ބާ ތުޅާދޫ ގައި ޙީސާން ގޮވައިގެން ނާޗަރަގީ ކުޅެމުން ދިއަ އިރުވެސް އެއްބައަކު ތިބީ ސާބަސްދީ އަޔްޖަހަން
މިބައިގަޑު ވެރިކަމަށް ގެންނައް ތާއީދު ކޮސްފަ ކޮންވާހަކައެއް .ތިސޭހުންނާ ހެދި މިގައުމު ހަލާކުވީ .މިކަމުގެ ޒިންމާ އުފުލަން ޖެހޭނެ .
މާތް ﷲ ގެ އަދުއްވުން މިގައުމުގެ ވެރިކަމަށް ގެނައުމުގެ އަޑީގަ ހުރި ބޮޑު މުނާފިގެއްތީ.. ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ދީނުގެ އަދުއްވުން ނާއި އެކު ހުރިހާ ޖަރީމާއެއް ހިންގަމުން މިއަދު އެދަނީ.. ފައިސާ އަށް ދީނާ ގައުމު ވިއްކާލީ
ނޫނޭ ފާސިގު ޝޭހުން ކަލޭމެން ތިތިބީ ރަސޫލާ ހަދީސް ކުރެއްވި ފަދަ ވެރިޔަކުވެރިކަމެއް ގެނެސްގެން.ކަލޭމެން ތި ގްރޫޕް ތީ ފައިސާ އަށާ ވަހުޝީ އަންހެނުންނަށް ކޮންމެކަމެއް ވެސް ކޮށްފާނެ ބައެއް.
އެކަމު ޝޭޚަކަށްވިޔަސް ހިސާބަކަށް ލަދުހަޔާތްވެސް ހުންނަންޖެހޭނެ ކިޔޭނުކިޔޭ އެއްޗެހިވެސް އިގެންޖެހޭނެ އަހަރެމެން ޝޭޚުންނަށް ނުވިޔަސް ހައިނުކޮށް ބުނަމުން ގެންދިޔައީ ތީގޯހެކޭ އެމީހަކު ކުރިކުށަކަށް އަދަބުވެސް ލިބެންޖެހޭނެޔޭ ނަމަވެސް އެ އަޑުނާހާ އަނިޔާއޭ ގޯހޭކިޔާފަ ލާދީނީ ފިކުރު ދިފާއުކޮށް ހިތަށްއެރި ގޮތަކަށް އާޔަތްތަށް މާނަކޮށް ކުއްވެރިން އިއްޒަތްތެރި ވެރިންނަށް ހަދައި އިންސާފުން އެއްކިބާވީމު އަދި ބަދަލުހިފުމުގެ ރޫހުއާލާކޮށް ޝަރީއަތަކާނުލައި ޝައްކާ ވަސްވާހުން ބިރުންތިބެ ކުރިން ލިބުނު އަނިޔާއަށްވުރެ ބޮޑު އަނިޔާއެއް ކުރީގެރައީސަށް ދިނީމު ދެންކޮންވާހަކައެއްތޯ ދަށްކަނީ ނިކަން އަމިއްލަ ނަފުސާ ސުވާލުކޮށްބަލަ ޔާމީނުއެހުރީ ހަމަ އެންމެ އިންސާފު ވެރި ގޮތަށް ބަންދު ކުރެވިފައިތޯ!
އޭއި. ކަލޭ ދެން ކީކޭ ކިޔާކަށް. މިބައިގަނޑުގެ ހަޤީގަތް ހަމަ ނޭނގި ޔާމީން ސަރުކާރާ ދެކޮޅަށް ކަލޭ ކެމްޕޭން ކުރީ. ޢަހަރުންނާށް އެނގެޔޭ ކަލޭ ގޭގަ އުޅޭ ކުއްޖެއްގެ އެކައުންޓް ނަންބަރަށް ޖަމާވިކަން. މިކަހަލަ ޝޭހުންގެ ސަބަބުން ގިނަޒުވާނުން ޔަހޫދީ ފިކުރަށް ފުރުކާލަނީ. އިސްލާމް ދީން ފުނޑުމުގެ ޒިންމާ ނަގަންޖެހޭ ޝޭހުންގެ ލިސްޓަށް ކަލެޔާ އިލްޔާސް އާއި މައުމޫނާ އަދި ޒައިދު ހިމެނޭ.
އަދިކިރިޔާދޯ ތިބޭފުޅާ އަށް އެކަން މިއެގުނީ ،
ޝައިޚް އިލްޔާސް ޙުސައިން އާއި ޑޮކްޓަަރ އިޔާޟް ޢަބްދުއްލަތީފު އާއި ދެބޭފުޅުން އެކަމުގެ ޒިންމާ އުފުލަން ޖެހޭ! ﷲ އަށް ތައުބާވެ ދިވެހި މުސްލިމު ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭ! ދީނަށް ފުރަށްސާރަ ކުރަމުން ހިތައް އެރިހައި އެއްޗެއް އެމްޑީޕީގެ ކުރިޔަށް ތިބިއެންމެން ކިޔައި، ގޮވައި ނަގަމުން ދާއިރު އެކަން ހުއްޓުވާނެ އެއްވެސް ބާރެއް މިއަދަކު ނެތެވެ. ޤާނޫނީ ހުރިހައި އިދާރާތަކެއް ހުއްޓުވައި އޭގެބަދަލުގައި ކޮމިޝަންތަކެއް އުފައްދަވައި އިދާރާތަުގެ ބާރުލުހެލައި އެހުރިހައިބާރެއް ކޮމިޝަންތަކަށް ދިނުމަށް މަސައްކަތް ކުރުމާއި އެމްޑީޕީއަށް މަޖިލިސްގެ މެޖޯރިޓީ ހޯދަން މަސައްކަތްކުރުން ފިޔަވައި ސަރުކާރުންވެސް ކުރާ އެއްވެސް ކަމެއްނެތެވެ.
ކުރިން ވެސް ވިއްކަމުން އައީ.. ފިކުރަކައްވީ އަންނި ބުނީމާ. ހުއްޓުވަވަބަލަ..ކުރާތީ ދޯ އަންނި ވެސް އެހެން ބުނާނީ . އެެޢީ ހަމަ ތެދެއް.
ޢިޔާޟް ވެސް މިހާރު އުފާވާނެ .
ޚިހާ ހިތަށް އަރާމު ވެއްޖެދޯ.އެނުބަި އާލާތަށް ޤައުމު ހަވާލުކުރަން ފަލިޖެހި އިރު ޭނގުނުތަ؟މިކުރަނީ ކޮންކަމެއްކަން.
ޑީނާއިޚިލާފު ލާދީނީ ބައިގަނޑަށް ޤައުމު ވިއްކާލައިގެން ފައިދާތަކެއްހުނާނީ ހޯދިފައި.ޢިލްމުވެރިއަކަށްވީމަ ވވވވ ނުބައިކަމެއްދޯ ލާދީނީބައިގަ ހުރެވޭތީ އެބައިމީހުބްބަށް ވެރިކަން ހޯދަން ފަލި ޖރހުމަކީ.ދީނީ ޢިލްމުވެރިނގެ ތެއިންނުކުމެ ހުރެވުނީ. ޢަޞްލު ދީނީ ޢިލްމުވެރިއަކަށް އެމްޑީޕީގައި ކެތެއް ނުކުރެވޭނެ.
ޢިތުބާރު؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ދެން ޒިންމާއުފުލަންޖެހޭނީ އިޔާޒު މެން އިލިޔާސް މެން އަދި އިމްރާނުމެން ކަލަ މިކަމައް ހިތްވަރުދިން މީހުން އަހަރެމެން ކުރިން ވަރައް ނަސޭހަތްތެރިވެ އަދި ވަރައް ހޅެއްލެވީން މިހާރު ބިސްކެވިއްޖެދޯ؟
އަހަރެން މި ޚަބަރު މި ކީ ވަރަށް ހިތާމަޔާއެކު. ދިވެހިންގެ ގިނަބަޔަކު ބައިވެރިވެގެން މިރާއްޖޭގައި އަނެއްކާވެސް މުނާފިގު ވެރިކަމެއް ގާއިމްކޮށްފި. އެ މުނާފިގުންގެ ސިފަތައް ފާޅުވެ ބޭޒާރުވާން 6މަސްދުވަސްވެސް ނުނެގި... ހުރި ހިތާމައެއްގެ ބޮޑުކަމާއި. ހަމަގައިމުވެސް އަހަރެން ތިޔަ ބައިގަނޑަކަށް ވޯޓެއްނުދެން އަހަރެން މި މުނާފިގު ވެރިންގެ ކިބައިން ބަރީޢަވަން. އިސްލާމީ ލީޑަރު ވަނީ ވަގު ތުހުމަތު އަޅުވާފަ ހިފާ ހައްޔަރުކުރެވިފަ. މިސްރުގެ ވެރިއާ އިސްލާމީ ފިކުރުގެ ރައީސް މުރުސީ ހިފާ ހައްޔަރުކުރިފަދައިން...
ޢަމިއްލައަށް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ވަދެގެން ރޮވެނީ ދޯ !
ޢިލްމުވެރިންގެތެރޭގައިވެސް މޮޔައިން ތިބޭކަން މީނއާއި އިލްޔާސްބޭ ޘާބިތުކޮށްދީފި.
ޝުކުރިއްޔާ.
ނަސީދާ ހާމާނާ ގާރޫނާ ފިރުއައުނު މިއީހަމަހަމަ މީހުން ނަސީދު އަށް ތާއީދު ކޮށް ނަސީދުގެ އައުވާނުންނާޥޯޓް ލާމީހުންވެސް ހިމެނޭނީ ފިރުއައުނުގެ ލަސްކަރުގެ މީހުންނެކޭ އެއްފަދަ ބަޔަކަށް. އަދި އެ މީހުން ހިމެނޭނި ދިވެހިގައުމުން އިސްލާމްދީން ފޮހެލަން މަސައްކަތްކުރާމީހުންގެތެރޭގަ . ގީޔާމަތް ދުވަހު އެމީހުންދާނެތަން ދެނެވޮޑިގެންވަނީ މާތް ﷲ
މީހުންގެ އަނބުރު ކަތިލާކައް މި ވަތުނޫސްވަރެއް ނޯނޮނާނެ..ދީނީއިލްމުވެރިއެއް އާދާގެ މީހެއް ކާޅެއްވާލެއް ނޯންނާނެ..މީހަކު ދައްކާގޮތަކައް އެއްވެސްވާހަކައެއްނުޖަހާނެ ހިތައްއެރިގޮތަކައް ބަދަލުތައްގެނެސްގެން ޖަހާނީ...މިނޫސްމީ ހަމަ މިގައުމުގެ ހަލާކު..އަޅެ ތިހާ ހިއްވަރެއްހުރިއްޔާއި މި ކޮމެންޓު ޖަހާލަބަލަ..
މިސައްތައިން ސައްތަ އިސްލާމުންގެ އަޤީދާ ބަލިކަށި ކޮށްލަން މިބާވަތުގެ ވާހަކަ ދެއްކުިމަކީ ވަރަށް ނުރައްކާތެރިކަމެއް. ކޮބާ؟ އަޅުގަޑުމެން އޭރުވެސް ބުނިން އެމްޑީޕީ އަތުގަ ރާއްޖޭގެވެރިކަން ޖައްސަން ހެޔޮނުވާނެޢޭ. އެމްޑީޕީއަށް މިރާއްޖޭގެ ވެރިކަން ދިންމީހުން މީނަ ދައްކާ ލާދީނީ ވާހަކަ އަށް ޒިންމާ ނަގަން ޖެހޭނެ.
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.
[އަލް ޙުޖުރާތް ސޫރަތުގެ 12 ވަނަ އާޔަތް]
މުހައްމަދު ނަޝީދަކީ ނުރައްކަލެއް ކަން މީގެ ކުރިން ވަނީ ހާމަ ވެފަ..އެކަލޭގެ ކުރާކަންތަައް ވަނީ ފެނިފަ..ދައްކަމުން ދަނީ ދީނާ ދެކޮޅު ވާހަކަ ތައް ކަން ވަނީ ތަޖްރިބާ ކުރެވިފަ..އޭނަ ގެ ފިކުރު ރަނގަޅަށް އެނގި ތިބެ 2 ވަނަ ފަހަރަށް އޭނަ އަަށް ބައިއަތު ހިފަން ޖެހޭތަ..
އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ.
[ އަލް ބަޤަރާ ސޫރަތުގެ 11 ވަނަ އާޔަތް]
ރަލާއި އޫރު މަސް އަދި ނާޗަރަންގީ ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާ ބޮޑުވެ މުއްސަނދި ވާނެ..... އަދި މިހެން ވެސް ބުނާނެ.....
ބަލަ މޮހޮދޭވެސް ހިއްޕެވި ދޯ؟
ބަލަގަ ޝޭޚާ ތިޔައީ ހިތާ ހިތުގެ ގުޅުމެއްނު؟ ދެން އަނބިމީހާ ކޮންމެ ކޮހެއް ގޮވިޔަސް މުދަލާ ދަރިން ވިއްކިޔަސް ކުރާނެ ކަމެއް ނެތް. ތީ ޙަގީގީ ލޯބިވެރިން ހިތާ ހިތުގެ ގުޅުން ޗާލު ވާ ވާ ވާ
އޭނަ ފަތުރާ ފިކުރަށްވުރެ ކަލޭ ފަތުރާ ފިކުރު މާ ނުބައެއް ނޫންތަ؟ މީގެ ކުރިން އޭނައާއި އޭނަގެ ބާގަގަނޑުގެ ލާދީނިއްޔަތަށް މީހަކު އެއްޗެއް ބުނާއިރަށް ކަލޭ ދެމުން އައި ޖަވާބަކީ އެއެއްނު. ކަލޭ ތީ ވަރަށް ނުބައި ނުލަފާ މީހެއް. އަންދަލުސްގެ މުސްލިމުންނަށް ކެހި ދިން ޝޭޚުން ކަހަލަ އެއްޗެއް ކަލޭވެސް ތީ.
ވިއްކުމާ ގެންގުޅުމާ ދައުލަތުން ވިޔަފާރިކުރަން ހުއްދަ ދިނުންއޯކޭ އެކަން ކޮއްގެން ފައިދާވާ ވާހަކަ ބުން ހަރާން މަޖާކަމެއް މިޔޮތީ
ޖޯޖު
އަހަރެމެން ކަންތައްތަށް މިހާރު އޮޅުންފިލުވަނީ އަވައްތެރި ގައުމުތަކުގެށޭހުންހައުރިން މިގައުމުގެ ށޭހުން މާބޮޑަށް ޗީޕް
ނަމުގެ ކުރިޔަށް ޑރ ލެވުނީމަ ދުނިޔެ ރަންވެގެން އުޅޭގެން ހީވޭ. މީނަ ހީވަނީ ތިމާއައްވުރެ މޮޅުމީހަކު ދެން ނެތްކަމަށް އުޅޭހެން. ގައިމު ތިއައްވުރެ އެތައް ދަރަޖައަކަށް މޮޅު ވާނެ އިނބުލީސް ވެސް. ބަލާބަލަ އޭނައަށް ޖެހިފަ ހުރިހާލު. ތިއީތޯ ފަތުވާ ދެއްވާ ގޮތަކީ؟ ދީނުގެ ހަޤީޤީ ޢިލްމު ލިބިފަ ތިބި ބަޔަކު ނޫޅޭ ތިފަދައިން ކުނިމެހި ތަކެއް ހެން. އެފަދަ އިލްމުވެރީން އުޅޭވައްތަރަކަށް ނޫން ކަލޭމެން ތިއުޅެން ދިމާ ކުރަނީ. ރުހުމުގެ ލޯތަކަށް އައިބު ނުފެނަނަހެން، މީހަކު ކުއްވެރި ކުރަންޏާ ފެންނާނީ ހުސް އެކަން. ނަޝީދުގެ ހާލު އެހެން ހުރި އިރު ކަލޭމެންގެ ހާލުވެސް ހުރީ އެހެން
ނަމުގެ ކުރިޔަށް ޑރ ލެވުނީމަ ދުނިޔެ ރަންވެގެން އުޅޭގެން ހީވޭ. މީނަ ހީވަނީ ތިމާއައްވުރެ މޮޅުމީހަކު ދެން ނެތްކަމަށް އުޅޭހެން. ގައިމު ތިއައްވު އެތައް ދަރަޖައަކަށް މޮޅު ވާނެ އިނބުލީސް ވެސް. ބަލާބަލަ އޭނައަށް ޖެހިފަ ހުރި ހާލު. ދީނުގެ ހަޤީޤީ ޢިލްމް ލިބަ ތިބި ބަޔަކު ނޫޅޭ ތިގޮތަށް ކުނިމެހިތަކެއްހެން. ކީރިތި ޤުރްއާނަާ ސުންނަތް އެންމެ ބޮޑަށް ފަހުމްވި ސަހާބީން އުޅުއްވި ގޮތެއްނޫން ތިޔަކީ. އެސަހާބީންގެ ފަރާތުން އެގޮތަށް އެ ޢިލްމް ލިބުނު ބޭފުޅުން ޖެއްސި ވައްތަރެއްނޫން ތިއަކީ.
ރުހުމުގެ ލޯތަކަށް އައިބު ނުފެނަނަހެން، މީހަކު ކުއްވެރި ކުރަންޏާ ފެންނާނީ ހުސް އެކަން.
ނަޝީދުގެ ހާލު އެހެން ހުރި އިރު ކަލޭމެންގެ ހަާލާމެދު އަމިއްލައަށް ވިސްނާލިންތޯ!