ތިމަރަފުށީގައި ހިނގާފައި ދަނިކޮށް އިއްޔެ ވޭނަކުން ޖެހި ބޮޑެތި އަނިޔާތަކެއްވި އުމުރުން 52 އަހަރުގެ ޒުލޭހާ އަބްދުލްޣަނީގެ ހާލު ސީރިއަސް ކަމަށާއި އޭނާ އޮތީ ކޯމާއެއްގައި ކަމަށް އާއިލާ އިން ބުނެފިއެވެ.
އިއްޔެ މެންދުރު ޒުލޭޚާ މާލެ ގެނެސް އޭޑީކޭގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ
މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ އުމުރުން 52 އަހަރުގެ ޒުލޭޚާބޮލުގެ ތިން ތަނެއް ފަޅައިގެން ގޮސް، ސިކުނޑި އަށް ވަނީ ލޭ އެޅިފަ އެވެ. ފަސް ކުދިންގެ ޒުލޭޚާ ނޭވާލަމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އާއިލާ އިން ބުނެއެވެ.
ޒުލޭހާގެ ސިކުނޑީގެ އޮޕަރޭޝަނެއް ވަނީ ރޭ ކޮށްފައި ކަމަށެވެ. އޭނާގެ މޭ ކަށިގަނޑުގެ ދެ ފަރާތުން ތިން ކައްޓެއް ބިނދި އަދި ދެ ދަތް ވެސް ވަނީ ބިނދިފައި ކަމަށް އާއިލާ އިން ބުނެއެވެ.
ވަންދު އަށް އުފަން ޒުލޭޚާ ތިމަރަފުށްޓަށް އިއްޔެ ދިޔައީ އޭނާގެ އާއިލާގެ ބަޔަކު މާލެއިން އަންނާތީ، އެ މީހުން ބަލާ ކަމަށްވެއެވެ. އެކްސިޑެންޓުވީ، ތިމަރަފުށީ އެއާޕޯޓަށް ދާ މަގުގެ އެއްފަރާތުން ޒުލޭހާ ހިނގާފައި ދަނިކޮށް، ބާރަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެގެން ގޮސް އޭނާގެ ގައިގަ ޖެހިގެންނެވެ.
މިއެކްސިޑެންޓްގައި އިތުރު މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
އެކްސިޑެންޓާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
ނަމަވެސް މައްސަލަ ތަޙްޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެ މަހެއްހާ ދުވަސް ކުރިން މާލޭގައި ވެސް ހިނގާފައި ދިޔަ އަންހެނެއްގެ ގައިގަ ޓެކްސީ އަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެފައިވެއެވެ.
މީހަކު ހައްޔަރު ނުކުރަންޏާ ތިޔަ އަދި ރަނގަޅަށް ތަހުގީގު ކުރެވެނީ.......
ތއަތުޅު މެންބަރެއްގެ މިހަކައް ވިމަ މައްސަލަ އޮތި ބެލުމުގެ....
ތ.އަތޮޅު މެންބަރަކާ ގުޅުން އޮންނަ މީހެއް ކަމަށް ވަނީ..އެހެންވެ ދޫކޮށްލާފަ މިހާރު ހުރީ
ޢާައިލާަ އަށް ކެތްތެރިކަން ދެއްވާ ދައްތައަށް އަވަސް ޝިފާއެއް މިންވަރު ކުރަށްވާށި.
މާލޭ ސެނެހިޔާ މަގުން ހިގި އެކުސިޑެންޑުގަ ޑުރައިވަރުގެ ލައިސަންސް 3 އަހަރަން ހިފެހެއްޓީ އެކުސިޑެންޑު ވިތާ 12 ގަޑިވެސް ނުވަނިސް އެ ޑުރައިވަރަކީ ވެސް 3 ކުދިންގެ ބައްޕަ އެއް ކާންބޯ ކުރާ މަސައްކަތް ކިއުން ތެރިން ވިސްނާލަބަ އެމީހުން އުޅޭ ހާލު އެމީހުންނަކީ އަމިއްލަ ގެދޮރު ތިބި ބައެއް ނޫން އަބިމީހާ އަކީ ވަޒީފާ ގައި އުޅޭ މީހެން ނޫން