މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ލ.އަތޮޅު އިސްދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް އައްބާސް ސުލައިމާންގެ ހިއްސާ އޮންނަ ތެޔޮ ބޯޓަކުން މަަސްތުވާތަކެތި އަތުލައިގަނެ ބަޔަކު ހައްޔަރު ކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ތެޔޮ ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވެސް ކަށަވަރުކޮށްދެއެވެ.

ފުލުހުން ވިދާޅުވީ ލ.ކަލައިދުއަށް ދަތުރުކުރަމުންދާ ތެޔޮ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއް ކަމަށެވެ.

މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

"ވަގުތު" އަށް ކަށަވަރު ވެފައިވާ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އައްބާސްގެ ދަރިއަކު ވެސް ހިމެނެއެވެ. އޭނާ އަކީ ތެޔޮ ބޯޓްގެ ކެޕްޓަނެވެ.

ފުލުހުން ވިދާޅުވީ ރޭ 7:49 ހާއިރު ހިންގި މިއޮޕަރޭޝަންގައި ކަލައިދޫ ބަނދަރަށް ބޯޓު ގާތްކުރި ވަގުތު ފުލުހުން އެބޯޓަށް އަރައި އެމީހުން ހައްޔަރުކޮށް އެބޯޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް އެބޯޓުން ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގުކުރަމުންދާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޢައިބާ

    ކެމްޕެއިނަށް ލާރިހޯދަން ކުރިކަމެއްދޯ

    50
    3
    • މިގެންދާ19

      މިއީ މިގެންދާ19ގަ ހިކިއެއްޗެހި ދިޔާކުރަން ގެންދާ ސާމްޕަލް.

      21
      • މމ

        ތިބޯޓު ގައި ތިކަމެއް ހިނގާ ތާ ކިތަންމެ ދުވަހެއް ވެއްޖެ!
        ކަލައިދޫ މީހުން ހަލާކު ކުރަ ނީއޭ!ޖަޑީ މެން!

  2. ޗައިނާ

    ދިވެހި ނުތިބޭނެ މަސްތުވާތަކެތި ބޭނުން ކުރާ ބައެއް. ދިވެހީންނަކީ 100 އިންސައްތަ މުސްލިމުން

    18
    6
  3. ނޫމާ

    ޖަޒީރާރާއްޖޭގެ ޙާލަތު ވަރަށް ނާމާން ، ވަރަށް ބިރުވެރި!!!!

    67
    5
  4. vaguthu

    ވިއްކިނަމަ ދޯ ؟؟؟ ލޮލް ... ގަމާރު ދިވެހިން .. ނަމުން މުސްލިމް .. ކަމުން މުނާފިގް ..

    42
    5
  5. ސުލައިމާނު

    އެމްޑީޕީ އަށް މަޖިލިސް މެޖޯރިޓީ އަވަހައް ދީ

    50
    2
  6. މިގޭ

    ކަލޯ މިރޭ ދޫކޮށްލާނެ ބަލަންތިބެ

    50
    3
  7. މިއަދު

    ފުލުހުންގޮސްނުވިއްޔާރަނގަޅު ވަރައްސަލާމް

    36
    2
  8. މަހުމޫދު

    ތިޔަ ފެންނަނީ ތަރައްގީގެ މަސްރޫޢުތައް ހިގާގޮތް މަޖިލިހަށް ކުރިމަތި ލައްވާ އެމްޑީޕީގެ ބޭފުޅުންގެ ހާލުހުރިގޮތް ދެން މި މީހުން މަޖިލިހަށް ހޮވިއްޖެނަމަ ގައުމަށް ވާނެގޮތާމެދު ރައްޔިތުން ވިސްނަވާ އަދި މިފަދަ މީހުން ނިސްބަތްވާ ޕާޓީއަށް މަޖިލިސްގެ މެޖޯރިޓީ ލިބެއްޖެނަމަ ވާނެގޮތާމެދު ރައްޔިތުން ވިސްނަވާ!

    64
    3
    • ާހަރެން.

      މީ ޖޭޕީ ކެންޑިދޭޓް އަލީ ހަމީދު އޑީގަ ހުރެގެން އައްބާސް ގެ ތާއީދު ދަށްކޮއްލަން ހިންގާފަވާ ޖަރީމާ އެއް. ޖޭޕީ އައް ތާއީދު ނެތީމަ އެމްޑީޕީ ގެ ލޯގޯ ބޭނުންކޮއްގެން ކެމްޕެއިން ކުރަނީވެސް

      2
      16
  9. ޖަނާޒާކުޑޭ

    ހުރިހާ ދައިިރާތަކުން ފުލްގިޔަރުގައި ބާރަށް ކުރިޔަށްގޮސްގޮސް އޮތް ޤަވްމެއް އިނދަޖައްސާލާ 50 އަހަރު ފަހަތަށް ޤަވްމު ކޮއްޕާލި ދިވެހިންނަށާ ވޯޓުން ވައްކަންކޮށްދިން އެލެކްޝަންސްކޮމިޝަންގެ ވެރިންނަށް ޝުކުރިއްޔާ!

    11
    2
  10. އަސްލު

    ކަލޯގެޔާ މިއޮތޫ ގޮނޑިއަށް ކެރަން .........................

  11. ގޮދަންފުަް

    ގޮދަންފުށާ ވަށްތަރީ

    5
    1
  12. ަފާތުމަ

    ބަލަ އޭގަ އޭނަކީއްތަ ކުރާނީ ކިތަމެ ރަގަޅު މީހެއްގެވެސް ހުރެދާނެދޯ ނުލަފާ ދަރިއެއް

    1
    5
  13. ކުޑަ އަލީ

    ލާރިގިނައިން ލިބޭނީ ތިޖާތުގެ ސާމާނުން ނޭ އެބުނާ ކަލޭގެ ބުނެފައެއް ނު އޮތީ

    13
  14. މަމީ

    މީ އެމްޑީޕީ އޭ މިކިޔާ މީހުންގެ ފެންވަރު ރާއްޖެ ބަދަލުކުރަން އައި ބަޔަކޯ؟

    9
    1
    • ނާނު

      ރައްޖެ މަސްތުވާ ތަކެއްޗައަް ބަދަލުކުރަން އައީ

  15. ކިންގްފިޝަރ

    ކީއްކުރާ އިލެކްޝަނެއް. އަވަހަށް ރީނދޫ އެންމެނަށް މަޖްލިސްގޮނޑިތައް ލިބުނުކަމަށް އިޢުލާންކުރަންވީ. އެހެންނާފަހެ. މުޅި ޤައުމު ފަސާދަކޮށްފި. ޑްރަގް ވިއްކަނީ. ރާ އާންމުކުރަނީ. ދީނާ ދެކޮޅަށް އިންޓަވިއު ދެނީ. ރައްޔަތުންނޭ. ވިސްނޭކަށް ނުވޭތޯ އަދިވެސް.

  16. މީހާ

    މިކަހަލަ މީހުނަށް ވަޒީފާދޭތީ ދެރައީ..

    8
    1
  17. ބާރީ

    އެބޯޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް...ފެނުނީ....ނަތިން ރޯނގު ދޯ

  18. ކިނބޫ

    ދޫކޮށްލާ. ހަމަ މިހާރު ދޫކުރޭ. އަހަރުން ޕާޓީ މީހުން ހައްޔަރު ކޮށްގެން ނުވާނެ. އަހަރުން ތައްޔާރު ވަމުން މިދަނީ ރާ ފިހާރަ ހުޅުވަން. ހުރަސް ނާޅާ.

  19. އަބާސް

    ތިޔަ ބޯޓުން އަބަދުވެސް ކުރަމުންދާ ވިޔަފާރިއެއް ތީ އަލަކަށް ނޫން ތިކަމެއް ތިޔަބޯޓު މެދުވެރި ވެގެން ކުރާކަން ނޭންގޭ ކުޑަކުއްޖަކުވެސް އިސްދޫ ކަލައިދުއަކު ނޫލޭނެ ! މުޅިރަށުގެ ޒުވާން ޖީލުު އެއްކޮށް ފަނާއަރުވާލައިފި. ނިކަން ސޯޝަލް މީޑިޔާބަލާލަބަލަ ފުލުހުން ތިބޯޓް ބަލައި ފާސްކޮށް ތަކެތި ހޯދީމާ އެރަށުގެ ބައެއް ޒުވާނުންގެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވާމިންވަރު އެމްޑީޕީ. އެޖެންޑާ 19 އޭ ކިޔައިގެން ފޮރުވިފައިވާ ކަންތައް ތައް މިހިރަ ހާމަ ވެގެން ދަ ނީއެވެ. ބަނގުރާއާންމު ކުރުމާއި،އެއިނަފާހޯދުމާއި، ކައިވެނި ނުކުރިޔަސް ނުވިހަ އިރޭޝަން ކޮށްދިނުމާއި، ދޮންމީހުން ގޭގޭގެ ކޮޓަރިތަކަށް ގެނައުމާ މިފަދަ ދީން ހުއްދަނުކުރާ އެތައް ކަމެއް ތި އެޖެންޑާގެ ދަށުގައި ވާކަން ޔަގީންވެ ކަށަވަރު ވެއްޖެ ނޫންނަމަ ތިޔަބުނާ އެޖެންޑާ 19 ގައިވާ ކަންކަން އާންމުރައްޔިތުންނަށް ހާމަކޮށްދެން ވީނުނު އެ ފޮރުވައިގެން ގެންގުޅުމުގެ ބޭނުމަކީ ކޮބާ! އެއްވެސް މީހަކު ހަނދާން ކޮށް މިބައިގަނޑަށް ވޯޓު ނުދޭތި !ހެޔޮނުވާނެ ! އަކުރެއް ބަކުރެއް ނުދަތަސް މިއުޅެނީ މަޖިލީހަށް ކުރިމަތިލައިގެން ނުހެވޭނެ އިންޝާ ﷲ