ބަނގުރަލުގެ ވިޔަފާރި ކުރުމަށް ހިތްވަރުދީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ފާޑުވިދާޅުވުވުމުން ދީނީ އިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒްއަށް އިންޒާރުދީފިއެވެ.

އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު ވިދާޅުވި ބަހަކަށް އޭނާ ޖަވާބެއް ދިން ކަމަށްޓަކައި ވަރަށް ގިނަ އިންޒާރުތައް އަންނަމުންދާ ކަމަށެވެ.

އިޔާޒް ވިދާޅުވީ، ވަކި ބޭފުޅަކު ވިދާޅުވީތީ، އެއީ ހައްޤު ބަހަކަށް ވާ އުޞޫލެއް ނޯންނާނެ ކަމަށާއި، ކޮންމެ މީހަކު ނަމަވެސް ގޯސްކޮށް އެއްޗެއް ބުނެފިނަމަ ވާނީ ގޯހަކަށް ކަމަށެވެ.

ނަޝީދަށް ފާޑުވިދާޅުވުމުން އިންޒާރުތައް ލިބެމުން އަންނަ ކަމަށް އިޔާޒް ވިދާޅުވި ނަމަވެސް އޭނާ އަށް ލިބެމުންދާ އިންޒާރުތަކުގެ ތަފްސީލެއް ވިދާޅެއް ނުވެއެވެ. އަދި އިންޒާރުތައް ލިބެމުން އަންނަނީ ކިހިނެއް ކަމެއް ވެސް ވިދާޅެއް ނުވެއެވެ.

ނަޝީދު ފަތުރާ ފިކުރުތަކުން ސަލާމަތްވާން މަސައްކަތް ކުރަން ޖެހޭ ކަމަށް އިޔާޒް މިއަދު ވަނީ ވިދާޅުވެފައެވެ.

ބަނގުރަލުގެ ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާ ބޮޑުވެ މުއްސަނދި ވާނެ ކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެން އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދު ފަތުރަމުން ގެންދާ ފިކުރުތަކަކީ އިންތިހާއަށް ނުރައްކާތެރި ފިކުރުތަކެއް ކަމަށެވެ.

"މި ނުރައްކަލުން ސަލާމަތްވުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ, ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަން ޖެހޭ" އިޔާޒު ކުރެއްވި ޓުވީޓެއްގައި ވެއެވެ.

ނަޝީދަށް ފާޑުވިދާޅުވުމުން އިޔާޒަށް އިންޒާރުތައް ދެމުންދާއިރު ނަޝީދަށް ފާޑުވިދާޅުވެ އިޔާޒް ދެއްކެވި ވާހަކަފުޅާއި ގުޅިގެން އިޔާޒަށް ގިނަ ބަޔަކު ގެންދަނީ ފާޑުވެސް ކިޔަމުންނެވެ. އިޔާޒަށް ފާޑުކިޔަމުންދާ މީހުން ބުނަމުން ގެންދަނީ އެމްޑީޕީއަށް ވެރިކަން ލިބުނީ އިޔާޒްގެ ވެސް މަސައްކަތުން ކަމަށާއި އެހެންކަމުން މިހާރު ފާޑުކިޔުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. މއޒ

    މުޙައްމަދު ނަޝީދު (އަންނި) އަކީ ފިރުއައުނާ އެއްފަދަ މީހެއް. ރައްޔިތުން ނިކުމެއޭނާ ހިފާ ހަވަރަށްދޭންވީ.

    142
    8
  2. ޙުއއތު

    ހަޖަމު ނުވާ ކުލައިގެ މީހުންގެ ހަމަ ހުންނާނީ ތިހެން

    72
    9
  3. ސަލީމް

    ޑ.ޢިޔާޒް އަކީ ދީނީ ޢިލްމު ވެރިޔެއް. އެމް.ޑީ.ޕީ އަށް އޭރުތާއީދު ކުރެއްވީ ހެޔޮމަގުގަ ތިބިކަމުގެ ވަޢުދުތައް ވަމުންދިޔައިމަ، އަދި އޭރު ގައުމުގަ ފެތުރެމުންދިޔަ ނުބައިކަންކަމުން ސަލާމަތް ވޭތޯ. ނަމަވެސް ކުރީބުރުގަވެސް ވެރިކަން ލިބުނު ހިސާބުން ކަންކަން ބަދަލުވި ފަދައިން މިހާރުވެސް މިދަނީ ބަދަލުވެގެން. ކަޑައެޅިގެން ފާޅުގަ ވ.ނުރައްކާ އެޖެންޑާއެއް ކުރިޔަން ގެންދަނީ. މިހިސާބަށް ކަންކަން ދިޔުމުން ގައުމުގެ ޢިލްމުވެރީން މިކަންކަމާއިމެދު ބަހެއް ވިދާޅުނުވެ މަޑުންތިއްބެވުން ވާނީ ދީނަށާއި ގައުމަށް ޣައްދާރުވުން ކަމުގަ ނޫނީ ނުވާނެ.!!

    129
    11
    • ޒަވޭރީ

      މިހާ ހިސާބަށް ކަންތައްދާ އިރު ވެސް އިމްރާނު ހިމޭނުން ދޯ ޝައިޚަކަށްނުވިތާހޯމްމިނިސްޓަރ އަކަށްވެސް ކުފޫ ހަމަވާ މީހެއް ނޫން މަގާމް އަންބޮނޑިއަށް ލެވޭތޯ މަސައްކަތް ކުރަނީ ސާބަހޭ

      43
      1
  4. ޙާލުގެ ދުލުން

    ތިޔަމީހާ މާތްﷲ އާއި އެކަލާނގެ ނަބިއްޔާއަށް ފާޅުގައި އެއްޗެހި ބުނާއިރުވެސް މަޑުން ތިބޭކަށް ނުޖެހޭނެ. އިސްލާމްދީން ދެކެ ލޯބިވުމަކީ އެދީން ހިމާޔަތްކުރުން.

    143
    4
  5. މިއަދު

    ނަޝީދުގެ ލާދީނީ ވާހަކަތަކަށް އިޔާޒު ފާޑިކިއުމަކީ ދީނީ ޢިލްމުވެރިއެއްގެ ތާކިހަބުލުން ދައްކަން ކުރާކަމެއްކަމަށްޤަބޫލުކުރެވެނީ އެއީ އެމްޑީޕީގެ ކެންޑީޓޭކު ވެރިކަށް ގެންނަން މަސައްކަތްފެށިހިސާބުގައި ރައިސްނަޝީދު ވިދާޅުވި މިސަރުކާރުގައި ދެރައީސުން ތިބޭނެކަމަށް އެދުވަހު ބޯގަޅި މީހުން ބުނަންފެށީ އެއީ ނަމުގެރައިސް އިބޫއާއި ކަމުގެ ރައިސް އަންނިކަމަށް އެކަމު އިޔާޒުމެން ބުނަމުންދިޔައީ މިއީ ހެޔޮވެރިކަމެއްކުރަންހެދި ކޯލިސަނެއްކަމަށް އެހެންވިއްޔަ މިއަދު ވެރިކަން ހެޔޮނުވެގެން އުޅޭތަން ފެންނަނީ އެކޯލިސަނުގެތެރެއިން ޤާސިމް އިބުރާހިމް އެއްމެފަހުންވެސް ރައިސްޔާމީނު އަދި ސެއިހު އިމްރަވެސް ބުނަމުންދިޔައީ މިވެރިކަން ދަމަހައްޓާނެކަމުގައި ކުރިންހެދިފަދަގޯހެއް ދެންނުހަދާނެކަމުގައި ވީއިރު އެވެރިންނަށް އަދިވެސް މިވެރިކަންދަގޮތް ރަގަޅުކަމަށް ދެކެވެނީ އެކަމު ފަސްކުޅަދުމަދު ރާއްޖެތެރެ ބޯގަޅިމީހުންނަށް އެދުވަހު އިޔާޒުމެން ދެއްކި ދަޅަވެސް އަދި މިސްރުކާރު ހިނގާގޮއްވެސް ހަމަގޯސް

    45
    5
  6. Anonymous

    ޢަންނި ކަލޭތީ ގަތުލު ހައްވެފަ ހުރި މުރުތައްދެއް

    72
    3
  7. ހަސަންބެ

    އާދެވަޑައިގަތުމުގެ ބަހުރުވައިން ވާހަކަ ދަންކަންޖެހޭނީ، މުއުމިނުންނަށް. ނަސީދަަަަކީ އެފަދަ މީހެއް ނޫން.

    65
    4
  8. ޙާޖީ ތުއްތު ދީދީ

    އިޔާޒު ދެން ހުންނާނީ ހަނު! ނިކަން ކެރެންޏާ އަޅެ އިޔާޒު ޕަބްލިކް ފޯރަމެއްގައި ލައިވް އިވެންޓެއްގައި ތިޔަ ވާހަކަތައް ހާމަކޮށް ވާހަކަ ދައްކަންވީނޫން؟ ތިޔަހެން ކުރާ ޓުއިޓަކީ އެއީ އިޔާޒުގެ ޓުއިޓެއްކަމެއް ކިހިނެތްތައް އެނގޭނީވެސް؟ ދީނީ ޢިލްމުވެރިން ބުނާތީ އަހަރެން އަޑުއަހަން ޖާހިލުން ގިނަވެއްޖެތަނެއްގައި ޢިލްމުވެރިންގެ ބަހެއް ނުވިކޭނެއޭ! 2018ގެ ރިޔާސީ އިންތިޚާބުގެތެރޭގައި ޢިލްމުވެރިންގެ ޖަމާޢަތަކުން ދެއްކި ވާހަކަތައް އަހަރެމެން ޤަބޫލުނުކުރީމު އެކަމުގެ ހިތިރަހަ މިހާރުމިދަނީ އަހަރެމެންގެ އަރުތެރޭގައި ލަމުން! ދެން ކުރާނެކމެއްނެތް! މާތް ﷲ އާއި ވަކީލު.

    58
    2
  9. ރާޖެތެރޭމީހާ

    އެމްޑީޕީ މީހުން ހަޑިބަހުން ވާހަކަ ނުދަށްކާނެ' ށަހިންދާ ދީނަށްފުރައްސާރަ ނުކުރާނެ' ޔާމީނު ރަށީދު ބަންގީގެ އަޑުއިވުނީމަ އަޑުގަދަވެގެން ޓުވީޓު ނުކުރާނެ' އެމްޑީޕީ ވެރިކަމުގަ އަހަރުނުވަނީސް ލާދީނީ ފިކުރަށް މަސަށްކަތެ ނުކުރާނެ

    44
    3
  10. ކުޑައަލީ

    ސޭހްގެ ވާހަކައަށް ތާއީދު އަހަރުމެން ނަންް ގޯސް ގޯސް ނަސީދެއް ޔާމިނެއް އިބޫ އެއް ނޯނާނެ

    46
    1
  11. ތާރީޚު ދިވެހި ރާއްޖެ

    މި ސަރުކާރަކީ އިސްލާމްދީނާ އިދިކޮޅު ޢައިރު މުސްލިމުން އެބައިމީހުން ބޭނުންވާގޮތަށް މިޤައުމު ބައްޓަން ކުރުމަށް އެމީހުންގެ ވަރަށްބޮޑު އެހީތެރި ކަމާއެކު ގެނެސްފައިވާ ސަރުކާރެއް. އެކަމުގެ ހެކިތަށް ސަރުކާރާއި، "އިބޫ" ހަވާލުވުމާއެކު ފެށިގެން އެދަނީ . އިސްލާމް ދީނަށް މީންޒަމާނަކު މި އިސްލާމީ ޤައުމގައި މަލާމތްކޮށް ދީނުގެ ހައްދުތަކަށް އަރައިގަތުމަށް ހިތްވަރު ދިނުމަށް ފާޅުގައި ގޮވިޔަސް އެގޮވާބަޔަކާމެދު އެއްވެސް ފިޔަވަޅެއް މި ސަރުކާރުން ނާޅަނެކަމުގެ ޔަޤީންކަން އޮތުމުން. މި އިބޫ އަީކވެސް ޞާލިހުގެ ބޮށިގަނޑު ތެރެޔަށް ވަދެ ހުރި އަންނި ކަހަލަ އިންސާނުންގެ ތެރެއިން ވާ ޝައިތާނެއް. އިބޫގެ އެޖެންޑާ ތަންފީޒު ކުރަމުން އެގެންދަނީ އަންނި. މީ އެއްގަލުން ފެހި ކައިގެން އުޅޭ ލާދީނީ ލަނޑާ ބައިގަނޑެއް. ލަނޑަޔާވާނީ ލަނޑަޔާ.! އަންނި ލައްވާ މިހާރު އެކުރުވާކަމަކީ މި ޤައުމުގެ މީހުން ވަކަރަށް ޖަހާލުމުގެ ޢަމަލުތަށް. އިންތިޚާބު ކާމިޔާބު ވުމުން ބުނާނީ ރައްޔިތުން ވޯޓް ދިނީ މި ފިކުރަށޭ!. ދެން އެޖެނޑާ 19 ތަންފީޒު ކުރުން (ލާދީނީ ކުރުމާއި، ވެރިކަން ގަޑުބަޑު ކުރުން) މެކުހަށް ޖަހާލާނީ. ރައްޔިތުން ވިސްނަވާ ފިކުރު ކުރައްވާ1111

    49
    1
  12. ޙސހސހ

    އިޔާޒޫ ކަލޭމެން ފޭހުނު އިލޮށި ކަލޭމެން ލޮލަށް ވަނީދޯ. ޢަދިވެސް ދުވޭ އެމީހުންނަށް ވެރިކަން ހޯދާދޭން.

    54
    1
  13. ފިޔާޒް

    މިހާރުވެސް ރަލާއި ބަނގުރާ ވިއްކާ.. ދެން ވަކި މީހަކު ބުނީމަ ރަތްވާނެ ކަމެއްނެތް.. ހުރިހާ ރިސޯޓަކު ތިވިއްކާ..

    4
    59
    • Anonymous

      ކީއްވެ ގަންޖާ އާ ޒިނޭގެ ވާހަކަ ނުދައްކަނީ ދެން؟ ހޫނ. އެވާހަކަވެސް ދައްކައިފި ދޯ.

    • Anonymous

      ދެން ކަލޭ ސަޖިދަ ޖަހާހެން އެންމެން ނުޖެހެޔޭ މައިބަދަބެއަށް ސަޖިދަ ޖަހާކަށް

      17
  14. މުހައްމަދު

    މީވެސް މިގައުމު މިދަށުދަރަޖަޔަށް ވަށްޓާލުނުގާބާއިވެރިވި އެއްމުއްލާ ..
    ދެންކޮންވާހަކަޔެއްތަ މިދައްކާކަށް

    38
    3
  15. ޑޮން

    ތި އިންޒާރު ތައް ނުދީ އާދެބަލަށް ނިކަން ކުތިމައްޗަށް ..... ބުނަން އަހަރުމެން ނާ ތި ވައްތަރު ނުދައްކާތި

    28
    3
  16. އިއްބެ ހއ

    ތިޔައީ އިޔާޒުމެން އިލްޔާސްމެން އަމިއްލައަށް މާ ގަޓްވެގެން ބުއި ބޮނޑިއެއްތީ. ދީނީޢިލްމުވެރިންގެ ނަމުގައި ތިބެ ރައްޔިތުންނަށް ހަމަ އެނގިހުރެ ދިން ކެއްސެއް. ވަކިމީހަކު ވެރިކަމުގަ ހުރުމަކުން ނޫނޭ އިސްލާމްދީން ދެމި އޮންނާނީ ކިޔާފަ ގޮވީ ޔާމީން ސަރުކާރު ވައްޓައިލާށޭ. ތިޔައީ ބުއްދި ހަމަ ނުޖެހޭ އަމިއްލަ އެދުމުން ފޯވެފައި ތިބި ސޭކުން. އަމިއްލަ އެދުން ފުދިއްޖެނޫންތޯ????

    43
    4
  17. ދިވެހިި

    ރާއްޖެއަށް ކުރިއެރުން ގެނެސްދޭނި އަންނިއާއި އޭނާގެ ފިކުރުގެ މީހުންނަށް. ދެން ތިބީ ފަނާ ކުރަނިވި ފިކުރުގެ މީހުން

    1
    22
  18. ޔަޙުޔާ

    އިޔާޒު މިހާރު ދެން އައްނިއަށް ފާޑު ކިޔާކަށް މަވެސް ގަބޫލެއް ނޫން. ތާހިރެއްވެސް ނޫން. އިޔާޒު އާއި އިލްޔާހާއި ޒައިދުމެންގެ ބުރަ މަސައްކަތުން އައްނިގެ ޕަޕެޓް ސަރުކާރު ގެނައީ. ހަސަދައާއި ތަޢައްސުބުގެ ސަބަބުން އެކަން ކުރިއިރު ރާއްޖެ އޮތީ ތަރައްޤީގެ މައިދާނުގައި އުދުހެން ފަށާފަ. މިހާރު މިދަނީ އަޑިޔަށް. އޭރުގެ ސަރުކާރުން ބައިނަލްއަޤުވާމީ ފޯރަމްތަކުގައި އިސްލާމް ދީން ނޫން ދީނަކަށް މިރާއްޖެޔަކުން ޖާގައެއް ނުދޭނަމޭ ބުނަމުން ގެންދިޔަ. ނަމަވެސް އަމިއްލައެދުމާއި ހަސަދައާއި ތަޢައްޞުބުގެ ސަބަބުން އިޔާޒުމެންގެ ސިކުނޑިއަށް ވެސް ޝައިޠާނާ ސަވާރުވީ. އަންނި ކުރާ ކޮންމެ ނުބައިކަމެއްގެ ޒިންމާ އިޔާޒު ވެސް އުފުލަންވާނެ.

    16
  19. ދިވެހިި

    އަންނި އަކީ ދިވެހިންގެ ކުރިއެރުން. އަންނި ވަރެއް އަމީން ދީދީގެ ފަހަކުން ނާދޭ.

    2
    21
    • ކަމިންގ ސޫން

      ކަލޭ ދެލޮލަށް ވާލު ގރ އެޅިފައި ހުރެއްޖެއްޔާ މިދިޔަ ދައުރުގައި މިގައުމަށް ލިބުނު ކުރިއެރުން ނުފެންނާނެ. ރޔ ގެ އަނބި ކަނބުލޭގެ ސިސްޓަމްތެރެޔަށް ނުވަދެ މޑުންހުރިނަމަ އަދިވެސް ރޔ ވަރެއްނޯންނާނެ.
      މަޖިލިސް އިންތިހާބަށްފަހު އައްނި އަޑީގައި ހޔރެ ވެރިކަން ވައްޓާލާނެ. ބޮޑުވަޒީރަކަށް އެކަލޭގެ ނުވެ ދައުރުގެ މެދުން އިންތިހާބެއް ބާއްވާނެ . ޢެއީ އަނެއްކާ ވެސް ރޔ ވެރިކަމަށް އަންނާނެ ފަހަރު. ކެއް ކޮށްލާ.

  20. ބޮންނަންބާ

    ނަަަޝީދަކީ މޮޔައެއްކަން ދިވެހިންދަންނަން ވެއްޖެ އޭނާކޮންމެފަވާހަކައެއްވެސް ދައްކަފާނެ.ގުރައިދޫޢިން ޖާގައެއްކަށަވަރުވެއްޖެ.

    12
    1
  21. ވިސްނޭ

    އިސްލާމްދީން ހިމާޔަތް ކުރަންވީ... އެމްޑީޕީ އެއް ނޫން....ކޮން އަންނި އެއްތަ........

    16
  22. ރާއްޖެތެރެ

    މިކަހަލަ މީހުންނަ ތާއީދު ކުރާނީ ގަމާރުން. އިޔަޒަ ހައްގުމަސް ބުނީތީ ށުކުރީޔާ.

    13
  23. Anonymous

    ކޮކަޑި ކޭއި މީދާ ވާރޭ ފެންބުއިމުން ވާނެ ހައެތި މިހާރު ތިވަނީ . ވިސްނުމެއް ނެތިކޮއްފި ކަމަކުން އެންމެ ފަހަރަކު ދޭހުގާއި ހިތިކަރުނަ އޮއްސަން ޖެހިދެޔޭ އުމުރައްމުޅި

    17
    1
  24. އެލެކްސް

    ތިޔަ އިޔާޒަކީ ދީނީ މީހެކޭ ބުނާތީ ހައިރާންވޭ. އޭނާ އަކީ ވީހާލެއްގައި ވުމަށް ކަމަރު ބަނދެގެން ހުރި މީހެއް. ރައްޔިތުން ނުބައި މަގުން ގެންދިއުމަށް ފާޅުގައި ވަކާލާތު ކުރި މީހެއް. ވީހާލެއްގައި ވާން އުޅޭ އުޅުމަކީ އެކަކަށްވެސް ވަންހަނާ ވާ ކަމެއް ނޫން. ދީނީ މިނިވަން ކަމާއި، ބަނގުރާ އާންމު ކުރުމާއި، ބާރު ދެރަ މަސްތުވާތަކެތި އާންމު ކުރުމާއި، ފައްޅު ތަކާއި ޗާޗް ތަކާއި ފައްޅި ތައް އެޅުމާއި، ދުނިޔޭގެ އެހެނިހެން ގައުމުތަކެކޭ އެއްފަދައިން އެއްޖިއްސުން ގުޅުން ހިންގުމާއި، އެމީހަކު ބޭނުން ގޮތަކަށް އުޅުމާއި ރާއްޖޭގެ ދިފާއުގަ ކަމަށް ބުނެ ބޭރުގެ ފަރާތްތަކަށް ގައުމުގެ ދިފާއު ހަވާލު ކޮށް އަމިއްލަ ރައްކާތެރި ކަން އިސްކޮށް ގައުމިއްޔަތާއި މިނިވަން ކަން ވެއްޔާ މޮޑެލުމާއި ދީނަށް ރޭވުންތެރި ކަމާއި އެކު ފުރައްސާރަ ކުރުވިމާއި، ދުނިޔެއިން ނެތި ދަމުން ދާ އެބުނާ ލިބަރަލް ޑެމޮކްރަސީ އާއި ޕާލިމެންޓަރީ ނިޒާމް ގާއިމު ކޮށް ގައުމުގެ ޤައުމިއްޔަތު ވިއްކާލަން ވީހާލެއްގައި ވާން އުޅޭ ބަޔަކަށް ވާގި ވެރިވޭފައި ހުރި މީހެއް އިޔާޒަކީ. އޭނާ މިގައުމަށް އަނިޔާ ލިބެމުންދާ މަންޒަރު މިއަދު ބަލަން ދަތި ވާ ތީ އުފާ ކުރަން. ﷲ ގެ ރަހުމަތަށް އެދެން. ކުރިންވެސް އެގޭ މިއަދު އިހުސާސް ކުރެވުނީ މި އެމްޑީޕީ އަކީ ނުބައި ނުލަފާ ބައެއް ހިމެނޭ ޖަމާއަތެއް. އިބުރާހިމް ސޯލިހެއް، އިމުރާނެއް، ގާސިމެއް، މައުމޫނެއް ނަޝީދެއްގެ އެއްވެސް ތަފާތު ކަމެއް ނެތް.

    15
  25. އައްޔު

    މުހައްމަދު ނަޝީދުގެ ފިކުރަކީ ކޮބައިކަން އިނގޭނެ ވިސްނާލީމަ އިސްލާމްދީން ކިޔަންވާތަކަށް ކިޔަނީ އިސްލާންދީން ކީއްވެތޯ؟ އަލްޓަނޭޓީވް ނެރެޓިވްއެއް ހޯދަން ގޮވަނީ އިސްލާމްދީން ނޫން އެހެންދީނަކަށް ނަޝީދު އުޅޭތީތޯ؟ ނުވަތަ އެހެންދީނެއް އިނގެނީތޯ؟ ބޮޑިބަތްކޭ މީހުން ބުނާނެ ހަޖަމްނުވަނީއޭ؟ ޑރ އިޔާޒު ޔާމީންއާއި ދިމާލަށް އެއްޗެއް ބުނުމުން އޯކޭވެފައި ނަޝީދުއާއި ދިމާލަށް އެއްޗެއް ބުނުމުން އޯކޭ ނުވާންވީ ސަބަބެއްނެތް؟ ޑރ އިޔާޒަށް މަރުގެ އިންޒާރު ދިނުމަކީ ތާކުންތާކުޖެހޭ ކަމެއް ނޫން އަދި އެކަމުގެ އަޑީގައި ތިބި ބަޔަކު ފުލުހުން ހޯދަން އެބަޖެހޭ

    14
  26. އަންތަރީސް

    ރައްފުށުހިސާބުގައި ދީނީތާކިހާ ތުރުކުރައްވައިގެން ސޯސަލްމީޑިއާގައި ފުއްޕާމީހުނައް ހަމަ އޯކޭ

    4
    2
  27. ތަރާ

    ނަޝީދަށް މިޤައުމުން އެއްވެސް ޖާގައެއް ދޭންވާނެތޯ މިހިރީ މީނާގެ ޙާލު ނަޝީދު ބުނާގޮތް ކަރާއަށް ރަނގަޅުވީމާ ބަހެއް ނުބުނެއެއްނު!

    8
    1
  28. އަބޯ

    ނަސީދަކީ ކާފަރަކު ކަން އެގިތިބެ ނަސިދުގެ އަތްމައްޗަށް ގައުމުގެ ވެރިކަން ހޯދާދިންމީހުންގެ ނުބައިކަން މާބޮޑު މުހަންމަދުގެ ފާނުގެ ރަސޫލުކަންގަބޫލު ނުކުރާ ކީރިތި ގުރްއާން ގަބޫލުކުރުމާ ކޮންމެ މީހަކު ކާފަރަކަށްވާއިރު ނަސީދު މުއުމިނަކަށް ވާނެތަ ؟

    10
    1
  29. ދައިދަބޭ ސޮރު

    ޑޮކްޓަރ އިޔާޒު އިބްރާހީމް މުޙައްމަުދު ޞާލިޙުގެ ސަރުކާރަށް ތާއީދު ކުރުމަކީ އަންނި ދައްކާ ލާދީނީ ވާހަކަތަކަށް ތަބާވުމެއްނޫން ( މަށަށްހީވަނީ ގަޑި ކައިރިވަނީހެން މަތީ ގަޑިން ޖެހީމަ އަންނިއަށް އިބުރާއަށް ވެލިޒިނޭއަށް ކުރެވޭނެ ކަމެއްނޯންނާނެ. މާތްﷲ އެފަދަ ދޫތަކުން މާތްވެގެންވާ އިސްލާދީނާއި، ދިވެހިޤައުމު ސަލާމަތްކުރައްވާދޭވެ. އާމީން

    14
    2
  30. 3ވަނަވިސްނުން

    ޢިޔާސް ދީނުގަ އޮވޭ ދެކޮޅު ހާމަކުރުން! "ހެވާ،ނުބައި" ދިވެހި ރާއްޖޭގެ ޢުޅެނީ ކޮންކަހަލަ ދީނީ ބައެއް ! ތިހެންވީމަ ދިމާވާ މައްސަލަ ތިފެންނަނީ ރަނގަޅުކުރޭތިބައި އަވަހަން

  31. ޖާހިލު

    ޖާހިލުންގެ ޖާހިލުކަން އަންނިގެ މަސައްކަތުން ރާއްޖެއިން ފިލައިގެން ދިއުމަށް ވުރެ ބޮޑު ހެވެއް އެކަކަށް ވެސް ނުކުރެވޭނެ. އެވަރުގެ ގަޓެއް ހުރި ދިވެއްސަކު ނެތް. ނުވެސް ލިބޭނެ. މިޖާހިލު ބަގަ ސައިޒަށް ތިރިކޮށްދެވޭނީ އަންނިއަށް.

    12
  32. ބޯބާ ސަމީރު

    މިހިސާބަށް ކަންތައް ދިޔައިރުވެސް ސޭކް އިމްރަންމެން އަލީ ޒާހިރުމެން އިސްލާމިކް މިނިސްޓަރު ޒާހިރުމެން ދުނިޔެވީ އެދުމުގަ ޖެހި މަގާމު ގެެއްލިދާނެތީ އެއްވެސް އެއްޗެއް ނުބުނެ ހަނު ހުންނަނީދޯ. ދީން ދިފާއުކުރަން ނިކުއި ޕާޓީގެ މީހުންނަށް ވީވަރު. މީނު ބުރުގާ އަޅައިގެން އަންހެނުންނާއެކު ގޭގަ ހުރިއްޔާ މާރަނގަޅުވާނެ. އިޔާޒުއަށް ސާބަސް. ފަސްޖެހުމެއްނެތި ކުރިއަށް ވަޑައިގަނޭ. ޒައިދުއަށްވެސް ތިކުރާ ހިތްވަރަށް ސާބަސް.

  33. ޕީޖޭ

    ޝެއިޚް އޮތީ ޙައްޤުބަސް ބުނެފައި ޝުކުރިއްޔާ ވ ބޮޑަށް..

    10
    2
  34. ބޮންތި

    އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ

  35. އަލީ

    އިލްޔާސައް ނުކެރޭނެ އެއްވެސް އެއްޗެއް ކިޔާކަށް ސަބަކީ " އިމްރާން " އިމްރާން އެއްޗެއް ނުިޔާނެ ސަބަބަކީ ވަޒީފާ މާތްﷲ މިބައިމީހުންނަށް ހެޔޮވިސްނުން ދެއްވާށި

  36. އަލީ

    ޢިލޮށި ވެހުނީ އުތަ!!