ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލައިފިއެވެ.

ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް، މި ހަފްތާގެ ޖަލްސާތައް ނުބާއްވަން ނިންމާފައިވާ އިރު، މުހިއްމު ބިލްތަކަކަށް ވޯޓެއް ނޭހި ލަސްވެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކޮން ހޯމަ، އަންގާރަ އަދި ބުދަ ދުވަހަކު ޖަލްސާތައް ބޭއްވުން ލާޒިމެވެ.

މަޖިލީހަށް ރައީސް ވައްދަވާފައިވާ ބިލްތައްވެސް ގިނަ ވެފައި ހުއްޓާ މަޖިލީހުގެ ޖަލްސާ މެދު ކަނޑާލުމުން އެކަމުގައި އާންމުންގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް ކެމްޕޭންތައް ކުރަމުންދާ އިރު، އެކަމަށް މެމްބަރުންނަށް ވަގުތު ބޭނުންވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވަތުކިބަ

    ރައްޔިތުންގެ ލާރި ކޮޅުން ބޮޑު މުސާރަ ލިބި އަބަދު ޗުއްޓި ނަގައިގެން ބުރުމާ ކަށި ސާފުކުރަން ގޭގަ. ގާސިމް ވެރިކަން ބޭނުންވާ މީހާ ވެރިކަން ލިބިޖެއްޔާ ގައުމު ހިންގާނީ ވެސް މިހެން؟ އައިޝާ އަށް މަޖިލިސް ރައީސްކަން ދޭން ފެނޭ. #ސޭޓު ފައިބާ

    4
    1
  2. ރައްޔިތު

    ޒިންމާ އަދާ ކުރުމުގެ ބަދަލުގައި އަނެއް ދައުރަށް ހޮވެން ވެގެން މަސައްލަތަށް ނުކުން ނަނީ މިހާރު ހުރި މަސައްކަތް ނުކޮށް ! ތި މީހުން އަލުން ހޮވުމަކީ ފިސާރި މޮޔަ ކަމެއް ވަރަށް ސާފް !

  3. ހަމަހަމަ

    އެހްނެވިއްޔާ މިބޭފުޅުންނަށްދޭ މުސާރައާއި އެލަވަންސްތައްވެސް މުއްދަތެއް ނެތްގޮތަށް މެދުކަނޑާލަން ޖެހޭނެދޯ؟

  4. އެލެކްސް

    ގައުމުގެ ވެރިކަމަށް ޤާސިމް އައިސް ކަންކަން ހަމަ މަގަށް އަޅުވަން އެބަޖެހޭ

  5. ސައީދު

    ޤާސިމް އިސްތިއުފާ