މާލޭގެ ޓެކްސީއެއްގެ ފުރޮޅުން އެރުވި، މީހެއްގެ ފައިގެ އިނގިއްޔެއްގެ ބައެއް ވަކިވެއްޖެއެވެ.

ބޭންކް އޮފް ސިލޯން ކައިރިން ޕާކް ކުރަން އުޅުނު ޓެކްސީއަކުން މީހެއްގެ ފަޔަށް އެރިފައިވާ އިރު، އެ ހާދިސާ ހިނގާފައި ވަނީ މިއަދު 15:40 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މަގު ހުސްކުރަން އުޅުނު އުމުރުން 48 އަހަރުގެ ފިރިހެނެއް ފަޔަށް ޓެކްސީ އަރާފައިވާ އިރު، އެ މީހާއަށް މިހާރު ދަނީ އޭޑީިކޭގައި ފަރުމާ ދެމުންނެވެ.

ފުލުހުން ބުނެފައި ވަނީ ޓެކްސީ ދުއްވީ ލައިސަންސް އޮތް މީހެއް ކަމަށާއި، ޓެކްސީ ކުރުމުގެ ހުއްދަވެސް ޓެކްސީއަށް ލިބިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓޓޓ

    ޓެކްސީތަކަކީ ތަނެއްދޮރެއް ބަލައިގެން ދުއްވާބައެއްނޫން. އެންމެ ގިނައިިން މީހުން ގައިގަ ޖައްސަނީ ޓެކްސީތައް. ހީވަނީ ހުރި ނުލަފާ ކަމެއްގެ ބޮޑުކަމުން ހަމަ ގަސްތުގަހެން މީހުންގެ ގައިގަ އެ ޖައްސަނީ.

    9
    6