ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަ ދޭކަށް އެއްވެސް ގޮތަކަށް ނުފެންނަ ކަމަށާއި، އެފަދަ ވާހަކައެއް ނުދައްކާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައި ވަނީ ތޮއްޑޫގައި ރޭ އޮތް އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ނަޝީދު ވިދާޅުވީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެކަށްޗަކީ ބަނގުރާ ކަމަށާއި އެހެންކަމުން ބަނގުރަލުގެ ވިޔަފާރި ކުރުމަކީ އިންތިހާއަށް ފައިދާ ބޮޑު ކަމެއް ކަމަށެވެ.

"ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިޑާޅުވީ ގެސްޓްހައުސްގެ ވިޔަފާރި ތަރައްޤީވަމުން މިއަންނަނީ އަނެއްްކާޥެސް އެއްވެސް އިރެއްގައި އެމަނިކުފާނު ދުށްގޮތަކަށެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ޔަޤީން ކަށަވަރު 2009 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިސްޓް ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް އަޅުގަނޑުމެންގެ ސަރުކާރުން ނިންމިއިރުގައި ހިތަކަށް ނާރާނެ އެއީ އެތައް މިލިއަން، އެތައް ބިލިއަން ރުފިޔާއެއްގެ ވިޔަފާރިއެއް އަޅުގަނޑުމެން ހުޅުވާލަނިއްޔެކޭ." ނަޝީދު ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ބައެއް ދީނީ އިލްމްވެރިންވެސް ނަޝީދަށް ވަނީ ފާޑު ވިދާޅުވެފައެވެ. ހާއްސަކޮށް ޑރ. އިޔާޒް ފަދަ އިލްމްވެރިން ވަނީ ނަޝީދަށް ފާޑުވިދާޅުވެފައެވެ. އިޔާޒް ވިދާޅުވީ ނަޝީދު ފަތުރާ ފިކުރުތަކުން ސަލާމަތްވާން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެކަމަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ ދީން ހަތިޔާރެއްގެ ގޮތުގައި ހަދައިގެން އުޅޭ މީހުން އެކަހަލަ ވާހަކަ ދައްކަވަނީ އެންމެ ގިނައި ރާ ވިއްކާ މީހުންނާ ގުޅިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ާެވަރަށް ވިސްނޭ

    މީސްތަކުން އެއްވެފައި ތިބޭ ތަންތާނގައި ނުބައި ކަންތައްތަކަށް ހިއްވަރުދީ މާނަ އޮޅޭ ގޮތަށް ވާހަކަތައް ދެއްކުމަކީ އެއްގޮތަކައްވެސް ރަނގަޅު ކަމެއް ނޫން....

    44
    1
    • ކާސިމް

      މި ނަޝީދަށް ނޭނގޭ އެއްޗަކީ، މުސްލިމުންގެ ހަތިޔާރަކީ ދީންކަން. ސިޔާސަތު އަންނަންޖެހޭނީ އިސްލާމްދީނުގެ ތެރެއިން. އެވަތްކެއް ނުކުރެވޭނެ.

      17
  2. ބެއްޔާ

    ބުނެވުނުއެތި އަދިކިރިޔާ ފަހުމްވީ. ތަރުޖަމާނެއް ނެތީބާ؟؟ ތިހެންތިބުނީވެސް ބޯމަތީގަ އިންތިޚާބުއޮތީމަ. އެހެންނޫންނަމަ ގޮތްދޫނުކުރާނެ. އަސްލު ބޭނުންވާގޮތަކީވެސް ކޮންމެ ރަށަކުންވެސް ބަނގުރާ ލިބެންހުރުން. މިފަހަރު އިރާދަކުރެއްވިޔާ ބޮޑުތަނުން ބަލިކުރާނަށް. މަޖްލިހާ 100 ފޫޓަށް ކައިރި ނުކުރާނަން.

    53
    3
    • ބެއްޔެގެ ބެއްޔާ

      ބެއްޔާ މެން ރާ ޙަރާމް ނަމަ ނުބޮޔެ ނުވިއްކާތިބެ ބަލާށެވެ. ބެއޔާމެން ރާވިއްކާފާ ރާބޮއެގެން ރާ ދޭމީހުން އަތުން އަދި ފައިސާކޮޅެއް ވެސް ހޯދައިގެން މިކުރާމަސައްކަތަކީ އެހެން މީހުނ ބަދުނާމް ކޮށް ރައްޔަތުނ ގުނބޯ ހެއްދޭތޯ ބެލުމެވެ. އެއކަލަ މާލެ ތެރެއަށް ރާފުޅި ތައް އުކަމުން ދުއްވި ކާރާއި އޭގައި ތިބި މީހުން ކޮބައިތޯއެވެ؟ ފުލުހުން އޭގެފަހަތުން ރާފުޅި ތައް ހޮވަމުން ދުވަނިކޮށް ކާރު ރައްކާވެއްޖެ ެވެ. ފުލުހުންނަކށް އެންމެ ކުޑަމިނުން ކާރ ގެ ނަމްބަރ ވެސް ނޭނގުނެވެ.

      9
      17
  3. ހަތިޔާރު

    ޔޫ އާރ ފޫލިންގ ނޯވަން! ރާ ވިއްކައިގެން ފައިދާލިބޭނެ ވަހަކަބުނީ ނަޝީދު. ނަޝީދުވިޔަސް އެހެން ޕާޓީގެ މެމްބަރަކުވިޔަސް، ދީނާދެކޮޅު ކަންކަމަށް ހިތްވަރުދޭހެން ވަހަކަ ދައްކައިގެން ނުވާނެ. އިޓްސް ނޮޓް އެލައުޑް އިން އިސްލާމް. ސިމްޕްލް އޭޒ ދެޓް!

    45
    4
    • Anonymous

      ނަޝީދޫ، ކޮންމެ މުސްލިމެއްގެވެސް ހަތިޔާރަކީ އިސްލާމް ދީން. ދީނުގެ ކުރިއަށް އަމައެއް ބަފައެއް ދަރިއެއްވެސް ނާންނާނެ. ދެން ކޮން ސިޔާސީ އެއް ކިޔާކަށް.

      12
  4. ސައްތާރު

    ކަލޭތީ ދުލުންބޭރުކުރެވޭ އެއްޗެހިނޭގޭހާ ގަމާރުމީހެއް، ކޮންމެ އެއްޗެއްބުނަފަވެސް އެއްބަހެއްނުވާ ބޮޑުވަގެއްތީ، ކަލެޔާދިމާލައް އެއްކޭބުނެގެން ހިންހަމަނުޖެހޭ ގަމާރުން ހަމަތިބެންޖެހޭނީ އިންޒާރުދީދީ ހޭބަލިވެފަ ކުރެވޭނެ އެއްކަމެއްވެސްނޮއޮންނާނެ!

    127
    3
  5. ރައްޔިތު

    ކިޔުނު އެއްޗެއް ދެބަންދިހާރައަށް ރޭކާލީ މީހުންތައް ކެކިގަތީމަދޯ..! މިއީ ގައުމަށް ޖެހިފަ ހުރީ ކެންސަރެއް ފަދަ ވަބާއެއް ހުވާ..!

    34
    4
    • Anonymous

      ދަރިއާ އެނުބައި އާދަމުގެ ދަރިއާ އެކުރާ ކަމަކީ، އައިޑިޔަރ އެއް ފްލޯޓް ކޮށްލަނީ. ދިވެހިންގެ ރިއެކްޝަން ޗެކްކޮށްލަނީ. މިލާދީނީ ބައިގަނޑުގެ ގޮވެލިފައްޗަކީ، އިސްލާމް ދީން އޮންނަންވާނީ މަތާރަން ފިލާމަތީގައޭ. ދުނިޔޭގަ އަހަރެމެން ކުރާ ހުރިހާ ކަމެެއްވެސް ކުރަންވާނީ ހަވާ ނަފުސު އެދޭ ގޮތަކަށޭ ކިޔާ މުސްލިމުން ވާވެއްދުން. މި ނުބައި ބައިގަނޑަށް ނޭނގޭ ނުވަތަ އެނގުނަސް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަކީ، މުސްލިމުންގެ ހަތިޔާރަކީ އިސްލާމް ދީންކަން.

      10
  6. ވަގުތަށް ހަމަ ސާބަސް

    ދެން ހަދާނީ މާމޮޅުއެއްޗެ. މިއަޑު ކަޑުވާލަން ސުރުހީހަދާނެ ވައްކަމާ އަނިޔާގެ ވާހަކައިން މިސަރުކާރު ހިމާޔަތްކޮއްދޭ ނޫސްވެރިން ނޫސްތަކުން. ބަލަންތިބޭ. ރާއްޖޭގެ މަޝްހޫރު އޮންލައިން ކިތައްނޫސް އެބައޮތް ހުރިހާ ނޫސްތަކުތެރޭން މިވާހަކަ ރައްޔިތުންނާ ހަމަޔަށް ގެނެސްދިނީ ކިތައްނޫހުން؟މީނަ ބަގުރާވިއްކަން ހުއްދަނުދެމޭ ބުނީމަ އެހެންލިޔެލަން ކެރިއްޖެ މިބުނި ނޫސްވެރިންނަ. މިމީހުންގެ ލަދުކޮބާ ގައުމޭ މުންޖޭ ކިޔަން. ވައްކަމާ ކޮރަޕްޝަނާ ރިޝްވަތާ އަނިޔާއާ ފަސާދައާ މިހުރިހާ ކަމެ މިސަރުކާރުގަ ނުހިގާތަ މިވީ ދުވަސްކޮޅު.މަތިއޮމާންކުރަން ކިތައްމެވަރަކަށް ހިލަކަރުދާސް އުގުޅިޔަސް ސޯލިހު އޮފެ ނުކުރެވޭނެ. އޭނައަކީ އިލްޔާސާ އަނާރާ ބުނިފަދަ ރަސޫލާ ދުއާދެއްވިފަދަ ވެރިއެއްނަމަ މިހުރިހާކަމެއްގަ ޒީރޯ ޓޮލެރެންސްގަ ނުހުންނާނެ. އެއްގޮތަކީ އިސްލާމްދީނާ ހިލާފު ވާހަކަ ދައްކާމީހުންނާ ދެކޮޅަށް ތެދުވެ މިމީހުން ހުއްޓުވާނެ. އަނެއްގޮތަކީ އިސްތިއުފާދީފަ ﷲގެދީން މަތިވެރި ކުރުމަޓަކާ އިހުލާސްތެތިކަމާއެކު އެއްފަރާތްވާނެ އޭރުން ރައްޔިތުން ދީނަށް ފުރައްސާރަ ނުކުރާނެ ވެރިޔަކު އައްޔަންކޮއްފާނެ. މިއީ އިބުރާހީމު އަޑީގަހުރެގެން ނަޝީދާ އޭނަގެ އައުވާނުން ރައްޔިތުނަކުރާ ފުރައްސާރައެއް. އެހެނީ އިހަކައްރޭ އިބުރާހިމު ބުނީ ތިމަންނާގެ ޕާޓީ މޑޕ އަށް ތާއިދުކުރާކަމަށް މޑޕގެ މެނިފެސްޓޯ ތަންފީޒުކުރަން މަޖުލިސްބޭނުންކަމަށް.

    22
    2
  7. ނަންރީތި

    ކާކަށް ތިއޮޅުވާލަނީ. އެހެރީ ވީޑިއޯ ފެންނަށް. ތީ މިގައުމު ހަލާކުކުރަން ފާވެފަ ހުރިމީހެއް. އަވަހަށް ރައްކާވޭ.

    32
    2
  8. ދީނީމީހުން ހުއްޓުވާ

    ކޮންމެވެސްބަޔަކު އުޅެނީ ނަޝީދުއާ ޖައްސާލައިގެން، އެމަނިކުފާނު ހަމާގަހުރެގެން އެކަހަލަ ވާހަކައެއް ހަމަޔަގީނުންވެސް ނުދައްކަވާނެ، އަޅުގަނޑަށް އިގޭތީ މިދައްނަވަނީ އެމަނިކުފާނަކީ ރާއްޖޭގަ އުޅޭއިރު އެއްގޮތަކަށްވެސް ރަލާކާރިވާނެބޭފުޅެއްނޫން، އެހެނެއްނޫން ބޭރުގައުޅުއްވާއިރު ދޭތެރެ ދޭތެރޭން ހިއްޕެވުމަކީ މިއުޅޭދީނީ ބޭފުޅުންނާ ބެހެވޭނެ ކަމެއްނޫނެއްނު؟

    5
    29
  9. Anonymous

    ކަލެއަކީ އެތެރެފުއް ވަރަށް ނުބައި ބޭރުފުށުން ދަތްޕިލާގެ ސޭލްއަޅުވައިގެން ވަރަށް ރަނގަޅުކަމަށް ހެދިގެން އުޅޭ ޖާހިލެއް، ދީން ހަތިޔާރޭ ކިޔާނެކަމެއްނެތް، ކަލޭގެހުރި ޖާހިލުކަމުން ގަސްތުގަ ދެއްކިވާހަކައެއް، ﷲޙަރާމް ކުރައްވާފައިވާ އެއްޗެއް ވިއްކައިގެން މުއްސަދިކަން ހޯދާވާހަކަ ދެއްކީ ޖާހިލުކަމުން، މީނަގެ ސަޕޯޓަރުން މީނަ ހުދުކާފޫރުކޮޅަކަށް ހަދަން ވަރަށް މަސައްކަތް ކުރަމުން އެބަގެންދޭ، ޖާހިލުން ގިނަވުމަކީ ދުނިޔެ ޤިޔާމަތްވުމުގެ ޢަލާމާތެއް.

    27
    1
  10. އައަނީ

    ގަންޖާބޯ އެއްމެވޯޓެއްވެސްނުދޭނަނަ ؟
    މަގޭއާއިލާގަވެސްއެބަތިބިވިހިމީހުންއޭގެން
    އެއްވެސްމީހަކައްވެސްނުކެރޭނެ
    އެއްމެވޯޓެއްވެސްދޭކައްނުކެރޭނެ؟
    މަހީކުރީމިގޮލާވަރައްރަގަޅުވާނެކަމައް؟
    މިހާރުއިގިއްޖެމިހިރީހަމަ ފިރުއައުނުކަމް

    25
    1
  11. އަބޫ އަމް

    ކަލޯ، އިޔާޟް. ޙީވޭ ކަމެންހެން!! މިއުއްމަތުގެ އަބޫ ޖަހުލު ތިކުޅެނީ!! ކަލޭ ޔާމީނަށް ކިތަންމެ ނުރުހުނަސް ޔާމީން އިސްލާމް ދީނާއި، އަމިއްލަ ގައުމް ވިއްކާ ނުލާނެ! ކަލޭ ބަލާތި!! އެމް ޑީ ޕީ އަށް މިއިންތިޚާބު ކާމިޔާބު ވެއްޖޮއްޔާ ދިވެހި ރާއްޖޭގައި އެހެން ދީން ތަކަށް ފުރުސަތު ދޭނެ!! ޢެއްޖިންސް ހުއްދަވާނެ! ރަގަޅެއް ނު . ބޭނުންވާގޮތް ވީނު.

    25
  12. ވެރިން

    އަހަރުމެންނަށް އިންގޭ އޭރުވެސް ފަހުންކަލޭބުނާނީ ތިހެންކަން،ފެވުރުވަރީގަ އިސްތިއުފާ ދީފަވެސް ފަހުން ބުނީ އިސްތިއުފާ އެއް ނުދެމޭ.އެހެންނޫން ވާނީ އެކަހަލުގެ ވާހަކަ ދައްކާ އިރު ހުންނަނީ ހިންދުކޮޅުގަ ވިއްޔާ،ހިނދުކޮޅު ފިލީމަ އެހެންމީހުން ކިޔާގަތީމަ މިއިންގެނީ ބުނެވުނީ ކީކޭކިން.ގަމާރު މީހާ

    22
    1
  13. ފިރުޓޭ

    އަހަރެމެން ފޮނުވާ ކޮމެންޓް ކަލޭމެން ނުޖަހާނަމަ، ވަގުތޫ، ކަލޭމެންނަށް މާކަ މޮޅެއް ނުލިބޭނެ. ވަގުތު ނޫން ގޮތެއް އަހަރެމެން ހޯދާނަން. އަންނިއަކީ ރާއްޖެއަށް ރަންނަމާރި އެރިފަހުން އައި އެންމެ އަގުހުރި ވެރިޔާ. އެފަދަ ދެވަނައެއް ނެތް. ނުވެސް އަންނާނެ.

    1
    25
  14. ސޮންދާލި

    މީ ހަމަ ޖަލުގެ ތޭރިތަކުގެތެރޭ ބަންދުގައި ބަހައްޓަންޖެހޭ ޖާހިލެއް

    27
    1
  15. މީހާ

    ތިކަމައް ދެން އަހަރުމެން ބުނާނީ ކީކޭ. އެއޮތީ ބުނެވުނު އެތިވެސްފެންނަން. ދެން ބާރަށް އަތް ޖެހީމަ ސަޅިވާނެ

    22
    1
  16. ޚުރުސް

    އޭނާ އެކަމެއް ނުކުރާނަމޭ ބުނާ ކޮށްމެ ކަމަކީ މިހާތަނަށް އެކަމެއް ކޮށްފައި ނުވަތަ ކުރާނެކަމެއް.

    23
    1
  17. ......

    އޮޅުވާލަން ނޫޅޭ...މުޅި ވާހަކައަށް ވިސްނާލީމަ ނެގޭ މާނަ އަކީ ގެސްޓް ހައުސްތަކުގަ ރާ ވިއްކީމަ ފައިދާ ބޮޑުވާނެކަން....
    އަނެއްކޮޅުން ނަޝީދު ބުންޏަސް އެއީ ތެދެއް...ބަޔަކު ސިޔާސީ ހަތިޔާރަކަށް ދީން ނަގާ....އަދި އޭގެ މީހުން ތިބީ ރާ ވިއްކާ މީހުންނާ މި ގައުމުން އިސްލާމް ދީނުގެ ބާރު ފުހެލަން އުޅޭ މީސްމީހުންގެ ފަހަތުގަ....އޭގެ ތެރެއިން އެކަކު ނަޝީދަކީވެސް، އިޔާޒަކީވެސް....
    ޑިމޮކުރަސީ އަކީ އެފަދަ ނިޒާމް ތަކުން ބަރީޢަ ވުމަށް އިސްލާމް ދީނުގަ އަންގަވާފައިވާ ފަދަ ކުފުރު ނިޒާމެއް....

    17
    1
  18. ގޖޖޖޖ

    މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް މަސައްކަތް ކުރި މީހާ މިހާރު އެ މުނާފިޤުކަން ދާއްކަނީ. މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ އިސްލާމް ދީން، ދީނާ ސިޔާސަތު ވަކިކުރާނީ ލާދީނީ މީހުން.

    17
    1
  19. އެލެކްސް

    އަންނިގެ ރަސްމީ ގޮވެލި. ދީނާ ށިޔާސަތާއި. ބަލަގަ ލާދީނީ ލާ ގައުމީ ވާހަކަ ދައްކަންޏާ މީހުން އެއްޗެހި ބުނާނެ

    21
    1
  20. ގަނބޭ ލަތީފު

    ކަލޭ ކޮންމެ ފަހަރަކު ދީނަށް ފުރައްސާރަކޮށް ހިތުހުރިގޮތަކަށް ވާހަކަ ދައްކަދައްކައިފަ ސިޔާސީ ކަމަކަށްއެކަންހަދަނީ ދޮ؟ ކަލޭތިޖަހާ ރޮކެޓް ނޭނގޭ މީހަކު ނެތެ. ކީރިތި ﷲ މިފަދަ ފަސާދަވެރި މުނާފިގުން މިބިން މަތީގައި ނިކަމެތި ކުރައްވާނދޭ! އަދި މިފަދަ މީހުން މިބިންމަތިން އަވަސްގޮތަކަށް ނެތިކުރައްވާނދޭ!

    28
  21. Anonymous

    ބަލަ ގަމާރާ، ކަލޭ އިސްލާމްދީން ނުދަންނާތީއާއި، ކަލެއަށް އިސްލާމް ދީނަކީ އެއްވެސް އެއްޗަކަށް ނުވިއަސް. މުސްލިމުންގެ ހަތިޔާރަކީ ދީން. އެދީނުގައި ކަންކަން އޮތީ ކޮންގޮތަކަށްތޯ ބަލާފަ ނޫނީ މުސްލިމުން އެއްވެސް ކަމެއް ނުކުރާނެ. ދީނަށްވުރެ ކުރިއަށް އެއްވެސް އެއްޗެއް ނުގެނެވޭ. އެއީ މުސްލިމުންގެ އަގީދާ އަދި ހަތިޔާރު.

  22. ދުނިޔެ

    މި ލާދީނީ ކަލޭގެ މިގަންނަ ސަކަރާތަކީ، މިމުޖުތަމަޢުގައި މިކަންކަން ދިފާއު ކުރާނެ ހިތްވަރު ހުރި މީހުން ތިބިތޯ ބަލަނީ. މިހާރު މިތިބަ ގިނަ ދިވެހިންގެ ގޮތަކީ، ހަނު ހުރުން. ދިފާއުގައި އަދި އެއްކޮޅަށްވެސް ބަސް ނުކުޔާ. ބަސް ނުކީމަ އޭގެން އެނގޭ މާނައަކީ، ދެކޮޅު ނުހަދާނެ ކަން. ނަޝީދު މިކުރިކަމަކީ، މިހާރު ދިވެހިންގެ ތެރޭގައި ދީނުގެ ކަންކަން އޮތް މިންވަރު ޗެކްކޮށްލުމަށް "ވަކަރަށް ޖަހާލީ"

  23. Anonymous

    މުސްލިމުންގެ ހަތިޔާރަކީ ދީން.

  24. ބާޒީ

    ދީނަށްވުރެ ކުރިއަށް މައެއް ބަފައެއްވެސް ނާންނާނެ. އެންމެ ފުރަތަމަ ދީން. ސިޔާސީ ކިޔާފަ ކަލޭމެން އަހަރެމެންގެ ފުރާނައާއި މަސްގަނޑު ވަކިކުރެވޭނެކަމަށް ހީކުރާނަމަ އެއީ ގޯތެއް. މުސްލިމެއްގެ ހިތުން ދީނަށްވުރެ އިސް އެކައްޗެއްވެސް ނޯންނާނެ. އަބަދުވެސް ދީން. ކޮން ސިޔާސީއެއް. ސިޔާސީގެ މާނަކީ ގައުމުގެ ހަޒާނާއާ ހަވާލުވުން. އެއާ ހަވާލުވާ މީހަކީ އަމާނާތްތެރި މުސްލިމަކަށް ވާންޖެހޭނީ. ކަލޭމެން ތިއީ މުސްލިމުންނަށް ނިކަމެތިކަން ލިބޭނެ ހުރިހާގޮތެއް ރޭވުމުން އެތަންފީޒު ކުރުމަށް ނުކުމެތިބި ޝައިޠާނުންގެ އައުވާނުން.

  25. ތާރީޙު ދިވެހި ރާއްޖެ.

    "އިބޫ" އަކީވެސް ހަމަ މި އަންނި ކަހަލަ މީހެއް! އަނގައިން ނުބުނެ ހުރެގެން އެކަން ދޮންމީހުން އެދޭ ގޮތަށް އެ ހިނގާ ކުރިޔަށް ގެންދަނީ.!!!

  26. ރިހާބް

    މީނައަކީ ސޫލާސަރާބު ހިއްޕަވާ ބޭކަލެއް ކަން ވަނީ މީނަ ވެރިަކމުގައި އިންޑިއާ ކުރި ދަތުރުގައި އިންޑިއާ ގެ ނޫސްވެރި އަކު އާއްމުކޮއްފައި