ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ތާއީދާއެކު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ނަހުލާ މިހެން ވިދާޅުވެފައިވަނީ ހުޅުމާލޭގައި މިރޭ ބޭއްވި އިވެންޓެއްގައި "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާނެ ކަމަށް ނަހުލާ ވިދާޅުވިއިރު އެކަމަނާގެ ފިރިކަލުން ގާސިމް ވަނީ އެމަނިކުފާނާއި ޖޭޕީން ތާއިދު ކުރާ ޔާމީންގެ 32 ކެންޑިޑޭޓުންގެ ލިސްޓެއް އާއްމު ކުރައްވާފައެވެ.

ނަހުލާ ވިދާޅުވީ ޔާމީންގެ ވެރިކަން ނިންމީ ރައްޔިތުންނަށް އަމާން އޮމާން މިނިވަން މާހައުލެއްގައި ނޭވާލައިގެން ދިރިއުޅޭނެ ވެރިކަމެއް ގާއިމް ކުރަން ކަމަށެވެ.

"ކެމްޕެއިނުގައި ބުރަ މަސައްކަތްކޮށް ރައްޔިތުން ކިބައިން ސަލާން ޖެހީ ޔާމީންގެ ވެރިކަން ނިންމައި ރައްޔިތުންނަށް އަމާން އޮމާން މިނިވަން މާހައުލެއްގައި ނޭވާލައިގެން ދިރިއުޅޭނެ ވެރިކަމެއް ގާއިމް ކުރަން." މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ އޭނާއަކީ ރައްޔިތުންގެ ހިދުމަތުގައި ހުރި ރައްޔިތުންގެ ހާދިމެއް ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓްގެ ވަޒީރެއް ކަމަށެވެ. "ވައުދާ އެއްގޮތަށް ދެމި ހުންނާނީ ރައީސް ސޯލިހަށް އިހުލާސްތެރިއެއްގެ ގޮތުގައި ވެރިކަން ދެމެހެއްޓުމަށް" ނަހުލާ ވިދާޅުވި އެވެ.

ނަހުލާގެ ތާއީދު ޔާމީނަށް ނެތްކަން އިއުލާން ކުރެއްވިއިރު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ޖޭޕީގެ 38 ކެންޑިޑޭޓަކަށް ޔާމީންގެ ތާއިދު އޮތްކަން އިއުލާން ކޮށްފައެވެ.

ނަހުލާ މިރޭ ދެއްކެވި ވާހަކަފުޅުގެ ސަބަބުން އެކަމަނާ އަށް ބައެއް މީހުން ގެންދަނީ މީސް މީޑިއާގައި ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

65 ކޮމެންޓް

  1. ްްއިއްޔަ

    ކަމަނާ މަގާމް ގެއްލިދާނެ ބާރަށް ހިފަހައްޓާ.މުއްސަދި ވާން އޮތް ހަމަ އެކަނިގޮތަކީ ރާ ވިއްކުން ވީމަ ދެން ރާ ގިނަވޭ.

    156
    18
    • ނަހޫ

      ހޫން މަނޫޅެން ގާސިމް ވަރެއް ނެތިގެން.މިހާރު ބޭނުންވި ކަންތައް ހާސިލް ވެއްޖެ.

      115
      7
  2. އހ

    ދެން އެއްކޮށްއާދޭ އަންނި ކައިރިއަށް..

    118
    12
    • ކުއްޅަވައްފަލު ރަނި

      ހިތުން މޮޅުމީހެއްކަން ދައްކަން ޔާމީނަށް މާފުނުރާނަމޭ ތާއިދެނުކުރަމޭކިޔަނީ. ބަލަ މީނައަށްނޭގުނޭ ތިމަންނަގެ ފިރިމީހާގެ އަގުވައްޓާލެވުނީކަމެމީ. މީގެން މިސާބިތުކޮއްދެނީ ގާސިމަކީ އެކަކަށްވެސް ވަފާތެރިނުވާނެ މީހެކަމާ ވައުދާ އަހުދު އުވާލާމީހެއްކަމާ ދުލުގެ ތެދުވެރިކަމެނެތް ދެފުއްކެހެރި މީހެއްކަން. ދުނިޔެ މިއަންހެނާއަށް މަލާމާތްކުރާނެ ފިރިމީހާގެ އަގެ މީނަގެކުރިމަތީގަ ނެތްވަރުފެނިފަ. ޖޕގެ ވަޒީރުންނާ ގާސިމުގެ އަނބިމީހާ ގާސިމުގެބަސް އެއީ އެއްޗެނޫންކަން މިދައްކަނީ ގާސިމަށްވުރެ މިމީހުންގެ ބާރުގަދަކަން ދައްކަން. ގާސިމު ސިޔާސީހަޔާތުން ކުރިއެރުމެނުލިބުނުތަނުގަ ދިރިއުޅުން ބީވިޔަނުދީ ހިފެހެއްޓޭތޯއުޅެގަ. ސޯލިހު މީނައަށް ހިންޓެދިނީތަ. ގާސިމާ ދެކޮޅުވަނީ.

      20
      4
  3. ހާރޫނު

    ޢައިޝަތު ނަހުލާ! ވަޒީރުކަން ދިފާޢުކުރައްވަން ކިތަންމެ އުޅުއްވިޔަސް 1 ޖޫންގެ ފަހުން ވަޒީރުކަން ގެއްލޭނެ. ވަރަށް ވާހަކަ.

    138
    15
    • ކަޅު ސޮރު

      އެހެންތަ! ތިބޭފުޅާ ދެއްވި އެއްޗެއް ތޯ މަޤާމަކީ؟

      8
      21
  4. ޢައިސަ

    މިކަމަނާގެ ތާއީދު އެއީ މާމުހިއްމު އެއްޗެއްތަ

    114
    11
  5. ޒޫމް

    ކަމަނާ ތާއީދު ކުރަނީ ކިބުލަ އަށް އޭރަށް ފިރިކަލުން ނަށް ގިނައިން ރާވިއްކޭނީ އަދި އޭރުން މިނިސްޓަރު ނަހުލާ މިހެން ކިޔޭނީ

    109
    11
  6. މައުސޫމު

    ނަހުލާ ފިރިމީހާގެ އަމުރަށްވެސް ތަބާ ނުވަނީތަ! ނަހުލާ ތިހާ ހަރުކަށިނުވޭ! ގާސިމުބޭ ކިހާ ހިއްތިރިތަ!

    117
    15
  7. ޙަމޯން98

    އަންނި ކައިރިއަށް ދޭ އެތަކުދީމާ ރަނގަޅައް އަޅާދޭނެ މިބުނީ ބޮޑި

    90
    8
  8. ރަކޫޓަންޖިންނި

    ކޮޔަށްވެސް ދެވޭނީ އެންމެވޯޓެއް. އެހެންވީމާ ކޮއި ތާއީދު ނުކުރިއަސް ސަރަމެއްވެސް ހިޔެއްނުވޭ. ގާސިމްކައިރިން ވަރިވާން ކޯޓަށް ހުށަހެޅިމައްސަލާގެ ލިޔުންތައް މީޑިޔާއިން ފެނުމުން ކޮއިގެ ވަނަވަރާ ގޮތާފޮތް އެނގިއްޖެ. މިކޮމެންޓް ޖަހާލައްޗޭ.

    101
    9
    • ޡަމީނާ

      ބޯހަލާކު ވާވަރުގެ ކަމެއްމީ.ކަލެއަށް ހީވަނީ ނަހުލާ އުކަނި ކަމށްތަ މިރާއްޖެއިން ވަރިވާން ކޯޓަށް ފޯމްލީ.

      9
      28
  9. ބޮލި މުލައް

    ގާސިމު ތާއީދުކޮށްފި ނުކެރޭނެ ގާސިމުކައިރިން ވަރިވާކަށް. މަގާމު ގެއްލޭނެ

    92
    8
    • ޜާއްޖެ އިސްލާމް

      ކަމަނާ ތިޔައީ ސިޔާސީ ގޮތުން އަދި ކިރުތުބުން ނުނެއްޓިހުރި ކަމަނާއެއް ރައްޔިތުންނާ ސުވާލުކޮއްލާ ޖޭޕީގެ ތާއީދު ޕީޕީއެމްއަށް ތޯ ބޭނުންވާނީ ނުވަތަ ޕީޕީއެމްގެ ތާއީދު ޖޭޕީއަށްތޯ ބޭނުންވާނީ.

      ޖޭޕީ އަމިއްލައަށް ނުކުމެބަލަ ޕީޕީއެމްގެ ތާއީދު ބޭނުމެއްނޫނޭ ބުނެފަ

      ޤާސިމްގެ ގޮޑިފިޔަވާ އެއްވެސް ގޮޑިއެއް ކާމިޔާބު ނުކުރެވޭނެކަން އެއީ ޔަގީންކަމެއް .

      ކުރިންވެސް ޖޭޕީ ވަނީ އެތަޖުރިބާ ކޮއްފަ. މިހާރު ޖޭޕީގަ އެތިބަ މެމްބަރުންވެސް އެއީ ޕީޕީއެމްގެ ތާއީދާއެކު ނުކުމެހޯދި ގޮނޑި.

      އެމްޑީޕީގެ މަގްސަދަކީ ކަމަނާ މެދުވެރިކޮއް ޤާސިމްއަށް ޕްރެޝަރ ކުރުން.
      ޤަސިމްއަށް އެނގޭ ޖޭޕީގެ ސިޔާސީ ކުރިމަގު ގުޅިފަވަވަނީ މަޖިލިސް އިންތިހާބުން ލިބޭ ނަތީޖާއަކަށް ކަން.
      ޤާސިމްގެ ނިންމުން ބަދަލު ނުކުރާނެކަން އެއީ ވަރައްޔަގީން ވާކަމެއް މިސަބަބައްޓަކާ.

      39
      2
  10. ވިސްނޭ

    އައިޝާ ވެސް އަދި ވިސްނޭނެ. އަންނިމެން މަޖްލިސް މެޖޯރިޓީ ލިބިގެން ހަޑި ހާވަންފެށީމާ...

    95
    11
  11. ހައްގުބަސް

    ކުޅުދުއްފުށީ ބަހާދަރު ބޯޓަށް ރަން ކީ ހަނދާން ނެތުނީތަ؟

    39
    5
  12. ސަންތިމަރިޔަބު

    އެކަކަށްވެސް ހަލާކު ނުކޮށްލެވުނު ބުރުމާ މިފަހަރު އައިޝާ ބުރުމާ ފަކީރުގެ ކަށި ބިންދާލާފަ ދޫކުރާނީ. #ނޯޓީ އައިޝާ #ސޭޓު ވިސްނާ

    35
    3
  13. Anonymous

    ތީފިސާރި ކެރޭ ކަބަލެއް . މަގޭތާއީދުކަމަނާއަށް.

    6
    41
  14. ޙާލިދު

    ވަރަށް މިނިވަން ކަމާއެކު ނޭވާލަމުންދާތަން އެބަފެނެޔޭ. ލަދުޔަހާތް ކޮބާ؟

    39
    4
  15. އަނގައައްޕަޗި

    ކަލޭ މިހުރިހާދުވަހު ހިމޭނުން އެއްޗެނުބުނެ ތިހުރީ ޕޕމގެ ކެންޑިޑޭޓުން އަތުން ޓިކެޓްއަތުލާ ޕޕމގެ ތާއީދު ޖޕއަށް ދީފިކަން އިއުލާނުކޮށް ޕޕމގެ ވަފާތެރިން މާޔޫސްވީފަހުން މީނަގެ ފިރިމީހާގެ ބަހާދެކޮޅުކަން މީނަ މިބުނަނީ. ދެން ބަލަމާ ކަލެއަށް ތިމަގާމުގަ ދެމިހުރެވެނީ ކިހާދުވަހަކައްތޯ؟މިރެއިން ފެށިގެން ރޔާމީނަށް ޕޕމ އަށް ތާއިދުކުރާ އެކަކުވެސް ޖޕގެ އެއްވެސްމީހަކަށް ތާއިދުކުރަން ވޯޓުނުދޭން. އިހައްރޭ ތިމަރަފުށީ މުސްތަފާގެ ޖަގަހަ ހުޅުވަންގޮސް ނަޝީދު ގޮވިއެއްޗެހި އަޑުނީވޭދޯ؟މޑޕގެ ނޫނީ ރައީސް ސޯލިހުގެ އިހުލާސްތެރިކަމެ ގާސިމާމެދު ހުރިނަ ކީއްވާނީ މާމިގިލިދާއިރާގެ ގޮނޑި ގާސިމަށް ދޫނުކުރީ. ކަލޭ ފިނިކަޑާނެކަމެނެތް ގާސިމަށް މައުމޫނަށް އިމުރާނަށް އިބޫއަށް ގުޑައެނުލެވޭނެ މިސަރުކާރާ ދެކޮޅަށް އެއަށްވުރެ ބޮޑުކޮށްތިތިބީ ރިޝްވަތުގެ ފައިސާގަޖެހި ހުރިހާހެއްކެ އިންޑިޔާއަތުގަހުރީ ގުޑާލަން ކުޑަކޮށް ތެޅުނަސް ވިޔަފާރި ފުޑޭނެ. ޖާބިރު އެގޮވަނީ އެވާހަކަ. މިތިބީބަލަން ގާސިމަށް މަޖުލިހުގެ ރައީސްކަން 2019ގަ ލިބޭގޮތް.

    26
    3
  16. Anonymous

    ތިހާރަގަޅު މީހެއް މަ ނުދެކެން.

    7
    17
  17. ތޯމަރާ

    ހެލްމެޓް ވަޒީރު މާބޮޑާހާކަނީ ކީއްވެ އާކޮންމެ އެއްޗަކީ ބާވާނެއެއްޗެއް ދިރޭކޮންމެއެއްޗަކީ މަރުވާނެއެެްޗެ ތިމަގާމު ދެއްވި ފަރާތުން ތިކަން ނިގުޅާއި ގަންނަ ކުޅަދުންވަންތަ މާތް ރަސްކަލާނގެ

    33
    2
  18. Anonymous

    އަހަރެމެންނައް ޔާމިން ކިހާ އަނިޔާއެއްކުރި އަހަރެން ފަދައިން ކަމަނާވެސް ހަދާން އެބަހުރި. ތީހަމަ އެމް ޑީ ޕީ ގެ ލޭހުރި ދަރިއެއް. މާތްﷲ ކަމަނާއައް ހެޔޮރަހުމަތް ލައްވާށި. އާމީން

    3
    38
  19. ހެލޯ ޔެލޯ

    ބީވެ ނުދަނީސް ގާސިމް ވެއްޖެ އައިޝާ ކަރުގަ ފަށެއް އައްސަން . ވަގުތު ފާއިތު ވުމުގު ކުރިން. #the goat

    26
    4
  20. Anonymous

    މިނިސްޓަރ ލޭޑީ، ކަލޭ ދުވަހަކު ރ.ޔާމީނަށް ލސަޕޯޓު ނުކުރިއަސަ އޯކޭ، އެމަނިކުފާނުގެ ސަޕޯޓަރުންގެ ހިތުގެއަޑިން އެމަނިކުފާނަށް ދީފައިވާ ލޯއްބާއި ތާއީދު ކުޑަމިންވަރެއްވެސް ގެއްލިގެންނުދޭ، ކަލޭ އުޅެނީ އަމިއްލައަށް ފެނިގެންއުޅޭ މީހެއްކަން މިހާރު ޕަބްލިކަށްވަނީ އެނގިފައި، ޖުއްބާ ހެދުމާއި ބޮޑުބުރުގާ އަޅައިގެންއުޅުނީ އިސްލާމްދީންވެރިވެގެން ނޫންކަންވެސް ފާޅުވެއްޖެ، ކަލޭ ފަހަކަށްއައިސް ރަސްމިއްޔާތަކަށް ދާއިރު ގަޔަށް ފިއްތާފައިވާ ދިގުހެދުންލާފަ އެހެދުމުގެ ކަރުވަޅު ދައްކައިގެން ބުރުގާ އަޅަނީ އަދި ގައުމުން ބޭރުގަވިއްޔާ ވައްހާބީ ފިރިހެނުން ބޮލުގަ އޮޅާގޮތަށް ހަމައެކަނި އިސްތަށިގަނޑުގައި ފޮތިކޮޅެއް އޮޅާއިގެން އުޅެނީ، މިވަރުން ދަންޏާ ދެން މީސްމީޑިއާއަށް އަރާނީ ކަލޭގެ އޮރިޔާން، ލަދުޙަޔާތްކޮބާ؟؟

    34
    3
    • މަރީ

      މޫނު ބުރުގާ އަޅައިގެންވެސް އުޅުނު

      14
      2
  21. ފިލާވަޅުވަޤުތު

    މިވަރުގެ ހެޔޮލަފާ ހަބަރެއް މިދިޔަ 40 އަހަރުގެތެރޭގަވެސް ނާހަން

    11
    20
  22. ނޫސްކިޔާމީހާ

    މިކަމަނާގެ ގެ ކިބައިން ޤާސިމް އަށް ހިތްދަތި ގޮތެއް ވެދާނެ ހެން މިހާރު އެބަހީވެ. ޢަމަލުފުޅު ބަސްމަގު އަދި އެޕިއަރެންސުން މިފަދަ ކަމެެއްގެ ކޮޅުމަތި ފެނޭ.

    33
    2
  23. އެލެކްސް

    ކަމަނާ އެކަކަށްވެސް ތާއީދެއް ކުރާނެ ކަމެއްނެތް. ބަލާ މަހުޖަނަކު ހޯދާ އިނދެ ދަރިން ހެދޭތޯ

    31
    4
  24. ސޯކާބެ

    މެޖޯރިޓީ ލިބިއްޖެއްޔާ އިތުރު އެއްވެސް ޕާޓީއެއްގެ މީހަކު ސަރުކާރުގައެއް ނުބަހައްޓާނެ ކިތަންމެ ވަރަކަށް ވޯޓަށް ނުފޫޒް ފޯރުވަން އުޅުނަސް މިހާރުވެސް ރަށްޔަތުން ބިރުގަންނުވާލަގެން ވޯޓްހޯދަން މަސައްކައް އެބަކުރެއެއްނު ހެންވޭރު ދާއިރާގެ ކެންޑިޑެޓަކު ވިދާޅު ސަރުކާރު ކެންޑިޑޭޓަށޭ ވޯޓްދޭންވާނީ އެއީ އާސަންދަޔާ އެންސްޕާޔާ ބޯހިޔާވެހިކަމާ ދެވޭނީ ސަރުކާރުގެ ކެންޑިޑޭޓްއަށޭ ބިނާ އިރު ލަދުކޮބާތޯ ޙުދު ޕާތީވެސް ހިންގަނީ ނިކަމެތި ރަށްޔަތުމީހާއަތުންނަގާ ޖީއެސްޓީއިން ސަރުކާރުވެރިންނާއި މެމްބަރުންވެސް މުސާރަ ނަންގަވަނީ ހަމަޖީއެސްޓީއިން

    20
    1
    • މުހައްމަދު

      އަމައްޔާތް ދެންއަޅެ ކިހާދެރަކަމެއްތީކުރީ ހެލްމެޓް ކަމަނާ ތިއަޅާލީ ޔާމިނުގެ ރިޒުގުގަ ހެލްމެޓް އެހެން ކަންކުރީމަ ކިހާދެރައެއްވާނެ ހެހެ އަމްދަކުން ހެލްމެޓް ކަމަނަ ހީކުރަނީ ލައްކައެކޭދޯ ބުނަންތަ ތިކަހަލަ ހެލްމެޓް ކަމަނަޔަކު ކިތަންމެ ފުއްޕިޔަސް އަދި ހީނުވާނެ ކަހެރުވަކެކޭވެސް ތިޔަފަތަރާސިކަން ދައްކާނީ ދެއްކޭވަރުގެ މީހުނަށް ތިކަހަލަ ކިތަންމެ ހެލްމެޓްކަމަނައެއް ފެނި ގޮސްފި ވީމާ ހާހެއްނުވާނެ ދެން ބުނަންއޮތީ ލިބުނު އަނިޔާއެއްލިބުނީ ގާނޫނުގެ ތަރަހައިން ނަމަވެސް މިހާރު ޔާމިނަށް ދެމުންގެންދާ ތިޔަކުރާ އަނިޔާއަކީ ގާނޫނުން ބޭރުންކަން އެންމެންދަނޭ ހެހެހޭ

  25. ގޮދަޑިތެންމި

    ނަހުލާ އަކީ ދަރިންކޮޅެއް ލިބިފައި ހުރި ކުއްޖަކަސް އަދި ހަމަ ބައެއް ކަންކަމުގައި ޅަ ކުއްޖެއް. ސިޔާސީ ގޮތުން ކުފޫ ހަމަނުވާ ކުދިން ސިޔާސީ ވާހަކަ ނުދައްކާނެ. މީހާ ތިޔަ ބަދަލުވަނީ މިހާރު ކަނޑިކި ބުރި އަނދެގެން އުޅުނު ކަން ހަނދާންނެތުނީ. މާދަމާ ސިފަ އާއި ރޫފަޔަށް އަންނަ ކުޑަ ބަދަލަކުން އިންނަން ޖެހޭނީ ހަމަ ބޮޑު އަށީގައި ގާސިމޫ ގާސިމޫ ގޮވާލަ ގޮވާލަ އިންނަންވެސް ޖެހިދާނެ ދުނިޔެ އަބަދުވެސް ބަދަލުވޭ، މިއަދު ރީތިކޮށް ފޮޅިފައި އިންނަ މާ މާދަމާ މޯޅިވެ އޭގެ އަނެއްދުވަހު ގަހުގެ ބުޑުގައި ވެއްޓިފައި އޮވޭ އޭރުން އެމަލުގެ ކުލައެއް ވަހެއްވެސް ނުހުންނާނެ. ހަދާނުގަ ބަހައްޓަވާ.

    28
    2
  26. މަންޖެ

    ތިޔަ ސިޔާސީ ވާހަކަ ދޫކޮށްލާފަ ބެންކޮކްގަ މިއޮތް ވިލާ ދައުރުގެ މީހުން އުޅޭ ނިކަަމެތި ޙާލަށް ވިސްނާލަބަލަ!

    13
  27. ދޮންކަލޯ

    ދެން ގާސިމު ޖެހޭނީ ހިޔާލު ބަދަލުކުރަން ރީތި ލޯބި ކުއްޖެއްގެ ދެފާ ފިއްތާލީމަ ދެންވާގޮތް ބަލަމާ! ގަދަލަކުޑި ފީވެދޭ! ގަދަދަގަޑު ދަބަރަށް ވެދޭ! ގަދަހިލަ އަދާ ރޫޅިދޭ! ގަދަވެބަލި އިންޖީނުދޭ! ގަދަނިދިއަޔަސް މަޑުވެދޭމި! ގަދައަލިފާން ނިވިދޭމި!
    ވަރަށް ސަލާމް ގަދަރުޅި ގަދަވަންޏާ ފާގަ ދިޔަ ބޭނުން ކޮށްލާ!

    18
    1
  28. މަރިޔަމް

    މީނަ މީ ދެން ކާކު އަޅެ

    16
    1
  29. ނޮކްސް

    ކޮމެންޓް ކުރި ޕީޕީއެމް ފިކުރުގެ ކުދިންނޭ. ގާސިމްވެސް އޭނަގެ އާއިލީ މީހެއްވެސް ކައެމެންނަކަށް ތާއީދެއްނުކުރާނެ.ޖާސިމް ބޭނުންކުރާ ސްޓްރެޓެޖީ ރަނގަޅު ގެއްލުން އޮތީ ޕީޕީއެމްއަށް. ކައެމެން ތިތިބީ ޖާސިމާ ގުޅިގެން މެޖޯރިޓީ ލިބޭނެކަމަށް އަރާ ހިކިފަދޯ.ޖާސިމް އެކަނި ދޭ ވޯޓެއްތަމިއީ. މޮޔައިންތަކާ މުޅި ޖޭޕީގަ ނެތް ދެފުށުންވެސް ވަގުންނަށް ތާއިދުކުރާނެ ބައެއް. ގާސިމް އެއްޗެކޭ ބުނާއިރަށް ހީވަނީ މިދައްކަނީ 50ހާސް މީހުނގެ ވާހަކަހެންދޯ.

    4
    19
  30. ސުޢާދު

    ކިހާދުވަހަކު ތިޔަ މަޤާމުގައި ހުރެވޭނޭކަމަށްބާ މި އަންހެނާ މި ބަަލަނީ؟

    19
    3
  31. ޑައެލޯގް

    ތިއިން ކަމަނާ ވަނީ ބޭޒާރު ﷲ އަށް އުރެދުމެއްނުވާކަމަކަށް އަމުރު ނުކުރާހިނދު ފިރިމީހާއަށް ތަބާވާންޖެހޭ ވީއިރު ކަމަނާގެ ނުލަފާކަންނޫނީ ތިއިން ހާމަނުވޭ

    27
    2
  32. Anonymous

    ތިކަން އެނގޭ. މިނިސްޓަރު ކަމަކީ، ތިޔަ ނަންބަދަލު ކުރާ އަންހެނާއާ އެކަށީގެންވާ ވަރުގެވެސް ކަމެއްނޫން. ތިމާވަރެއް ނެތިގެން މޮޑެލް ކުރަމުން މުޅި ދުނިޔޭގައި ބުރުޖެހޭނެ ގޮތެއް އޮންނާނީ ލާދީނީ އލތ ގަނޑާއެކު މިދުވަސް ކޮޅު މަޑުކޮށްލީމަކަން އެނގޭތީ ތިކުރީ ވިޔަފާރިއެއް. އާޚިރަތް ވިއްކާލާފަ ދުނިޔެ ގަނެލީ. ރައީސް ޔާމީނުގެ ސަޕޯޓަރުންނަށް ވޯޓު ނުލިއެއްކަމަކު، މޑޕ ގެ ކެންޑިޑޭޓުންނަށް ވޯޓުދީގެން ދީނަށް ފުރައްސާރަކޮށް އިސްލާމްދީން ނޫން ދީންތައް ފެތުރުމަށް ޤާނޫނު އަސާސީ މޮޑެލަން ހިތްވަރު ދޭނަމެއްނު ދޯ. ކިހާ ދުވަހަކު ދުނިޔޭގަ ތިގޮތަށް ތިއްތި ދައްކަން ހުންނާނަމޭ ހިތާތަ ތިއުޅެނީ؟

    17
    2
  33. ޒާހިދު

    ހެޔޮގޮތުގައި ހޯދާ އެއްޗެހި ކައިބޮއެ ހަދާ އިންސާނެއް ނޫނީ މިފަދަ ނުބައި ޒަމާނެއްގައި ތެދުމަގުގައި ނުތިބޭނެ. ޝައިޠާނާ އެދޭ އެދުމަށް އެންމެ އަވަހަށްދާނީ ހަލާލު ނޫން ގޮތުގައި ތަކެތި ހޯދާ އެއިން ކައި ތިމާގެ އާއިލާއަށް އެކާންދޭ މީހުން. ހަލާލު ލޭ ހުރެގެން ނޫނީ ދައްޖާލު އަރާފައިވާ މިޒަމާނުގއި ހަމަހިލާ ތިމާގެ ނަފުސު ސަލާމަތެއް ނުކުރެވޭނެ.

    16
  34. ދދދދދދ

    ހާދަ ދެރައޭ ކަމަނާ އާއި އާނިޔާއާ ދެކުދިންގެ ތާއީދު ވަރަށް ބޭނުން. ތިހެން ނަހަދާ.

    14
    2
  35. ސޭޓުގެ އަންހެނުންގެ ފިރިމީހާ

    ދޮގެއްވާ ނޫން. މަގާމު ހޯދަން ހުރި ދަހިވެތިކަމަކުން ތިންފަށް ވަރިއަށް އެދި ލާފަ އޮތް ސިޓީވެސް ބާޠިލު ކުރީ.

    17
    3
  36. މިއަދު

    އަޅާފައި އިންބުރުގާގެ ކުލަޔަށްބެލީމަ އެބައެގޭ ޔާމީނު ކީކުރަން ގާސިމުގެ ކެންޑީޓޭޓަކަށްވެސް ތާއިދު ނުކުރާނެކަން ނަހުލާ ޖޭޕީން ކެޑި އެމްޑީޕީއާއި ގުޅުނަސް އެމްޑީޕީގެ ކެންޑިޓޭޓުންނާއި ސަޕޯޓަރުންގެ ފަރާތުން ނަހުލާއަށް ނުލިބޭ ހެޔޮބަސް އަދި މަޤާމުގައި ކުރިއަށްދިއުމަށް ލިބޭ ހިއްވަރެއް ލިބިފައި ހުންނާނީ އިދި ޕީޕީ އެމް އަދި ޕީއެންސީގެ ކެންޑިޓޭޓުންނާއި މެމްބަރުންގެފަރާތުން ޔަމީނުގެ ކެންޑިޓޭޓުންނެއް ނުތިބޭނެ ތިބޭނީ ޕީޕީއެމް އަދި ޕީއެންސީ ނޫނީ ޖެޕީ އާއި އަދާލަތު އަދި ޑީއާރޕީ ފަދައިން ސިޔާސީ ޕާޓީތަކާއި އަމިއްލަގޮތުން ނުކުންނަ ކެންޑިޓޭޓުން އެހެންވެ ނަހުލާ ފަހަރެއްގަވެސް ނުބުނާނެ ޕީޕީ އެމް ޓީކެޓުގައި އެވެނިދާއިރާއަކަށްނުކުންނަ ކެންޑިޓޭޓަކަށް ތާއިދު ނުކުރަނެވާހަކައެއް އެއީ ސިޔާސީ ބަސްފުޅެއް ސާބަސް ނަހުލާ

    11
    2
  37. މިއަދު

    މިނިސްޓަރުކަން ލިބުނީ ޤާސިމުގެ އަނބިމީހާކަމަށްވުމުން ޤާސިމު ދިންއެއްޗެއްގެ ގޮތުގައި މިއަދު ގާސިމާއިދެކޮޅަށް ބަހެއްބުނެލަން ތިކެރުނީ ވވ ލަދުހަޔާތް ކުޑަވީމަ ޗުއްޕް ނުބުނެ ހުރިނަމަވެސް ވ ތާހިރުވީސް ޒުވާންދައުރުގެ ގިނަބަޔަކަށް ފޫނު ފެނިލީމަ ޒުވާންދައުރުގެ އިހުސާސްތައް އަންނަންފެށީދޯ އަދިވެސް ހަމަވެދާނެ

    8
    1
  38. މުހައްމަދު

    އަހަރުމެން ވަރަށްރަނގަޅަށް ސޭޓްއާ ސޭޓްމެން ފިކުރުގެ މީހުންވަރަށް ރަނގްޅަށްދަންނަމެވެ.ވޯޓްލާނެ ޕީޕީއެމްގެ ކެނޑިޑޭޓަކު ނެތިއްޔާ އަހަރުމެ ވޯޓްތިޔަ ކޮކްޓެއޮލްތަކަކަށް ނުދޭނަން...

    7
    1
  39. ހާލި

    ނަހުލާ މޮޔަވީޔަ؟ ގާސިމަކީ، 2021 ގެ ދިވެހިރާއްޖޭގެ ރައީސްއަށް ވުމަށް ކޮށާ މަގުގައި، ޖެހޭ ކައްޓަކަށްވެއްޖެއްޔާ އެކަށި އުފުރާލާނެ. އަނެއްކޮޅުން ބަލާއިރު، މިނިސްޓަރު ކަމަށްވުރެ ޝަރަފުވެރިވާނީ، ފަސްޓް ލޭޑީކަންކަންވެސް ކޮޔާ ނުދަންނަންދޯ؟ ގައިމު 10 އާ ހަމައަށް ކިޔަވާފަ މަންޖެވެސް ތިހުރީ.

    9
    2
  40. ދދދދ

    ޒުހުދާ ތިއީ ގާސިމުގެ އަތްބެއްތަ ނުވަތަ މޑޕ ނަޝީދުގެ ވަގު އަތްބެއްތަ؟ ގާސިމުގެ އެދުމަކީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަންކ ކުރުން. ޒުހުދާ ތިހިފަނީ ގާސިމު ރައީސުލްޖުމްހޫރިއްޔާއަށް ވިޔަނުދޭން. މީނަގެ އަމަލުތަކާމެދު ސުވާލު އުފެދޭ. ޒުހުދާ ހިތުން މީނަހާ ރީތި އަތްބަކު ގާސިމަކަށް ނުލިބޭނެކަމަށްތަ؟ ބަލަ ރީތީގެ މުބާރާތްތަކުގައި ބައިވެރިވާހާ ރީތި އަންހެން ކުދިންވެސް އެތިބީ ގާސިމު ބޭނުންވެފައި. 1 މިލިއަން ޑޮލަރު ދިނީމަ ބޭނުން ސައިޒެއްގެ ބޭނުން ކުލައެއްގެ ބޭނުން ޕްރިޕަރެންސެއްގެ ކުދިން ލިބޭނެ. ބާޒާރުން ގަންނަ މުދާ ޑިޕްރިޝިއޭޓްވާނެ އޯވަރ ޓައިމް. އެނގޭނު ދޯ އެކައުންޓިންގ؟

    13
    1
  41. ޔާމިނު

    އެކަމަނާ ގެންގުޅުއްވަނީ އެމްޑީޕީ ގެ ފިކުރު!

    7
    1
  42. އަންތަރީސް

    ނަހުލާ ކިތަންމެހިޔޮއެދުނަސް އަލިފާނެއް ފެނަކަށްނުވާނެ އިންތިޚާބައްފަހު ތިގޮނޑީގައިންނާނީ ރަތްލާޖެހި އެމްޑީޕީ މީހެއް މައްސަލައަކީ ނިދިންނުހޭލެވިހުރެވެނުކަން

    7
    3
  43. ސަދިލް18

    އެއީމައްސަލައެއް ނޫން ވަޒީފާގެއަޅުން އުޅޭނެ. ވަޒީރުބޭފުޅުންނަށް އެނޫންއެއްޗެއް ކިޔޭނެތޯ

    7
    1
  44. ލަމިލް16

    ފިރިމީހާއަށްވުރެ ވަޒީފާގެ ވައުދު މުހިންމު ސާލިހުރައީސަށް ވަފާތެރިވާންވީވެސް ކީކޭބުނާނީ

    9
    1
  45. ސޯދިގު

    ކަލޭ ދެންއަލުން ރަނި ގުރޫޕަށް ނަށަން ދޭ. މީނަހިތުންމީ ކިމް ކަރަޑިޝިއަން

    10
    2
  46. ހޯރަބޭ

    ހޯރަފުށީ ރޫހުގަހުރި އެއްވެސް ދަރިޔަކު ވައްކަންކުރުމަށާ މީހުންމެރުމަން ފާހިސް އަމަލުކުރުމަން ދުވަހަކުވެސް ތާއީދުނުކުރާނެ މާތްﷲ އިރާދަކުރެއްވީޔާ ޔާމީނަށާއި އޭނަގެ އާއިލާއަން ތާއީދު ނުކުރާނެ

    3
    13
    • Anonymous

      ވަގުން އެންމެ ގިނައީ ހޯރަފުށީގަ. ކައިރީގަ ފަޅުރަށެއް އޮތިއްޔާ އެތަން ދަވާލާނެ. ޑްރަގުގެ މައްސަލަ އެންމެ ގިނައީ ހޯރަފުށީގަ. ﷲ އަށް ބިރުވެތިވާ އަޅަކު މީހެއްގެ ބޮލުގައި ވަގުތުހުމަތު ނާޅުވާނެ. ޘާބިތުވެފައި ނުވާ ކަންކަމުގެ ވާހަކަ ދައްކާ ތިމާގެ ފާފާގެ ފޮތަށް އިތުރު ކުރާނީ ﷲ ވޮޑިގެންވާކަން ހަނދާން ނުހުންނަ މީހުން.

      13
      1
  47. ނައިބުތުއްތު

    ޤާސިމް ކިތަންމެ މުސްކުޅިއަސް ކަމަނާ މިއަދު މީހަކަށްވެފަ ތިހުރީ ޤާސިމްގެ ސަބަބުން. އެހެންކަމުން ގަދަބަސްނުބުނެ ހިތްތިރިވެގެން ހުރުމީ ބުއްދިވެރިކަމެއް. ތިގޮތަށް ބަސްބުނުމަކީ މަޤާމް ދިފާޢުކުރެވޭނެ ހަމައެކަނި ގޮތްކަމަށް ޤަބޫލުކުރިޔަސް އެއީ ވަސްވާސް ހަމަ ވަކިކުރަންވީމާ ވަކިކުރާނެ

    14
    1
  48. ނޫސްކިޔާމީހާ

    މިހާރު ކީކޭ ތިކިޔަނީ ކުރިން ޕޯޑިއަމްގަ ލަގޮނޑި ފުއްޕާލާފަ ހިންދިރުވާލާފަ ބުނީ ތިމަންނަގެ ކުޑަކުދިންތަކެއް ބައްޕަ އެކުދިންނާ ވަކިކޮށްލި ވާހަކަ އެކުދިންގެ ދޮންބެ ނެތުންމުން ކުދިން ދެރަވިވާހަކަ މިހާރު ނަހުލާވީ ރައްޔިތުންގެ ޚަދިމަކަށް ކޮބާ ތިމާޤާމް ލިބިދިނުމަށް މެދުވެރިވި ލޯބިވާ ފިރިމީހާ އަގަނުތަޅާ މަޤާމުގެ ދަހިވެތިކަން

    6
    1
  49. ނަސީދު

    ޏަހުލާ ތިވިދާޅުވަނީ ނަހުލާގެ ވިސްނުން އެހެންވީމާ ހުރިހާމީހުން ތިވިސްނުން ހުންނާނެކަމަކައް އަޅުގަނޑު ގަބޫލެއްނުކުރަން ސޮރީ ނަހޫ

    5
    1
  50. މަންޖެ

    ޒުހުދާ ބުނަންތަ ރަނގަޅު ވާހަކައެއް، ސޭޓު އަންހެނުންގެ ފިރިމީހާގެ އަންހެނުންތީ ކުރީގަ އެއްވެސް މީހެއްނޫން މިހާރު މާ ފެންވަރު މަތިވެގެން ނޫޅެބަލަ. ތީ ވަގުތީ ކަމެއް.

    5
    1
  51. މާރިޔާ އަޙްމަދު

    މަށަށްފެނޭ އަދިވެސް ޤާސިމު ބެއަށްވުރެ މުންސަނދި އަދި މުސްކުޅި ފިރިއަކު ނަހްލާހޯދަން! ޤާސިމާ އިނީ ތިމާ ބައްޕަމެންގެ ގެ 6 ބުރިއަށް ނަގަން ރަންކީ 10 މިލިއަން ރުފިޔާއަށޭ ކިޔާއަޑު އެހިިން

  52. ލަދު

    ލަދެއް ނުގަނެދޯ ގާސިމްބެއާ އިނދެގެން އުޅޭކަށް ! އަން މިހާރު ހުވަރަފުށީގައި އުޅުނުގޮތްވެސް ހަނަދާނެއްނެތް!

    6
    1
  53. ނަޝީދު

    ތަނެއްދޮރެއް ނޭނގި ހުއްޓާ މިނިސްޓަރުކަން ލިބުނީމަ މޮޔަވީ ދޯ އުޅެ ބޮޑުވި ގޮތް ހަނދާން ނެތުނީ ދޯ.

    7
    1
  54. ައައްސޮލާތު ބަކުރު

    އަވަހައް ވަރިވެބަލަ، ކޮން ގާސިމެއްތަ،

    4
    3
  55. ހެލްމެޓޭ

    އެމީހުންނަށް ތާއިދު ނުކުރިޔަސް މަށައް ތާއިދު ކޮއްފަ ދިމާވެބެ. ގޮތްހަދާލާނަން

    4
    1
  56. އައިޝާ

    ނަހުލާ ތާއިދު ނުކުރިޔަސް އިންޝާﷲ ޕީޕީއެމަށް ރައީސް ޔާމީނަށް ތާއިކުރާ މީހުން ވަރަގިނަ އެއީ ގައުމަތްޓަކައި ޙަރާމްކޯރުވާނޭ ލީޑަރެއްނޫން އެއީ ދިވެހިރާއްޖޭގެ ކުރިމަގުގެ ރައީސް

    12
    1
  57. Anonymous

    ފިރިމީހާއަކަށްނު ފުރަތަމަ ބޯލަނބަންޖެހޭނީ ?