ފުލުހުންގެ ތަރުޖަމާންގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު އައްޔަން ކުރުމަކީ ވަރަށް ގިނަ ނޫސްވެރިން އެކަމާ އުފާކުރި ކަމެކެވެ. ފާއިތުވި ދެތިން އަހަރު ފުލުހުން ނޫސްވެރިންނާއި މައުލޫމާތު ހިއްސާކުރަން ޖެހޭ މިންވަރަށް ފުލުހުން މައުލޫމާތު ހިއްސާނުކުރާ ކަމުގެ ކަންބޮޑުވުން ބައެއް ނޫސްވެރިންގެ ތެރޭގައި އޮތެވެ. އިޒްމިއާ އާއި އެކު އެކަންބޮޑުވުންތައް ފިލައިގެން ދާނެ ކަަމަށް އުއްމީދު ކުރެވުނެވެ.
ނަމަވެސް އިޒްމިއާ މަގާމާއި ހަވާލުވެ ވަޑައިގެންނެވިތާ މިއަދަށް 85 ދުވަސް (ބަންދު ދުވަސްތައް ހިމަނައިގެން) ފުރިހަމަ ވީއެވެ. އެންމެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭޭއްވުމާއި، ނުރަސްމީ ބައްދަލުވުމެއްގައި ސީނިއާ ނޫސްވެރިންނާއި ބައްދަލުކޮށް "ވަރަށް ޗާލު" ވާހަކަފުޅެއް ދެއްކެވުން ފިޔަވައި ދެން ކޮށްފައި ހުރީ ނޫސްވެރިންނަށް ޖެއްސުންކުރުމާއި، އުނދަގޫ ކުރުމުގެ އަމަލުތަކެވެ.
ވައްކަމާއި، ފޭރުމާއި، ކުއްލި މަރުތައް އެތައް ގުނައެއް އިތުރު ވެއްޖެއެވެ. އިޒްމިއާ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ކުއްލި މަރުތަކުގައި މަރުވި މީހުންގެ އަދަދު 40 ފަހަނައަޅައި ހިނގައްޖެއެވެ.
މީގެ ތެރޭގައި ސުވާލު އުފެދޭ މަރުގެ އެތައް މައްސަލައެއް އެބަހުއްޓެވެ. އާއްމުންގެ ސަމާލުކަން ލިބުނު އެތައް މަރުތަކެއް އެބަހުއްޓެވެ. އާއްމުން ޖަވާބު ބޭނުންވާ އެތައް މަރުތަކެއް އެބަހުއްޓެވެ. ނަމަވެސް "މައްސަލައިގެ ތަޙްޤީޤު ކުރިއަށް އެބަދޭ." ކަމަށް ވިދާޅުވުން ފިޔަވައި ފުލުހުންގެ ތަރުޖަމާންގެ ހައިސިއްޔަތުން އެކަމަނާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
މިލިއަނުން ފައިސާ ފޭރުން މިވަނީ މީން ދުވަހަކު އިތުރުނުވާ މިންވަރަށް އިތުރުވެފައެވެ. ފޭރުން އިތުރުވަނީ ކީއްވެކަމާއި، އެކަން ހުއްޓުވަން ފުލުހުން ކުރާ މަސައްކަތަކާއި، ފޭރުން ހުއްޓުވަން އާއްމު ރައްޔިތު މީހާއަށް ކުރެވޭނީ ކޮންކަމެއްކަން ވިދާޅުވާން ފުލުހުންގެ ތަރުޖަމާނަށް އެނގިވަޑައެއް ނުގެންނެވިއެވެ.
"ވަގުތު" ވެސް އަދި އެހެން މީޑިއާތަކުން ވެސް އިޒްމިއާ އަށް ގުޅަނީ އޭނާ އަކީ އިޒްމިއާ އަށް ވާތީއެއް ނޫނެވެ. އޭނާ އަށް މީޑިއާތަކުން ގުޅަނީ އޭނާ އަކީ ފުލުހުންގެ ތަރުޖަމާން ކަމަށް ވާތީއެވެ. އެހެންކަމުން ޒާތީ އެއްވެސް މައްސަލައެއް މީޑިއާއަކާއި ދޭތެރޭ އޮވެގެން ނުވާނެއެވެ.
މީގެ ކުރިން ވެސް ވަރަށް ގިނަ މީޑިއާ އޮފިޝަލުންނާއި ތަރުޖަމާނުން ފުލުހުންގެ މީޑިއާ ޑިޕާޓްމެންޓްގައި މަސައްކަތް ކޮށްފިއެވެ. މީޑިއާ އޮފިޝަލުންނާއި ތަރުޖަމާނުން އެންމެ ހިތްހަމަޖެހޭ ގޮތައް ޚަބަރުތައް ނެތުމުން އެބޭފުޅުން އަޅުގަނޑަށް ވެސް ގުޅުއްވައެވެ. ބައެއް ތަރުޖަމާނުން މައްސަލަތައް މީޑިއާ ކައުންސިލަށް ވެސް ހުށަހަޅުއްވާފައި އެބަހުއްޓެވެ. ބައެއް ތަރުޖަމާނުންގެ ވާހަކަ ލިޔުމުން އެބޭފުޅުން ހިތްޕުޅު ހަމަޖެހިވަޑައިނުގެން އަޅުގަނޑުމެންނަށް ގުޅުއްވާ ހިތްހަމަނުޖެހުންތައް ވެސް ފާޅުކުރައްވާފައި އެބަހުއްޓެވެ.
ނަމަވެސް ޖެހިގެން އަންނަ މިނެޓްގައި ވެސް މައުލޫމާތެއް ސާފުކުރަން ގުޅުމުން ދެއްވެވެން އޮތް މައުލޫމާތެއް ވިއްޔާ ދެއްވަވައެވެ. އެއްވެސް ޒާތީ ކަމެއް ގެންގުޅުއްވާކަން ފާހަގަ ކުރެވިފައެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލުންގެ އިތުރުން ފުލުހުންގެ ތަރުޖަމާން ކަން މީގެ ކުރިން ކުރެއްވި ބައެއް ބޭފުޅުންނަށް "ވަރަށް ނުރަސްމީ ގަޑިތަކުގައި" ވެސް އަޅުގަނޑު ގުޅާފައި ހުންނާނެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލުންނާއި ހިލާފަށް ފުލުހުންގެ ތަރުޖަމާނުންގެ އެންމެ ރަނގަޅު ސިފައަކީ ކޮންމެ ވަގުތަކު ވެސް ފޯނަށް ޖަވާބު ދެއްވުމެވެ. އެބޭފުޅުންނަކީ ރޭންކާއި ވަޒީފާގެ ގޮތުން މަތީ ބޭފުޅުން ކަމަށްވެފައި އެބޭފުޅުންގެ ދަށުން ފޯނަށް ޖަވާބު ދެއްވާނެ ބޭފުޅުން ތިއްބެވި ނަމަވެސް ޝަކުވާއެއް ކުރެއްވުމެއް ނެތި ޖަވާބު ދެއްވާފައި އެބަހުއްޓެވެ.
ހިތާމައަކީ އިޒްމިއާ އާއި އެކު ފުލުހުންގެ މީޑިއާ އިން މައުލޫމާތު ދިނުން އެތައް ގުނައެއް ފުރިހަމަ ވެގެން ދާނެ ކަމަށް އުއްމީދު ކުރެވުނު ނަމަވެސް އެކަން އެގޮތައް ނުވުމުންނެވެ. އިޒްމިއާ މިގެންދަވަނީ ފުލުހުންގެ ތަރުޖަމާނެއްގެ ގޮތުގައި ހުރިހާ ގޮތަކުން ވެސް ތަފާތު ދައްކަވަމުންނެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމަށް ބާރުއަޅަން ވައުދުވި ސަރުކާރަށް 100 ދުވަސް (ސަރުކާރުން ގުނާ ގޮތައް) ހަމަނުވެގެން އުޅެނިކޮށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުވެގެން ހުރި އެންމެ އިސް ފުލުސް އޮފިސަރުގެ އަމަލުތައް މިފެންވަރަށް ވެއްޓުމަކީ ހަމައެކަނި ފުލުހުންގެ މުއައްސަސާ ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ. މިއީ މުޅި ސަރުކާރު ލަދުގަންނަން ޖެހޭ ކަމެކެވެ.
ކޮންމެ މަގާމެއްގެ ވެސް ޒިންމާ ހަވާލު ކުރަން ޖެހޭނީ އެމަގާމެއްގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނެ ބޭފުޅަކާއި އެވެ. ހާއްސަކޮށް ކޮންމެ ފުލުހަކު ވާން ޖެހޭނީ އެއްވެސް ޒާތީކަމެއް ނެތި ފުލުހުންގެ ވާޖިބު އަދާކުރެވޭނެ ވަރުގެ މީހަކަށެވެ. މިއަދު އުފެދިފައި އޮތް ހަމައެކަނި ސުވާލަކީ އިޒްމިއާ އަކީ ފުލުހުންގެ ތަރުޖަމާން ކަން ކުރެވޭ ވަރުގެ ބޭކަނބަލެއްތޯ ކުރެވޭ ސުވާލެއް ނޫނެވެ. އޭގެ އިތުރުން އޭނާގެ ކިބައިގައި ފުލުހެއްގެ ޝަރުތު ހަމަވޭތޯ ވެސް ސުވާލު ކުރަން އެބަޖެހެއެވެ.
އަޚްލާޤަކީ އެންމެ މުހިންމު އެއްސިފަ. އެނެތަމަ ދެން ވަލު ޖަނަވާރެއްފަދަ.
ދައްތަ ކޯޓުން ބޭރުވާން ޖެހުމާއި ބައްޕަގެ ބޭނުން ނުހިފުމާއި، ފޮނިބޮޑުވުމާއި، މިހުރިހާ ކަމަކީވެސް ޒާތީ ކަންކަމަށް މަގުފަހިކުރުވާ ކަންކަން.
ކީއްވެ ބާ އަބަދު ވަގުތު އަށް މިމައްސަލަ ދިމާވަނީ ބަލަންޖެހޭކަމެއް ތީ!
އަންހެނުންނަކީ އާއްމުގޮތެއްގައި، މަޑުމައިތިރި ބައެއް. ނިކަން ފަސޭހައިން ހެއްލޭ ބައެއް. ބަލިކަށި ބައެއް. ބަދަލު ހިފުމުގެ ރޫޙު އިތުރު ބައެއް. އަމިއްލަ މަސްލަހަތާއި މަގާމުގެ ވާޖިބު ވަކިކުރަން ނިކަން ދަތިވާ ބައެއް.
ފިރިހެނުންނަށް ނުވިސްނޭ އާންމުގޮތެއްގަައި އަންހެނުން ފިރިހެނުންދެކެ ފޫހިވާ ސަބަބު. ތިހެން އަބަދު އަންހެނުންގެ ހުންނަ އުނިސިފަ ތަކުގެވާހަކަ ދައްކާ އަންހެނުންނަކީ މާދަށް ބައެއް ކަމަށް ދެކެންޏާ ފޫހިވާނެ. އޭގެ ބަދަލުގައި ހިތްވަރުދީ ސަޕޯޓިވެ ނަސޭހަތް ދޭންޏަމުން ރަނގަޅުވާނެ. ތިގޮތަށް ދިމާކުރާ ބަޔަކާއެކީ އެކަކުވެސް އުޅޭކަށް ބޭނުމެއް ނުވާނެ.
އަންހެނުންނަނީ ފިރިހެނުންނައްޓަކާ ލެއްވެވި ބަޔެއް.. އަދި ފިރިހެނުންނައް ވުރެ ހުރިހާގޮތަކުންވެސް އަންހެނުން ބަލިކަށި..އަދި އެކަމައްޓަކާ ފިރިހެނުންނައް ޖެހޭ އަންހެނުން ބަލަހައްޓަން އަފި އެހީތެރިވާން.. އެކަމަކު އަންހެނުންނަކީ ފިރިހެނުންގެ މައްޗައް އިސްކުރެވިފައިވާ މަގާމެއްދެވުނު ބަޔެއްނޫން.. އެކަމަކު އެމީހަކުގެ ހަގީގީ މަގާމު އެއީ އީމާންކަމުގެ މައްޗައް ބަލައި ދެވޭ އެއްޗެއް. މިއީ އަންހެނުންނޭ ކިޔައިގެން ހަނދައް ދިޔަޔަސް ބަދަލުނުވާނެ ހަގީގަތެއް.. އެފުއް މިފުށައް ޖެހިގަތަސް އަދި ހަޅޭލަވައި ހޭރުނަސް މިކަމަކައް ބަދަލެއްނާންނާނެ.
ރައިނާ. މަނުބުނަމޭނު ފިރިހެނުންގެ މައްޗަށް އަންހެނުން ގަދަވެގަންނާށެކޭ.
އަންހެނުން ނަކީ ފޮރިހެނުންނަށްތަކާ ހައްދަވާފައިވާ ބައެއް ނޫން
ނޫސްވެރިކަމަކީ ވަރަން ހަޔާތްކުޑަ ގޮތްކުޑަކަމެއް ދަސްކުރޭ
ތިއޮތީ ކިނބޫ ސޯލިހުގެ ސަރުކާރުން އަންހެނަކު ބާރުވެރި ކުރުވާފަ.
ޢަލުގަނޑު މިއީ އެގްޒެކެޓިވް ބޯޑުގައި އިޒްމިޔާ ތިމަގާމަށްލައިގެން ތިފަދަ މައްސަލަތައް ކުރިމަތި ވެދާނެތީ ވަކާލާތު ކުރިއެކަކު. މިކަމަނާ މަގާމަށް އައްޔަނު ކުރަން މުޅި އެގްޒެކްޓިވް ބޯޑު ވެސް ދެކޮޅު ހެދި. އެކަމަކު ފެމިނިސްޓެއް ވީމަ ރެޑް ބެލޫން ބޯއި އޭނަގެ ޓީމް ގެ ރުހުން ހޯދަން ކުރި ކަމެއް. ލަދުން ބޯހަލާކު.
އަދި ކިރިޔާ ތޮށިގަނޑު ފަޅާލާފައި އިޒްމިޔާ ނުކުތީ. އެއީ މީޑިޔާ އަށް ލުމުން. ފުލުހުންގެ އެއްވެސް ތަނެއްގައި މީނާ އަށް އެތާ ތިބޭ މީހުންނާ ޒާތީ ނުވެ މަސައްކތެއް ނުކުރެވޭ. ފިރިހެނުން ދެކެ ވަރަށް ރުޅި އާދޭ މީނާ. މީނާގެ ބޮސް އަކަށް ފިރިހެނުން ތިބޭތީ. މާނައަކީ ދަށުލަވާގެން ހެދިހާ އެއްޗެއް ހެދިގެން އުޅޭކަހަލަ ސޮހޮލެއް ކަންނޭނގޭ ބޭނުން މިވަނީ. އަންހެނުންގެ ދުވަހު ވަރަށް ގިނައިން މަލާ ކޭކު ވެދުމަށް ލިބުނު މިކަނބުލޭގެ އަށް. ޝަހިންދާ ބްރޭންޑް އަންހެނެއް މިއީ އަންހެނުންގެ ހައްގޭ ކިޔާގެން އުޅޭ. މީނާ މާސްޓަރސް ހެދީ ކޮންފްލިކްޓް އެންޑް ރިސޯލްވްޑް އެންޑް ޕީސް. އެކަމަކު މިއީ ބޮޑު އަލިފާންހަނޑެއް. މިކަން ބ.އަތޮޅު ކައުންސިލަށް އެނގޭނެ.
ކީއްކުރާނީ . ބައެއް މީހުންނަށް އެމީހުންގެ އަމިއްލަ ނަފްސް ގެ ކަންކަން ނުބެލެހެއްޓިގެން އުޅޭއިރު އިތުރު ފަރުބަދަ ސައިޒުގެ ބުރަ ޙަވާލުކުރީމައި ދެންވާނެގޮތަކީ ކަކުލުހުޅުން އަޑުކިޔާފަ ކުޑަކޮށް ލެނބޭގޮތްވާނީ. ދެން އެއްސީދަލަކަށް ނުހިނގޭނެ.
އޭނަ ކުރާ ކަމެއްތަ މީހުން މަރުުވުން އެއީ؟ ?
އެކަމް އޭނާ މައްސަަލަ ތައް ބަލަން ޖެހޭނެ އަސްލު
މީހެއްގެ މަރެއް އެއްވެސް އިންސާނަކަށް ނުހިފެހެއްޓޭނެ. އެހެނީ ފުރާނައަކީ ކޮންތާކު އޮންނަ އެއްޗެއްކަންވެސް އެއްވެސް އިންސާނަކަށް ނޭނގޭ. އެކަމަކު، މީހުން މަރުވާ ހާދިޘާތަށް ދެނެގަނެ އެކަމުގެ މައުލޫމާތު ރައްޔިތުންނަށް ދީ. އަމިއްލަ ރައްކާތެރިކަންކަމާ ގުޅޭ މައުލޫމާތު ދީ ރައްޔިތުންނަށް މަރުތަކާބެހޭ ގޮތުން މައުލޫމާތު ދިނުމަކީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ހުންނަ ކަމަށްވަންޏާ ފެމިނިސްޓެއްނަމަވެސް ކުރަންޖެހޭނެ ކަމެއް ނޫންތޯ. އެވަރު ނުވަންޏާ ވަޒީފާ ދޫކޮށްލާ. ޤާބިލު މީހުން ފުލުހުންގެ މުއައްސަސާގަ ވަރަށް ގިނަ.
ވަރަށް ވަރަށް ވަރަށް ރަނގަޅު ވާހަކައެއް.
ތަހުގީގު ކުރާ މައްސަލައެއްގެ ހުރިހާ މައުލޫމާތެއް ނުދެވޭނެ. ވާނުވާ ނޭންގިގެން ނޫޅެބަލަ. ނުވަނީވިއްޔާ ނޫސްވެރިކަން ހުއްޓާލާފަ ތަން ބަންދުކުރޭ..
މަރުތައްއަންނަ ގޮތްތަ ތަޙްޤީޤު ކުރަނީ؟ ބަލަ އެއީ ﷲ ތައާލާ ދެނެވޮޑިގެންވާ ކަންކަން. އުމުރުހުސްވަންދެކަށް ވެސް މަރުވާ ގޮތް ތަޙްޤީޤު ކުރެވިދާނެ. އެހެންވިއްޔާ ދެން ފުލުހުންގެ އިދާރާއިން އިންފޮމޭޝަން ޤާނޫނުގައިވާ ކަންކަން ނުކުރާނެކަމަށް އިޢުލާނު ކުރަންވީނޫންތަ. ނުވާނެ ކަންކަން ކުރަން ދިމާކޮށްފަ ތިބި ބަޔަކު ތިބި ސަރުކާރެއް މިއީ. ބޯހަމަޖެހޭ 1 މީހެއްހުރީ. ނަޝީދު. އޭނަގެ ޕަޕެޓުން ދެން ތިބީ. އޭނަ ކީ ލަވައެއް އެކީ ރާގެއްގަ ކީގޮތަކަށް ކިޔޭތޯ ބަލަބަލާ ތިއްބަ މަލަކަލްމައުތުގެ ފާނު ބަލާ ވަޑައިގެންނެވީމަ ދާން ތައްޔާރަށް ތިތިބެނީ. އުތަ؟
ވެރިންބޭނުން ނުވާގޮތަކަށް އެއްވެސް މުއައްސަސާއެއް ނުހިންގޭނެ މީ ވަރައްވާހަކަ
މި މަންޖެއަށް 40 އަހަރޭ؟ އެކަމަކު ހާދަ ރީތިވެފަ ފަރިއޭ. ހީވެސް ނުވޭ ހަމަ.
ލަލަލާ މީ އެމްޑީޕީ ސަރުކާރެއް
ޝެއިހް އިމްރާނަށް ވަރަށް ކަމުދާ މަންޖެއެއް ތޯއްޗެއް
މީ ހާދަ ހަޔާތްކުޑަވެގެން ސައިޒް އޮޅިގެން އުޅޭ މީހެކޭ ދޯ.
ކިބޫގެ ސަރުކާރުގާ ދާނީ މުޅިންވެސް ތަފާތުގޮގޮތަކައް ﷲ ގެ އިރާދަފުޅާއެކު ލަސްތަކެނުވެ އަނިޔާވެރިން ނެތިދާނެ ވޯޓު ވަގު ނަހަލާލުވެރި ކަމެ މި ކުރަނީ
ތީ އެެއްވެސް ކަމަކަށް ކުފޫ ހަމަވާ ވީހެއް ނޫން.. ބޭފުޅު ހެދިގެން އައްޕަ ކައިރީގަ ގޭގަ އޮތިއްޔާ މާތާހިރު ވާނެ?
ޠީ ވަރަށް ލަދު ހަޔާތް ކުޑަ އަންހެނެއް
ވަގުތުގެ ނޫސްވެރިން މިހާރު އިޒްމިޔާ އާ ވަރަށް ޒާތީވާހެން ހީވޭ އެބަ
ފުލުހުންގެ އިސް ހުރިހާ މަގާމަކަށް ރީނދޫ އެކްޓިވިސްޓުން ލީ ކަމެއްވެގެންނޭ. ނުޖެހޭނެ ސަރުކާރާ އިދިކޮޅުވާހަކަ ލިޔާ ނޫހަކަށް ޖަވާބުދޭކަށެއް. ތިޔަ ވާހަކަ ކިޔަންމެ ވަރަކަށް ލިޔުނަސް އަދި ތަންތަނަށް ހުށަހެޅިޔަސް އެއްވެސް ކަމެއް ނުކުރެވޭނެ. ނިކަން މީޑިއާ ކައުންސިލަށް، އެޗްއާރުސީއެމަށް، އެންއައިސީއަށް، ފުލުހަށް ނުވަތަ ކޯޓަށް ނޫނީ ރައީސް އޮފީހަށް ތިވާޙަކަ ލިޔެބަލަ! އެއްކަމެއް ވެސް ނުކުރެވޭނެ. ޖަވާބެއްވެސް ނުދޭނަން. މިއީ އަހަރެމެން ދަންނަ ޑިމޮކްރެސީ. މިއީ އހަރެމެންގެ ސަރުކާރު. ފްލެޓް ބަހާނީ ވެސް އަހަރެމެންގެ ކުދީންނަށް ދީފަ ބާކީ ހުރިއްޔާ. އެހެން ޕާޓީއެއްގެ މީހަކު ކަމަކު އުޅެފިއްޔާ ނުލަފާކަންދައްކާލާނަން. އެޖެންޑާ 19
ޖެހޭނެ ޖަވާބުދޭން. މޮޔަވެގެން ވާހަކަ ނުދައްކާ. މިގައުމުގެ ޤާނޫނު ތަކުގައި ހުންނަނީ، ވެރިކަންކުރާ ޕާޓީގެ މީހުން ބޭނުންވާ ގޮތަށް ކަންކަން ކުރާކަށް ނޫން. ރައްޔިތުންގެ މަންދޫބުން ހަދާ ގެޒެޓް ކޮށްފައިވާ ޤާނޫނު ތަކުގައިވާ ގޮތަށް ކަންކަން ކުރަން ޖެހޭނީ. އެހެން ނޫނީ ދިވެހި ރައްޔިތުން ވޯޓު ލައިގެން ވެރިން ނާއި މަޖްލިހެއް ނުހޮވާނެ. ރީނދޫ މީހުނަކީ މިއީ ވަލުޖަނަވާރުގެ ހަމަގެންގުޅޭ ޖާހިލުންގެ ޕާޓީއަކާ ވައްތަރުވަނީ.
ކަލޭގެ ވާހަކަ ވައްތަރީ ޕީޕީއެމް މީހަކާ.. ފްލެޓްތައް ބެހީ ޕީޕީ މީހުންގެ މީހުންނަށް ދީފަ ބައެއް ނިކަމެތިންނަށް ބާކީ ވިއްޔަ.. އެހެންވެ އަމިއްލަ ޕާޓިގެ ވާހަކަ ދައްްކަބަލަ..
މަހަށް ދޭބަލަ..މަހަށް
ވަގުތު އެބަޖެހޭ ތިޔައްވުރެ ހަރުދަނާވާން. ތީތޯއޭ ތިބޭފުޅުން ތި ވިދާޅުވާ ނޫސްވެރި ކަމަކީ؟ ފުލުހުންނާ ސަރުކާރު މަތިކޮށް ޒާތީވެ ގައުމު ހަލަނބޮލި ކުރަން މަސައްކަތް ކުރުން އެެއީތޯ އޭ ނޫސްވެރި ކަމަކީ؟ ވަކި އަތަކަށް ޖެހި ވަކި ބަޔަކު ބޭނުންވާ ގޮތައް އެ ބަޔަކު ބޭނުންވާ ހަބަރެއް ފެތުރުން އެއީތޯ އޭ ތިޔަ ވިދާޅުވާ ނޫސްވެރިކަމަކީ؟ ޒާތީ ހަސަދައެއް ފިލުވާލުންތޯއޭ ނޫސްވެރިކަމަކީ؟ ނޫސްވެރިކަމަކީ ވ.މުހިންމު ވަސީލަތެއް ހެޔޮގޮތުގަ ބޭނުން ކޮއްފިއްޔާ! ﷲ އަށް ބިރުވެތިވެބަލަ. “ޤައުމަށްޓަކާ ދީނައްޓަކާ ކެރިގެން ޖިހާދު ކުރާނަމޭ.. ފައުޅާއި ސިއްރާ އެއްގޮތަށް ހުރިހާ ކަމެއް ގެންދާނަމޭ.. އަޙުރެންގެ މޭ ޤައުމައްޓަކާ، އައްޑަނައަކަށް ދިއްކޮއްލުމީ ފަހުނޭވައައް ދާންދެން މޮޓޯކަމުޤާ ހިޔާރު ކުރާނަމޭ”. އަމާން މުޖުތަމައުއަކަށް ނޫސްވެރިންގެ ދައުރު ވަރަށް މުހިންމު.. ވިސްނާ!!! އިންޝާﷲ އަދި ރަނގަޅުވާނެ!!
ނޫސްވެރިކަން ކުރުން މިއީ
ހައްގު ތެދު ހާމަކުރުން މިއީ
ޤައުމުގައި ހިގާ ކަންކަން ހާމަކުރުމަކީ ނޫސްވެރިކަން
ވަކިބަޔަކު ފޮނުވަަ ވަކި ކޮމެންޓުތަ ޖަހަންޖެހެނީ
ވަރަށް ފުރިހަމަ ލިޔުމެއް.ވަރަށް ތާއީދު ކުރާ ވާހަކަތަކެއް.މި ލިޔުން ކިޔާފައި އަޅުގަނޑުގެ ހިތުގައިވެސް ބައިވަރު ސުވާލުތަކެއް އުފެދިއްޖެ.އިޒުމިއާ އެއީ ސަރުކާރަށް ބަލަދު އަރާފަހުރި މީހެއްތޯ.ވަޒީފާ ބަދަލުކޮށް ކަމަށް އެކަށޭނެ މީހަކު އައްޔަންނުކުރެވިގެން އުޅެނީ ކީއްވެތޯ.މިދިޔަ 100 ވަރަކަށް ދުވަހަކީ ފުލުހުންގެ ފަރާތުން ގިނަ މައުލޫމާތު ތަކަކަށް ދިވެހި ނިކަމެތި ރައްޔިތުން އެދި އެދި ތިބި ދުވަސްތަކެއް.ނަމަވެސް އިޒުމިއާގެ ވާޖިބު އަދާކުރެވިއްޖެތޯ؟ވައްކަމާ ފޭރުމާ ކުއްލި މަރުތަކާ މަސްތުވާތަކެތީގެ މައްސަލުތަކާ އަދި ގާނޫނާއި ގަވާއިދާއި ޚިލާފުވުމުގެ މައްސަލަތައް އިންތިހާއަށް.މިއީ ފުލުހުންގެފަރާތުން މައުލޫމާތައް ހޯދުމަށް ރައްޔިތުން އެދި އެދި ތިބި ކަންތައްތައް.
ކޮންމެ ފަހަރަކު ވަގުތައް މިހެން ވާނީ ކޮންމެވެސް ކަމެއްވީމަ ވަގުތު މީހުންވެސް މީހުންނަށް ގަދަރުކޮށް ވަކި ކޮޅަކަށް ނުޖެހި ހަބަރު ލިޔެ ބަލަ.އަނެއް ކަމަކީ އެ މަންޖެ ކީއްކުރާނީ މީހުން މެރުމާ ފޭރުން ކަންކަން ކުރުމުން އެމަންޖެ އަށްވެސް ނުހިފޭއްޓޭނެ މީހަކުގެ ފުރާނަ އަކު. ތި ނަވާޒު އެ މަންޖެ އައް ފުރައްސާރަ ކުރަންޔާ ވާނީ ތިހެން ނިކަން ކެރެންޔާ މި ޖަހާލަ ބަލަ.
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ވަރަށް ހިތްޕުޅު ތިރި އަސަރުގަދަ... ކަލޭމެން އެންމެން އޭނަޔާ ނުބެހިބަލަ..! ކިހާދެރަކަމެއް!
ވުގުތު، ހުރިހާ ކުދިން ތިކުރާ މަސިއްކަތް ވ . ފުރިހަމަ ސާބަސް،
ޑިމޮކްރަސީއާއި އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ މެޑަލްޖަހައިގެން ތިބި މިހާރު ނޫހުގެ ނޫސްވެރިން މިފަދަ ވާހަކަތައް ނުދައްކަނީ ކީއްވެބާ؟
ވަގުތު ވަރަށް ވިޔާނުދާވެއްޖެ. ނުރުހޭ ކޮމެންޓެއް ނުވެސް ޖަހާ. ކީއްކުރަން ކިޔުންތެރީންގެ ޚިޔާލު ހުޅުވާފަ ހުންނަނީ. ބަހަށްޓަންވީނު ސަޕޯޓަރުންގެ ޚިޔާލަށް އެކަނި ހުޅުވާފަ
ތީ ތާކުންތާކު ނުޖެހޭ އަންހެނެއް. ތަފާތުކުރުން އެ އަންނަނީ އޭނާގެ މަތން އަންނަ އޯޑަރަށް!
ބައްޕަގެ މިސާލުން ކީވެތަ މިކުއްޖާ މިސާލު ނުނަގަނީ...މިރި ނުވެ ގޮބޮޅި ކާށި ވަނީ ދޯ މާ އަވަހަށް....ވިސްނޭނެ އަދި...
ނަފްރަތަކީ ލޯބީގެ ފެށުން!
މީ ވަރަށް ބަލާ ބޮޑު މީހެއް، ފިރިހެން ބޮސް އަކަށް ވުރެ އުދަގޫ މީނަ އާއި އެކު މަސައްކަތް ކުރަން، މާ ބޭފުޅު ވެފަ ހުންނާނީ، އަބަދު ބައްޕާ ފުޅު ވެފަ، ފުލުސް އޮފީހަށް ބަލަދު އަރާފަ ހުންނަ މީހެއް ހެން ވެސް ހީވޭ، ތަނެއްގަ ހައްޔަރުވާ މީހެއްނޫން، ބޮޑު ޑްރާމާ ކުއީންއެއް
ތިއީ އަބަދު ސެލްފީ ނެގުމުގައި އަވަދިނެތި އުޅޭ މޭމް އެއް. އެކަން ވަރަށް ބަރާބަރަށް ކުރާނެ. އެހެން ކަންތައްތައް އޮންނަ ޤަވާޢިދުގެ ތެރެއިން ކުރުމަކީ ތި މޭމްއަށް އުނދަގޫ ކަމަކަށް ވުން އެކަށީގެންވޭ.
އިޒްމިއާ – ފުލުހުންނާއި، ސަރުކާރަށް ވެސް ހުރި ލަދެއް! ލަދެއްވިއްޔާ އަވަހަށް ފޮރުވާ ނިވާކުރޭ ...
މިރިޕޯރޓް ލިޔެފައޮތްގޮތުންވެސް އެނގޭލަދުގެ ކަންފުޅެއްވެސް ނެތް މީހާ. ތަންފުކެއް ބޮޑުވަރު އަންހެނަކަށް ވީމަ ޖައްސާލަން. ބަލަ އޭނގެވެސް އަމިއްލަ ޒިންމާތަކެއް ދިރިއުޅުމެއްްވާނޭ. ނުޖެހޭނެ ކޮންމެ ކޮންމެ ގަޑިޔަކު ގުޅީމަ ނަގާކަށް.
އެހެން ވިއްޔާ މަގާމު ތަކާހަވާލު ނުވާނީ ގޮސް ގޭގަ އޮންނާނީ
ފާއިތުވި 4 ދުވަހުގެ ހަބަރުކިޔާފައި ބަޔަކު އެބަ ޒާތީވާހެން ހީވޭ
މިކަމަނާގެ ބޮޑާކަމާއި ކިބުރުވެރިކަން ނިކަންދެކެބަލަ ކިބުރުވެރިކަމުގެ އެވޯޑު މިކަމަނާއަށް ހައްގު ކިނބޫގެސަރުކާރުން ކިބުރުވެރިކަމުގެ ލާމަސީލުނަމޫނާ އެވޯޑު މިކަމަނާއަށް އެރުވުމަށް ގޮވާލަން.
ތިއީ ސައިކޮލޮޖީއިން ޑިގްރީ ނަގައިގެން އުޅޭ މަންޖެއެކޯލަ. އެކަމަކު މީހުންގެ އިހުސާސްތައް ނުދަންނަ މީހުންނަށް އިހްތިރާމް ކުރަން ނޭނގޭ ތިމާއަށް ތިމާފެނިފަ ހުންނަ މަންޖެއެއް. އަދި މާ އަބުރުވެރި ދިރިއުޅުމެއް އުޅޭ މަންޖެއެކޯވެސް ކިޔާތީ އަޑުއިވޭ