ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯގެ ފެކަލްޓީ އޮފް މެޑިސިންގައި ހިންގާ "އެމް.ބީ.ބީ.އެސް" ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯގެ ފެކަލްޓީ އޮފް މެޑިސިންގައި ހިންގާ "އެމް.ބީ.ބީ.އެސް" ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭރު ޤައުމުތަކަށް 10 ފުރުސަތު ކަނޑައަޅާފައިވާކަމަށާއި، ދިވެހިރާއްޖެއިން މިފުރުސަތުތަކަށް ޝަޢުޤުވެރިވާ ފަރާތްތަކުން 28 އޭޕްރީލް 2019ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ސްރީލަންކާގެ އެމްބަސީން އެމިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

މިކޯސްތަކުގެ ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ ކޯހުގައި ބައިވެރިވާ ކެންޑިޑޭޓުން އަމިއްލައަށެވެ.

އޮންލައިން އެޕްލިކޭޝަން ހުށަހެޅުމާއި، ކޯސްތަކާއި ގުޅޭ އެހެނިހެން ތަފްސީލް www.ugc.ac.lk ވެބްސައިޓުން ލިބޭނެ ކަމަށާއި އަދި މި ކޯހާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް ހަޔާ މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންވެސް ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ލަންކާ އިން މިހާރު ވެސް ދިވެހިން ކޮންމެވެސް ވަރަކަށް ޑޮކްޓަރުކަން ކިޔަވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހައްތިޔާ

    ޙެޔޮނުވާނެ ކުރިމަތި ނުލާތި.ތީ ވަރަށް ރޭސިސްޓް ބަޔެއް.ޢިންތިހާއަށް ބުލީކުރުން.

    3
    1
    • އެޝިޔާ

      އިންޑިޔާއެކޭ ސްރީލަންކާއެކޭ ބަންގަލްޑޭޝްއެކޭ ތަފާތެެއްނެތް. ހުސް އެއްކަހަލަ ބައެއް އުޅޭ ގައުމުތަކެއް.