އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޝަނުން އައްޔަން ކުރައްވާފައި ހުންނަ ނޫސްވެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ ޚައްޤުތައް ކަށަވަރު ކޮށްދޭ މިންވަރު ބަލާ މަންދޫބު ޑޭވީޑް ކާޔޭގެ ސަމާލުކަމަށް ދިވެހި ފުލުހުންގެ މުއައްސަސާ އިން "ވަގުތު" އާއި މެދު ތަފާތު ކުރުން ގެންގުޅޭ މައްސަލަ ގެނެސްފިއެވެ.
"ވަގުތު" އިން އދ.ގެ މަންދޫބު ޑޭވީޑަށް ފޮނުވި އީމެއިލް އެއްގައި ވަނީ ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު "ވަގުތު" އަށް އަޅަމުން ގެންދާ ހުރަސްތަކާއި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތަފްސީލް ހިއްސާކޮށްފައެވެ.
އަދި މިއީ ދުވަހަކު ވެސް ފުލުހުންގެ މުއައްސަސާ އިންނާއި، ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާ އަކުން ކަންތައް ކޮށްފައިވާ ގޮތް ނޫންކަން އދ.ގެ މަންދޫބަށް ވަނީ ދެންނެވިފައެވެ.
ރޭ "ވަގުތު" އިން ފޮނުވި އީމެއިލް އަށް މިއަދު އދ.ގެ މަންދޫބުގެ އޮފީހުން ވަނީ ޖަވާބެއް ދެއްވާފައެވެ. އދ.ގެ މަންދޫބުގެ އޮފީހުން ފޮނުއްވި ޖަވާބުގައި "ވަގުތު" ގެ ޝަކުވާ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާއި ގުޅިގެން އޮންނަ އުސޫލުގެ ދަށުން އެއޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
މާޗް މަހުގެ 03 ވަނަ ދުވަހުން ފުލުހުންގެ ވަޓްސްއެޕް ގްރޫޕުން "ވަގުތު" ގެ ނޫސްވެރިން ބޭރުކޮށް ފުލުހުންގެ ޚަބަރާއި މައުލޫމާތު "ވަގުތު" އަށް ފޯރުކޮށްދިނުމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ވަނީ ހުރަސް އަޅާފައެވެ. އަދި ރޭ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ވަނީ "ވަގުތު" ނޫސްވެރިން ފޯން ނަމްބަރު ބްލޮކްކޮށް "ވަގުތު" އަށް މައުލޫމާތު ދިނުން ހުއްޓާލާފައެވެ.
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާގެ މައްސަލަ މީޑިއާ ކައުންސިލަށާއި، އިންޓަގްރިޓީ ކޮމިޝަނަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރައްވާ ބައިނަލްއަޤުވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް "ވަގުތު" އިން ގެންދަނީ ކުރަމުންނެވެ.
ނަސީބެއްނު ސިޓީއެއް ނުފޮނުވިކަން!
ވަގުތު އަކީ ހޫނުކަމާއެކު އަބަދުވެސް ޙަބަރުތައްގެނެސްދޭ ވ ހީވާގި މުބައްޒަފުންތަކެއް އުޅޭ ތަނެއް ސްކުރިއްޔާ ވ ގުތުނިއުސް
ސީނާ ޒާހިރުއަކީ މިކަހަލަ ބޭފުޅެއްނޫން އަނެއްކާ މިކުއްޖާއަށް ކޮންބާވަތެއްގެ ސިޔާސީ ނުފޫޒެއް އޮތީބާ. ކަބުލޯ ވަގުތުއަކީ އެންމެރަގަޅު ޚަބަރުގެނެސްދޭ ނޫސް.. ޒާތީ ތިޔަވީ ދިވެހިރައްޔިތުންނާއި. ތިބާއަށް މިއަދުވެސް މުސާރަ ދޭނީ ސީޕީ އަދި ޤައުމުގެ ރައީސެއްނޫން. ދިވެހިރައްޔިތުން. ވިސްނާބަލަ،،، ނިކަންފޮނިކެޑި ރާޓީވީގަ. ޚަބަރުކިޔާ ޕުރެސެންޓަރ އަކަށްވާންވީ ނުންތޯ.
ތީ ބޮޑު މުސީބާތެއް ކަހަލަ އަންހެނެއްނު. އެހަކައްދުވަހަކު ޔާމީނުގެ ނުފޮރޮއްޕާނުން ގައުމު ސަލާމަތްވީ... އަނެއްކާ މިޖެހުނީ އަންހެން ތޫފާނެއް.
ސާބަހޭ ވަގުތު
އިންޝާ ﷲ ހީލަތްތެރި ނުބައި މީހުން ނިކަމެތި ކުރައްވާށި. އާމީން. "ވަގުތު" އިން ކުރާ މަސައްކަތުގައި ބަރަކާތް ލައްވާ ކާމިޔާބު މިންވަރު ކުރައްވާށި. އާމީން.
ވަގުތު ނޫހުން އެމަންޖެއަށް ކީއްކުރީމަބާ އޭނަ އެހެން އެ ހަދަނީ؟ އެވްރީ ސްޓޯރީ ހޭސް ޓޫ ސައިޑްސް. ވަގުތުވެސް ވަރަށް ޒާތީ ވާހެން އެބަ ހީވޭ. ޖަސްޓް ސޭއިންގ
އަނެއްކާ ޒާތީ ނުވަނީ ކޮން ނޫހަކުންތަ؟
ނޫން ނޫން ބައްޕަ އަކީވެސް މަތި އޮމާން މީހެއް ދޭތެރެއަކުން ހިއްލާލާނެ ... ޒާހިރު ނޫންތޯ ބުނީ ނަޝީދަކީ މިގައުމުގެ ޑިމޮކްރަސީގެ ބާނީ އޭ... އަފީފަކީ އައްޑޫ ރަދުންނޭ..... މައުމޫނަކީ ސާފު ހުދު ފޮތި ކޮޅެކޭ..... އެހެން ނޫންތޯ ވާނީ ..... ރިސޯޓް ހަދަން ރަށެއްދިނުމުން މުޅީ އުމުރު ދުވަހު އެތާނގެ ކުލިން އެތިބެނީ ކާލަ ކާލަ .... ދަރިގައިގާވެސް ބައްޕަގެ ރުޅިގަނޑު ހުންނާނެ.... މިހާރު ކޮބައިތޯ ރައްޔިތު އަހުމަދު .....
ތީވަރައް ކިބުރުވެރި ގޮލައެއް ބަލާފަވެސް އެބަޖަހާ ބުރުގާ ވެސްނައަޅާ
ވަގުތުނޫހަކީ ވަކިފަރާތަކަށްޖެހި ތަޢައްޞަބުން ފޯވެފައިވާ ނޫހެއް. ފިތުނަފަސާދަ އުފައްދައި މީހުންނާ ޒާތީ ވުމަކީ ވަގުތުގެ ކަމެއް. ޥަގުތު ނޫހުން އެމީހުންނާ ދެކޮޅު ކޮމެންޓްތައް ޖަހަން ނުކެރޭ
ވަޤުތު ނޫސް ރަނގަޅު އެންމެ ކަޑައީ އައު ހަވީރު ނޫސް ހަމަ ފައްކާ ޔަހޫދީ ނޫހެއް މި ސަރުކާރު ކަހަލަ
އިޒްމިއާ ދެން ވެސް ހަޖަމްވެބަ
ޒަމާން ބަދަލުވެއްޖެ...ގައުމު މިދަނީ ބުއްދީގެ މަގުން އެއްކިބާ ވަމުން.....ވިސްނަބަޔަކަށް އިބްރަތަކަށް.........
ކީއްވެ ކޮމެންޓު ޖަހާނުދިނީ؟ ހުސް ތަޢުރީފް އެކަނިތަ ކުރަން ޖެހެނީ؟ ތެދު ހަޤީގަތަށް ވާހަކައެއް ބުނީމާ ޖަހާކަށް ނުކެރުނު. ތީ ވާވަރަކީ.
އަދިވެސް އަޑުގެ ނެތްތަނަށް ގޮވާ ނޫސްވެރިކަމޭ! މިނިވަންކަމޭ!
ވަގުތު އަންނާނެ... ވަގުތު ޖެހެންދެން މަޑުކޮށްބަލަ...! ތިވަރުން ނޫޅުނަސް... ބަލަ ހަޔާތުގެ ބާކީ ބައި އެއްކޮން ހޭދަ ކުރަންވެސް އަދި ވަގުތު ލިބިދާނެ!
ވަގުތު ނޫހުން ތިގޮތަށް ޝަކުވާކުރުމުން އިޒްމިއާ ދެރަވެގެން އިއްޔެއިންސުރެ ރޮނީ އަދި އެމަންޖެ ނުވެސް ކައި އެހުންނަނީ ތިހެން ނަހަދާދެން އެމަންޖެއަށް ވަގުތުން މާފުކުރަންވީނުދޯ
ތީ މަލާމާތެއްތަ ތިކުރީ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މަލާމާތް ތިފަރާތަށް ރައްދުވާނެ.
މައުމޫނުގެ ވެރިކަމުގަ ރައްޔަތު އަހުމަދު ދޭސީ ހިޔާލު އެނަމުގަ ސަރުކާރަށް ވަރަށް ފާޑުކި ރައީސް މައުމޫން ފާޑުކީފަރާތް (ރައްޔަތު އަހުމަދު ދޭސީ ހިޔާލު) ދިންވެކުސިނަކީ މިނިސްޓަރުކަން ޕެރެޑައިސް އައިލެންޑް ރިސޯޓު އެއީކޮން ބޭފުޅެށްތޯ...؟
ތިޔަ އިޒުމިޔަރެއްގެ ބަލާޔާ ހެދި މުޅި ފުލުސް އޮފީހުގަ އޭނަ ދެކެ ރުޅި ނާންނަ އެކަކުވެސް ނޫޅޭ. ހީވާ ކަހަލަ ފުލުހުންގެ މުވައްސަސާއަކީވެސް އޭނަގެ އައްޕަގެ މިލްކިއްޔާތެކޭ.