ސަރުކާރު ކޯލިޝަންގެ އެއްވެސް ޕާޓީއަކަށް ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ދެރަ ގޮތެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކެޔޮދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ހުސެއިން ގާސިމްގެ ކެމްޕެއިން ޖަލްސާއެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށާއި އެއިން އެއްވެސް ބޭފުޅަކަށް ދެރަ ގޮތެއް ވިޔަ ނުދެއްވާނެ ކަމަށެވެ.

ރާއްޖެ ހެޔޮ ގޮތަކަށް ބަދަލު ކުރުމަށް ވެވަޑައިގެންނެވި ވައުދުތައް ހަނދާނުގައި އެބަހުރި ކަމަށާއި އެކަން ކަން ފުއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ވައުދުތައް ފުއްދަން މަޖިލިހާއި މުއައްސަސާތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ ވައުދުތަކަކީ ހަމައެކަނި ވީ ވައުދުތަކެއްގެ ގޮތުގައި ދޫކޮށްލައިގެން ހުރެވޭކަށް ނެތް. އެއީ އަޅުގަނޑު ފުއްދަން ޖެހޭ، ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ހިތުގެ އަޑިން ގަބޫލު ކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގެ ހާލަތު ވަރަށް ގޯހެވެ. އަމަން އަމާންކަން ގެއްލި ރާއްޖެ ބިރުވެރިކަމެއްގެ ތެރޭގައި އޮތް ނަމަވެސް އެ ދަތިތަކާ އެކުގައި ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ނުކޮށްދީ ހުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"ދަތި އުނދަގުލާ އެކީގައި ވެސް ފުރަތަމަ ދުވަހުން ފެށިގެން ވައުދުތައް ފުއްދުމަށް މަސައްކަތް ފަށައިގަތިން. އެގޮތުން ފުރަތަމަ ކަމަކަށް ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ އަސާސީ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ފެށީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މަޖިލިހުގެ އިންތިހާބަށް އެމްޑީޕީން ތައްޔާރު ކުރި އެޖެންޑާ 19 ގެ ސިޔާސަތުތަކުގެ ތެރޭގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ތަފްސީލް ގޮތެއްގައި ވަނީ ހިމަނައިފަ އެވެ. އެހެންވެ، މަޖިލިހުގައި އެޖެންޑާ 19 ގަބޫލުކުރައްވާ ބޭފުޅުން ތިއްބަވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޯލިޝަންގެ އެއްވެސް ބައިވެރިޔަކަށް ދެރަގޮތެއް ވިޔަކަ ނުދޭނަން ކަމަށް ރައީސް ވިދާޅުވިއިރު ކޯލިޝަން އެއްބަސްވުމާއި ހިލާފަށް ހުރިހާ ދާއިރާއަކަށް އެމްޑީޕީ ކެންޑިޑޭޓުން ނެރުނު މައްސަލައިގައި ޖުމްހޫރީ ޕާޓީ އާއި ސަރުކާރުގެ ގުޅުން ވަނީ ގޯސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މާމަ

    އެނގޭ އެކަން .ޕެންޝަން ފައިސާއިން ހައްޖަށްވެސް ދެވޭގޮތް އެއްފަޅިން ތިޔަހެދީންނު.

    21
  2. ދޮންބެ

    ގަމާރުކަމުން ވާގޮތް މިދިވެހި ރާއްޖެ ގަތިބީ ހަމއެކނި ކޯޅޭސަން ގެ މީހުން ނެއްނޫން

    27
  3. ކުޑައަލީ

    ދެރަގޮތެއް ވާކަށް ނޭދޭ ފައަށް ހިނި އަރާގެއް މުޅިން ވެސް އެއް ޕާޓީއަށް ކެއްޕޭނު ކުރުމުގައި އަވަދިނެތި ކަޑައޭ

    33
  4. ރައިފާ

    އެކަންދެން ވަރަށް ސާފު! އެއްބަސްވުމާ ޚިލާފަށް ދާއިރާތަކަށް މީހުންނެރުމުގެ އިތުރުން ތާއީދު ކުރާނީ ހަމައެކަނި އެމްޑީޕީގެ ކެނޑިޑޭޓުންނަށްކަމަށް ކަލޭ ބުނި ބުނުން އެކަނިވެސް ތިކަމުގެ ހެއްކަކަށް ފުދެއެވެ.

    34
  5. Anonymous

    މިއީ ކޮން ބަހުރުވައަކުން ވާހަކަ ދައްކާ މީހެއްތަ؟ ފުރަތަމަ ވައުދާ ހިލާފުވެއްޖެ. ކަލޭމެންގެ އަނގައިން ނުކުންނަ އެއްޗެއްސަކީ ފުޅަ. ކަލޭމެން އަމަލާ ބަހާ ދިމާ ނުވާނެކަން ﷲ ތަޢާލާ ވަނީ އަންގަވާފައި. މޮޔައަކު، ލިޔުމުންވެސް އަނގަބަހުންވެސް ކަލޭމެނާއެކު އަހްދު ނާމާއެއްގައި ބައިވެރިވާނީ.

    29
  6. އަޒީމާ

    އަޙްދު އުވާލުމަށް ފަހު "ދެރަގޮތް" މި ބުނަނީ ކޯންޗަކަށް؟ މި ބެއްޔާއަށް ވާހަކަ ދައްކަން ދަސްކޮށްދީފަ ވެރިކަމަށް ލީނަމަވެސް ރައްޔިތުންނަށް އެނގޭގޮތަށް ވާހަކަ ދެކެވުނީހެއްނު.

    28
  7. Anonymous

    "ދެރަގޮތް" ނުހަދާނަން؟ "ދެރަގޮތެއް" އަޙްދު އުވާލުން؟ ކޯންޗެކޭ ތަ މިބުނާންތި ކިޔާނަމޭ ހިތާ މިއުޅެނީ؟ ބުނަން ނުކެރިގެން ތި ތެޅެނީ ކީކޭކަމެއްވެސް ދިވެއްސަކަށް ނޭނގޭނެ؟

    23
  8. ހީހީ ހަލާކު

    4 ވަނަ އަތްބަން މީހަކާ އިންނަން އުޅޭއިރު، އަނެއް 3 އަނބިން ކައިރީ ބުނާނެ ކަލޭމެނަށް "ދެރަގޮތެއް" ނުހަދާނަމޭ. އެކަމަކު އާޚިރުގައި، ދޮށީ 3 އަނބި ތިބޭނީ އެހެލާފަ. ބުނާގޮތް ނުހަދަންޏާ ވަރިކޮށްފަ ގޭން ބޭރުކޮށްލާނީ، ދަރިކޮޅު އަނބި މީހާގެ ބޮލަށް ޖަހާފަ. ޚަރަދު ހޯދަން ކޯޓަށް ހިނގަހިނގާ އުމުރު ހުސްވާނީ. އެގޮތަށް ދޯ މި ރައީސް މީހާ މިބުނަނީ؟

    26
  9. ބެއްޔާ

    ބިރުގަތީ.... ބިރުގަތީ..... ގާސިމްދެކެ ބިރުގަތީ..... އަންނި ބުނި ބަހަކުން ބިރުގަތީޔޯ

  10. ސަރާ

    ކިނބުލަށް ކާންދޭ މީހާ ވެސް ކިނބޫ ކައިބޮއި އުޅޭ

  11. ޢަލީ

    ރާއްޖެއޮތީ ކޮން ބިރުވެރިކަމެއްގަތޯ؟ އޮތްނަމަ އޮތީ ތިބޭފުޅުން ގެނެސްގެންއުޅުނު ބިރުވެރިކަމެއް.

  12. ޕްރައިވެޓް

    މުނާފިގުންގެ ރައީސް

    4
    1
  13. ގަނޑިޔަ

    ގަނޑިޔަ ގަނޑިޔަ. ކެމްޕޭނު ޖަލްސާތަކުގައި ހުރިހާ ޓީވީތަކެއްގައި ރައްޔިތުން ކުރިމަތީ މި ބުނަނީ، މޑޕ އަށް މެޖޯރިޓީ ދޭށޭ، ތިމަންނާ ތާއީދުކުރަނީ މޑޕ މެމްބަރުންނަށޭ... ބައިވެރިވަނި މޑޕ މެންބަރުން ކެމްޕޭންގަ އެކަނި، އެކަމު ތިބުނަނީ ކޯޅޭޝަން މީހަކަށް ދެރަގޮތެއް ވިޔަކަ ނުދޭނަމޭ. ތިޔޯ ކިޔަނީ ކީކޭތަ؟

  14. ދިޔާނު

    އިބްރާހިމް މުޙައްމަދު ޞާލިޙު އަނަގަޔާ ކުރާ ކަންތަކާ ދިމާނުވޭ. މިހުރިހާ ކަންތަކެއް އައްނިއާ ދެމީހުން ހިންގާފަވެސް މިކިޔަނީ ކޮންލަވައެއް. އެމް ޑީޕީ ނޫންމީހަކަށް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތާއީދެއް ނެތް ކަމަށް މިކިޔަނީ ދެންކީއްވެ؟ރަށްރަށަށް އަރައި ކޯލިޝަންގެ ބައިވެރީންނަށް ވޯޓް ދޭން ނުބުނަނީ ކީއްވެ؟ އެމްޑީ÷ީ ގެ ބައިވެރީން ޕްރޮމޯތް ކުރަން މަސައްކަތް ކުރަނީ ކީއް؟ މައުމޫނު ޤާސިމް ބައިވެރިނުވިނަމަ ރިޔާސީ އިންތިޚާބް ކާމިޔާބްވާނީ އެމްޑީޕީ އަށް ކިހިނެއް؟