އިންޓަނެޓްގެ އަގަށް ހަފްތާތަކެއްގެ ތެރޭގައި ހެޔޮ ބަދަލެއް އަންނާނެ ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ބުނެފި އެވެ.
މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންޓަނެޓް އަގުހެޔޮ ކުރުމަށް ކުރެވޭ މަސައްކަތަށް ވަރަށް އެދެވޭ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް އިންޓަނެޓް އަގު ހެޔޮކުރެވޭނެ ސީދާ ތާރީހެއް ހާމަކުރަން ނޭނގޭ ކަމަށާއި އަގުހެޔޮ ވާނީ ކިހާ ވަރަކަށް ކަން އަދި ހާމަ ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިމަސައްކަތް ތަކަކީ ކުޑަ މަސައްކަތެއް ނޫން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ރައްޔިތުންނަށް ހެޔޮ ހަބަރެއް ލިބޭ ވަރަށް އިންޓެނެޓްގެ އަގަށް ހެޔޮބަދަލެއް އަންނާނެ. ލަސްތަކެއް ނުވެ އިންޓަނެޓްގެ އަގު ހެޔޮވާން މަސައްކަތް ކުރިއަށް އެބަދޭ،" ސޯލިހު ވިދާޅުވި އެވެ.
ކޮމިއުނިކޭޝަން މިނިސްޓަރު ވަނީ ސާވިސް ޕްރޮވައިޑާސްތަކާ އަދި ކަމާއި ގުޅުންހުރި އެހެން ފަރާތްތަކާ އެކު އިންޓަނެޓް އަގުހެޔޮ ކުރުމަށް ކާމިޔާބު މަޝްވަރާތަކެއް ކޮށްފައިވާކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
އިންޓަނެޓުގެ ހިދްމަތް ނިސްބަތުން ރާއްޖޭގައި ބޮޑު ކަމަށާއި، އިންޓަނެޓުގެ އަގު ހެޔޮކުރެވޭތޯ މަޝްވަރާ ކުރަމުންދާކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މަލީހު ވިދާޅުވި ގޮތުގައި، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީގެ މިނިސްޓްރީއާ އޭނާ ހަވާލުވެވަޑައިގެންނެވުމަށް ފަހުގައި، އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ ރާއްޖޭގެ މުވާސަލާތީ ހިދްމަތް ފޯރުކޮށްދޭ ދެ ކުންފުންޏާއި ކަަމަށެވެ.
ރާއްޖޭގެ އިންޓަނެޓުގެ ހިދްމަތުގެ އަގު ސަރަހައްދީ އެހެން ގައުމު ތަކާއި އަޅާ ބަލާއިރު ބޮޑުކަމަށް ބުނެ، އިންޓަނެޓުގެ އަގު ތިރިކުރުމަށް ގޮވާލައި މީސް މީޑިއާގައި ދާދި ފަހުން ވަނީ ކެމްޕެއިން ކޮށްފައެވެ.
7 ދުވަހުގެ ހަފްތާއެއް؟ ނުވަތަ ދުވަހުގެ އަދަދު ކަނޑަނޭޅޭ "ބޮޑު" ހަފުތާއެއް؟ 4 މަސްވެ 5 ވަނަ މަސްވެގެންދާއިރުވެސް 100 ދުވަސް ހަމަނުވާ ގޮތަށް ހިސާބު ކުރާ ބަޔަކު ތިބި ސަރުކާރެއްގައި، ހަފްތާ ގުނާގޮތަކީވެސް ވާނީ ހަމަ އަރަތަކަށް. މިކަހަލަ އަރަތެއް، އެތެރޭގެ އުދުހުން އަގުހެޔޮ ކުރުމަކީވެސް.
ފެޔަރ ޔޫސޭޖް ޕޮލިސީވެސް އުވާލަދީ.
ހަފްތާތަކެއް.؟؟؟؟؟؟ ތިބުނާ ކަމެއް ނުކުރެވި 100 ހަފްތާ ފައިތުވާނެ. ވެރިކަމަށް 100 ދުވަސް ގުނާހެން ނުގުނުން އެދެން.
ޢެތެރޭގެ އުދުހުމުގެ އަގުވެސް އެއޮތީ ހެޔޮ ކޮއްފަ ކަރުދާހުގަ.ތިކަންވެސް އެހެންްދޯ ރަންރީދުންނޭ
7 ދުވަސް ގުނަނީ ބަންދު ދުވަސްތައް ހިމަނައިގެން ބާ؟
މައްސަލައަކީ ޑާޓާ އެލަަވަންސް ލިމިޓްކޮށްފައިވާތީ.... ޑާޓާ އެލަވަންސް އަންލިމިޓްކޮށްފައި އެކި ސްޕީޑްތަކަށް ހެޔޮ އަގު އަގުތަކެއް ކަނޑަ އަޅާނަމަވެސް ރަނގަޅޭ. 30 ދުވަހުގެ ޕެކޭޖް ހެދީމަ ދޯ ކުންފުންޏަށްވެސް ރައްޔިތުންނަށްވެސް ފައިދާ ބޮޑީ. އޭރުން މަހުން މަހަށް ރައްޔިތުން ބިލު ދައްކާނެ. މަހުން މަހަށް ކުންފުންޏަށްވެސް ފައިސާވެސް ލިބޭނެ. މިހާ ސަޅި ގޮތް ގޮތް އޮށްވާ ބޮޑު ފައިދާ ޖައްސަން ރައްޔިތުން ފެލުން ހުއްޓާލަން ޖެހޭ މިހާރުން މިހާރަށް. ކޮން ހަފްތާތަކެއް ގުނާކަށް؟؟؟؟؟
ފެޔަރ ޔޫސޭޖް ޕޮލިސީވެސް އުވާލާ ހަމަ މިހާރު...
އިންޓަރނެޓް އަގު ހެޔޮކުރެވިދާނެ... މިހާރުވެސް ހަމައަށް އެއްޗެއް ލޯޑްނުވޭ... އަގު ހެޔޮވެފައި ސްޕީޑް ދަށްވީމަ މިކަން ހައްލެއްނުވޭ... އަދި ގޭތެރޭ އޮންނައިރު ރޭންޖް ނުލިބޭ މައްސަލައަށް 3 އަހަރު ވަނީ ... ހައްލެއް ނުލިބޭ
ފިނހަކަ ސްޕީޑްގަ ނެޓް ލިބިފަ އަގުހެޔޮ ވުމަކުން ރައްޔަތުމީހާއަށް ފައިދާއެއް ނެތް
އަންނޯނާއި ގައިގެ ފޭރާމާއި ކާބޯތަކެތީގެ އަގު ހުރިގޮތައް ބަހައްޓާފަ އިންޓަނެޓާއި އަދި ކޭބަލް ޓީވީގެ އަގު ތިރިކުރެވޭތޯ އުޅޭށެވެ. އެއީ ތަރައްގުއި..
ޙަފްތާ ތަކަކަށްވާނެ ދޮއްތަ ދައުރު ނިމޭ ހިސާބުވެސް
ރިޔާސީ 5 އަހަރުގެ ދައުރުވެސް ގުނަނީ ސަރުކާރު ބަންދު ދުވަސްތައް ކަޑަޔޯ. ވެރިކަމުގެ ދައުރު ދިގުދަންމާ ލުމަށްޓަކާއި ހަތަރު އަހަރު ވުމުން ސަރުކާރު ބަންދުނޫން އެއްދުވަސް ހަފްތާއަކު އޮންނަނީ