އެކްސިޑެންޓަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓަށް ހުށަހެޅި ތަޙުޤީޤު ކުރަމުންދާ އެކްސިޑެންޓް މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ފޭދޫ / ޑޭޒީފެހި، މުޙައްމަދުދީދީ (56އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

މުޙައްމަދުދީދީ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓްގެ ޑިއުޓީ ނަންބަރު 9660183ށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މުޙައްމަދުދީދީ އާއި ގުޅޭ އެކްސިޑެންޓެއް ހިނގީ ކޮންއިރަކު، ކޮންތަނެއްގައި ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޭދޫ އައިސީ

    މީ މަރިޔަންމަލާގެ ކުރީފިރިމީހާދީ...؟

  2. ޙހުސެން

    ޚކިހާދެރަކަމެއް ތި މިައްސަސާގައި 7000 ހާމީހުން ބޮޑު މުސާރަދީފަ ތިބޭއިރު ރައްޔިތުންގެ ކިބައިން ކޮން އެހީއެކޭ ކިޔައިގެން ދެބޯ ގެރިދުންވަން މޮއުޅެނީ މިމީހުން ތިބެންވޫގޭގައިތަ