މާލޭގައި ހަދަމުންދާ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކަށް އަނިޔާވެއްޖެއެވެ.

ގަލެއް ވެއްޓިފައި ވަނީ އޮލިމްޕަސް ކައިރީގައި ހަދަމުންދާ އިމާރާތަކުންނެވެ. އެ އިމާރާތުން ވެއްޓުނު ގަލަކުން ސައިކަލު ދުއްވަމުންދިޔަ މީހެއްގެ ގައިގައި ޖެހި ބޭރުފުށުންވެސް އަނިޔާތައް ފެންނަން ހުރި އިރު، އެމީހާއަށް އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހަދަމުންދާ އިމާރާތްތަކުން އެއްޗެހި ވެއްޓެމުންދާ މައްސަލަ ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް މިދިޔަ އަހަރު ފަހުކޮޅުގައި ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ ރައުޝަން ޖިއާން ނިޔާވުމާ ގުޅިގެން ގިނަބައެއްގެ ސަމާލުކަމަށް މަސައްކަތް ކުރާ ސައިޓުތައް ވަނީ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވިސްނޭ

    ކޮބާ ސިޓިވައުންސިލް... ފިޔަވަޅު އަޅާ..އެ އިމާރާތް ކުރަމުން ދަނީ ސިޓީކައުންސިލްގެ ހުއްދަ ނަގައިގެންތޯ ބަލާ އަވަހަށް....

    28
    1
    • މޭޔަރު

      އަޅުގަނޑުމެންގެ ސުޕަވައިޒަރުން ކޮންމެދުވަހަކު ހުރިހާތަނެއްބަލާ ޗެކްކުރާނެ.

      1
      4
  2. އަޙްމަދު

    ސައިކަލު ދުއްވާ މީހުނަށްވުރެ މާލެ އާއި ހުޅުމާލޭގައި ހިނަގާފައި އުޅޭ މީހުން ހެލްމެޓް އެޅުން މާ އައުލާކްން ބޮޑު.ހެޔޮނުވާނެ، ސަރުކާރުން ހަރުކަށި ފިޔަވަތަކެއް އަޅުއްވައިގެން ނަމަވެސް މަގުތަކުގައި ހިނގާ މީހުނަށް ރަށްކާތެރިކަން ކަށަވަރުކޮށްދެއްވާ.

    11
  3. ހަނީފު

    މާލޭގެ ސިޓީކައުސިލް އޮތީނިދާފަތަ އިއްޔެވެއްޓުނީ ބޮޑު ދޮރެއް މިއަދުވެއްޓުނީ ގަލެއް އަނެއްކާ މާދަމާވެއްޓޭނީ ކޯއްޗެއްބަ

  4. ހަސަން

    ދިވެހި ރާއްޖެއަށް ކުރިމަތި ވަނީ މިބާވަތުގެ ކަންތައްތަކުގެ މޫސުންތަކެއް. ކައިރި މާޒީއެއްގައި އަހަރެންމެންނަށް ޚަބަރު ސުރުހީ ތަކުން ފެންނާނީ މުޅިންވެސް ކިނބޫ ފެންނަ ވާހަކަ. ދެން އަޑު އިވެންފެށީ ފަޅު ރަށްރަށުން ހަތިޔާރު ފެންނަ ވާހަކަ މި ދުވަސްކޮޅު އިމާރާތް ތަކުގެ މަތިން އެއްޗެހި ވެއްޓޭ ވާހަކަ. ހިނގާފަދާއިރުވެސް ހެލްމެޓު އެޅުން ބުއްދިވެރި. މާލޭގެ ދުވާރު މަތިން ހިނގާފަ ދިޔުން ވެސް ރައްކާތެރި ނުވާ ހިސާބަށް މިދަނީ ސުވާލަކީ މިބާވަތުގެ ހިތާމަވެރި ހާދިސާއެއްގެ ސަބަބުން މައުސޫމު ކުޑަކުއްޖަކު ވަނީ ނިޔާވެފައި. މި ފަދަ ކަންކަމުގައި އިހުމާލުވާ ފަރާތްތައް ހޯދާ ފިޔަވަޅު އެޅި ކަންކަން ހަރުދަނާ ކުރުރުމަށް ފިޔަވަޅުތަކެއް އެޅިގެން ދިޔުމަކީ އަހަރެން ގެ އުއްމީދު. ކުޑަދޮރެއް ވެއްޓިއްޖެ. ސިމެންތި ބަސްތާއެއް ވެއްޓިއްޖެ. ބާލިދީއެއް ވެއްޓިއްޖެ ދަގަނޑު ހޮޅިއެއް ވެއްޓިއްޖެ.

  5. އޭނާ

    ވަށައިގެން ސަތަރިޖަހާ ވަރުގަދަ ދާ ދަމައިގެން ނޫނު މަސައްކަތް މާލޭގައި ނުކުރެވޭގޮތަށް ގަވައިދެއް ވަގުތުން ވަގުތަށް ހަދަންވެއްޖެ. އިހުމާލުވާ ފަރާތްތައް ބަންދުކޮށް ޖަލަަަށް ލާންޖެހޭ.

  6. އަބުރު

    މާދަން ދެން ވެއްޓޭނީ ގައުމުގެ ވެރިމީހާނޫބާއޭ ހިތައްއަރާ