މިދިޔަ މަހު 22 ވަނަ ދުވަހުގެ ރޭ ގެއްލުނު ލ. މާމެންދޫ ޝިމާ ނާފިޒު ކަނޑު މަގުން ހޯދުމުގެ މަސައްކަތް ހުއްޓާލައިފި ކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރު އެމްއެންޑީއެފް އިން ދޮގުކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ އޮންނަ ޕްރޮސީޖާގެ ތެރެއިން ޝިމާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށަައި ކަނޑު މަގުން ޝިމާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކަމަށެވެ.އެގޮތުން ޝިމާ ހޯދުމަށް އެކި އޭންގަލްތަކުން، ބަލަމުންދާ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

" ޝިމާ ހޯދަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަނޑުގެ އަޑީގެ ބޮޑު ސަރަހައްދެއް ވަނީ ބެލިފައި , މިހާރު ބޮޑަށް މަސައްކަތް ކުރަމުންދަނީ ކަނޑު މަތިން ދަތުރު ކުރާ އުޅަދުތަކަށް ޝިމާގެ ހަބަރެއް ލިބޭތޯ ބެލުމުގެ މަސައްކަތް " އާޒިމް ވިދާޅުވިއެވެ.

ޝިމާ ހޯދުމަށް މަސައްކަތް ކުރަމުންދަނޫ އޭނާ ފެނިދާނެ ކަމުގެ އުއްމީދު އޮތީމައެވެ. އާއިލާއިން އެކަން ގަބޫލުކުރެއެވެ. ޝިމާ ގެއްލުނީ ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަނިކޮށެވެ.

ޝިމާ ހޯދަން އަދި މިހާތަނަށް ބެލިބެލުމުން އެއްވެސް އެއްޗެއް ފެނިފައިނުވާއިރު ޝިމާ ގެއްލުނުކަމަށް ބުނާ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުންވެސް، ޝިމާގެ ހަބަރެއް ވޭތޯ ބެލުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ޝިމާ ގެއްލުނު ހާދިސާއާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް ދެކެވެމުންދެއެވެ. އެހެންވެ އެކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންދެއެވެ.

އެ ރޭ ޝިމާއާ އެކު ޑިންގީގައި ދަތުރުކުރި އިބްރާހިމް ފަޒީލް، 24، އެވެ. އޭނާ ވަނީ މި ހާދިސާ އިން ސަލާމަތްވެފަ އެވެ. އޭނާ ފަތާފައި ގޮސް އެރީ އެ ހިސާބުގައި އޮތް ސިކްސް ސެންސަސް ރިސޯޓަށެވެ.

އެރޭގެ ހާދިސާއާ ގުޅޭގޮތުން ފަޒީލްގެ ވާހަކަތައް އާއިލާއިން ގަބޫލެއް ނުކުރެއެެވެ.

ފަޒީލް މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު، އޭނާ މި ހަފްތާ ތެރޭގައި ހައްޔަރުކޮށްފައި ވަނީ ޝިމާގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް، ކަނޑުމަތިން ފުލުހުންނެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ އިރު، ޝިމާ ގެއްލުމުގެ ތުހުމަތު ފަޒީލްގެ މައްޗަށް ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖެނެޓްބެއްޔާ

    ޝުބުހާނައްﷲ ފެންވަރުދޯ ކޮން އޭންގަލްތަކެއް ބާ އަނެއްކާ ؟

  2. ހަސަނު

    ދެންމުޅިރާއްޖެ ބެލިޔަސް ފެންނާނެބާ؟ ފުލުހުންގެ ތަހުގީގު ގެ ހަބަރެއް ނުވަނީ، ވަރައް ފަރުވާ ކުޑަކަމުގަ ބެލެވެނީ....

    • އިބްރާހީމް

      މި ކޮމެންޓް ކުރި މީހާއަށް ސިމާ ހޯދިދާނެ. ވަރަށް އެނގޭ މީހެއް ހެން ހީވޭ.

  3. Aliަ

    އެއްވެސް ކަމެއްވާ ބައެއްނޫން..

    3
    1