ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ފްލައިޓްތަކެއް އޮޕަރޭޓް ކުރާތީ، ފްލައިޓްތައް ޑިލޭވުން އެކަށީގެންވާ ކަމަށް މޯލްޑިވިއަންއިން ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންއިން ކޮށްފައި ޓްވީޓެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ތިން ދުވަހު، ޑިލޭތައް އައުން އެކަށީގެންވާ ކަމަށެވެ. މޯލްޑިވިއަންގެ ފްލައިޓްތައް ޑިލޭވާތީ މީގެ ކުރިންވެސް އާންމުންގެ ޝަކުވާތައް ބޮޑުވެފައިވާ އިރު، މިފަދަ ގޮތަކަށް ޑިލޭ ވާނެ ކަމަށް ކުރިން އާންމުކޮށް ނުބުނެއެވެ.

https://twitter.com/MaldivianAero/status/1106111954983284736

މޯލްޑިވިއަން ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ދެ ދުވަސްކުރިން އައްޑޫ އެއާޕޯޓްގައި އެމަޖިންސީގައި ޖެއްސިއިރު، އެކަމާ ގުޅިގެން އިއްޔެ ވަނީ އެ ކުންފުނީގެ ބަޔާނެއް ނެރެފައެވެ. ޓެކްނިކަލް މައްސަލައެއްގައި ފްލައިޓެއް އެމަޖެންސީގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި މޯލްޑިވިއަންގެ ބޯޓު Q2-118 އަށް ދިމާވި މައްސަލަ ކުންފުނީގެ ފަރާތުން ބަލާ ހައްލުކުރަން ޖެހޭ އެންމެހާ ކަންތައްތައް ދަނީ ހައްލު ކުރަމުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މޯލްޑިވިއަންއަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް އަދި ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އިމުގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ގަވާއިދުން އޮޑިޓް ކުރާ ކުންފުންޏެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. އަދި އެއާލައިންގެ ދަތުރުވެރިންނާއި ކްރޫންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ އެއާލައިންއިން އެންމެ އިސްކަންދޭ ކަން ކަމުގައި މޯލްޑިވިއަންއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙޭހަން

    ޢަމީން ބަދަލު ކުރިފަހުން ކިހިނެއްމިވަނީ. ޢަމީން ގެ އެޑްމިން ރަގަޅީތަ

  2. ުހުވަން

    ސަރުކާރު ހިންގުމުގެ ގާބިލް ކަމެެއްނެތް