އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން “އިންޑިއާ ސިފައިން ފައިބާ” ގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ފަށާފައިވާ ޤައުމީ ހަރަކާތުގެ ދަށުން މަދާމާ އިހުތިޖާޖަށް ނިކުންނަށް ތައްޔާރުވެއްޖެވެ.

"ވަގުތު" އެގިފައިވާ ގޮތުގައި އުމަރު އިސްކޮށް ހުންނަވައިގެން މާދަމާރޭ 9:00 ގައި އާޓިފިޝިއަލް ބީޗުގައި ވަނީ އެއްވުމެއް ބާއްވަން ތައްޔާރުވެފައެވެ. މީގެ ކުރިން މި ހަރަކާތާއި ގުޅޭ ބައްދަލުވުމެއް ދަރުބާރު ގޭގައި ބާއްވަން ތައްޔާރުވެފައިވަނިކޮށް ސަރުކާރުން ވަނީ ދަރުބާރުގެ ދޫކުރެވެން ނެތް ކަމަށް އުމަރަށް އަންގާފައެވެ.

މި އެއްވުމަށް ހާއްސަކޮށްގެން އުމަރު މިހާރު ވަނީ އޭނާގެ ފޭސްބުކް ފޭޖް މެދުވެރިކޮށް އިވެންޓެއްވެސް ހަދާފައެވެ.

އިންޑިއާއިން ރާއްޖެއަށް ދިން ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ގިނަ އަދަދެއްގެ އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވާނީ ރައްޔިތުންގެ ގިނަ ބަޔަކު ކަންބޮޑުވަމުން ދާއިރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހެލިކޮޕްޓަރުތައް ބޭނުން ކުރުން ހުއްޓާލާ ހެލިކޮޕްޓަރުތަކާއި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށްދާން އެނގިއެވެ. ނަމަވެސް އެއެންގުމަށް އިންޑިއާ އިން ބޯލަނބާފައެއް ނުވެއެވެ.

ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން ހެލިކޮޕްޓަރުތައް ރާއްޖޭގައި ބަހައްޓަން ނިންމާ، އިންޑިއާ ސިފައިންގެ ވިސާ ވަނީ އާކޮށްދެއްވާފައެވެ.

އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ދުއްވުން ހުއްޓާލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އަލުން ދަތުރުތައް ފަށާފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

“އިންޑިއާ ސިފައިން ފައިބާ” ގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ޤައުމީ ހަރަކާތް އިއުލާންކޮށް، އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު އުމަރު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަހްމަދުބޭ

    އުމަރު ވަރެއް ނެތް ؟ ސާބަހޭ ދަރިފުޅާ ؟؟

    18
    2
  2. އަލިބެ

    ސާބަހޭއުމަރު ނަސޭރު އަހަރެމެނ ްމިތިބޭ މަނިކުފާނާއިއެކު ފުރާލަންވާނެ މިސަރުކާރު ސައިޒު ކުރަންވާނެ

    16
    2
  3. ޕްރައިވެޓް

    ސާބަހޭ އުމަރު
    ތިވަރުވެސް އަރުވާލަން ކެރޭ މީހަކު މިހާރު ނެތް. އެންމެން ފިޑިވެއްޖެ. އުމަރު ފަހަތުގަ މީހުން މަދުވިޔަސް ދޫނުކުރާތި. ތިވަރަށް ވެސް ކަމެއްކުރަން މީހަކު އުޅެގެން ކަމެއްވާނީ. ލާދީނީ މޫ ރަނގަޅަށް ލަމުންދަނީ. ގިނަމީހުންނަކީ އެއްވެސް ކަމަކާ ވިސްނާ ފިކުރު ކުރަން ބޭނުންވާ ބައެއްނުން. މީހުން ފަތުރާ ދޮގުވާހަކަތަށް ވަރަށް ފަސޭހައިން ގަބޫލު ކުރާ ބައެއްމީ. ރާއްޖެއެއް ނެތް. ﷲ އަޅަމެންނަށް ހެޔޮވިސްނުން ދެއްވާ އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވާންދޭވެ. އާމީން

    21
    1
  4. ހޯރަބޭ

    އުމަރު އެއުޅެނީ ޔާމީން ހިންހަމަޖައްސަދޭންވެގެން މިހާރުން މިހާރަން އުމަރު ޖަލަން ލާންޖެހެ ސަރިއަތްބަލަންވީ

    2
    23
  5. ކޮމާންޑް

    ޔެސް ސަރ، ޔެސް ސަރ، ތްރީބޭގް ފޫލް.
    އަޅުގަނޑު ދާނަން ގަޑިޔަށް އޯކޭ ސަރ.
    ފުކް އިންޑިޔާ، އެންޑް ފުކް އިންޑިއަން ސިފައިން ޓޫ

    18
    1
  6. ހިގާ ނުކުންނަމާ

    އުމަރު ނުކުންނަން ނުކިޔާ ހިގާބަލަ މިކަންކޮޅެއްގަ ޖެހެންދެން ހިފަމާ. އިންޑިޔާ ފޮރިން ދާއިތަ އާދީތަ ދުވަހު އަންނަނީއޯ އެދައިތައަށް އަޑުއިވޭވަރަށް އަޑުއުފުލަންހިގާބަލަ. އިންޑިޔާއިން ދެޑަނބިޔާ ހިފައިގެން ރަށުކުދިކޮޅު ގޮވައިގެން ފުރަންދާވަރު ކުރަންހިގާބަލަ. ދިވެހި އަސްކަރިއްޔާގެ ހިދުަމަތްދައްކުވާ ގައުމީ ލަވަތަކުގަވެސް ހެލިކޮޕްޓަރު ދައްކަނީ އެއީ ދިވެހިންގެ ފަޙުރެ ޝަރަފެކަން ދައްކަން. އިންޑިޔާމީހުން ހެލިކޮޕްޓަރު ދުއްވީމަ ދިވެހިސިފައިންނަހުރީ ކޮންމޮޅެ.

    19
    1
  7. އަހުމަދު

    ސާބަހޭ އުމަރާ ތީމީހުންނަކީ ހީވަނީ ތިކަމަށް ބޮޑުކިނބޫ ހުރަސް އަޅާނެހެން

    19
    1
  8. އެލެކްސް

    ގައުމުގެ ދިފާއުގައި ބުމަ އުފުލާލާ ނުރުހޭކަން ހާމަކުރުންވެސް ގައުމަށް ޣައްދާރު ވާ މީހުންނާއި ފާޅުގައި ދެކޮޅަށް ނިކުންނަން ނުކެރެންޏާ ހަނު ހުރުމަށް ވުރެ އައުލާކަން ބޮޑު. ﷲ މި ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގަައި ތާ އަބަދަށް ލައްވާށި އާމީން

    1
    1
  9. އިންޑިޔާ

    ޤައުމުގެ މިނިވަންކަމާ އިސްތިޤުލާލު ނަޝީދު ، ސާލިހު، ޝާހިދު އަދި މާރިޔާގުޅިގެން ވަނީ ނަގާލާފަ. އިންޑިޔާ އަށް ޤައުމުވަނީ އަޅުވެތިކޮށްފަ.

    4
    1
  10. ދިލްކޮކީ

    އުމަރަށް ސާބަސް މަމިހިށީ އުމަރުއެއި އެކީ އަވަސް އަވަސް ނަގޯއި

    4
    1
  11. ގާދިރު

    ބަންގާޅަށް ނަސްރު ހޯދަދޭން ދޯ މީނަޔަށް ބަންގާޅިން ގެ ކަންތައް ގޯސް ނުވާސަބަބު ވަރަށް އަވަހާ ލީކުވާނެ މީވަރަށް ވާހަކަ