މީހުން ދިރިއުޅޭ ރަށްރަށުގައި އާއްމުންގެ ތެރޭގައި ބިކިނީގައި ޓޫރިސްޓުން އުޅެން ފުރުސަތު ދޭ ގެސްޓްހައުސްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންނަށް، އެކަށީގެންވާ މައުލޫމާތު ބައެއް ގެސްޓްހައުސްތަކުން ނުދޭ ކަމަށާއި، އެކަންކަމަކީ ކަންބޮޑުވުން އޮތް، އަދި ފިޔަވަޅުވެސް އަޅާނެ ކަންކަން ކަމަށެވެ.
"ބިކިނީ ލައިގެން މީހުން ދިރިއުޅޭ ރަށްރަށުގައި އުޅެވޭ ގޮތަކަށް ނޫން ގަވާއިދުތައް ހުރީކީ. ގަވާއިދާއި ގާނޫނުތަކުގައި ވަރަށް ސާފުކޮށް އެބަހުރި ހެދުން އެޅުމުގެ ގަވާއިދުތަކުގެ ބުނެދީފަ. އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން ދެކެން ބޭނުންނުވާ މަންޒަރުތައް ފެންނާތީ،" އަލީ ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވެފައި ވަނީ އެ ރަށްރަށުގައި ކުޑަކުދިންވެސް އުޅޭ ކަމަށާއި، އަހަރެމެންގެ ސަގާފަތާއި، އިސްލާމީ އާދަކައިދައިގެ ތެރެއަށް އެފަދަ ކަންކަން މިކްސް ވެގެން ނުވާނެ ކަމަށެވެ. އެކަމުގައި އުޅެނީ ގަވާއިދުގެ މައްސަލައެއް ނޫން ކަމަށާއި، ވިސްނުމުގެ މައްސަލައެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އެކަންކަން ބަލާ، ފިޔަވަޅު އަޅާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ އެތައް ރަށެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރިއަރާފައިވާ އިރު، އާންމުންގެ ތެރޭގައި ގެސްޓުން ބިކިނީ ލައިގެން އުޅޭކަމުގެ މައްސަލަތައް ވަނީ ބޮޑުވެފައެވެ.
މާމިގިލީގަ މަގުމަތީގަވެސް އުޅޭ ވަކިން ހާއްސަކޮއް ބިކިނީގަ އޮރިމާ ގެސްޓުން އުޅެން ބީޗު ވެސް ވަކިކޮފަ އޮންނަނީ
މި ގެސްޓު ހައުސް ހިންގާ މީހުން ގެސްޓުން އުޅޭ ގޮތެއް ނުބަލާ ޑައިވިން ނޫނީ އެހެން ދަތުރު ތަކު ދާއިރު އަންނަ އިވެސް ގިނައިން ތިބެނީ ޖަންގިޔަލާ ބުރާގަ
މީ އެމްޑީޕީ ސަރުކާރެއް. ނުކުރެވޭނެ ކަންތަކާ އަނގަ ގަޅަނީ މަޖިލިސް އިންތިޚާބަށް ކެމްޕޭނެއްގެ ގޮތުގައެއްނު.
މީހުން އުޅޭ ރަށްރަށަށް ޓުއަރިޒަމް ގެންދާކަށް ނުޖެހޭ. ގެންގޮސްފަ ކޮން ކިއްލިއެކޭ ކިޔާކަށްތަ؟
ތިކަމެއްނުވާނެ. ޓޫރިޒަމް މިނިސްޓްރީ އަކަށްވެސް ގެސްޓް ހައުސްއަކައްވެސް ރަށުކައުންސިލަކަށްވެސް ޕޮލިހުންނަކަށްވެސް އިންސާނީ ހައްޤުތަކަށް އަރައެއްނުގަނެވޭނެ. އެމީހުން އަންނަނީ ބޮޑު ޚަރަދުކޮއްގެން އެމީހުން ހިތްހަމަޖައްސަން.
ގެސްޓް ހައުސް ހުންނަ ރަށް ރަށުގަ ތިބުނާ ބަޔަކު މޫދަށް އެރެން ވަކި ދިމާލެއް ޚާއްސަ ކޮއްބަލަ އެދިމާލަކަށް ކަމާ ނު ބެހޭމީހުން ނުދިޔައިމަ ނިމުނީނު
މިދެން ކާކު ބޮޑުވާހަކަ ދައްކަން.. ތަބަކަށް މަގާމުލާފަ ދިނީމަ އަރާ ކޮން މޮޅުވާހަކައެއް ދައްކާކަށް.. އަދި ބޮޑުވެފަޔޭދޯ މިހުންނަނީވެސް.. ހިތައްނާރާ ބަހާފަދިން މަގާމެއްކަމެއް..
ކޮންނަންބަރަކަށް ގުޅަންޖެހެނީ. 70 އަހަރުން މަތީ މީހަކުވެއްޖިއްޔާ ހުއްދަވާތީ ކަންނޭގެ މުޅި ހުޅުމާލޭގެ ބީޗް ތަކުގައި މިބިކިނީ ގުރޫޕް އުޅޭނެ،
ބިކިނީ ހުއްދަ ނުވަންޏާ...ޓުއްރިޒަމް ދާނީ ދަށައް...އަންނިބެ ބުނާގޮތަކަށް މިތާ އުޅެވޭނީ...
ހަގީގަތުގަ ގެސްޓްހައުސް ވިޔަފާރިއަކީ ވަރަށް ދުރާލާވިސްނާފަ އެއްކަލަ ލާދީނީ އަންނި މިގައުމަށް ގެނައިކަމެއް، މިހާރު އެބުނަނީ މީހުން އުޅޭގޭގެވެސް ގެސްޓުން ގެންގުޅެވޭގޮތައް ހަދާނަމޭ، ރައްޔިތުން މިކަމާވިސްނާފަ މިފަހަރު މަޖިލީސް ހޮވުމަކީ ބުއްދިވެރިކަމެއް، އެހެނީ ޔަހޫދިންގެ އެޖެންޑާއެއް ކުރިއަށްގެންދަން އަންނިއެއުޅެނީ!
އެއްވެސް ގެސްޓަކު ނާންނާނެ ބިކިނީނުލެވެއްޔާ، ބިކިނީލާންވެގެން ރާއްޖެ އަންނަނީ!
މާފުއްޓަކީ ނަޝީދުގެ އުފެއްދުމެއް. އިޖްތިމާ އެތައް މައްސަލައެއް އެތަނުގައި. ވަރި އާ ޒިނޭއާ ބަރަހަނާގަ އާއްމުންގެ ތެރޭގަެި އުޅުމާ ޕީޑީއެފް އާ މިހެން ގޮސް ޢަޙްލާޤީގޮތުން ނެތްމައްސަލައެއް ނެތް. ހުރިހާއެއްޗެއްގެބަދަލުގައި ޑޮލަރ ލިބޭތީ އެމީހުންއެތިބެނީ ނިކަން ހެވިފަ.
ޙިއްމަފުއްޓަށް ގޮސް ނުކެރޭ ކުދިން ގޮވަިގެން ބޭރަށް ނިކުންނާކަށް ފަގީރު ކޮއި ގިނަކަމުން އުޅޭނެ ގޮތަކަށް އެކޮއިމެން އުޅެނީ އުޅޭނެ ތަނެއްގަ
ރަށްރަށު ގޮނޑުދަށުގަ އޮވެ އެބަ ކަންކޮށްނިންމާލާ.. އެކަމު މިކަމަށް ފިޔަވަޅެއްވެސް ނާޅާ.. އަނެއްބައިމީހުން ހަވީރު އަތިރިމައްޗަށް ނުކުމެ ކުޑަކުދިން އެއްވާއިރަށް ނެރެފަ އެބަ ދައްކާ އަޅާފިޔަވަޅެއް ހަމަ ހަރާން... އަނެއްބައި ފަހަރަށް އެންދަމާ ދަލުން ހެދުން ފަހައިގެން ރޯއޮރިޔާމުން ރަށުތެރޭ ފިހާރަތަކުން ރެސްޓޯރެންޓުން އެބަދުވޭ ތިބުނާ ބުރައެއް ޖަންގިޔަލެއްވެސް ނުހުރޭ... އެކަމުވެސް ޑޮލަރު... ބަލަ އެމީހުނަށް ރިސޯޓުތައް ދީފަ އެއޮތީ.. ދެން ކުޑައަގުގަ އުޅެން އައިއްސަ ރިސޯޓް ސަރވިސް މިތަނަކުން ނުލިބޭނެ... މިއަންނިގެ ބަލާވެރިކަން މިހާރު ޅަ ޒުވާނުން ބިޓުންވެސް ނަގަނީ މިކާފަރު ފުރޭތަތަކުން ދެން ދަނީ އެމީހުންގެ ގައުމުތަކަށް.. އަންނަ އިރު މޮޔަކުއްތާއަކަށްވުރެ ދަށުދަރަޖަ އެއްގަ
ކަރާ ވަހީދު ފަޅާނީ ކަރާ... އެނޫން އެއްވެސް ކަމެއް އޭނާއަކަށް ނުވާނެ.. ކޮން ފިޔަވަޅެއްތަ ކަލޭމެން އަޅާނީ... މިއީ އެމްޑީއީ ސަރުކާރުން ކުރުވާ ކަމެއްވިއްޔަ.. މިގައުމުން އިސްލާމް ދީން ފޮހެލަން