ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް، ޝަރުޢީ އަދި އިދާރީ ހެޔޮ ބަދަލުތައް ގެނައުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރައްވަމުންގެންދަވާ މަސައްކަތަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ތުރުކީ ވިލާތުން ދެއްވާނެކަން ތުރުކީ ވިލާތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކަން ދެއްވައިފި ކަމަށް ރާއްޖޭގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.
ތުރުކީވިލާތުން މިކަށަވަރުކަން ދެއްވީ ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، ޝަރުޢީ ދާއިރާއަށް ގެންނަންޖެހޭ އިޞްލާޙީ ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސް ނަންގަވައިގެން ކުރިއަށް ގެންދަވާ ޚާއްޞަ މަސައްކަތްޕުޅުގެ ދަށުން 2019 މާރިޗު 9 އިން 16 އަށް ޝަރުޢީ ދާއިރާގެ އިސް ވަފުދެއް ތުރުކީ ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެވަފުދާއި ބައްދަލުކުރައްވައެވެ.
މި ދަތުރަކީ، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭ ތަޢުލީމާއި ތަޖުރިބާ ހޯދުމަށާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ތަރައްޤީކުރުމާ ބެހޭގޮތުން އެކުލަވައިލެވިފައިވާ އިންސްޓިޓިޔުޝަނަލް ޑިވެލޮޕްމަންޓް ޕްލޭނުގައި ހިމެނޭ، އެކިއެކި ޤައުމުތަކުގެ ޖުޑީޝަލް އެކަޑަމީތަކަށް ޒިޔާރަތްކޮށް އެ ތަންތަނާ ގުޅުން ބަދަހިކުރުމާއި، އެ ތަންތަނާ ގުޅިގެން ކޮންޓިނިޔުޑް ޖުޑީޝަލް ލީގަލް އެޑިޔުކޭޝަނުގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަމާގުޅޭގޮތުން މަޝްވަރާކޮށް ތަޖުރިބާ ހޯދުމަށްޓަކައި ކުރާ ދަތުރެއް ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.
މި ދަތުރުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި، ތުރުކީ ވިލާތުގެ މަދަނީ ޢަދުލުގެ ނިޒާމް ހިނގާގޮތް ބަލައި ދިރާސާކުރުމާއި، ތުރުކީގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ކަންކަން ރޭވި ހިނގަމުންދާގޮތް ބަލައި ދިރާސާކުރުމާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަންނީ ޤާބިލިއްޔަތު އިތުރުކުރުމަށްޓަކައި ތުރުކީ ވިލާތުގެ ޖުޑީޝަލް ޓްރޭނިންގގެ މަސައްކަތްކުރާ މުއައްސަސާއާ ގުޅުން ބަދަހިކުރުމާއި، އެ މުއައްސަސާގެ އެހީތެރިކަން ހޯދުމާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގާ ޕްރޮގްރާމްތަކަށް އެ މުއައްސަސާގެ ފަންނީ އެހީތެރިކަން ހޯދުމުގެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.
މި ދަތުރުގައި، ތުރުކީ ވިލާތުގެ މިނިސްޓްރީ އޮފް ޖަސްޓިސް އާއި، ތުރުކީ ވިލާތުގެ ޖަސްޓިސް އެކަޑަމީ އާއި، ކޯޓު އޮފް ކެސޭޝަން އާއި، ރީޖަނަލް ކޯޓު އޮފް އެޕީލް އާއި، ސިވިލް ކޯޓް އޮފް ފަސްޓް އިންސްޓެންސްގެ އިތުރުން، އޮފީސް އޮފް ދަ ޗީފް ޕްރޮސިކިއުޓަރ އަށް ޒިޔާރަތްކޮށް އެ ތަންތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ވަނީ ކުރެވިފައި ކަމަށް ވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.
ރާއްޖޭގެ ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ކަންތައް ކައިރި މުސްތަޤުބަލެއްގައި ފައްޓަވާނެކަމަށް ތުރުކީ ވިލާތުގެ މިނިސްޓްރީ އޮފް ޖަސްޓިސް އަދި ޖަސްޓިސް އެކަޑަމީން ވަނީ ވިދާޅުވެފައި ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތު ދެއްވައެވެ.
ތުރުކީވިލާތައް ކުރައްވަމުން ގެންދަވާ ދަތުރުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ދީދީއާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްއާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮންމެ ބަޔަކު އެހީވިޔަސް މިތާ ތިބޭބަޔަކު އިސްލާހު ނުވެ މިނިވަންކަމެއް ނުލިބޭނެ..
ރާއްޖޭގެ ސަރުއީދާއިރާ ރަނގަޅުކުރުމައްޓަކާ ކުރަންޖެހޭ ކަންތައް ވަރަށްގިނަ
1. ރަށްކާތެރި މާހައުލެއް ފަނޑިޔާރުންނަށް ހޯދައިދިނުމާއެކު ސެކިއުރިޓީ ހަމަޖައްސާދިނުން
2. ރާއްޖެއިން މަސްތުވާތަކެތި ނައްތާލުން
3. ގޭންގުތައް ނައްތާލުން
4. ވިޔަފާރިވެރިންނައްވުރެ ފަނޑިޔާރުން މުއްސަނދިވުން
ޔޫރަޕްގެ އިއްތިހާދާ އެމެރިކާ އިން ނުރުހުން ފާޅުކުރީމަ ސަރުކާރުން ހުރަސް އަޅާނެ
ޝަރުއީދާއިރާ އިސްލާހު ނުވެގެން އުޅެނީ ތުރުކީއިން ނޫނީ އެހެން ކޮންމެވެސް ގައުމަކުން އެހީ ނުވެގެން ދޯ.. ދިވެހީންނަކައް މިނިވަންކަމެއްވެސް އަދި މުއްސަނދިކަމެއްވެސް އަދި ސުލަހައެއްވެސް އެކައްޗެއްވެސް ޑިޒާވެއްނުވޭ..މިއީ ވަގުންނާއި ހަރާމްލާރީގެ ފިތުނައިގެ އުންމަތެއް.. މިތާގެ ތާރީޚުންވެސަ މިނޫންކަމެއް އަޅެ ފެނޭތަ.. ސިހުރު ހެދުމާއި ވައްކަމާއި މީހުން މެރުމާއި ރިޝްވަތު ދިނުމަާއި ދޮގުހެދުން އޮތީ.. ބުއްދީގެ ތަނަވަސްކަމުން އެއްޗެއް އީޖާދު ކުރިމީހެއްވެސް ތާރީޚަކުނެތް..ތާރީކެއް ލިޔެލާނެ މީހަކުވެސް އިހުގެ ގަދީމީ ތާރީޚަކުނެތް..އެކަމަކު އެމެރިކާއައްވުރެ ގިނަޒަމާންވެއްޖެ ބަޔެކޯ..މިކަންކަމުން ދިވެހިންނަކީ ކޯޗެއްކަން ދޭހަވޭ.. ވީމާ ކިތަންމެ އެހީ އެއް ހިފައިގެން އަޔަސް މިތާގަ ދިވެހިން އުޅޭހާދުވަހަކު ޝަރުއީ ނިޒާމެއް ރަނގަޅެއްނުވާނެ. އިބުނިބަތޫތާ ލިޔެފަ އެބައޮތް 17 ވަނަ ގަރުނުގަވެސް މިތަނައް ޔަމަނު ހިސާބުތަކުން ގާޒީން ގެނެސްގެން އުޅުނުވާހަކަ..މިކަމުންވެސް އެނގެނީ ދިވެހީންނަކީ އިންސާފުގާއިމު އަމިއްލައައް ކުރަން ދަންނަ ބަޔެއް ނޫންކަމެވެ. ކިތަންމެ ކިޔެވިޔަސް ބުއްދިޔާއި އިޚްލާސްތެރިކަމާއި ތެދުވެރިކަމަކީ އަދި ޔަގީންކަމާއި އެކު ލިބޭ އެއްޗެއް ނޫނެވެ. މިހާރު ދެން މިތިބީ އަންހެނުންގެ ޒަމާން އައިސްގެން ގާޒީންނައްވެސް ސީދާ އިސްލާމީ ޝަރީއަތާއި ދިމާ އިދިކޮޅައް ގާޒީކަން ދީގެން.
ތިޔަ ތިރުކީގެ ކޯޓުތައްވެސް ހަލާކުވާން ކާރިވީ އެހާވެސް ނުރައްކާ ބައެއް ރާއްޖޭގައި ތިޔަ އުޅެނީ މީ ދޮގެއްތޯ
ޓިޔަ ފޮޓޯގއަި ތިއްބެވި ބައެއް ފަޑިޔާރުންނާއި އެކު ތިކަން ވާނެކަމާއި މެދު ޝައްކު. ޚޮރަޕްޝން އިން ފޯވެފައި ތިބި ބޭފުޅުން އެބަފެނޭ
ކޮންތާކު؟ ތީހަމަ ދައުލަތުގެ ލާރިކާން ކުރާ ދަތުރު. ކޮންމެ މީހަކަށް އެވަރަށް ލާރިދޭނެ ދަތުރު ހަރަދަށޭ ކިޔާފަ.
މިނިވަންކަމުންނެއްނު އަދިވެސް މެޓަރނިޓީ ލީވް އިތުރު ނުކުރަން ތިތިބެނީ