ބަނގުރަލުގެ ވިޔަފާރި ކުރުމަކީ ވަރަށް ފައިދާ ހުރި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެމަނިކުފާނަށް ފާޑުކިޔުން އަމާޒުވެފައި ވާއިރު އެކަމާއި ގުޅޭ "އިއްތިފާގެއް" މީހުންގެ ސަމާލުކަމަށް އައިސްފިއެވެ.

ރަލުގެ ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާ ބޮޑުވެ މުއްސަނދި ވާނެ ކަމަށް ނަޝީދު ވިދާޅުވީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އއ.ތޮއްޑޫގައި ބޭއްވި ޖަލްސާއެއްގައެވެ. ނަޝީދު އެރޭ ދެއްކެވި ވާހަކަ "އިއްތިފާގަކުން" ނަމަވެސް ގުޅެނީ 2009 ވަނަ އަހަރުގެ ނޮވެމްބަރ 09 ވަނަ ދުވަހާއި އެވެ.

2009 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 09 ވަނަ ދުވަހު އޭރު ނަޝީދު ވެރިކަމުގައި ހުންނަވައިގެން ބަނގުރަލާއި އޫރު މަސް މީހުން ދިރިއުޅޭ ރަށްރަށުގައި ވިއްކުމުގެ ހުއްދަ ސަރުކާރުން ދެއްވިއެވެ. ނޮވެމްބަރ 15 ގައި އަމަލު ކުރަން ފަށާގޮތައް ނޮވެމްބަރ 09 ވަނަ ދުވަހު ޤަވައިދު ގެޒެޓްކޮށް ބަނގުރަލާއި އޫރު މަސް ވިއްކުމުގެ ހުއްދަ ދިން ނަމަވެސް ޕްރެޝަރު ބޮޑުވެގެން ޤަވައިދު ތަންފީޒު ކުރެވިފައެއް ނުވެއެވެ.

ބަނގުރަލާއި އޫރު މަސް މީހުން ދިރިއުޅޭ ރަށްރަށުގައި ވިއްކުމާއި ދެކޮޅަށް އެތައް ބަޔަކު މުޒާހަރާކޮށް، ޕެޓިޝަންތަކުގައި ސޮއިކޮށް ސަރުކާރުގެ ނިންމުމާއި ދެކޮޅު ހަދަން ފެށުމުން އެންމެފަހުން 2010 ވަނަ އަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހު ސަރުކާރުގެ ނިންމުން ބަދަލު ކުރިއެވެ.

އަނެއްކާވެސް އޭގެ 09 އަހަރު ފަހުން އެމްޑީޕީގެ ވެރިކަމެއް ގާއިމް ވެފައި ވާއިރު މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. ނަމަވެސް ނަޝީދު އިއްޔެ ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޚުރުސް

    މީތި މާ ބޮޑު މޮޅު އެއްޗަކަށްވެގެން މިކަލޭގެ ފަހަތުންވެސް ގައުމާއި ދީނަށްޓަކައި ބަޔަކު އުޅޭކަމީ މިގައުމުގެ މިސްރާބް ބުދުފައްޅިޔާއި ޗާޗްތަކާއި ދިމާލަށް ދާނޭކަމުގެ ހެއްކެއް.

    90
    3
  2. عبدالله

    يُرِيدُونَ أَن يُطْفِؤُواْ نُورَ اللّهِ بِأَفْوَاهِهِمْ وَيَأْبَى اللّهُ إِلاَّ أَن يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُونَ

    އެއްޖިންސުން ގުޅުން ހިންގުމަށާއި، ރަލާއި އޫރުމަހާއި ޒިނޭއާއި ލިވާޠާއި
    މިކަންކަމަށް ބާރުއަޅާ ވެރިކަމެއް، މިރާއްޖޭގައި ނޯންނާނެއެވެ. ހަލާކުވެ، ނިމިގެންދާނީ، މިވެރިންނެވެ.

    37
    1
    • ޚިޔާލު

      އެމްޑީޕީ ވެރިކަމަށް ގެނައި ބޮޑު މެޖޯރިޓީ ތި އާޔަތެއް ނުދަނޭ. ގައުމުގެ ގިނަ ބަޔަކު މިހާރު ވެސް ހަލާކުވެ ނިމިއްޖެ ނޫންތޯ.

      6
      1
  3. ހުޅުރާއްޖެ

    މި މީހާއަކީ މުޅި ރާއްޖޭގައި ހުޅުޖަހައިގެންވެސް ވެރިކަން ހޯދަން އުޅުނު މީހެއް. ކަނާތުންކުރާ ކަންތައް ވާތަށް ނާންގައި ކުރަންއުޅޭ މީހެއް. އެވަރުގެ މީހަކު މިބާވަތުގެ ވާހަކަވެސް ދައްކާނީ މިކަހަލަ ގޮތަކަށް. ކުދީންނޭ! ހޭއަރައިތިބޭތި. ބޮޑިއެއް ނުބޯތި.

    24
    2
  4. ކިއުން

    މިކަލޭގެ ގެނގޮސް 2 ގަސްދޭތެރެއަށް ލަމާ ހިނގާ

    5
    1
  5. ޢިބޫ

    ޝޭހު އިމްރާން އެންމެ އަޑުގަދަކުރީ މިހާރު ހުން ނެވީ ނަގޫފިތިފަ ހަނު....