ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު "ވަގުތު" އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤަށް ހުރަސް އަޅަމުން ގެންދާ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި، މޯލްޑިވްސް ޕޮލިސް ސާވިސް އަށް "ވަގުތު" އިން ހުށަހަޅައިފިއެވެ.
ދެ އިދާރާ އަށް "ވަގުތު" އިން ހުށަހެޅި މައްސަލައިގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރުގެ މައްސަލަ ބައްލަވާ، އޭނާ އާއި މެދު ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދިފައިވެއެވެ.
"ވަގުތު" އިން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލައިގައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤު ނިގުޅައިގަތުމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ކޮށްފައިވާ، އަދި ކުރަމުން ގެންދާ ކަންތައްތަކުގެ ތަފްސީލް ހިއްސާ ކޮށްފައިވެއެވެ.
އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް "ވަގުތު" އިން ފޮނުވި ސިޓީގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރުގެ އަމަލުތައް ފުލުހުންގެ ޤާނޫނާއި، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ފުލުހުންގެ ކޯޑް އޮފް އެތިކްސް އާއި ހިލާފު ވެފައި ވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރުގެ މައްސަލަ ބަލައި ދިނުމަށް އެދިފައި ވެއެވެ.
"ވަގުތު" އިން މީގެ ކުރިން ވަނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރުގެ މައްސަލަ އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޝަނުން އައްޔަން ކުރައްވާފައި ހުންނަ ނޫސްވެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ ޚައްޤުތައް ކަށަވަރު ކޮށްދޭ މިންވަރު ބަލާ މަންދޫބު ޑޭވީޑް ކާޔޭގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.
މާޗް މަހުގެ 03 ވަނަ ދުވަހުން ފުލުހުންގެ ވަޓްސްއެޕް ގްރޫޕުން "ވަގުތު" ގެ ނޫސްވެރިން ބޭރުކޮށް ފުލުހުންގެ ޚަބަރާއި މައުލޫމާތު "ވަގުތު" އަށް ފޯރުކޮށްދިނުމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ވަނީ ހުރަސް އަޅާފައެވެ. އަދި މާޗް 13 ވަނަ ދުވަހުގެ ރޭ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވަނީ "ވަގުތު" ނޫސްވެރިން ފޯން ނަމްބަރު ބްލޮކްކޮށް "ވަގުތު" އަށް މައުލޫމާތު ދިނުން ހުއްޓާލާފައެވެ.
ރޭ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރުގެ މައްސަލަ އަދިވެސް އިތުރު ފަރާތްތަކަށް ހުށަހަޅަން "ވަގުތު" އިން ވަނީ ނިންމާފައެވެ.
ކަމެއްލިބުނީމައި ގަސްދުގައި އޮޅުވާއި އިންސާނެއްކަންވެސް ހަދާންނެތުނީ މިއީ އަންހެން ގުންޑާއެއް ވަގުތައައް ދަންނަވަން މިކަހަލަ މީހުން ފުލުހުންގެ ތެރޭގައި ތިބޭ މިފަދަ މީހުން ހަމަބިމަށްތިރިކުރަންޖެހޭނެ!
ކިތަންމެ ތާކަށް މައްސަލަ ލިޔަސް ނުބަލާނަން. މީ އަހަރެމެންގެ ސަރުކާރު. ބޭނުން އެއްޗެއް ހަމަ ހަދާނީ. މާ އުދަގޫ ބޮޑުވަންޔާ ވަގުތު އުވާލާނީ. ?
މި ސަރުކާރުގަ ތިކަން ހަމައެކަނި ބެލޭނީ
ފުލުހުންގެ މުއައްސަސާ ކަހަލަ ޒިއްމާދާރު އިދާރާ
އެއްގައި ވަޒީފާއަދާ ކުރާމީހަކު ޒާތީ ވުމާއި ޖަޒްބާތުގައި ތާށިވުމަކީ އެމުއަސްސާއެއްގެ އަގު
ވެއްޓުމުގެ އިތުރުން ސަރުކާރުވެސް ފޭލްވެއްޖެކަން
އިއުލާކުރާ އަމަލެކެވެ ރައްޔިތުންނަށް ޚިދުމަތް
ކުަރަން ނުކުންނަމީހާ ވާންޖެހޭނީ ކެތްތެރިކަމާއި
ވިސްނުންތެރިކަމާއި އެކު ރައްޔިތުންނާ މުއާމަލާތް
ކުރުމުގެ ގާބިލްކަމާއި ހުނަރު ހުރި މީހަކަށެވެ
އެހެން ނުވާނަނަމަ އެމީހަކީ ގައުމަށާއި ރައްޔިތުން
ނަށް ބޭނުންހިފޭ މީހަކަށް ނުވާނެއެވެ.
ތިހެން އުޅުނު ސުޒީއޭ ކިއުނު މީހެއްވެސް ޕޮލިސްގަ ކިހިނެއްވީ އަމިއްލައަށް ބޭޒާރުވެ މޮޅެތި ފިލްމުކުޅެފަ އަވަހައް ވަޒީފާއިން ވަކިކުރުމުގެ ކުރިން އަމިއްލައަށް ވަޒީފާއިން ކެންޑިގެން ރައްކާވީ މި އިޒްމިއާއޭ ކިއުނު ބޭފުޅާވެސް ހިތިގޮތަކަށް ނިމިގެންދާނެ
މިހާރު މަށައް އޮޅިއްޖެ ކާކު ކާކަށް ޒާތީ ވެގެން އުޅެނީ؟
އިންނާނެ މީހަކު ނުލިބި މިހާގިނަ ދުވަސް ވީމަވެސް ވާނީ މިހެން ދޯ