ތ.ގުރައިދޫ އިން މޫދަށް އެރި އުޅެނިކޮށް ސިބެޑެއްގައި އޮޔާ ދިޔަ އަންހެނަކު ސަލާމަތްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު 10:13 ހާއިރު އެރަށު، ރަށުފަންނާ ދިމާ އަތިރިމަތިން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނާގޮތުގައި އޮޔާދިޔަ ސީބެޑްގައި އިނީ 19 އަހަރުގެ އަންހެނެކެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށް، އަންހެންމީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ.