ތ. ތިމަރަފުށީގައި ދެ މީހަކު ދަތުރު ކުރަމުންދިޔަ ވޭނެއް ފުރޮޅާލައިފި އެވެ
ފުލުހުން ވިދާޅުވީ، މިކަން ހިނގާފައިވަނީ މެންދުރު ފަހު 2:45 ހާއިރު ކަމަށާއި މިކަން ހިނގާފައިވަނީ ތިމަރަފުށި އެއާޕޯޓަށް ދާ މަގުން ދުއްވާފައި ދިޔަ ވޭނެއްގައި ކަމަށެވެ، ވޭން ފުރޮޅާލައިގެން ހިނގި އެކްސިޑެންޓުގައި ވޭންގައި ތިބި ދެ މީހުންނަށް އަނިޔާ ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން އެކްސިޑެންޓުގައި ވޭންގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން އިތުރަށް ވިދާޅުވީ، މިހާރު މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ސާބަހޭ ތިމަރަފުށީ މީހުންނަށް. ތި ރަށުގަ ދުއްވަންވީ މަތީގަ އުދުހޭ ކާރު .....
ދުއްވާ އެއްޗަކައް އެރުނީމަ ހީވަނީ ދުނިޔެ ރަންވެގެން އުޅޭހެން.....
ދުއްވާއިރުގަ މަގުގަ ހިނގާ މީހުންނަށް ވެސް ބަލާލަން ވާނެ ....
I believe I can fly. Thats what he thought
And the passanger was like, You're despecible