ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ، އިބްރާޙިމް، މުޙައްމަދަށް ތާޢީދު ކުރެއްވުމަށް، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނިންމަވައިފިއެވެ.

ރާއްޖޭއިން ބޭރުގައި ހުންނަވައި، ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ޝަހީމު ވިދާޅުވީ، އިބްރާޙިމް މުޙައްމަދަކީ ، ޢިލްމީ ޤާބިލް ބޭފުޅެއް ކަމަށާއި، އަދި އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި އިބްރާޙިމް އަކީ ރައްޔިތުންގެ ހައްޤުގައި ވަކަލާތުކުރުމުގެ ޤާބިލްކަން ހުރި ބޭފުޅެއްކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

"އިބްރާޙިމް އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުމުގެ ޢިލްމާއި ފިކުރާއި، ސިޔާސީ ތަޖުރިބާ ހުރި ބޭފުޅެއްކަމަށް ފެންނާތީވެ، އިބްރާޙިމް މުޙައްމަދު ކުރމަތިލައްވާފައިވާ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުން، ވަކިން ޚާއްޞަކޮށް އެ ދާއިރާގައި ތިއްބެވި، މިދިޔަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ތާޢީދު ކުރެއްވި، އެންމެހާ ބޭފުޅުން އިބްރާޙިމް މުޙަައްމަދަށް ތާޢީދު ކުރައްވާ ވޯޓު ދެއްވުމަށް އެދި ދަންނަވަމެވެ." ޝަހީމްގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި ވަގުތު، ޑރ.ޝަހީމް އަކީ މުސްލިމު 58 ގައުމު ހިމެނޭހެން އެކުލަވާލާފައިވާ އިސްލާމީ އެންމެ ބޮޑު ޖަމްއިއްޔާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރެވެ. އަދި ޝަހީމް ވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަޤާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުން، ނިމި ދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންމޭޓެއްގެ ގޮތުގައިވެސް ހުންނެވީ ޑރ ޝަހީމެވެ.

މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ، އިއްބެ އަށް ތާޢީދުކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުންވެސް ވަނީ ނިންމާފައެވެ.

މަޖިލިސް އިންތިޚާބު ބޭއްްވުމަށް ހަމަހެޖިފައިވަނީ އަންނަ މަހުގެ