ރާއްޖޭގެ ނައިބު ރައީސް، ޖޭޕީގެ މެމްބަރު ފައިސަލް ނަސީމްވެސް އެޕާޓީއާ ދެކޮޅަށް ކެމްޕޭން ހަރަކާތަށް ނުކުމެވަޑައިގެންފިއެވެ.

ފައިސަލް ނަސީމް މިއަދު ލ. އަތޮޅަށް ވަޑައިގަންނަވާފައިވާ އިރު، އެއާޕޯޓުން މަރުހަބާ ދެންނެވީވެސް، ގަން ފޮނަދޫ ސަރަހައްދުގެ އެމްޑީޕީ ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ. އެއާޕޯޓުގައި ރީތި ކުލައިން ސަފުތައް ހަދާލާފައި އޮތް އިރު، ލ. ގަމު ބައެއް ދާއިރާތަކުގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް މިއަދު ހަވީރު ބޭއްވި ސައިކަލު ބުރެއްގައިވެސް ނައިބު ރައީސް ފައިސަލް ބައިވެރިވެލެއްވިއެވެ.

އެފަދަ ހަރަކާތެއްގައި ނައިބު ރައީސް ބައިވެރިވެލެއްވި އިރު، ގަމު ދާއިރާއަށް ވާދަކުރައްވާ ޖޭޕީ ކެނޑިޑޭޓެއްވެސް ހުންނެވިކަން ފާހަގަކޮށްވެއެވެ. އެ ދާއިރާއަށް ޖޭޕީން ވާދަކުރައްވަނީ ޤާނޫނީ ވަކީލް އަލްއުސްތާޛް އާދަމް އާސިފެވެ.

ފައިސަލް މިއަދު ފޮނަދުއަށްވެސް ވަޑައިގެންފައިވާ އިރު، ފޮނަދޫ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް މޫސާ ސިރާޖާއެކުވެސް ފޮޓޯތައް ނަގާފައިވެއެވެ. އެމަނިކުފާނު އެފަދަ ގޮތަކަށް ތާއިދުކުރާ ކަމަށް އިޝާރާތްކޮށްފައިވާ އިރު، ފޮނަދޫ ދާއިރާއަށްވެސް ޖޭޕީން ކެނޑިޑޭޓަކު ވާދަކުރާކަން ފާހަގަކޮށްލެވެއެވެ.

ނައިބު ރައީސް ފައިސަލްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ރޭ ވަނީ އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭޓުންނަށް ތާއިދު ކުރަން ގާސިމް ނިންމަވާފައިވާ ނިންމުމަށް ފާޑުވިދާޅުވެފަ އެވެ.

ގާސިމްގެ އަނބިކަނބަލުން އަދި ޓްރޯސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ގާސިމްގެ ނިންމުމާމެދު ހިތްހަމަނުޖެހޭކަން ހާމަ ކުރައްވާފަ އެވެ. އަދި ރައީސް ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބަންކީ

    ބޮޑުމަންޒަރު ފެނޭ؟

    22
    3
  2. ބަންކީ

    ކޮބާ ބޮޑު މަންޒަރު ފެނޭ ؟

    20
    1
  3. އަހުނަސް

    މައްސަލަ އަކީ ޔަމީނެއް ނޫން. ގޮޑި ގެއްލިދަނެތީ މަގާމް ގެއްލިދާނެތީ ތެޅޭ މީހުން އުޅޭހެން ތި އުޅެނީ. ތިޔަށް ކިޔަނީ އަޅުވެތި ވުން. މިނިވަނުން އެމީހުން ބޭނުން ޚިޔަލެއް ފާޅު ކުރާނެ . އެމީހެއްގެ ޕާޓީ ދިފާއު ކުރާނެ.

    38
    1
  4. ޕްރައިވެޓް

    މަގާމު ގެއްލި ދާނެ. ބާރަށް ބައްދާ ފަ ބަހައްޓާ ދުނިޔެ އެކަނި އޮތީ ފަހުން އެއްވެސް ކަމެއް ނުވާނެ. ކަލޯ މެން މަރުވީމަ ވެއްޔައް ވާނީ. ލާދީނީ ބައިގަނޑު

    32
    3
  5. ދަންނައޭ

    އެއީ ދެކޮޅު ވަނީ އެއްނޫން އެމީހެއްގެ ފިކުރު މިހާރު ފިކުރު ފާޅުވާނީ

    11
    18
  6. ޜަނާ

    ޜައީސަށް އިތުބާރު ނެތިގެން ވަކި ކޮއްފާނެތީ އަވަހަށް އަނެއް ފަޅި ޔަށް އެރީ ކީކޭ ބުނާނީ ގާސިމް ތަބަކަކަށް ލާފަ ދިނީމަ ލިބުނު މަގާމެއް މިހިރީމިމީހުންގެ އަމިއްލަ އެދުމާ ލަދުހަޔާތް ނެތްވަރު ނިކަން ރީތި ރޯޅިއެއްގަ ތިޔަސޮރު ދާނެ ގިނަގޮޑިތަކެއް އޑޕ އަށް ލިބިއް ޖެއްޔާ ފޫކޮޅުގަ ފަތް ބަދެފަ ބޭރު ކުރާނެ އަންނިއަރާނީބޮޑުވަޒީރަކަށް ރައީސްއަކީ ހަމައެކަނި އޮންނަ މަގާމެއް އިބޫހުންނާނީ ރައީސަކަށް މިހާރުވެސް އިބޫ ބުނާ ކަަހަލަ ތިމަން ބޭނުންވަނީ މސައްކަތެއް ނުކޮށް ހުންނާށޭ

    31
    5
  7. މަސްވެރިޔާ

    މީގެ އަސްލުނޭގޭ... ނަމަވެސް ޤަބޫލްކުރަންޖެހޭ ހަގީގަތަކީ އޮނަރަބަލް ޤާސިމް އިބުރާހިމްގެ ހެޔޮއެުމުގެ ހަދިޔާގެ ތެރެއިންނޭ ފައިސަލް އަށް ނރ.ލިބުނީ. ޖޭޕީ އަށް ފައިދާވާނީ ޤާސިމް ވިދާޅުވާ މަގުން ހިގީމަ.. އެމްޑީޕީ. މެޖޮރިޓީ ނަގައިފިނަމަ ފައިސަލް އަށް މަޤާމުގަ ހުރެވޭނެތޯ އާއި އަލީ ވަހީދުގެ މިނިސްޓަރ ކަން ސިކިއުރވާނެތޯ ސުވާލް އުފެދޭ.

    31
    6
  8. ގުރެއިޝާ އިބުރާހިމް

    ގާސިމްބެ އޮޅުކުރި ގުރާތައް ގެއްލެނީ ....

    28
    1
  9. ޢަޒީމާ

    މި އަންނަނީ ރައީސް ޔާމީން އަދި ޕީޕީއެމް އިން ރިޔާސީ އިންތިޚާބުގައި ދެއްކި ވާހަކަތައް ޙަޤީޤަތަށްވަމުންނެވެ. ނައިބުރައީސް އެމްޑީޕީއަށް ސޮއިކުރަން މަޖުބޫރުވަނޭވާހަކަޔާ ، އެމަޤާމުގައި ދެމިހުރުމަށް ފައިޞަލް އަށް އެކަން މަޖުބޫރުވާނޭވާހަކަޔާ ، ދެފިކުރުގެ ދެމީހުންނަށް އެގޮތަށް ނުތިބެނޭ ވާހަކަޔާ ޖާޕީން ބޮޑަތި ޚަރަދުތަކާ މަސައްކަތްކޮށްގެން ގެނައިމީހުން ޤާސިމު ދޫކޮށްދާން މަޖުބޫރު ކުރާނޭ ވާހަކައެވެ. ޕޮއް

    38
    3
  10. ވިސް

    އިންސާފަކީ އެކަމާ މެދު ވިސްނާލި ކޮންމެމީހަކަށްވެސް ފެންނަންއޮއްއެއްޗެއް...ގާސިމް ވަނީ އިންތިހާޔަށް އަމިއްލައެދުން ބޮޑުވެފައި..މި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ހަމަހަމަ ވާން ޖެހޭނެ...އެމް ޑީ ޕީ ވަރެއް ހަމަ ނޯއްނާނެ...

    6
    28
  11. ވާވް

    މިއީ ހަމަ ރައީސް ޔާމީނަށްވެސް ވީގޮތް. އެންމެ ގާތްކަމަށް ދެކޭމީހުން މަގާމް ނޫނީ ނުހައްގުން ހޯދާ މުއްސަދިކަން ގެއްލިދާނެތީ ބުރަކަށްޓަށް ވަޅިހަރަނީ. ނުވިތާކަށް ރާއްޖެއަށް ކާފިރުކަން ގެންނަން އުޅޭ ސެކިލަރިސްޓު މޑޕ އަށް ސަޕޯޓް މިކުރަނީ. މޑޕ އަށް ތިންބާރު ލިބިއްޖެނަމަ މަހެއް ނުވަނީސް ފެންނާނީ ފާޅުގަ ތިމަންނަ އަކީ މުސްލިމެއް ނޫނޭ އެމީހުން ބުނާތަން.

    20
    1
  12. ޖަހާންގިރި

    ހުސް ގޮއްރީނދޫ ލައިގެންތިބި ޔަހޫދީން ލާދީނީ ނައިބު ރައީސް ދުވަސްކޮޅަކުން ބަލިވެދާނެ މަޑުކޮއްލާ.

    19
    3
  13. ޓެކުސީ

    މަގާމުގެ ބިރުން ކަށިމަހެއްތެޅޭހެން ތެޅެނީ ވަގުތުކޮޅަކުން ހިމޭންވެދާނެ އެދުވަސް ވަނީ ދާދި ކައިރީގައި.

    11
  14. ހަފީޒް

    ތީ ތިވާވަރަކީ.. އަމިއްލަ އެދުން ބޮޑުކަމުންގޮސް މަގާމު ހޯދަދިން ޕާޓީއައްވެސް ހަރާންކޯރުވެހުރެ މިދަނީ ރައްޔިތުންގާތައް ތިމާގެ އިންޓެގުރިޓީ ހިފައިގެންނޯ.. ފައިސަލްއަކީވެސަ ހަމަ ރޯނުއެދުރެއް ކަން މިހާރު މިއޮތްގެން ހާމަވީއެވެ. އަހަރެންނަކީ ޖުމްހޫރީޕާޓީއައަ ތާއީދުކުރާމީހެއްވެސް ނޫން.. އެކަމަކު މިހާރު ތިޔަ ހެދިގޮތުން ދެނެއް ފައިސަލް ނަސީމަކައް ނުވަތަ އޭނާ ބުނާ މީހަކައްވެސް ތާއީދެއް ނުކުރާނަން. ހަރާމްކޯރު ވާމީހުންނަކީ އެއްވެސް އަގެއް ތިބޭބަޔެއް ނޫން.. މޫނުގަ ފުއްޖަހައިގެން ކިތަންމެ ނަލަހެދިގެން ނިކުތަކަސް ހަރާމްކޯރުވާ މީހަކު އެއީ އެއްވެސްވަރެއްގެ އިތުބާރެއް ކުރެވޭނެ މީހެއްނޫނެވެ. އެއީ އަމާނާތްތެރިޔަކައް ނުވެވޭނެ މީހެކެވެ. ވަރައް ހިތާމަކުރަނަ ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރާމްކޯރު ނުވާ މީހަކު ނުފެންނާތީ..

    11
  15. މައިޒާން

    މިގޮލާ މީ ވަރައް މޮޅު އެކްޓަރެއް.. ހެދިގެން ހުންނާނީ މަހާތުމާ ގާންދީއައް.. އެކަމު އަސްލު ސިފަ މިހާރު އެބަ ފެނެއެއްނުން..

    12
  16. ޅަވިޔަނި

    ބޮޑުމަންޒަރު ފެނޭތޭ

  17. އައްޑޫ މީހާ

    ނައިބުކަން ގެއްލިދާނެތީ ބިރުން ކަލޯ ކިތަންމެ ވަރަކަށް ތިހެން އުޅުނަސް މަޖްލިސް ކާމިޔާބު ވުމާއިއެކު ކަލޯގެ އިތުބާރުނެއްކަމުގެ ވޯޓްނަގާނެ އަދި ބޭރުއަރުވާލާނެ ކިތަންމެ ވަރަކަށް ބަގުޑިބެއްދިޔަސް މަގާމު ގެއްލޭނެ ކަލޯ ހަޑިހާވަން އެމް.ޑީ.ޕީ އަށް ސޮއިކުރިޔަސް އެކަން މިހާރުއޮތީ ޕްލޭންކުރެވި ނިމިފަ