ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާ ދެކޮޅަށް އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ބާއްވަން އުޅުނު ހަރަކާތަށް ދޫކޮށްފައިވާ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދެންމެ ބާތިލް ކޮށްފި ކަމަށް ފުލުހުން އެންގުމާ ގުޅިގެން މިރޭ ހަރަކާތް ކެންސަލްކޮށްފިއެވެ.

އިންޑިއާ ސިފައިންނާއި ދެކޮޅު ހަރަކާތް އިންތިޒާމް ކުރެއްވުމުގައި އިސްކޮށް ހުންނެވީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އެވެ.

އުމަރު "ވަގުތު" އަށް ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވަން އުޅޭ އިންޑިއާ ސިފައިންނާ ދެކޮޅަށް ބާއްވަން އުޅުނު ހަރަކާތް ސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ. އޭނާ ބައިވެރިވެ، ޖަލްސާގައި ވާހަކަ ދައްކަވާ ނަމަ، އެ ހަރަކާތް ނުބޭއްވޭނެ ކަމަށް ފުލުހުން އެންގި ކަމަށް އުމަރު ވިދާޅުވި އެވެ.

އިވެންޓު ބޭއްވުމުގެ ހުއްދަ ސިޓީ ކައުންސިލުން ބާތިލް ކޮށްފި ކަމަށް ފުލުހުން އުމަރަށް އެންގީ އިވެންޓު ފެށި ފަހުންނެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

އިވެންޓް ބޭއްވުމުގެ ހުއްދަ ސިޓީ ކައުންސިލުން ދިނީ އިދިކޮޅު ޕީއެންސީ އަށް ކަމަށް ވެއެވެ. ހުއްދަ ބާތިލް ކުރީ ހުއްދަ ދިން އިވެންޓް ނޫން އެހެން އިވެންޓެއް ކުރިއަށް ގެންދާ ކަމަށް ބުނެއެވެ.

މިރޭގެ ހަރަކާތް ހުއްޓާލީ ފުލުހުންގެ އެންގުމަށް އިހްތިރާމް ކުރާ ކަމަށް ބުނެއެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ހެލިކޮޕްޓަރުތައް ދުއްވަން ރާއްޖޭގައި އިންޑިއާގެ 50 ވަރަކަށް ސިފައިން ތިބެއެވެ. އޭގެތެރެއިން ބައެއް ސިފައިން ތިބެނީ އައްޑޫ ސިޓީ ގަމުގައެވެ. ބާކީ ސިފައިން ތިބެނީ ލ.އަތޮޅު ގަމުގެ އާއްމުން ދިރިއުޅޭ ގެތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. އެއްލާލާތި

  އިންޑިއާ އިން ރާއްޖެ އަށް ހިލޭ ދިން ހެލި ކޮޕްޓަރު ގަނޑެއް ދުއްވަން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިންޑިއާގެ އެތައް ސަތޭކަ ސިފައިން މިގައުމުގައި ބައިތިއްބަން މިރާއްޖޭގެ ޑިފެންސް މިނިސްޓަރު މަސައްކަތް ކުރާނަމަ މިގައުމަށް އުދުވާނީ ހަމަލާ އެއް އަންނަދުވަހު އޭނާ ގެ އަމަލު ތައް ހުންނާނެ ގޮތާއި މެދު މަމެން ބިރުގަނެއޭ އިންޑިއާ ސިފައިން މިގައުމުގައި ތިބެން ނުޖެހޭނެއޭ ހެލިކޮޕްޓަރެއް ދުއްވުމުގެ ނަމުގައި ދާންއޭ ޖެހޭނީ ނުދަންނާ އެއްލާލާނަމޭ އެއީ ޔަގީން ކަމެކޭ އިންޑިއާ ސިފައިންގެ އާލާތުން ނަގާ ހޫރާލާ ހަމަ މިހާރު ހޫރާލާ އެއްލާލާ އެއްލާލާ އެއްލާލާ...

  62
  4
  • ކިނބޫ

   ރޭޕިސްތާނު ގެރި ކޯފާވެދާނެތީ ބިރުގަތީ

   33
   1
 2. Anonymous

  އެކަމަކު ޔާމީނު ނަންވާނީ، ނިމިދިޔަ ފަސްއަހަރުވެސް މިމީހުންގެ ބަލާވެރިކަން އިންތިހާއަށް ބޮޑުވެފައޮތީ، އެމަނިކުފާނަށް ނުގޮވާ އައުގުރާނައެއްވެސްނެތް، އެކަމަކު އިބޫއާ ދިމާލަށް "ކިނބޫ" ގޮވިމީހާ ވަގުތުން ހައްޔަރުކުރި، މިއީ ތަފާތަކީ.

  73
  1
 3. ނަގޫގޮށްޖެހި

  ކޮބައިތަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. އެކަމަށް މިސަރުކާރުންވެސް ހުރަސްއަޅަނީތަ

  71
  3
 4. ނީބުމަ

  އެއްވެއުޅުމުގެ މިނިވަންކަމާ ، ކުރުކޮށް ބުނާނަމަތަފާތު އެކިވައްތަރުގެ މިނިވަން ރައްޔިތުންނައްކަށަވަރުކޮށްދެނީޔޯ.. އެދުވަހުވެސް ފެނިގެްނދިޔައީއެއް މަންޒަރެއް. ޑިމޮކްރަސީގެ އަނަމަޗޯވެގެން ތެޅޭއިރު ނޭންގިނޫނީއެނގިގެން ވެސް ކިޔެނީ ހަމައެކައްޗެއް.

  52
  1
 5. ޖައްރާފު

  އުމަރަށް ހަމަސާބަސް ވޯޓުވަގު ސަރުކާރު އިނދަޖައްސާލަން މިހާރު ވެއްޖެ.

  66
  4
 6. އޭނާގެނޯކަރެކޭ

  ވައުދުތަކާ ދުރަށް ދެވޭކަށް ނެތް، އެޖެންޑާ 19 އަށް ވޯޓު ދެއްވާށޭ ރައީސް އަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ނުވެސް ބުނެވޭނެއޭ އެފަދަ ވާހަކަ ތަކެއް ރާއްޖޭގެ މަޖްލީހުގެ މެމްބަރު ކަމަށް ވާދަ ކުރާ ހުރިހާ މެމްބަރުން ވެސް ވާދަ ކުރަނީ އެއީ ގާނޫނު ތަކާއި އެއްގޮތްވާ ގޮތުގެ މަތިންނޭ ކަން މަޖްލީހަކީ އެއީ ސަރުކާރު ހިންގާ ބަޔެއް ނޫނޭ ސަރުކާރު ހިންގާނީ ރައީސް އާއި ކެބިނެޓް އިންނޭ ކިއެއްވެތޭ ވައުދާއި އެއްގޮތަށް މިހާރުވެސް ހުޅުމާލޭން ގޯތި ދޭންވީ ނުދެނީ ކިއެއްވެތޭ އިބޫ ދައްކަނީ ސީދާ ތާކުން ތާކު ނުޖެހޭ ރޯ ބުހުތާނު ދޮގު ވާހަކަ ތަކޭ އިބޫގެ 100 ދުވަހުގެ ވެރިކަމުގައި ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ކުރި އެއްވެސް ކަމެއް ބުނެދީބަލަ އިބޫ ބުނެ ނުދެވޭނެއޭ ދެން މަޖްލީސް ލިބުނީމާ ބުނާނީ ކައުންސިލް ލިބުނީމައޭ ދެން ކައުންސިލް ލިބުނީމާ އެއްވެސް ކަމެއް ނުކޮށް ތިބެ އިންޑިއާ އަށް ރާއްޖެ ވިއްކާލާ ފިލާނީއޭ މީއޭ އިބޫގެ ސިޔާސަތު އޮތް ގޮތަކީ އެއީ ކެނެރީގެ ނަޝީދުގެ ޕަޕެޓެކޭ އޭނާގެ އަޅެކޭ އިބޫ އަކީ އޭނާގެ ނޯކަރެކޭ އިބޫ އަކީ...

  28
  1
 7. ޔމނ

  އުމަރައް ނުކުރެވެަޭނެ އެއްކަމެއްވެސް. ހަމަ ކަންކުރާނީ ރ.ޔ ކުރިގޮތައް. މިއަދު އިނގޭނެ އެ ދުވަހު ކަންކުރެވުނު ގޮތް. ދެން ފ......

  3
  29
 8. ސަރުކާރެއްް

  ހުއްދަ ނުލިބުނީ އިންޑިއާ އިން ގާއިމް ކުރި ސަރުކާރެއް ކަމަށްވާތީ.
  އިންޑިއާ އިން ވަރަށް ބޮޑު ޚަރަދެއް ކުރި މި ގައުމަށް އެމީހުންގެ ސަރުކާރެއް ގެނައުމަށް.

  43
  4
 9. ޖައްސާތި

  އިންޑިއާ ސިފައިން ނުޖެހޭނެއޭ ހިލޭ ބާ ހެލި ކޮޕްޓަރު ގަނޑެއް ދީފައި އެބަލަހައްޓަން އެތައް ހާސް އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބަން އެގޮތަށް އެކަން ނުކުރެވޭނެއޭ ރާއްޖޭގެ ޑިފެންސް މިނިސްޓަރަށް ވެސް އެގޮތަށް އެކަން ނުކުރެވޭނެއޭ ރައްޔިތުންގެ މަޖްލީހުގެ ހުރިހާ މެމްބަރުން ވޯޓަކުން އެކަން ފާސް ކުރި ނަމަވެސް އެގޮތަށް އެކަން ނުކުރެވޭނެއޭ ރާއްޖޭގެ ރައީސް ބޭނުންވިއަސް އެގޮތަށް އެކަން ނުކުރެވޭނެއޭ ރާއްޖޭގެ ހުރިހާ ރައްޔިތުން ބޭނުންވިއަސް އެއީ ބަދަލު ނުކުރެވޭނެ އެއްޗެކޭ އިންޑިއާ ސިފައިންގެ އާލާތުން ޖެހޭނީ ބާލަން ފުރަތަމަ އެމެން ޖެހޭނީ ރުހުމުގައި ފައިބާން ރުހުމުގައި ނުފައިބާނަމަ ބާރުގެ ބޭނުން ކޮށްގެން ވެސް ޖެހޭނީ ބާލަން ޗައިނާގެ ބޭނުން ކުރަންވީއޭ މިހާރު އިދިކޮޅުގައި ތިބި ހުރިހާ ފަރާތް ތަކުން ވެސް...

  31
  1
 10. ދދދދދދ

  ބިރުގަނޭނު ފިސާރި.

  27
 11. ކިނބޫ

  އުމަރު ދެކެ ވަރަށް ބިރުގަންނާނެ މި ސަރުކާރު. ސާބަހޭ އުމަރު. ވަކި ވަރެއް ވަންދެން ތިހެން މަނާ ކުރެވޭނީ. ދޫނުކުރާތި. މިތިބީ ތިކަމުގަ އަތް ގުޅާލައިގެން.

  48
  1
 12. ކަންބުލޮ

  ޢިންޑިޔާގެނުފޫޒު މިސަރުކާރުގެމައްޗައް ވަރައްބޮޑު ރާއްޖޭގެ ގައުމީ ކްރިކެޓްޓީމްމައް ޕާކިސްތާންސަރުކާރުން ހުރިހާހަރަދެއް ކުރާގޮތައް (ޓިކެޓް އެކޮމަޑޭސަން ފުޑް) މިމަހުފުރާގޮތައް ހަމަޖެހިފައޮތް ޓުވާއެއް އިންޑިޔާގެ ނުފޫޒުގަ ކެންސަލްކުރުވައިފި ދަތުރުގޮސްފިނަމަ މިސަރުކާރައް ވަރައްގެއްލުންވާނެކަމައްބުނެފަވަނީ

 13. ކަޅޭ

  ތިވާގޮތަކީ ވެއްޓިދާނެތީ ބިރުގަންނަނީ....

  11
 14. ބިދުވައެކޭ

  ރައީސް އިބޫ ރައްޔިތުންނަށްވި ވައުދު ތަކުގެ ތެރޭގައި ހިމެނޭ މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ވިޔަފާރި ވެރިންނަށް މާލެ ސަރަހަައްދު ގުޅި ފަޅުން އަދި ތިލަފުށިން ބިން ދޭނެ ކަމަށް އެކަން ކުރަން ކޮންމެހެން ބޭނުމެއް ނޫނޭ ރައްޔިތުންގެ މަޖްލީހުގެ ރުހުމެއް ވެސް އަދި ގާނޫނެއް ވެސް އެމްޓީސީސީ މަހާޖައްރާފް ގެނެސް ކައިރި ކުރުމަށް ފަހު ހިއްކާ އަޅާލަންވީއޭ ކޮން އީއައިއޭ އެއްތޭ އީއައިއޭ އޮޅާލާ އެއީ ގަމާރު ވާހަކަ ދައްކާ ބަޔެކޭ އޭގައި ހުންނަ އެއްވެސް ކަމެއް ނުވޭ އެއީ ސީދާ އައިރު މުސްލިމުން ތައްޔާރު ކޮށްގެން އުޅޭ ބިދުވައެކޭ ފައިސާ ގަނޑު މަޅާލަން ވެގެން...

  3
  1
 15. ދިސްވޭ

  މަމެން ނުދެކެން އިބޫ ރައްޔިތުންނަށް ވިވައުދު ފުއްދަން މަޖްލީސް އިން އެއްވެސް ގާނޫނެއް އިތުރަށް ފާސް ކުރަން ޖެހޭނެ ކަމަށް ނުޖެހޭނެއޭ މިރާއްޖޭގެ ދަ ރާއްޖެތެރޭގެ ކައުންސިލަރުން އަބަދުވެސް ބުނާނެ އެކަން ނުވީމާ މިކަން ނުވާނެއޭ އެއީ އެމެންނަށް ކަންކަން ކުރަން ނޭގޭތީވެ ބޮލުން ނައްޓާލަން ވެގެން އެމެން ދައްކާ ވާހަކަ ތަކޭ އެގޮތޭ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން ވެސް ކަން ކުރަނީ ތަޖްރިބާ އެއް ނެތް އަލަށް މަހަށްދާ ބަޔަކު އެެލް ބޯރޑް އަޅުވައިގެން ތިބެ ދަސްކުރަނީ މުޅިން ވެސް ކުރަނީ ކަނޑުކޮސް ކަންކަމޭ ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ޕޮޮލިސީ ސެކްރެޓަރީ މެން ކޮށްފައި ނެތޭ މަމެން ނުދަންނަމޭ އައްޑޫ މީހުންނަށް ރާއްޖޭގައި ރަނގަޅަށް ކަމެއް ކުރެވޭނެ ކަމަށް އެމެން ނަށް ކުރެވޭނީ ވައްކަމޭ އެއީ މަމެން ބަލާއިރު އެމެންގެ ހިސްޓްރީ ބުކް ޕޭޖް އިން ފެންނަ ހަގީގަތަކީ...

 16. ދިސްވޭ

  މަމެންނަށް އިނގޭ ގޮތުގައި ރައީސް ރައްޔިތުންނަށް ވެފައިވާ ވައުދު ތައް ފުއްދަން ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން ވެސް އެއްވެސް މަސައްކަތެއް ނުކުރޭ ކުރި ނަމަ ގަވާއިދު ތަކެއް ނެރެގެން ވަޒީރުންގެ މަޖްލީހުން އެފަދަ ގަވާއިދު ތައް ފާސް ކޮށްގެން ވެސް ކަންކަން ކުރެވޭނެއޭ އެކަން ނުކުރެވިއޮތީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓަށް އެކަން ކުރަން ނޭގޭތީވެ މިހާރު ވެސް ރައްޔިތުންނަށް ޖެއްސުމަށް ގަވާއިދެއް ހަދަން ވެއްޖެތޭ ރައީސް އޮފީސް ޕޮލިސީ ޑިޕާރޓްމެންޓް ގައި ތިބި ޕޮލިސީ ސެކްރެޓަރީ މެން ގަޔާވެގެން އެކަން ކުރާނެއޭ އެއީ އައްޑޫގެ ކަލްޗަރ އަކީ މިކަން ރައީސް އިބޫ ދަންނަން ޖެހޭނެއޭ ތިޔާ އައްޑޫ މީހުން ރައީސް އޮފީހުގެ ބޮޑުންނަށް ލައިގެން ކުޅަދާނަ އެއް ނޫން އެއްވެސް ކަމެއް ރަނގަޅަށް ރައީސް އިބޫ އަށް ކުރަން އެއްވެސް ކަމެއް ނުކުރެވޭނެއޭ އެއީ ބޮޑެތި ވަގުންނޭ ދަ ބަތާހަރާމީން ނޭ އެއީ...

 17. ދެރަކަމެކޭ

  ރައީސް ރައްޔިތުންނަށް ވެފައިވާ ވައުދެއް އެއީ ރާއްޖޭގައި މީހުން ބިނާ ކުރުމުގެ ކަން ކަން ސަރުކާރުން ކުރާނެ ކަމަށް އެގޮތުން މާލެ ސަރަހައްދުގައި ހުރި އަމިއްލަ ކޮލެޖްސް ތަކަށް ހުޅުމާލޭން ބިން ހިލޭ ދީގެން އެމެންގެ ކެޕޭސިޓީ ބިލްޑް ކުރާނޭ ކަމަށް އެކަމަކު އެތަން ފެނިގެން ނުދޭ ރައީސް އޮފީހުގެ ފަރާތުން ވެސް ކުރަމުން އަންނަ ތަން އެކަމަކު ސަރުކާރުގެ މިނިސްޓަރުންގެ ލަދު ހަޔާތް ކުޑަ ކަމުން ކޮލެޖްސް ތަކުގެ އިނާމު ދޭން ޗީފް ގެސްޓަކަށް އެމެން ބައިވެރިވެއޭ މީ ދެން ދެރަ ކަމެކޭ ދެރަ ކަމެކޭ...

 18. ނެތީއޭ

  ރައީސް ރައްޔިތުންނަށް ވި ވައުދެއް އެއީ ސަރުކާރުގެ ކޮންޓްރެކްޓްސް ތައް ސީދާ ސަރުކާރުގެ ކުންފުނި ތަކަށް ނުވަތަ ލޯކަލް ކުންފުނި ތަކަށް ދިނުން އެކަމަކު މިހާރުވެސް ފިނޭންސް މިނިސްޓްރީން ރަށް ރަށުގައި ގާއިމް ކުރަން ހަމަޖެހިފައިވާ ނަރުދަމާ އާއި ފެނުގެ ޕްރޮޖެކްޓްސް ތައް ހިންގުމަށް ތައްޔާރު ކޮށްފައިވާ ބިޑް ޑޮކިއުމެންޓަކީ އެއީ ނިއުކްލިއަރ އިންޖީނުގެ އެއް އެޅުމަށް ވެސް ބޭނުން ނުވާނެ މެޝިނެރީސް ހޯދަން އޭ ކޮންމެ ރަށަކަށް 10 އެކްސްކަވޭޓަރު 10 ފޯރކް ލިފްޓް މީ މަމެން އެކިޔާ ދަ ރާއްޖެތެރޭ މީހުންނަށް ސަރުކާރުގެ ބޮޑުންނަށް ތިބި ނަމަވެސް އެމެން ކަންކަން ކުރާނީ އެއް ހިއްސު މަދު އުސޫލުންނޭ މިއޮތީ އެކަން ފެންނާން ލިޔެ ކިޔުމުން ނޭގެނީ ގަމާރީ ދަބީތާއީ އަނގައިންނޭ ހިފަހައްޓަނީ ތަޖްރިބާގެ ކަންފުޅެއް ވެސް ނެތީއޭ...

 19. މާލެ

  މާލެ ސިޓީ ކައުންސިލަށް ކުރެވޭނީ ތިޒާތުގެ ކަން
  ކަމެވެ ސަރުކާރު ފަސްބައިގާލެގިގަނެގެން ތިމާ
  މެންގެ އަމިއްލަ މަސްލަހަތު ހާސިލްކުރުމެވެ ދައުލަތުން
  ބޮޑު ޚަރަދެއް ކޮށްގެން ސިޓީކައުންސިލް ގާއިމު
  ކުރީ އެ ނަންބޯޑު ނުވަތަ އެތާގެ އިސްވެރިންގެ
  ފަރިބަލާކަށްނޫނެވެ ގައުމީ މަސްލަހަތު ހިމާޔަތް
  ކުރުމަށް އެހީތެތިވުމަށެވެ މިކަން ނުކުރެވޭނަމަ
  ތިޔަތަން އުވާލަން ޖެހެއެވެ

 20. ފައްތާލާ

  ކޯއްޗެއްތޭ ކޮން އިންޑިއާ ސިފައިންނެއްތޭ އޭން ބުނެބަލަ ކިއެއްކުރާ ބާ ހެލިކޮޕްޓަރު ގަނޑެއް ތޭ އޭން ބުނެބަލަ މަމެން ބޭނުމެއް ނޫނޭ އިންޑިއާގެ ބާ ކިބަޅި އަވަރު ކަންޓްރީ އަވަރު ވާޓަރު ކިޔާ އެއްޗެހި ދުއްވާ ހެލި ކޮޕްޓަރު ގަނޑެއް ރާއްޖެ އަކަށް ތިޔާ ހެލިކޮޕްޓަރު ގަނޑު ތެރެއަށް ވާރޭވެސް ވެހޭ ދޯ ފުރާޅުގެ ޓިނު ތައް ފޫގޮސް ގެން ދެން ކީކޭ ބުނާނީ ދޯ ތިޔާ ހެލި ކޮޕްޓަރު ތައް އައްޑޫ ކަނޑަށް ފައްތާލާ އެއިރަށް ޑައިވިން ސްޕޮޓަކަށް ރަނގަޅުވާ ހުށި ކަމޭ މަމެން ބުނަން ނެތީމޭ ފައްތާލާ ފައްތާލާ ފައްތާލާ ފައްތާލާ...

 21. ބޮއިބަލަ

  މާލެ އާއި ގުޅިފަޅު ގުޅާލުމުގެ ވިސްނުން އެބައޮތް ކަމަށް ބުނަނީ އެއީ އިކޮނޮމިކް މިނިސްޓަރު އެއީ އޭނާގެ މޭންޑޭޓް ގައި ހިމެނޭ ކަމެއް ވެސް ނޫނޭ އެއީ ޕްލޭނިންގް މިނިސްޓްރީގެ މޭންޑޭޓް ގައި ހިމެނޭ ކަމެކޭ ތަމެން ދައްކާނީ އަބަދުވެސް ވިސްނަމުންދާ ކަމަށް ރާއްޖޭގެ ތާރީޚް ގައި ރާއްޖެ އަށް އެންމެ ރަނގަޅަށް އެހީދީފައިވަނީ ޗައިނާ އިން ދެން ކެނެރީގެ ނަޝީދު ބުނި ނަމަވެސް ޗައިނާ އިން އެހީ ނުހޯދާ ރާއްޖެތަރައްގީ ނުކުރެވޭނެއޭ ކެނެރީގެ ނަޝީދުގެ މައިންބަފައިންގެ ތަރިކަ މުދަލެއް ނޫނޭ އެޅާ އަށް ނޭގޭނެއޭ މާލޭގައި ކަންކުރަންވީ ގޮތް އެޅާ ބޮއި ބަލަ ދެން...

 22. ޖަމްބޭ

  ޢުމަރާ! ކެތްކުރާތި. އިން ޝާﷲ އަދި ގްރޫޕް ވަރަށް ބޮޑުވާނެ. ސިޓީ ކައުންސިލަށްވުރެ ސިޓީގެ ރައްޔިތުންގެ ހިތްތަކުގައި މާތްﷲ ލެއްވެވި ދީނާއި މިނިވަން ކަމުގެ ލޯބި ވަރުގަދަ ކުރައްވާނެ!

 23. ކުރަންވީކަމަކީ

  އެމްޑީޕީ ގައި އުޅޭ އައްޑޫ މީހުން ކިތަންމެ ވަރަށް މާލެ އާއި ވާދަކުރަން އައްޑޫ ތަރައްގީ ވާނެ ކަމަށް ބުނި ނަމަވެސް އައްޑޫ ތަރައްގީ އެއް ނުވާނެ ދުވަހަކު ވެސް މާލެ އާއި އެއް ފެންވަރަށް އެއީ ވާނެ ކަމެއް ނޫނޭ ފުރަތަމަ އައްޑޫން ވައްކަން ކުރުން ހުއްޓުވާ އައްޑޫ ގައި ފަތް ވިއްކުން ހުއްޓުވާ ތަންތަނުގައި ރޯކުރުން ހުއްޓުވާ މާރާމާރީ އާއި މީހުން މެރުން ހުއްޓުވާ އައްޑޫ މީހުން އައްޑޫ ބާއްވާފައި މާލެ ސަރަހައްދުން 1 މިލިއަން ގޯތި ދޫކުރަންވީ 4 ހާސް އަކަފޫޓްގެ އެއީ

 24. ހީހީ

  އިޒްރާއީލްގެ ބޮޑު ރޭވުމުގެ ދަށުން ހިންގާ ހަރަކާތެއް އިންޑިޔާއިން. މިފަދަ މަޅި ތަކުގައި ޖެހުމުގެ ކުރިން ވަރަށް ރަގަޅަށް ދަރާސާ ކުރަންޖެހޭ ޤައުމުން. ރާއްޖެއަށް ފާރަވެރިވަނީ ކޮން ސަބަބަކާ ހުރެތޯ ވަރަށް ސުވާލު އުފެދޭ، މުސްތަގްބަލުގައި ކޮން ފަދަ ކަމެއް ކުރަންތޯ އުޅެނީ ހިތައްއަރާ.

 25. މުހައްމާދު

  އަމިއްލަ ގައުމު ވިއްކައިގެންވެސް ވެރިކަން ކުރެވިއްޖެއްޔާ ރަނގަޅުވާނެ.