ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހަވީރު ލ.އަތޮޅު ގަމަށް ވަޑައިގެން ގަމު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓާއި ފޮނަދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓުގެ ސަޕޯޓަރުންނާއި އެކު ބޭއްވި ސައިކަލް ބުރުގައި ދުއްވެވި ސައިކަލް ރޯޑްވާދިނަސް ޤަވައިދާއި ހިލާފަށް ހުރުމުން އެކަން ފާހަގަ ކުރެވިއްޖެއެވެ.

އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭންގައި ފައިސަލް ބޭނުން ކުރި ސައިކަލްގައި އެއްވެސް ލޯގަނޑެއް ނެތެވެ. އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ބުނާ ގޮތުން ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމްގައި ބޭނުން ކުރާ ކޮންމެ އުޅަނދެއް ވެސް ހުންނަން ޖެހޭނީ ރޯޑްވާދިނަސްގެ ޤަވައިދުގައި ބަޔާން ކޮށްފައި ހުންނަ ހަމަތަކާއި އެއްގޮތަށެވެ.

އެއްގަމު އުޅަނދުގެ ރޯޑްވާދިނަސް ހެއްދުމުގެ ޤަވައިދުގެ ޖަދުވަލްގެ 07 ވަނަ ނަމްބަރުގެ (7.1) ގައި ބުނެފައި އޮންނަ ގޮތުގައި އެއްގަމު އުޅަނދުތަކުގައި ފަހަތް ބެލުމަށް ހަރުކުރެވިފައި ހުންނަން ޖެހޭ ލޯގަނޑުތައް އެންމެ ރަނގަޅަށް ހަރުކުރެވިފައި ހުންނަން ޖެހޭނެއެވެ.

ލޯގަނޑު ނެތް އުޅަނދެއް ނަމަ އެފަދަ އުޅަނދުތައް ހުއްޓުވާ، ރޯޑްވާދިނަސް ބާތިލް ކުރުމުގެ ބާރު ފުލުހުންނަށް ލިބިފައި އޮވެއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވައިދުތަކާއި ހިލާފަށް ހުރި ސައިކަލެއް ނައިބު ރައީސް މިއަދު ދުއްވުމުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެކަން ފާހަގަކޮށް ނައިބު ރައީސް އަށް ފާޑުކިޔަމުންނެވެ.

ނައިބު ރައީސް ފައިސަލް މިއަދު ލ.އަތޮޅަށް ވަޑައިގެންނެވީ އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މިއަދު ނައިބު ރައީސް ގަމާއި ފޮނަދޫ ދާއިރާގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވިއިރު އެދެދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން ވެސް ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޒާހިރު

    ނިކަމެތި ރައްޔިތެއްނަމަ މިއަދުގެ 750 ރުފިޔާ ދަމާނެ

    67
    2
  2. ޢަދުރޭ

    ގުއިރޯނުގަ ޖެހިފަކަމަށްވަނީ..........

    53
    4
  3. ޖަހާންގިރި

    މި ނުރައްކާތެރި އަވާމެންދުރު ފަދަ ނާތަހުޒީބު ނައިބުރައީސް ގާނޫނަށް ހުރުމަތްތެރި ކޮށް ހިތުމަށާއި އިސްލާމްދީނަށް ހުރުމަތް ތެރިކޮށް ހިތުމަށް ހުވާކޮށްގެން ހުރެ ރައްޔަތުންނަށް ހަރާމްކޯރު ނުވުމަށް ވަގުތުނޫސް ހެކިކޮށް ގޮވާލަމެވެ އަދި މިފަދަ ޖަރީމާ ރައްޔަތުންނަށް ދަސްކޮށް ނުދިނުމަށް އިލްތިމާސް ކުރަމެވެ........ވަރަށް ސަލާމް

    56
    4
    • ބޮޑީގާޑު

      ސަލާމަތީ ސަބަބައްޓަކާ ލޯގަނޑު ނަގާފައި

      9
      1
  4. ޢާލިމް

    ޙާދަ ބޮޑަކަށް ތިބަލަނީ ' ނައިބު ރައީސްގެ ކަންތައް ޓްރާންސް ޕޯރޓް މިނިސްޓަރ އައިޝާ އެބަބުނޭ ވާހަކަ ތަކެއް މިނޫހަކު ނެތް ރިޕޯރޓް ކޮއްފައެއް ' ޤައިމް ފިރިންދޭ ނަސޭހަތް އަންބިން ޤަބޫލް ނުކުރީމާ އެވާހަކަތައް މިނޫހުންވާނެ ރިޕޯރޓްކުރަން '

    25
    9
  5. ސަޓޯ

    ހަމަޔާ އިންސާފުގެ ސިއްކަ ޖަހައިގެން ކަމަށް މީހުންގެ ލޮލުގައި އަނދުން އަޅުވައިގެން އުޅޭ ލާދީނީ އެމްޑީޕީ ބޮޑުން ތެޅޭ ވައްތަރުދޯ ؟؟ މާދަން އަހަރެން ލޯގަނޑު ނުލާ ބުރިޖުމައްވައް އަރާއިރަށް ޕޮލިސް އޭ މިކިޔާ ވިކިފަ ހުންނަ މެޑިކަލް ސެޓިފިކެޓު ހަމީދު ގެންގުޅޭ ޕޮލިސް އޭ ކިޔާ ބައިގަނޑު އަހަރެން ހުއްޓުވާ ޖޫރިމަނާވެސް ކުރާނެ... އެކަމަކު އެމްޑީޕީ ވީމަ އޯކޭ ދޯ ޕޮލިސް

    39
    1
  6. ާއަހުމަދު

    ޢެވެދާނެ ސަލާމަތީ ސަބަކަށްޓަކައި ލޯގަޑުނެއްޓީ ކަމަށް

    41
    2
  7. ނައިބުރައީސުގެ އަންހެނުންގެ ފިރިމީހާ

    ޖޭޕީ މީހެއް ވީމަ ލަނޑެއް ދިނީ ކަމަށް ވާނީ. ކެކެކެ

    28
    2
  8. ބޮލި މުލައް

    ތީ މިގައުމުގެ ނައިބު ރައީސުންގެ ހާލަތު

    46
  9. ދޮންބެ

    އޭނައަކަށް މިހާރަކު ފަހަތެއް ނުފެނޭ. ފަހަތުގަ އޮތީ އޭނަ ކުރިއަށް ނެރެދިން ޖޭޕީ.

    11
  10. ކޮތަރު އިމްރާނު

    މި ސުރުޚީ "މިހާރު" ނޫހަކުން ނުފެންނާނެ. އެހެންވެ އަހަރެމެން "ވަގުތު" ނޫސް ކިޔަނީ. ސާބަހޭ ދަރިންނޭ.

    10
  11. ނަން

    750 ރުފިޔާއިން ޖޫރިމަނާ ކުރޭ. ނައިބުރައީސް އިސްތިސްނާ ނުވޭ އެގަވާއިދުން.

    11
  12. ލޮލް

    މީތި ސަޅި ޝޯގަ މިނިސްޓަރު ދުއްވި ކާލު ނަންބަރު ބޯޑުވެސް ގަވާއިދާ ހިލާފު

  13. ނުކުރެވޭނެ

    ނާއިބު ރައީސެއް އެހެންމީހެއް ނޯންނާނެ. ޖުރިމާނާ ކުރަން ޖެހޭނެ.

  14. ގޑނ

    ނއިބަކީ އެމްޑީޕީ މެމްބަރެެއް

  15. ޢަހަންމާ

    ބޮޑެތި ކެކުރި ވީމަ އޯކޭވާނެ. މިވެރިކަން ވޯޓުން ކާމިޔާބު ވުމާއެކު އެކަން ފެނިގެން ދިޔަނޫންތަ. ބޮޑު ކެކުރިތައް މިނިވަން ކުރިޔެއްނުން. ގައިމު ރޯމާދުވާލު މީހުން ވަގަށް ނަގާނަމޭ ބުނެފަގޮސް މީހަކު ވަގަށްނެގި ޔަހޫދީންގެ ކަލޭގެވެސް ކުށެއްނުކުރާ ނިއުބޯންއަކާ އެއްފަދަވީނުން.

  16. އަޙްމަދު

    މިއޮތީ ފަހުޒަމާން. އުޑެއް ބުޑެއް ނުދަތަސް މިބައިގަޑު އަތްމަތީގަ ޤައުމުމިއޮތީ. މީސްތަކުންނުބައިވީމަ މިފަދަ ވެރިން އެމީހުންގެމައްޗަށް ފޮނުއްވާފާނެ. ވިސްނާލާ.

    15
  17. ރަމްޒީ

    ތި ވާނީ ސަލާމަތަށް ޓަކައި ލޯގަނޑު ނަގާފަ ބެހެއްޓީކަމަށް ޤާނޫނާ ޚިލާފުކަމެއް ނުކުރާނެ ނައިބުރައީސް އަދި ފަހަތުގަ އެތިބީ ސެކިއުރިޓީންވެސް

  18. އުނބަ

    ބަލަ! މަމީ ނައިބުރައީސޭ.

    6
    1
  19. ހުސެން

    މަޤާމެއް ލިބުނަސް ސައިކަލެއް ލިބުނަސް އޭގައިވާ ޤަވާއިދު ތަކާއި މަބާދިޢު ތަކެއް ފުރިހަމަތޯ ބަލަން ޖެހޭނެ،ހަމަ ރައީސް ވިދާޅުވީމާ ގޮސް ތިމާ ހޮވި ޕާޓީއާ ދެކޮޅަށް ނުކުތުމަކީ ވެސް ޒާތެއް ގެ ބަޤާވާތެއް.ކާން ދީ ބަލާ ބޮޑޫ ކުރި މީހާ ވަކި ކުރަން ނޭގުމަކީ ސަންފާ މަކުނުގެ ވައްތަރެއް.ސަންފާ މަކުނު އުޅޭހެން އެއް ގަހުން އަނެއް ގަހުުން އެކަކުން ބޮލުން އުކުނު ނަގައިގެން އަނެކަކު ބޮލަށް އުކުނު އެޅުން.މީވެސް ބައެއް ސިޔާސީ މަކުނު އުޅޭގޮތް

  20. އޯހް

    ނައިބު ރައީސް ހެވި ދިލިފައި ޤަވާޢިދު މުގުރަނީ. ދެން ޢާއްމު ރައްޔިތުންގެ ހާލު ވިސްނާލާ.

  21. މާޔޫސް

    ޕަޓީގެ މެންބަރުން ނަން ފެނިދާނިތީ